ރާއްޖޭގެ ބޯޑަރު މިއަދު އަލުން ހުޅުވުމާ ގުޅިގެން ވީއައިއޭ އަށް ޖެއްސި ފުރަތަމަ މަތިންދާބޯޓު، ގަތަރު އެއާވޭސްގެ ކިއުއާރު 672 އިން ޓޫރިސްޓުން ފައިބަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
15 ޖުލައި 2020 - 09:15
ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން، ރާއްޖޭގެ ބޯޑަރު ގާތްގަނޑަކަށް ހަތަރު މަސް ދުވަހަށް ބަންދު ކުރުމަށް ފަހު އަލުން މިއަދު ހުޅުވާލައިފި އެވެ.
ބޯޑަރު އަލުން ހުޅުވައިލުމާ ގުޅިގެން މިއަދު ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް ފުރަތަމަ ޖެއްސީ ގަތަރު އެެއާވޭސްގެ (ކިއުއާރު 672) މަތިންދާބޯޓެކެވެ. އެއީ ގަތަރުގެ ދޯހާ އިން ފުރައިގެން ރާއްޖެ އައި ބޯޓެކެވެ. ޔޫރަޕުގެ އެކި ގައުމުތަކުން 107 ޓޫރިސްޓަކު އެ ބޯޓުގައި ރާއްޖެ އައެވެ.
މިދިޔަ މާޗު 27 ގައި ބަންދުކުރުމަށް ފަހު، ބޯޑަރު އަލުން ހުޅުވުން ފާހަގަކުރަން ވީއައިއޭގައި ޚާއްސަ ރަސްމިއްޔާތެއް ވެސް ބޭއްވި އެވެ. މި ރަސްމިއްޔާތުގައި، ޓޫރިޒަމް މިނިސްޓްރީ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި ޓްރާސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ އާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ބައިވެރިވެވަޑައިގަތެވެ.
ގަތަރު އެއާވޭސްގެ ބޯޓު އެއާޕޯޓަށް ޖެއްސުމާ އެކު، އެމްއޭސީއެލުން ވޯޓާ ސެލިއުޓެއް ދިނެވެ.
ރާއްޖޭގެ ބޯޑަރު އަލުން ހުޅުވައިލުމާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަތަމަ ޖެއްސި ގަތަރު އެއާވޭސްގެ މަތިންދާބޯޓުން ޓޫރިސްޓުން ފައިބަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
ރާއްޖޭގެ ބޯޑަރު އަލުން ހުޅުވިޔަސް ގިނަ އެއާލައިންތަކުން ދަތުރު ފަށާނީ އަންނަ މަހު އެވެ. މި މަހަށް ތާވަލު ކޮށްފައި ވަނީ ގަތަރު އެއާވޭސްގެ އިތުރުން އެމިރޭޓްސް އާއި އިއްތިހާދު އެއާވޭސް އެވެ. އަންނަ މަހު ރާއްޖެ އަށް ދަތުރުތައް ފަށާ ހަ އެއާލައިންގެ ތެރޭގައި ސްރީ ލަންކަން އާއި ސިންގަޕޯ އާއި އިންޑިގޯ އާއި ގަލަފް އެއާ ހިމެނެ އެވެ.
The sun is shining again in the #Maldives. Our borders are open for visitors once again and the first flight has just landed!
— Abdulla Shahid (@abdulla_shahid) July 15, 2020
Congratulations and a huge thank you to all those who have worked tirelessly to make this happen.
Welcome to the #SunnySideOfLife! pic.twitter.com/BJ3qyBTRKT
ރާއްޖޭގެ ބޯޑަރު އަލުން ހުޅުވައިލުމާ އެކު، ވީއައިއޭ އަށް ގަތަރު އެއާވޭސްގެ މަތިންދާބޯޓު ޖައްސާ މަންޒަރު ފޮރިން މިނިސްޓަރު ޝާހިދު ޓުވީޓު ކުރައްވާފައި.
ނަމަވެސް ރާއްޖެއަކީ ރައްކާތެރި ގައުމެއްކަން ކަށަވަރުކޮށްދީގެން، ވީހާ ވެސް ގިނަ އެއާލައިންތަކުގެ ދަތުރުތައް ރާއްޖެ އަށް ފަށަން މަސައްކަތް ކުރަމުން އަންނަ ކަމަށް މިިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ހުރިހާ ގައުމަކުން ވެސް ރާއްޖެ އަށް ދަތުރުތައް ފެށުމުގެ ކުރިން ބަލަނީ ރާއްޖޭގައި ކޮވިޑް-19 ފެތުރިފައިވާ ވަރު ކަމަށެވެ. ވައިރަސް ކޮންޓްރޯލް ކުރުމަށާއި ޓޫރިސްޓުންގެ ރައްކާތެރިކަމަށް އަޅާ ފިޔަވަޅުތަަކަށް ވެސް އެ ގައުމުތަކުން ބަލާ ކަަމަށް މިނިސްޓަރު ވިދާޅުވިި އެވެ.
ގަތަރު އެއާވޭސްގެ ބޯޓުން މިއަދު ރާއްޖެ އައި ޓޫރިސްޓުންނަށް މިނިސްޓަރު ފައްޔާޒާއި މިނިސްޓަރު އާއިޝާ މަރުހަބާ ވިދާޅުވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
"އަޅުގަނޑުމެންނަށް ޔަގީންވާ ކަމަކީ ހުރިހާ ސާވޭތަކުން އެނގެނީ ގައުމުތަކުން މީހުން ރާއްޖެ އަންނަން ބޭނުންވާކަން. އެހެންކަމުން އަޅުގަނޑުމެންނަށް އޮތް އެޑްވާންޓޭޖް އެބައޮތް. މީގައި މައްސަލައަކީ އެހެން ގައުމުތަކުން އަޅާފައި ހުރި ފިޔަވަޅުތަކާއި އަޅުގަނޑުމެންގެ ފިޔަވަޅުތަކާއި އެއާލައިންތަކުގެ ޝެޑިއުލް،" ފައްޔާޒުު ވިދާޅުވި އެވެ.
ރާއްޖޭގެ ބޯޑަރު ހުޅުވައިލި ނަމަވެސް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމު ކަމަށްވާ ޗައިނާ އިން އަދި ދަތުރުތައް ނުފަށަ އެވެ. އެ ގައުމުގައި ކޮވިޑް-19 ކޮންޓްރޯލް ނުކުރެވޭތީ، ޓޫރިސްޓުން ގައުމުތަކަށް ދިއުން ވަނީ ވަގުތީ ގޮތުން މަނާ ކޮށްފަ އެވެ. ނަމަވެސް ބޯޑަރު ހުޅުވައިލުމާއެކު، ރާއްޖެ އަށް ދަތުރުތައް ފަށާނެ ކަމުގެ ޔަގީންކަން އެ ގައުމުން ދީފައިވާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
ރާއްޖޭގެ ބޯޑަރު އަލުން ހުޅުވައިލުމާ ގުޅިގެން މިއަދު އައި ދެ ޓޫރިސްޓަކު އެރައިވަލް ޓާމިނަލުން ނުކުންނަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
"ޗައިނާ އިން އެބަ ބޭނުންވޭ އެ ގައުމުގެ ޓޫރިސްޓުން ދާއިރުގައި 72 ގަޑިއިރު ނުވާ ޕީސީއާރު ޓެސްޓެއް އޮންނަން. އެހެންވީމާ އެ އަށް މަގުފަހިވާ ގޮތަށް އަޅުގަނޑުމެން މަސައްކަތްތައް މި ގެންދަނީ. ޗައިނާ އިން އަދި ޓޫރިސްޓުން ދިއުމަށް ހުއްދަ ނުދިން ނަމަވެސް އަޅުގަނޑުމެންނަށް ވަރަށް ބޮޑު ޔަގީން ކަމެއް ލިބިފައި އޮތީ، ރާއްޖެ އަކީ ޗައިނާގެ ޓޫރިސްތުން އެންމެ އަވަހަށް އަންނަ އެއް ގައުމުގެ ގޮތުގައި [ވާނެ ކަމަށް.] މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގެ ބޯޑަރު އަލުން ހުޅުވުމާ ގުޅިގެން، ވީއައިއޭގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތަށް ފަހު، އެމްއެމްޕީއާރުސީގެ އެމްޑީ ތޮއްޔިބު މީޑިއާއާ ވާހަކަ ދައްކަވާއިރު، އަރިހުގައި މިނިސްޓަރު ފައްޔާޒް.---ފޮޓޯ: ނިޝާން އަލީ/މިހާރު
އެކި ގައުމުތަކުގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ގޮތުން އެމްއެމްޕީއާރުސީން މިހާރު އަންނަނީ މާކެޓިންގެ އުސޫލުތައް ބަދަލުކޮށް، ޑިޖިޓަލް ކެމްޕޭންތަކެއް ކުރަމުންނެވެ. އެގޮތުން، ކެމްޕޭން ސްލޯގަންއެއްގެ ގޮތުގައި "ސަނީ ސައިޑް އޮފް ލައިފް" ގެ ބަދަލުގައިި މިހާރު ބޭނުން ކުރަމުން އަންނަނީ "ރީޑިސްކަވާ ދަ ސަަނީ ސައިޑް އޮފް ލައިފް" އެވެ.
ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާއިރު 40 ރިސޯޓަކުން މިއަދުން ފެށިގެން ހިދުމަތް ދޭނެ އެވެ. ގިނަ ރިސޯޓޫތައް ހުޅުވާނީ އަންނަ ސެޕްޓެމްބަރު މަހުން ފެށިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށޭޒު
15 July 2020
ނުހުޅު ވޭތީ ޓޫރިސްޓުން ނާދެވޭ. ހުޅުވުނަސް ވައިރަސް ކޮންޓްރޯލު ނުކުރެވެންޏާ ނާންނާނެ. އެކަމަކު ވައިރަސް ކޮންޓްރޯލު ކުރަން އެޅި ފިޔަވަޅުތަށް މަހެއްހާ ކުރިން ދޫދީ ވައިރަސް ކޮންޓްރޯލުން ނައްޓަން ފުރުސަތުވެސް ދީފި. ދޫދިންލެއް އަވަސް ކމަކަށް އެއްވެސް ބޔަކު އެއްބަހެއް ނުވޭ. މިއަދާއި ހަަަމަޔަށް ދޫދިނަސް މިހާބޮޑެތި ދޫނުދީ މަޑުކޮށް ލެވުނީސް
ކާސިންޖީ
15 July 2020
ކަލޯގެޔާ ދިވެހިންގެ ދުވަސް މިދިޔައީ. ކޯވިޑްގެ ތިން ސްޓްރެއިން އެއް އުޅޭއިރު، މިއަދާ ހަމައައް ރާއްޖޭގައި ފެތުރެމުން އައީ މީގެ އެހާ ނުރައްކާތެރި ސްޓްރެއިން އެއް ނޫން.
މުޑަހަންޖާ
15 July 2020
ތިޔަ ހުޅުވައިގެންއުޅޭ ބޯޑަރުގެ ފޮޓޯއެއްވެސް ޖަހާލިނަމަ.
ސައިމާ
15 July 2020
އެކޮއި، މި އާޓިކަލްގައި އިން ފޮޓޯ ކުޑަތަ؟
މުޑަހަންޖާ
15 July 2020
ފޮޓޯގަ އެއިނީ ކ.ހުޅުލެއެއްނު، އެއީ ރާއްޖޭގެ ބޯޑަރަށްވުރެ ތަންކޮޅެއް އެތެރޭގަ އޮންނަ ރަށެއްނޫންތަ އެއީ؟
1828
15 July 2020
ކުރިންކީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ބަންދުކޮށްފައި ރާއްޖޭގެ އެހެން އެއަރޕޯޓެކޭ ހުޅުވާނީ. ހަމަ ހިޔަޅުވިސްނުން ސަރުކާރުން ގެންގުޅެނީ. ރާއްޖެތެރޭ ރައްޔިތުން ގުނބޯހެއްދުން ސަރުކާރުގެ ކަމަކީ. ސަރުކާރަކަށް ނުކެރޭނެ މާލެއިން އަތްދޫކޮށްލާކަށް. މާލެއަކީ ސަރުކާރަށް ހަމައެކަނި ބަލަދުއަރާ ރަށް
ޙަަސަނަ
15 July 2020
އެހެން ކޮން އެއަރޕޯޓެއް ހުޅުވައިގެންތަ ޓޫރިސްޓުން ގެނެވެނީ. އެމީހުން އެ އަންނަނީ ލޯންޗެއްގަތަ އައިސް އައިސް ހުރެފަ އަނބުރާލާފަ އެހެން ތަނަކަށް ޖައްސަން. ވައިގެ ދަތުރުތަކަކީ ކުޅޭ ކުޅޭ އެއްޗެއް ނޫން.
މުޑަހަންޖާ
15 July 2020
ކަލޯ އެއްކަލަ އައިހެވަންވެސް އެހަދަނީ ތިލަފުށީގަ އެންމެފަހުން، އެނޫންގޮތަކަށް ކަންކަންދާނެކަމަށްތަ ހީކުރީ.
ހަސަނުގެ ދޮންބަފާ
15 July 2020
ހަސަނާ ކަލޭ ބަރު ކަނޑު ކޮސް މީހުން މިހާރު ދުނިޔޭގައި ވެސް މަދުވާނެތީ ހަސަނު ތިޔަވަނީ ހިމާޔަތް ކުރާން ޖެހޭ ލިސްޓަށް ލާންޖެހިފަ. ކަލޯ ހީކުރީ ކ.އަތޮޅު ހުޅުލޭގައި ތިޔަ އޮތީ ހަމައެކަނި ވޯޓް ޖެއްސޭގޮތަށް އޮތް އެއަރޕޯޓް ކަމަށްތަ؟ ކަލޯ އަށް ބޭރު ޤައުމު ތަކުގެ ކަންކަން ނޭގުނަސް އެންމެން އެހާ ޤަމާރެއް ނުވާނެދޯ.
ޙަބީބު
15 July 2020
ރިސޯޓު މުވައްޒަފުން ހާލުގަ ޖެ ހުނުދުވަ ހު ނުކެރުނު ސަޕްލިމެންޓްރީ ބަޖެޓެއްފާސްކޮއްފަ ޕެންޝަންފަންޑުގަ ހުރި އެމީ ހުންގެ ލާރީގެ %50 ދޭންވެސް ކޮންއުފަލެއް ރިސޯޓު މުވައްޒަފުންނައް އޮތީ 100 މީ ހުންއަޔަސް
ބަރާބަރު
15 July 2020
ހުޅުވާލިއިރު ކުރިއައްވުރެ ހާލަތުގޯސް.. ގޭގައި ތިބެގެން މިކުރީ ވަރައް ބޭކާރުކަމެއް...
އަކިރި އަލީ
15 July 2020
އަލްޙަމްދު ލިﷲ
އަންވަރު
15 July 2020
100 އެއްހާ ޓުއަރިސްޓުން އައި ޚަބަރަކީ އުފާވެރި ޚަބަރެކެވެ. ނަމަވެސް ސުވާލަކީ ތިޔަ 100 އެއްހާ ޓުއަރިސްޓުންގެ ތެރޭގައި ޓުއަރިސްޓް ވިސާގައި ރާއްޖެއަށް އެތެރެވެފައި ގަވާއިދާއި ޚިލާފަށް މަސައްކަތް ކުރަން ވަޑައިގަންނަވާ ބަންގްލަދޭޝް ބޭފުޅުން ހިމެނޭތޯއެވެ.
ޕަރސަން
15 July 2020
ހާދަ ޒެނޮފޯބިކް އޭ
އަބްދުﷲ
15 July 2020
އަލްޙަމްދު ލިﷲ.
ބިރު ކުޑޭ--
15 July 2020
WELCOME TO MALDIVES