ޖާބިރު މަޖިލީހަށް ގަރާރެއް ހުށަހަޅުއްވަނީ. އޭނާ މިއަދު ހުށަހެޅުއްވި ގަރާރަށް ވޯޓަށް އެހި އިރު ތަޅުމުގައި ވަޑައިގެން ނެތް.
21 ޖުލައި 2020 - 17:39
ކާށިޑޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަަހެޅުއްވި ގަރާރަށް އޭނާ ވެސް ވޯޓު ނުދެއްވުުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެކަން ފާހަގަ ކުރައްވައިފި އެވެ.
ލޯކަލް ކައުންސިލްްތަކާއި ލޯކަލް ގަވަމެންޓް އޮތޯރިޓީ އުވައިލަން ގޮވާލައި ޖާބިރު ހުށަހެޅުއްވި ގަރާރަށް ވޯޓަށް އެހި ވަގުތު ތަޅުމުގައި ޖާބިރު ވަޑައިގެން ނެތެވެ. އެހެންވެ، ރިޔާސަތުން ނަޝީދު އެކަމާ މިއަދު ސުވާލު އުފެއްދެފި އެވެ. ޖާބިރު މީގެ ކުރިން ވެސް ބައެއް ފަހަރު އެގޮތަށް ކަންތައް ކުރައްވާފައިވެ އެވެ.
ޖާބިރުގެ ގަރާރު މަޖިލީހަށް ބަލައިނުގަތުމަށް ފާސްކުރީ ވޯޓުގައި ބައިވެރިވެޑައިގެންނެވި 60 މެމްބަރުންގެ ވޯޓުންނެވެ.
"އިއްޒަތްތެރި މެމްބަރުން އަޅުގަނޑަށް ފެނޭ މިއީ ރެެކޯޑެއްގެ ގޮތުގައި. މިތަނަށް މައްސަލަ ހުށަހެޅުއްވި ބޭފުޅާ މިއާ އެއްކޮޅަށް ވޯޓެއް ލެއްވޭކަށް ނެތްބާ؟" ވޯޓަށް އެއްސެވި ގަޑީގައި ނަޝީދު ސުވާލު ކުރެއްވި އެވެ.
ކައުންސިލްތަކާއި އެލްޖީއޭ އުވައިލަން ގޮވާލައި ގަރާރު ހުށަހެޅުއްވުމަށް ފަހު، ޖާބިރު ވިދާޅުވީ އެއީ ދައުލަތުގެ ހަރަދު ކުޑަކުރުމަށްޓަކައި އަޅަން ޖެހޭ ފިޔަަވަޅެއް ކަމަށެވެ. އޭނާ ވިދާޅުވީ ކައުންސިލްތަކުން ކުރާ ކަމަކީ ހަމައެކަނި މުސާރަ ނެގުން ކަމަށެވެ. އެގޮތަށް ކަންތައްވީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ލިބެންޖެހޭ ބާރުތައް ނުލިބޭތީ ކަމަށް ޖާބިރު ތުހުމަތުކުރެއްވި އެވެ.
"އެހެންވީމާ ލާމަރުކަޒީ ސިސްޓަމް އޮަޕަރޭޓެއް ނުކުރި. ގަބޫލުުރަމާ ހިންގަވާ،" ޖާބިރު ވިދާޅުވި އެވެ.
މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ ރައްޔިތުންްގެ މަޖިލީހުގެ މެމްބަރުންނަށް ޖާބިރު މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. ރައްޔިތުން އެއިން އެއްވެސް މެމްބަރަކު ދެން ނުހޮވާނެ ކަަމަށް އޭނާ ވިދާޅުވި އެވެެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިސްނަވާ
22 July 2020
ޖާބިރުމެން ލެވެލްގައި ގަރާރުތަކަށް ވޯޓުދީ ހެދުމެއް ނޯންނާނެ. އެއީ އެއަށްވުރެ މަތީ ފަންތީގެ މެންބަރެއް.
ހަސްފަސްނެތިހުސްވިގުޅި
21 July 2020
ތިއަވީގޮތަކީ މާކަބޮޑު ސައިންސެއްނޫން. ވަރަށްތިލަ ފަސޭހަ ފެންނަންއޮތްކަމެއް. ވާނުވާނޭގިން އުޅެންވީމަ ހެދޭނެހެދޭއެއްޗެއް ނޭގޭނެތާ. ހަގީގަތަށް ބަލާއިރު މިވަގުތު މަޖިލިސް ގްރައުންޑުކޮލަން ޖެހޭ. މިއެންމެނަށް ބޮޑުމުސާރަދީގެން ބޮޑުސިންގާ އިމަރާތެއްގެ އޮޕަރޭސްނަލް ކޯސްޓު ކަވަރުކުރަމުން އުޅޭވަރަށް ވުރެން މިވަގުތަކީ އެއްޗެއްނެތް ވަގުތެއް. އެހެންނޫނަސް ފައިދާހުރިކަމެއް ކުރާތަނެއްނޫން
އެންދެރި
21 July 2020
ޖާބިރާ ވާދައަށް މާސްޓާރސް ހަދާފަ ހުރި މީހަކު ކުރިމަތި ލީމަ ވެސް އޭނަ ނުހޮވި އެވެ. ރައްޔިތުން ވިސްނަން ވެއްޖެ އެވެ.
ދަރަޖަ ބޭ
21 July 2020
ދުނިޔޭގަ އޮތް އެންމެ ދަށުދަރަަޖައިގެ ގާނޫން ހަދާ މަޖްލީސް.
އާދަނުބެ
22 July 2020
އެއީ ކަލޭމެން ޕާޓީއަށް މެޖޯރިޓީ ނުލިބުނީމަ
ހަސަނު1
21 July 2020
ހެނދުނު ދައްކާވާހަކަ ހަވީރު ހަނދާން ނުހުންނަ މީހެއްގެ ވާހަކަ މިދެކެވެނީ.. ގައިމެވެސް ކޮންމެ ދުވަހަކު ނޫހައް އެބަ އަރާ ދައުލަތުން ކޮންމެވެސް ލާރިގަނޑެއް ޙޯދައިގެން ނޫނީ ބޯ ހަމަޖެހޭ އިންސާނަކު ނުދައްކާ ކަހަލަ ވާހަކައެއް ދައްކައިގެން.
ނެތީމޭނެތީމޭ
21 July 2020
ބަޔަކު ރައްޔިތުންނަށް ހަރާމްކޯރު ވާނީ މިހާވަރަށޭ މަމެން ބުނަން ނެތީމޭ...
ފަހުދު
21 July 2020
މަޖިލިސްގަ އެއްޖާބިރު ނެތަސް އެއީ މައްސަލައެއް ނޫން. ދެންތިބި ހުރިހާ ޖާބިރުން ނައް ވޯޓް ދެވޭނެއެއްނު
ކައުންސިލް
21 July 2020
އުވާލަންވީ ވާކަމެއް ނޯވޭ.. އެންމެ ކުޑަމިނުން ކޮފީ ގަނޑެއްވެސް ދޭން ނުކެރޭ
އަހުމަދުބޭ
21 July 2020
ޖާބިރު ބުންޏަސް މިކައުންސިލްތަށް އުވާލަން މަވެސް ތާއީދު، ބޭކާރު ޚަރަދެއް، ކުރެވޭ ކަމެއް ނެތް، ޕުރައިވެޓް ސެކްޓަރ އިން ރެއާދުވާލް މަސައްކަތްކޮއްގެން ހޯދައި ލާރިކޮޅުން ސަރުކާރަށް ޓެކްސް ދެއްކީމައި މިސިޔާސީ ވެރިން މިފައިސާކޮޅު ކައިހުސްކުރަނީ މިއީ ފެންނަ މަންޒަރަކީ، ދެން އެހެންނޫނަސް 250 މީހުން އުޅޭ ރައްރަށުގައި ކުރެވޭނީ ކޮން އިގްތިސޯދީ މަސައްކަތެއް،
ސްސި
21 July 2020
ޖާބިރުގެ ވާހަކަތައް ހަބަރުގެ ގޮތުގައި ނުގެނެސްބަލަ