ތިން ބެއިން އެ މީހުން ވިއްސި ޑޮކްޓަރާ އެކު.
17 ޖުލައި 2020 - 08:06
ދަރިން ލިބުން ފަދަ ކަންކަމަކީ ހަޔާތުގައި އަންނާނެ ވަރަށް ހާއްސަ ދުވަސްތަކަކަށްވާނެ އެވެ. އަދި އެއްބަނޑު އެއްބަފާ ތިން ބެއިންނަށް އެއްފަހަރާ އެއް ދުވަހެއްގައި ދަރިން ލިބުމަކީ ވަރަށް ހާއްސަ ކަމަކަށް ވާނެ އެވެ. މިފަދަ ނަސީބަކާ ލައްވައިލި އެމެރިކާގެ މި ތިން ބެއިންނަށެވެ.
މިއީ އެމެރިކާގެ އޮހައިއޯގެ މެންސްފީލްޑްގައި ދިރިއުޅޭ ދަނީޝާ ހޭނެސް އާއި އެރިއަލް ވިލިއަމްސް އާއި އޭޝްލީ ހޭނެސް އެވެ. ތިން ބެއިންގެ ވެސް ދަރިން އުފަންވީ މި މަހުގެ 3 ވަނަ ދުވަހު އެވެ. ވިހެއީ އެއް ހޮސްޕިޓަލެއްގަ އެވެ. ތަފާތީ ހަމައެކަނި ވިހޭ ގަޑިތަކެވެ.
ތިން ބެއިން ވިއްސުމުގައި އިސްކޮށް މަސައްކަތްކުރެއްވި އޮހައިއޯ ހެލްތު މެންސްފީލްޑް ހޮސްޕިޓަލްގެ ޑޮކްޓަރު އެޑްރޯއި މެކްމިލަން ވިދާޅުވި ގޮތުގައި އެ މީހުން ވިހެއުމުގައި ހުރީ ގަޑިއިރުތަކެއްގެ ތަފާތެވެ. އަދި އެއް ދުވަހެއްގައި އެއްބަނޑު އެއްބަފާ ތިން ބެއިން ވިހެއުން ވަރަށް ހާއްސަ ކަމަށް ވިދާޅުވި އެވެ.
The three babies were born in a span of four and a half hours at OhioHealth Mansfield Hospital. https://t.co/bdTEPKQ3Jg
— MansfieldNewsJournal (@MansfieldNJ) July 10, 2020
ތިން ބެއިންގެ ތެރެއިން މެދަށް ހުރި އަދި އެންމެ ފަހުން ވިހެއި ދަނީޝާ، 25، ވެސް ބުނިގޮތުގައި މިގޮތަށް ދިމާވެދާނެ ކަމަކަށް އެ މީހުން ކުރިއަކުން އެއްވެސް ވަރަކަށް ހިއެއް ނުކުރެ އެވެ. އެކަމަކު ސަމާސާ ވާހަކަތަކުގެ ތެރޭގައި ތިން މީހުންނަށް އެއް ދުވަހެއްގައި ވިހަން ޖެހިދާނެކަމުގެ ވާހަކަ އެ މީހުން ދައްކާފައިވެ އެވެ.
Three Mansfield sisters gave birth to their babies on the same day and just hours apart from each other https://t.co/sxee4bVlel
— MansfieldNewsJournal (@MansfieldNJ) July 10, 2020
"އެކަން އެގޮތަށްވީމަ އަސްލު ހަގީގަތުގައި ހަމަ ވަރަށް އުފާވެރި ކަމަކަށް ވީ،" އަންހެން ދަރިއަކު ލިބުނު ދަނީޝާ ބުންޏެވެ.
އޭނާ ވިހާނެ ކަމަށް ޑޮކްޓަރުން ކުރިން ބުނެފައި އޮތީ މި މަހުގެ 23 ވަނަ ދުވަހު އެވެ.
ހަގަށް ހުރި ވިލިއަމްސް، 20، ބުނިގޮތުގައި ތިން މީހުންގެ ތެރެއިން އެންމެ ފުރަތަމަ، ޖުލައި 3 ގައި ވިހެއީ އޭނާ އެވެ. އެއީ ހެނދުނު 10:10 ގަ އެވެ. ދެ ދައްތަ ވިހެއީ އޭގެ ފަހުންނެވެ.
ފަސް ވަނަ ދަރިފުޅު ލިބުނު އޭޝްލީ، 27، ބުނީ އޭނާ ވިހާނެ ކަމަށް ޑޮކްޓަރުން ކުރިން ބުނެފައި އޮތީ މި މަހުގެ 7 ވަނަ ދުވަހެވެ. އޭނާ ތިން ވަނަ ދުވަހުގެ ހެނދުނު 11:26 ގައި ވިހެއީ ފިރިހެން ކުއްޖެކެވެ.
ތިން ބެއިން ވެސް ބުނިގޮތުގައި އެއް ދުވަހެއްގައި ވަގުތުގެ ކުޑަ ތަފާތުތަކަކާ އެކު ވިހެއުމަކީ އެ މީހުން ވަރަށް ޖަޒުބާތު ވެސްކޮށްލި ކަމެކެވެ. އަދި ތިން މީހުންގެ ދަރިންގެ އުފަން ދުވަސް އެއް ދުވަހެއްގައި ފާހަގަކުރަން ޖެހުމަށް ވުރެ ވަކިން ބޮޑު އުފަލެއް ނޯންނާނެ ކަމަށް ވެސް ބުންޏެވެ.
ތިން ބެއިންގެ މަންމަ ޑެބޯރާ ވެއާ ވެސް ބުނީ އޭނާގެ ތިން ކުދިން އެއް ދުވަހެއްގައި ވިހެއުމަކީ ހަޔާތުގައި އައި ވަރަށް އާދަހިލާފު އަދި އުފާވެރި ދުވަހެއް ކަމަށެވެ. ޖުލައި 3 ގައި އުފަންވި ކުދިންނާ އެކު އޭނާ އަށް މާމަކިޔާ ދަރިންގެ އަދަދު މިހާރު ވަނީ 14 އަށް އިތުރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދިއުޅި
18 July 2020
މިޤައުމުގަވެސް އެބަހުރި އެއްރެޔަކު އެއްވަގުތަކު އެއްމަޖިލީހަކު ކައިވެނިކޮށްފައި އެއްދުވަހެއްގައި އެއް ހޮސްޕިޓަލަކު ވިހޭ މިހުންވެސް
ބޮޑު ކަމެއް ނުން ދެން
18 July 2020
މިއީ ނަޝީދުގެ މުދާގަނޑެއް ނޫން. ބޭނުންހާ ކަމެއް ކުރަން އޮތް. މަޑުން ހުރޭ!