16 ޖުލައި 2020 - 19:02
ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ބައިނަލްއަގުވާމީ ފޯރަމެއް ކަމަށްވާ، ކްލައިމެޓް ވަލްނަރަބްލް ފޯރަމް (ސީވީއެފް) ގެ "ތީމެޓިކް އެމްބެސެޑަ" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު އައްޔަންކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުން ބުނީ އެ މަގާމަށް ނަޝީދު އައްޔަން ކުރެއްވިކަން އެންގެވީ ސީޑީއެފްގެ ރިއާސަތު ބަލަހައްޓަވާ ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑރ. އޭކޭ އަބްދުލްމޯމެން ފޮނުއްވި ސިޓީފުޅެއްގައި ކަމަށެވެ.
މަޖިލީހުން ބުނީ ތީމެޓިކް އެމްބެސެޑަރުގެ މަސްއޫލިއްޔަތަކީ އަމިއްލަފުޅު ހައިސިއްޔަތުން ހިލޭސާބަހަށް އަދާކުރައްވާނެ މަސްއޫލިއްޔަތެއް ކަމަށެވެ. ނަޝީދު އެ މަގާމަށް އައްޔަންކޮށްފައި ވަނީ، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރުތަކާ ދެކޮޅަށް ކުރައްވާފައިވާ މަސައްކަތާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް ކުރައްވާ މަސައްކަތްތަކުގެ ސަބަބުން ކަމަށް ވެސް މަޖިލީހުން ބުންޏެވެ. އަދި އެ މަގާމު ދެއްވުމުގައި ނަޝީދު ރާއްޖޭގެ ރައީސްކަމުގައި ހުންނަވައި ކުރެއްވި ހިދުމަތަށް ވެސް ބަލާފައިވާ ކަމަށް މަޖިލީހުން ބުންޏެވެ.
ސީވީއެފް އަކީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ޝިކާރައަކަށްވުމުން ސަލާމަތް ވުމަށް މަސައްކަތް ކުރުމަށް 48 ގައުމު ގުޅިގެން އުފައްދާފައިވާ ފޯރަމެކެވެ. މި ފޯރަމްގެ އެންމެ ފުރަތަމަ ބައްދަލުވުން ބޭއްވީ ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރު ރާއްޖޭގަ އެވެ.
މި ފޯރަމްގެ މައިގަނޑު މަޤްސަދަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުން ގައުމުތައް އަހުލުވެރިކުރުމާއި ތިމާވެއްޓާ ރަޙްމަތްތެރި ސިޔާސަތުތަކެއް ތަންފީޒުކޮށް މެންބަރު ގައުމުތަކުން ބޭނުންކުރާ ހަކަތައަކީ 100 ޕަސެންޓް އިޔާދަކުރަނިވި ހަކަތަ އަށް ބަދަލުކުރުމަށް މަސައްކަތް ކުރުމެވެ.
ތިމާވެށީގެ ހިމާޔަތުގައި ވަކާލާތު ކުރައްވާ ނަޝީދަކީ އެ ދާއިރާ އިން ދުނިޔެ އަށް ވެސް މަޝްހޫރު ބޭފުޅެކެވެ. އެ މަނިކުފާނު ވަނީ ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރެއްވުމަށް ދާދި ފަހުން އަމިއްލަ ޖަމިއްޔާއެއް ވެސް އުފައްދަވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތީއްތި
17 July 2020
ބޮޑުވަޒީރު މުގާބޭ
ާއުނިމާ
17 July 2020
ޚޮންމެފަދަ ވާހަކައެއްވެސް ދައްކަފާނެ މީނަ!
ގާލީ
17 July 2020
މިފަހަރު އަނެއްކާވެސް އޯލްޓަނޭޓިވް ނެރޭޓިވް އެއް ހޯދަން ނޫޅެެއްޖެއާ ކިތަންމެހާ ވެސް ރަނގަޅު
ޖަންމު
17 July 2020
ރަށް ގިރިއަސް ކުރެވޭނެ ކަމެއްނެތޭ ބުނި ނާތަ ހުޒީބު ވިސްނުން ކޮށި މީ ހާ ކޯންޗެކޭބާ މިފަ ހަރު ގޮސް ކިޔާނީ؟؟
ވަތަން އިސްކުރަންޖެހޭ
17 July 2020
ރާއްޖެއަ އިންޑިޔާ ސިފައިން ގެނައީވެސް ނަޝީދު ދިވެހި ޤައުމު ދެކެ ލޯބިނުވާކަން ދިވެހިން ދަނޭ މިހަރު. މަޝެއް ނަޝީދަ ތާއީދެއް ނުކުރާނަން.
ފައްލަންބޭ
17 July 2020
މުހިއްމެއް ނޫން!!
ސަންޕަދަރި
17 July 2020
ތިތާކަށް ގޮަސްވެސް ދައްކާނީ " ޗައިނާގަ ހައްދާފަ ހުންނަ ގަސްގަހުގެ ފަތުގެ ފެހިކަންގަދަ ވާހަކަޔާ ފަތްނުފައިބާ ވާހަކަޔާ މަގުމަތި ހަޑި ނުވާވާހަކަ, މީ ވަރަށް ދެރަކޮށް ހިނގާކަމެއް މިކަންޖެހޭ ހުއްޓުވަން ގަސްގަހުން ފަތް ފައިބަން ޖެހޭނެ, އިންޑިޔާގެ ގެރިގުއި ޗައިނާއިން ގަތުމަށް ދުނިޔޭގެ ބާރުތަކުން އެބަޖެހޭ ބާރުއަޅަން, " މޮޔަސޮރު
ތެއްލަވީވު
17 July 2020
އިސްލާމްދީނަށް ހަޖޫ ހަޖަހި އެދީނަށް ފުރައްސާރަކުރާ ކޮންމެ މީހަކަށް ހުޅަނގުގެ ގައުމުތަކުން ބޮޑެތި އިނާމާއި ރައްކާތެރިކަމާއި ޝަރަފުވެރި އެވޯޑުތައްވެސް ދޭނެ
ދިވެހިބަސް
17 July 2020
މިޤައުމުގަހުރި ބޮޑު ޗޮހޯބެޔާ ކަމެއް ހަވާލު ކޮއްފި. ކިހާވަރަކުން ދާނެބާ.
ޗަކޮއެ ކޮއެ
17 July 2020
ޗޮކުންދާނި...
ފަހުދު
17 July 2020
ބައިނަލްއަގްވާމީ ކަންޑުކޮހުންގެ ފޯރަމްގެ އެމްބެސެޑަރުކަން ދޭންވީ