ޚަބަރު / ހދ. ހަނިމާދޫ

ރާއްޖޭގެ އެންމެ ދުވަސްވީ މީހާ، 106 އަހަރުގައި މަރުވެއްޖެ

އަބްދުއްރަހްމާނު-- ފޮޓޯ: ދޯ

ރާއްޖޭގެ އެންމެ ދުވަސްވީ މީހާ، އުމުރުން 106 އަހަރުގައި މިއަދު މަރުވެއްޖެ އެވެ.

ހއ. ހަތިފުއްޓަށް އުފަން، އަދި ފަހުން ހދ. ހަނިމާދު އަށް ދިރިއުޅުން ބަދަލުކުރި، އަބްދުއްރަހްމާން މޫސާ މިއަދު ހެނދުނު ހަނިމާދޫގައި މަރުވީ މުސްކުޅި ބަލީގައި ކުއްލި ގޮތަކަށެވެ.

އަބްދުއްރަހްމާންގެ އާއިލާ އިން ބުނިގޮތުގައި އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބަށް ވޯޓުލާން ލިސްޓް ހެދި އިރު ރާއްޖޭގައި އެހާތަނަށް ހުރި އެންމެ ދުވަސްވީ މީހަކީ އަބްދުއްރަހްމާނެވެ. އައިޑީކާޑުގައި ލިޔެފައިވާ ގޮތުން އަބްދުއްރަހްމާނު އުފަންވީ ނޮވެމްބަރު 11، 1913 ގަ އެވެ.

އޭނާގެ 10 ދަރިންގެ ތެރެއިން އެންމެ ހަގު ދަރިފުޅު، އަބްދުއްރަޝީދު އަބްދުއްރަހުމާން 55، ބުނިގޮތުގައި އޭނާގެ ބައްޕަ އަށް މިދިޔަ އަހަރު ފަހުކޮޅު ސްޓްރޯކެއް ޖެހުމުން އޭގެ ފަހުން އުޅުނީ ބަލިވެ އެވެ. އެ ބަލިން އެއްކޮށް ރަނގަޅު ނުވެ އުޅެނިކޮށް މިދިޔަ ޖެނުއަރީ މަހު ފައިބިނދުނު ކަމަށާއި މިއަދު މަރުވިއިރު ވެސް އެކަމުން އެއްކޮށް ފަސޭހަ ނުވާ ކަމަށް އޭނާ ބުންޏެވެ.

"ހެނދުނު ކުއްލިއަކަށް ބުނީ ބައްޕަގެ ބަނޑަށާއި ބޮލަށް ތަދުވާ ވާހަކަ. ދެން އަޅުގަނޑުމެން ބޭސް އުނގުޅާ ހެދީމާ ކުއްލިއަކަށް ބުނީ ބައްޕަ މަރުވަނިއްޔޭ. ދެން އެމްބިއުލާންސަށް އަރުވައިގެން ގެންދިޔައީ ސިއްހީ މަރުކަޒަށް. ގެންދިޔަ އިރު ވެސް ދެ ފަހަރަކު ފުންކޮށް ނޭވާލި. އެއަށް ފަހު މަރުވީ،" ދަރިފުޅު ބުންޏެވެ.

އުމުރުގެ ގިނަ ދުވަހު މަސްވެރިއެއްގެ ގޮތުގައި އުޅުނު އަބްދުއްރަހްމާން މަޝްހޫރުވެފައި ވަނީ މޮޅު ކެޔޮޅެއްގެ ގޮތުގަ އެވެ.

އޭނާއަށް 10 ކުދިން ލިބުނެވެ. އޭގެ ތެރެއިން ދުނިޔޭގައި މިހާރު ތިބީ ހަ ކުދިންނެވެ. އަބްދުއްރަހްމާނަށް ކާފަ ކިޔާ 30 ކުދިން އެބަ ތިއްބެވެ. މުނިކާފަ ކިޔާ 40 ކުދިން އެބަ ތިއްބެވެ. އޭނާގެ އަންހެނުން މީގެ ހަ އަހަރު ކުރިން ވަނީ މަރުވެފަ އެވެ.

އުމުރުން އެހާ ދުވަސްވީއިރު ވެސް އަބްދުއްރަހްމާންގެ ހަނދާން ރަނގަޅެވެ. ކުރީގެ ރައީސް މުހައްމަދު އަމީން އަވަހާރަކޮށްލުމާއި ކުރީގެ ހަނދާތައް މިދިޔަ އަހަރު އޭނާ ވަނީ "މިހާރު" ގެ މެނޭޖުމަންޓުން ނެރޭ "ދޯ މެގަޒިން" އަށް ކިޔައި ދީފަ އެވެ.

އަބްދުއްރަހްމާނު އޭރު ބުނި ގޮތުގައި އޭނާގެ ދިގު އުމުރާ ގުޅިފައިވަނީ ކެއުންބުއިމުގައި ގެންގުޅޭ އުސޫލެވެ. ގަވާއިދުން ކޮންމެ ގަޑިއަކު އޭނާ ކައެވެ. އެކަމަކު ކަނީ ކުޑަ އެތިކޮޅެކެވެ. އާންމުކޮށް ކައި އުޅެނީ ބަތާ އެކު ގަރުދިޔަ އާއި ތަރުކާރީ އާއި ފަރުމަހެވެ. އެއަށް ފަހު ކޮންމެވެސް ކަަހަލަ ފޮނި ކާ އެއްޗެކެވެ.

13 ކޮމެންޓް, 120 ރިއެކްޝަންސް

icon happy icon happy 2%
icon sad icon sad 98%
icon angry icon angry 1%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރީތި މޫސަ

20 July 2020

اناللہ وانا الیہ راجعون. މަރުހޫމް ގެ ފުރާނައަށް ރަހުމަތް ލައްވައި އާއިލާއަށް ކެތްތެރިކަން ދެއްވާ ހެޔޮގޮތް މިންވަރު ކުރައްވާށި އާމީން

The name is already taken The name is available. Register?

ރަޔާން

19 July 2020

اناللہ وانا الیہ راجعون. މަރުހޫމް ގެ ފުރާނައަށް ރަހުމަތް ލައްވައި އާއިލާއަށް ކެތްތެރިކަން ދެއްވާށި

The name is already taken The name is available. Register?

ގެދާނޯމޮސް

19 July 2020

މާތްﷲ އަބުދުއްރަހުމާނު އާއި އަނބިކަނބަލުން ނަށް ކައްވަޅު އަލިކުރައްވާށިއެވެ. އިބްރަތެއްގެ ގޮތުގައި ބަލަންވީ ކާއިރު ފުރާނަޔަށް އުނދަގޫނުވާ ވަރަށް ކެއުމައި ނޭވާލުމަށް ޖާގަބެހެއްޓުމެވެ.

The name is already taken The name is available. Register?

އަބްދުއްالله

19 July 2020

އެ އުމުރުގެ ރާއްޖެތެރޭ މީހުންގެ އުމުރު ކަށަވަރެއް ނުކުރެވޭނެ. އުފަން އަހަރު އެހީމަ ބުނާނީ "ކުޑަސޮރުގެ ދޮންސޮރު ބެހިގެން ނާގަބާޑިއަށް ދިޔަ އަހަރު ގެ ފަހުން ނަގޫރޯޅި އެރި އަހަރު"، މިކަހަލަ ކޮނަމެވެސް އެއްޗެއް. އެންމެ ދުރު ހަދާން ކަމުގަ ބުނާނީ "ހަނޑޫ ކަނޑިއެއް ލިބެނީ ސަންސުއްދީ ބޮޑުލާރި އަކާ ހަތަރު އަނާ އަށް".

The name is already taken The name is available. Register?

ހާމިދު ޝާހިދު

19 July 2020

اناللہ وانا الیہ راجعون۔

The name is already taken The name is available. Register?

Ibrahim Muizzu

19 July 2020

اناللہ وانا الیہ راجعون۔

The name is already taken The name is available. Register?

ޝައްފަ

19 July 2020

އެހެން ނޫހެއްގައި އޮތް އެންމެ ހަގު ކުއްޖާ އަށް 50 ކަމަށް.

The name is already taken The name is available. Register?

މުބީނު މާރނީ

19 July 2020

ފުރާނަފުޅަށް ސުވަރުގޭގެ ނިޢުމަތް ލައްވަވާށި. މަރްހޫމްގެ ގެ ޢުމުރުފުޅު ޤަބޫލް ކުރަން ދަތި. އެންމެ ހަގު ބޭފުޅާ އަށް 55 ކަމަށް ވަނީ ނަމަ އެންމެ ދޮށީ ބޭފުޅާ އަށް 70 ކަމަށް ބަލަމާ. އެއީ 10 ބޭފުޅުން ތިއްބެވީމާ 15 އަހަރުތެރޭ 10 ބޭފުޅުން ލިބިވަޑައިގަންނަވާނެ ކަމަށް ބަލާފައި. އެޒަމާނުގައި ވަރަށް އަވަސް ވާނެ. 106ކުން 70 ކެނޑީމާ 36. އެޒަމާނުގައި 36 ގައި އެެއް ނޫން މީހުނާ އިންނާނީ. 20 އަހަރު އުމުރުފުޅުގައި ކައިވެނި ބައްލަވައިގަތީ މާ މަރުޙޫމް އަށް ވާނީ 90 އަހަރުފުޅު.

The name is already taken The name is available. Register?

mohmed

19 July 2020

އަހަރެންގެ ކާފަ އަށް 110

The name is already taken The name is available. Register?

ކެޔޮނިރު

19 July 2020

ޢަބްދުއްރަޙުމާން ބޭބެއަށް ހެޔޮ ރަޙުމަތް މިންވަރުކޮށް ދެއްވާ ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކޮށް ދެއްވާށި. އާމީން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454