21 ޖުލައި 2020 - 22:17
ކޮވިޑް-19 އަށް ރާއްޖެ އިން އިތުރު 45 މީހަކު މިއަދު ޕޮޒިޓިވް ވެއްޖެ އެވެ.
އެޗްޕީއޭ އިން ބުނީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވްވެފައި ވަނީ 31 ދިވެއްސަކާއި ބަންގްލަދޭޝްގެ 12 މީހަކާއި އިންޑިއާގެ ދެ މީހުން ކަމަށެވެ. އެއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 3،044 އަށް އަރައިފަ އެވެ. އޭގެ ތެރެއިން 2،369 މީހުން ވަނީ ރަނގަޅުވެފަ އެވެ.
މި ބަލީގައި 15 މީހަކު މަރުވެފައިވާއިރު، ފަރުވާދެމުން އަންނަނީ 600 މީހުންނަށް ކަމަށް އެޗްޕީއޭއިން ބުނެ އެވެ. އޭގެ ތެރެއިން އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 475 މީހުންނެވެ.
މާލެ ސަރަހައްދުން ކޮވިޑް-19 ފެނުމާ އެކު އިއުލާންކުރި ލޮކްޑައުންގެ ތެރޭގައި ބަލީގެ ހާލަތު ކޮންޓްރޯލްވެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ބިދޭސީންނެވެ. ނަމަވެސް ލޮކްޑައުން އަށް ލުއިތައް ދީ ހުޅުވާލުމާ އެކު ދުވަހެއް ދުވަހަކަށް ޕޮޒިޓިވް މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އޭގެ ތެރޭގައި ގިނައީ ދިވެހިންނެވެ.
ފާއިތުވެދިޔަ ތިން ހަފްތާ ތެރޭގައި ގުޅުމެއް ނެތް ކޭސްތަކާއި، ފްލޫ ކްލނިކްތަކަށް ދައްކައިގެން ޓެސްޓު ހަދާ މީހުން ޕޮޒިޓިވްވަމުންދާ ވަރު ގިނަވެފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަސީލާ
22 July 2020
ތިކަމުގެ ހައްލު އޮތީ ދިވެހިންގެ އަތްމަތީގައި. އެކަމަކު ކަނުވެފަ ތިބިބައެއްހެން އުޅޭ މީހުން ގިނަ. ކޮންމެ މީހަކުވެސް އުޅެނީ އޭނާ ހިތު ހުރި ގޮތަކަށް. ގައިޑްލައިނެއް ފޮލޯ ކުރާ މީހެއް ނެތް. ހިތާމަހުރި.
ސޮެިރީ
22 July 2020
ހެޔޮ ނުވާނެ. ހެޗްޕީއޭ ސިޔާސީވެއްޖެ . ނޫސްވެރިން މި ޓެސްޓު ތަކުގެ ސާމްޕަލް ބެކްލޮގް ހުރިވަރު ބަލައިދެއްވާ. ރިޒަލްޓު ނުލިބޭ 6 ދުވަސް ވާއިރުވެސް.
ވެލިދޫ މީހާ
22 July 2020
ކޮންއިރަކު ނެގި ސާމްޕަލް އެއްތޯ؟ ވާ އެއް ނުވާއެއް ނޭގޭ؟ ތައްޔާރުވެވިފަ ހުންނާނީ މިވަރަކަށް ދެން؟ 6 ވަނަ ދުވަސް ސާމަޕަލް ނެގިތާ ނަތީޖާ ނުލިބޭ
އަހުމަދުބޭ
22 July 2020
ޓެސްޓު ހެދުން ގިނަކުރާވަރަކަށް ޕޮސިޓިވް ކޭސް ގިނަވާނެ، މަގުމަތިން ގިނައިން ޓެސްޓް ހަދަނީ ދިވެހީން ބޭރުމީހުންނަށް ވުރެގިނައިން، ތިޔަޓެސްޓް ހެދުން މަދުވާވަރަކަށް ބަލިޖެހޭ ނިސްބަތްވެސް މަދުވާނެ، ޓެސްޓް ހެދުން ހުއްޓައިލުމުން ބަލިޖެހޭ މީހަކު ނުފެންނާނެ، ތިޔަ ކޮވިޑެއް ދެން މިދުނިޔެއަކުން ނައްތާއެއް ނުލެވޭނެ
ބޯގަޅި
22 July 2020
އެޗްޕީއޭގެ ސާމްޕަލް ބެކްލޮގް 5 ދުވަހައް ދިއުމަކީވެސް ޕޮސިޓިވްވާ މީހުން އިތުރުވާނެ ސަބަބެއް، އެއީ ޕޮޒިޓިވްކަން މިއަންގަނީ ސާމްޕަލްނަގާތާ 5 ދުވަސް ފަހުން ، އެމީހާގެފަރާތުން އެތައްބަޔަކައް ޖެހުމުގެ ފުރުސަތުއޮވޭ، ތިކަމުގަ އެޗްޕީއޭގެ އިހުމާލްވަރައްބޮޑު، އެންމެ ނުބައިސިނާރިއޯއައް ތައްޔާރުވުމުގެނަމުގަ ބިލިއަނަކައްވުރެގިނައިން ހަރަދުކުރެވުނުއިރު، ދުވާލަކައް 1000 ޓެސްޓުނުކުރެވޭ، ބެކްލޮގް ހަފްތާއެއް ފަހަތުގަ.
ވަތުބަތާނަ
22 July 2020
މީގެ ސާފު މަންޒަރެއް ނުފެނޭ! ސެންސަރުކޮށްގެން ލިބޭއެއްޗެއް ނޫންތޯ ތީ؟
ބަދީއު
22 July 2020
މިދިޔަ ބުރާސްފަތި ދުވަހު ދިން ސާމްޕަލް ނަތީޖާ އަދި ނުލިބޭ. 10 ދުވަސްވާ އިރު ރިސަލްޓް ނުދެވޭ. ތި ޕްޒިޓިވް ވި މީހުންގެ ސާމްޕަލް ތީ ކޮންއިރަކު ނެގި ސާމްޕަލް އެއްކަން ވެސް ބުނެލާ.
ރީތި މޫސަ
22 July 2020
ރައްކާތެރިކަމަށް ސަމާލުކަންނުދޭތީ ޖެހޭއަދަދު އިތުރުވަނީ މާސްކުއަޅަނީވެސް ނަމަކަށް އެއްވެސް ފަރުވާލެއްނުބަހައްޓަ މަގުތަކާ ރެސްތޯރެންޓްތަކުގަ އުޅެނީ އުޅޭނެގޮތަކަށް މިކަންހައްލުކުރެވޭނީ ހަރުކަށި އަމުރުތަކެއްނެރެ ތަންފީޒު ކުރަންފެށިދުވަހަކުން
ނާޛިރާ
21 July 2020
ހުރިހާ އެންމެނަށް ވެސް އަވަސް ޝިފާ މިންވަރު ކުރެއްވުން އެދި ދުއާ ކުރަން. އަދި ގައްޑާވެ ބޮޑާވުމުގެ ބަދަލުގައި އަޑުއަހާ ކެތްތެރިވާން ނަސޭހަތްތެރިވަން. ރައްކާތެރި ފަހި މާދަމައެއް ލިބެންއޮތީ ފަރުދީ ޒިންމާ އަދާކޮށްގެން. އެންމެން ވެގެން އެކަން ކުރަމާ!
މެންޓަލިޓީ
21 July 2020
ސިއްހީ މާހިރުން ބުނާގޮތް ހެދުމަކީ ދެރަ ކަމަކީތަ؟ ނަޝީދު ދަސްކޮށްދިނީ ކަމާބެހޭ ފަރާތްތަކަށް ގޮންޖެހުމަކީ މޮޅު ތަރައްގީ ކަމަށް. އެކަމަކު ޔޫރަޕް ގައުމެއްގެ ރައްޔިތުން ކަނާތު ފިޔަވަޅު އަޅާ ވައަތު ފިޔަވަޅުވެސް ނާޅާނެ އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ނައަންގާ ގޮތަކަށް. ހެޔޮނުވާނެ. ފަރުދީ ޒިންމާ އަދާކޮށްބަލަ. ފައްސިވާ މީހުން ގިނަ ވެގެން އަނެއްކާ ފުރަބަންދަކަށް ދާން ޖެހުމަކީ ހައްލެއް ނޫން.