ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ހައުސިން މިނިސްޓަރު އަސްލަމް ޖަވާބު ދެއްވަނީ.---ފޮޓޯ: މަޖިލިސް
15 ޖުލައި 2020 - 10:52
ވެށިފަހި މާލެ މަޝްރޫއުގެ ދަށުން ދޭން ނިންމި ފްލެޓާއި ގޯތީގެ ލިޔެކިޔުންތައް ސަރުކާރުގެ އިދާރާތަކުން ފެންނަން ނެތް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ވެރިކަމުގައި 2010 ގައި އިއުލާންކުރި ވެށިފަހި މާލެ މަޝްރޫއުގެ ދަށުން މާލެ އިން ދޫކޮށްލާ ގޯތީގެ ބަދަލުގައި ހުޅުމާލެ އިން ގޯތި ނުވަތަ ފްލެޓު ދޭން ނިންމި އެވެ. އޭރު ބިން ލިބޭނެ ކަމަށް ލިޔުން ދީފައިވާ މީހުން، އެ ލިޔުންތައް ޕްލޭނިން މިނިސްޓްރީ އަށް ހުށަހަޅަން އެ މިނިސްޓްރީން އޮތީ ފުރުސަތު ހުޅުވާލައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ވެށިފަހި މާލެ މަޝްރޫއާ ގުޅޭގޮތުން މެމްބަރަކު ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ، ބިން ނުވަތަ ފްލެޓު ލިބޭނެ ކަމުގެ ލިޔުން ލިބިފައިވާ މީހުންނަށް، އެކަން ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށެވެ. އެ ލިޔުން ގެއްލިއްޖެ ކަމަށް، ބައެއް މީހުން ބުނަމުންދާ ކަމައި އެކަމަކު އެ މަޝްރޫއުގެ ލިޔުންތައް ސަރުކާރުގައި މިހާރު ފެންނަން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ވެށިފަހި މާލޭގެ ލިޔުންތައް ދައުލަތުގެ ތެރޭގައި ހުރީ ކޮންތާކު ކަން އެނގޭ މީހަކު ނެތް. މި ދިވެހިރާއްޖޭގެ ސަރުކާރު ބަދަލުވެގެން ދާއިރު، އެއް ސަރުކާރުން ކޮށްފައި ހުންނަ ކަންކަން އަނެއް ސަރުކާރުން ގެއްލުވާލައި، އެ އެއްޗެއްސަށް ހަދާ ގޮތް. އެކަން ނުވާނެ ގޮތެއް އެބަޖެހޭ ހޯދަން،" ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެށިފަހި މާލެ މަޝްރޫއު ހިންގިއިރު ވެސް ހައުސިން މިނިސްޓަރު ކަން ކުރެއްވި އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވި ގޮތުގައި، ސަރުކާރުގައި އޭގެ ލިޔުންތައް ފެންނަން ނެތަސް، ސައްހަ ނޫން ލިޔުމެއް ހިފައިގެން ގޮސް ފްލެޓުތައް ހޯދުމުގެ ފުރުސަތެއް ނުދޭނެ އެވެ. އޭގެ ބަދަލުގައި ހައުސިން މިނިސްޓްރީ އަށް މީސްމީހުން ގެންދާ ލިޔުންތަކުގެ ސައްހަކަން ބަލާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ. އެކަމަކު ލިޔުމެއް ނެތީސް، ކުރެވޭނެ ކަމެއް އެއްވެސް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑާ ހަމައަށް އެބަ އާދޭ ތިމަންނަ އަށް ލިޔުން ލިބުނޭ، ލިޔުން ގެއްލިއްޖެއޭ. ވަރަށް ހިތާމައާ އެކު ދަންނަވަން އަޅުގަނޑަށް ވެރިފައި ކުރެވެން ނެތް ކަމެއްގައި އަޅުގަނޑު ކުރާނެ ކަމެއް ނޯންނާނެ،" އަސްލަމް ވިދާޅުވި އެވެ.
"ވެށިފަހި މާލޭގެ ލިޔުންތައް ދައުލަތުގެ ތެރޭގައި ހުރީ ކޮންތާކު ކަން އެނގޭ މީހަކު ނެތް. މި ދިވެހިރާއްޖޭގެ ސަރުކާރު ބަދަލުވެގެން ދާއިރު، އެއް ސަރުކާރުން ކޮށްފައި ހުންނަ ކަންކަން އަނެއް ސަރުކާރުން ގެއްލުވާލައި، އެ އެއްޗެއްސަށް ހަދާ ގޮތް. އެކަން ނުވާނެ ގޮތެއް އެބަޖެހޭ ހޯދަން،"--- އަސްލަމް
އޭނާ ވިދާޅުވީ، ލިޔުންތައް ގެއްލުވައިލީ ވަކި ބަޔަކު ކަމަށް ތުހުމަތު ނުކުރައްވާ ކަމަށާއި އެއީ ކޮން ބައެއް ކަން ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެކަން ހިނގި ގޮތް ތަހުގީގު ކުރަންޖެހޭ ކަމަށާއި އެކަމަކު އެއީ ޕްލޭނިން މިނިސްޓްރީގެ ޒިންމާއެއް ނޫން ކަމަށް ވިދާޅުވި އެވެ.
ވެށިފަހި މާލޭގެ މަޝްރޫއުގެ ދަށުން ތިން ކެޓަގަރީއަކުން ބިިމާއި ފްލެޓު ދޭން ނަޝީދުގެ ސަރުކާރުގައި އިއުލާންކޮށް، އެކި މީސްމީހުންނަށް ލިޔުން ދޫކުރި އެވެ. އެމްޑީޕީގެ ވެރިކަން ނިމުމުން ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އެ މަޝްރޫއު ކުރިއަށް ގެންދިޔަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާކުމި
15 July 2020
އަސްލަމް ބުންނަސް ތީކަނޑަ އެލިގެން ދޮގެއް މިވެރިކަމަށް ކެންޕެއި ކުރި އިރުވެސް ތިޔަލިސްޓް ބަލައިގެން މީހުނަށް ގުލާހެދި
ރަދީފްްްް
15 July 2020
މުއިއްޒު ބުނިހެން ފްލެޓްތައް ގެއްލިގެން ހޯދާ ބަޔަކަށް ލިޔެކިޔުމެއް ނުފެނުމަކީ ހައިރާންވާ ވަރު ކަމެއް ނޫން
ރައްޔި
15 July 2020
އޭސީސީން ތި މައްސަލަވެސް ބެލި. އޭސީސީގައި ވެސް ހުންނަންވާނެ ކަންނޭނގެދޯ ލިޔުންތައް. ހޯދާ. ހުރިތަނަކުން ހޯދާ
ހޮޅިސަރުކާރު
15 July 2020
މީހާދަ ކަމެއްކުރަން ނޭނގޭ ވަޒީރުން އުޅޭ ސަރުކާރެކޭ ދޯ!
ޢިބޫ
15 July 2020
ލިއުންތަށް ގެއްލުނީމަ ދެން ނުޖެހޭނެ ތަނެއް ދޭކަށް. އެއީ އެހެދި ގޮތަކީ، ތި މިނިސްޓަރ ހުރެގެން މާލޭ ރައްޔަތަކަށް އެއްޗެއް ނުދޭނެ.
މިލިޓަރީ
15 July 2020
މަކަރާ ދޮގުހެދުން ރައްޔިތުންނަ ވަކިވަރަކައް އޯޅުވާލެވެނީ.
އެންދެރި
15 July 2020
ވެރި ކަމަށް 2 އަހަރުވީމަ ތިވާހަކަ ދެއްކީމަ ރައްޔިތުން ގަބޫލެއް ނުކު ރާނެ އެވެ.
ޝޮކްތެރަޕީ
15 July 2020
ކަލޭމެން ބުނި މިހާރު ލިޔުންތައް ޗެއްކުރަނީޔޭ. މިހާރު ތިބުނަނީ ނެތޭ.؟
ތެދުވެރިޔާ
15 July 2020
ރޯމާ ދުވާލު ކަލޭމެން ދޮގުތިހަދަނީ. ހެޔޮވާނީ ކިހިނެ ތިހެން އުޅެން.
އައިސީޓީމޭން
15 July 2020
ދައުލަތުގެ ކޮންމެ ލިޔުމެއްވެސް ދޫކުރަނީ "ޖެމްސް" ކިޔާ ނިޒާމަކުން ނަމްބަރު ނެގުމަށް ފަހު. އަދި ސޮއިކޮށްފަ ސްކޭންކޮށް، އެޔަށް އެޓޭޗްވެސް ކުރަންްޖެހޭ. ދެން ގެއްލޭންވީ ކީއްވެ؟