ޚަބަރު / ހެލްތު ޕްރޮޓެކްޝަން އެޖެންސީ

ބަލި ފެތުރޭ މިންވަރު އިތުރުވާ ކަމުގެ ނިޝާންތަކެއް!

Health professionals collecting random samples on the roads of capital Male', following the easing of lockdown measures for the 'new normal'. Maldives is amongst one of the Commonwealth countries fighting against COVID-19. PHOTO: NIISHAN ALI

ކޮވިޑް-19އާ ގުޅިގެން މާލެ ސަރަހައްދުގައި އިއުލާންކުރި ލޮކްޑައުން އަށް ލުއި ދިނުމާ އެކު އަނެއްކާވެސް މާލެ ތެރޭގައި ބަލި ފެތުރޭ މިންވަރު އިތުރުވެފައިވާކަމުގެ ނިޝަންތަކެއް ޓެގް ޓީމުން ދީފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެގް ޓީމުގެ މެމްބަރު، ޑރ. އަހުމަދު ޝަހީދު ވިދާޅުވީ ފްލޫގެ ނިޝާންތައް ހުރެގެން ކްލިނިކަށް ދައްކައިގެން ޕޮޒިޓިވްވާ މީހުންގެ އަދަދު އެހެން ހަފްތާތަކާ އަޅާބަލާއިރު މިދިޔަ ހަފްތާގައި އިތުރުވެފައިވާ ކަމަށެވެ. އެގޮތަށް ނަގާ ސާމްޕަލް ތެރެއިން އާންމުކޮށް ޕޮޒިޓިވްވަނީ ފަސް ޕަސެންޓް ކަމަށާއި، ނަމަވެސް މިދިޔަ ހަފްތާގައި ނުވަ ޕަސެންޓު މީހުން ޕޮޒިޓިވްވެފައިވާ ކަމަށް ޑރ. ޝަހީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އަދި ފާހަގަވި ފްލޫގެ ނިޝާންތަކާ އެކު ދައްކަންދާ މީހުންގެ އަދަދު ވެސް މިދިޔަ ހަފްތާ ތެރޭގައި ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުންދާކަމަށް،،" ޑރ. ޝަހީދު ވިދާޅުވި އެވެ.

އަޅުގަނޑުމެންނަށް އަދި ފާހަގަވި ފްލޫގެ ނިޝާންތަކާ އެކު ދައްކަންދާ މީހުންގެ އަދަދު ވެސް މިދިޔަ ހަފްތާ ތެރޭގައި ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުންދާކަމަށް -- ޑރ. ޝަހީދު

ފްލޫ ކްލިނިކްތަކަށް ދައްކާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، ރާއްޖޭގައި ބަލި ފެތުރޭ މިންވަރު އަވަސްވަމުންދާ ކަން ވެސް ޑރ. ޝަހީދު ވަނީ ފާހަގަކުރައްވައިފަ އެވެ. އެގޮތުން ޑަބަލިން ޓައިމް (ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ދެގުނަ އަށް އެރުމަށް ހޭދަވާނެ ކަމަށް ލަފާކުރާ މުއްދަތު) ކުރުވަމުންދާ ކަމަށް ވިދާޅުވި އެވެ.

"ޑަބަލިން ޓައިމް ކުރުވާ ވަރަކަށް އޭގެ މާނައަކީ ބަލި ފެތުރޭ މިންވަރު އަވަސްވާ ކަން" ޑރ. ޝަހީދު ވިދާޅުވި އެވެ.

"މީގެ ތިން ހަފްތާ ކުރިއާ އަޅާބަލާ ޑަބަލިން ޓައިމް މި އަންނަނީ ކުރުވަމުން، މީގެ ތިން ހަފްތާ ކުރިން ޑަބަލިން ޓައިމް ހުރީ 116 ގައި. މިހާރު 39 ދުވަސް" ޑރ. ޝަހީދު ވިދާޅުވި އެވެ.

މީގެ ތިން ހަފްތާ ކުރިން ޑަބަލިން ޓައިމް ހުރީ 116 ގައި. މިހާރު 39 ދުވަސް، ޑަބަލިން ޓައިމް ކުރުވާ ވަރަކަށް އޭގެ މާނައަކީ ބަލި ފެތުރޭ މިންވަރު އަވަސްވަނީއޭ -- ޑރ. ޝަހީދު

މީގެ އިތުރަށް ފާއިތުވެދިޔަ ތިން ހަފްތާ ތެރޭގައި ގުޅުމެއް ނެތް ކޭސްތަކުގެ އަދަދުތައް ވެސް ގިނަވެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ. ލޮކްޑައުން އަށް ލުއި ދިން ހިސާބުން ފެށިގެން މަޑުމަޑުން ގުޅުމެއް ނެތް ކޭސްތައް އިތުރުވަމުންދާ ކަމަށް ވިދާޅުވި އެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓްކުރާ މީހުންގެ އަދަދުތައް ވެސް އިތުރުވާކަން ޑރ. ޝަހީދު ވަނީ ފާހަގަކުރައްވައިފަ އެވެ.

މިރޭގެ މީޑިއާ ބްރީފިންގައި ޑރ. ޝަހީދު ވާހަކަ ދައްކަވަނީ.

"ތިން ހަފްތާކުރިއާ އަޅާބަލާއިރު ކުޑަކޮށް ދަށް ވެއްޖެ މިހާރު، 40 ޕަސަންޓުން 30 އަށް، އެކަމަކު ވެސް މަތީގައި މިހުރީ،" ޑރ. ޝަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ހުރިހާ ކަމަކީ ވެސް ބަލި އިތުރަށް ހަލުވިކަމާ އެކު ފެތުރެމުންދާ ކަމުގެ ހެކި ކަމަށެވެ. މި ކަންކަމަކީ ބަލީގެ ހާލަތު އޮތް މިންވަރާއި އަޅަންވީ ފިޔަވަޅުތައް ދެނެގަންނަ ކަންކަން ކަމަށާއި ކޮންމެ ހަފްތާއަކު މި ކަންކަމަށް ބަލައި ވަކި ސްކޯއެއް ދޭނެ ކަމަށް ވިދާޅުވި އެވެ. މި ވަގުތު އަދި ހާލަތު އޮތީ މިހާރު ދީފައިވާ ލުއިތަކާ އެކު ކުރިއަށްދެވޭ މިންވަރަށް ކަމަށް ވެސް ޑރ. ޝަހީދު ވަނީ ވިދާޅުވެފަ އެވެ.

ލުއި ދިން ހިސާބުން ފެށިގެން މަޑުމަޑުން ގުޅުމެއް ނެތް ކޭސްތައް އިތުރުވަމުންދޭ. އަދި ހޮސްޕިޓަލުގައި އެޑްމިޓްކުރާ މީހުންގެ އަދަދުތައް ވެސް އިތުރުވާކަން ޑރ. ޝަހީދު ވަނީ ފާހަގަ ކުރައްވާފައި.

ޑރ. ޝަހީދު ވިދާޅުވީ މިހާރު މިއޮތް ހާލަތުގައި ވަރަށް ގާތުން ކަންކަން ބަލަން ޖެހޭ ކަމަށެވެ. އަދި ދެތިން ހަފްތާ ތެރޭގައި އަދަދުތައް އިތުރުވާ ނަމަ އަޅާފައި ހުރި ފިޔަވަޅުތައް ވަރުގަދަކުރަން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

މާލެ ސަރަހައްދުން ކޮވިޑް-19ގެ ފުރަތަމަ ކޭސް ފެނުމާ އެކު އޭޕްރިލް 15 ގައި އިއުލާންކުރި ލޮކްޑައުން އަށް ބޮޑެތި ލުއިތަކެއްދީ އާންމުންނަށް ބޭރުގައި އުޅެވޭނެހެން ހުޅުވާލީ މި މަހު 1 ގަ އެވެ. ފުރަތަމަ ހުޅުވާލި އިރު ދުވާލެެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 5-15 އާ ދޭތެރޭގައި ހުރި ނަމަވެސް މިހާރު އެ އަދަދު އިތުރުވެ 60 އަށް ވުރެ ވެސް މައްޗަށް އަރަ އެވެ. އަދި ޕޮޒިޓިވްވާ ދިވެހިންގެ އަދަދުތައް ވެސް ދަނީ އިތުރުވަމުންނެވެ.

ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 2،930 މީހުންނެވެ. ބަލީގައި 15 މީހުން މަރުވެފައިވާއިރު، 2،354 މީހުން ވަނީ ރަނގަޅުވެފަ އެވެ.

22 ކޮމެންޓް, 62 ރިއެކްޝަންސް

icon happy icon happy 15%
icon sad icon sad 68%
icon angry icon angry 18%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮވިޑް19

19 July 2020

ހަރުކަށި ފިޔަވަޅު އަޅާކަށް ނުޖެހޭ. ކޮށްމެދުވަހަކު ޕޮށިޓިވު ކިޔަސް ރަތްޔިތުން ނަކަށް ނުވިސްނޭ ،ނުފެނޭ މީގެ ނުރައްކާ ކަމެއް. ވިސްނި ފެންނަ ކަމުގައިވާނަމަ ނުޖެހޭނެ ގަދަބާރުން ގެއަށް ވައްދާ ، ގަދަބާރުން މާސްކުއަޅުވާކަށް.

The name is already taken The name is available. Register?

ފިފްޓީ

19 July 2020

މިގައުމުގަ ޕޮޒިޓިވްވީ މީހުން ސިއްހީ ގޮތުން ތަހައްމަލު ކުރި ވޭނާ، މިގައުމުގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޓްރޫ ސްޓޯރީޒް އެބަ ގެނެސްދޭތަ އެއްވެސް ބަޔަކު؟ އެކަން ތަޖުރިބާކޮށްފަ ތިބި މީހުންގެ ވާހަކައިގެ ބޭނުންކުރަންޖެހޭ މިއީ ކިހާ ނުރައްކާތެރި ބައްޔެއްކަން އެހެން މީހުންނަށް އަންގައިދޭން. ބަލީގެ ނުރައްކާތެރިކަން ނުފެނުމަކީ ވާހަކައެއް ކިތަންމެ ވަރަކަށް ބުންޏަސް އެއްބަޔަކަށް ގަބޫލުނުކުރެވިދާނެ ސަބަބެއް. މިހާރު ފެންނަން އޮތީ 3000 އަކުން 16 މަރުވިކަން

The name is already taken The name is available. Register?

ނުގުނާ

19 July 2020

ވައިރަސް ފެތުރޭ ގޮތް ރިއަލްޓައިމްގަ ދެނެގަނެވެން ނެތްއިރު، ފަހުން އަޅަން ހުންނަ ފިޔަވަޅު ކުރިން އެޅުމަކީ ބުއްދިވެރި ގޮތަކީ.

The name is already taken The name is available. Register?

ކޯވިޑުއޮނަވިހި

19 July 2020

ކޮންމެ ގޮތެއްވިޔަސް ގެއިން ބޭރަށް ނުނުކުމެ ތިބޭއިރު ފެތުރޭވަރަށް ވުރެ ގިނައިން ބޭރަށް މީހުން ނުކުމެ އޮފީސްތަކަށް ސުކޫލުތަކަށާއި ރެސްޓޮރާންޓުތަކަށާއި ޖަމާޢަތުގެ ނަމާދަށް ގޮސް އުޅެއްޏާ ފެތުރޭނެ، އަނެއްކޮޅުން ލޮކިޑައުންއަން ލުއި ދިން ފަހުން ސާމްޕަލް ނެގުންވެސް ޓެސްޓުކުރުންވެސް ވަނީ އިތުރުކޮށްފައި، އެއީ ކެޕޭސިޓީވެސް އިތުރުވުމާ ގުޅިގެން

The name is already taken The name is available. Register?

ޝިމާދު

19 July 2020

ތިބޭފުޅުން ތި ހިސާބުތައް ހައްދަވާ ހައްދަވާ އެއްވެސް ހަރުކަށި ފިޔަވަޅެއް ނާޅާ ތިއްބާ ކޭސްތައް އެދަނީ މައްޗަށް. އަޅުގަނޑުމެންނަށް ތި ހިސާބު ނުހެދިޔަސް އެބަ އިނގޭ ކޭސްތައް މަތިވަމުންދާކަށް. އެއްވެސް ހަރުކަށި ފިޔަވަޅެއް ނެތި އެމީހަކު އުޅޭނެ ގޮތަކަށް އުޅެން ލުޔިތައް ދީފަ ދޫކޮށްލީ. މާސްކް އަޅާކަށް މަޖުބޫރެއް ނުކުރޭ. އޮފީސްތަކުން އެންމެން ނެރެގެން މަސައްކަތް ކުރަނީ. އޮފީސްތައް ގޭގައި ތިބެގެން މަސައްކަތް ކުރަން އަދިވެސް އަހަރު ނިމެންދެން ބާރުއަޅަން ޖެހޭ

The name is already taken The name is available. Register?

ޕީއެސްއެމްގެ ސިޔާސީރައިވަރު

19 July 2020

ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ ފަދަ ޙާލަތެއް އޮތްކަމަށް ނުފެނޭ، އެމިންވަރަށް އިތުރެއް ނުވޭ

The name is already taken The name is available. Register?

ސޯނަމް

19 July 2020

ދިވެހިން ވަރަށް ތަހުޒީބުވާނެ. ކުޅުޖަހާނެ، ހައްޕުޑު މަގުމައްޗަށް ބުރުވާނެ. ދިވެހިން ދަ ބެސްޓް ހެދިގެން އެހެންމީހުންގެ ވާހަކަ ދައްކާނެ.

The name is already taken The name is available. Register?

ހަސަބު

19 July 2020

ކީއްކުރާނީ ޑޮކްޓަރުންގެ ބަސް އިވޭ ބަޔަކު މަދު. އެހެންވީމަ ހާލަތު ގޯހުން ގޯހަށް ދިއުމުގެ ބިރު އެބައޮތް. ލުއިދިނޭކިޔާފަ އަހަރެންގެ އުޅުމަކަށް ބަދަލެއް ނައާދޭ. އެކަމަކު އެހެން މީހުން އުޅޭގޮތުން ވަރަށް ބިރުގަނޭ. ﷲ އަށް ވަކީލުކުރުމަކީ ރައްކާތެރިކަމުގެ ފިޔަވަޅާއެކު ބަލި ނުޖައްސަވާނެކަމުގެ ޔަގީންކަން އޮތުން ﷲ ގެ އިރާދަފުޅާއި މިންވަރުފުޅުން ހުރިހާކަމެއްވެސް ދާނީ ރަނގަޅަށް.

The name is already taken The name is available. Register?

އަބްދުﷲ

19 July 2020

މީގައި ފަރުދީ ޒިންމާ ވަރަށް ބޮޑު. ދިރިއުޅުމުގެ އާދަތައް ބަދަލު ކުރަންޖެހޭ. އެކަން މުޖުތަމައުގެ ތެރެއިން ނުފެނޭ. ވިލިމާލެ، ހުޅުމާލެ ބީޗް ތައް ފުރޭ، ކެފޭތައް ފުރޭ، ސޯޝަލް ޑިސްޓެންޓިންގ އަށް އެހާސަމާލުކަން ދޭތަނެއް ނުފެނޭ. އޮފީސްތަކުގައި ވެސް ކަންކަން ރޭވިފައި ހުންނަނީ ރަނގަޅަކަށްނޫން. ކަންމަތީ ފިހާރަތަކުގައިވެސް ގައި ދުރުކަން ހޭންޑް ސެނެޓައިޒް ކުރުން ފަދަ ކަންކަން ރަނގަޅަށް ނުކުރޭ.

The name is already taken The name is available. Register?

ގަޓް ބްރޯ

19 July 2020

ތިޔަ ހުރިހާ ގްރާފް ތަކެއް ކުރަހާ ހާސަރުތަކެއް ނުދެމިޔަސް މި ރޯގާގަ ވަމުންދާ ގޮތާ ރާއްޖޭގެ ސިއްހީ ނިޒާމް ގެ ކަންތައް ހުރިގޮތުން ދެން ވާނެގޮތް ވެސް ލަފާކޮށްލަން ގިނަ ދިވެހިންނަށް އެނގޭ. މަރުވާފަހުން ކޮވިޑް އަށް ޕޮޒިޓިވް ވާ މީހުންވެސް ނިސްބަތުން މަދެއްނޫން. ހަމަ އެގޮތަށް އެއް ބައްޔެއްގަ ދެމީހުން މަރުއިރު އެކަކުވީ އެބަލީގަ މަރުވި މީހަކަށް އަނެކަކު މިވީ ކޮވިޑްގަ މަރުވި މީހަކަށް.

The name is already taken The name is available. Register?

މުދައްރިސެއް

19 July 2020

ދެން ސްކޫލްތައް ހުޅުވައިގެން ކޮންކަމެއް ވާކަން ސާބިތުކުރަންތަ މި އުޅެނީ؟ އެޑިއުކޭޝަން މިނިސްޓަރު ޓީޗަރުންގެ ހިޔާލެއް ނުހޯދާ އެއްގޮތަކަށްވެސް. އެޓެންޑެންސް %50 އަށް ނާރާއިރު، މިހާރު ކިޔަވައިދޭ އެއްޗިހި ފަހުންވެސް ކިަޔވާނުދީ ވާނެ ގޮތެއް ނެތް. ބެލެނިވެރިން ކުދިން ސްކޫލަށް ނުފޮނުއްވާ.. ޕްލީޒް. ދަރިން ބަލިވީމަ ތިޔަބޭފުޅުން ހިތާމަ ކުރައްވާނީ. އައިސްތުއަލީ އަށް ކަހެރުވަކެކޭވެސް ހީނުވާނެ

The name is already taken The name is available. Register?

ދޯބުރާލިހަކުރު

19 July 2020

އެދުރުންގެ ހިޔާލު ހޯދައިގެން އިސްކޫލުތައް ހުޅުވަންވެއްޖެއްޔާ ދުވަހަކުވެސް ނުހުޅުވޭނެ، އިންސާނި ތޮބީއަތަކީ ކަންކަން ފަސޭހަކޮށްލުން، މަސައްކަތެއްނުކޮށް ވާނެ ގޮތެއް އޮތިއްޔާނުކުރުން، މިކަމުގައި ޓީޗަރުންގެ ޚިޔާލު ނުހޯދިޔަސް، ސިއްހީ މާކިރުންގެ އިރުސާދުގެ ދަށުން ގޮތެއް ނިންމެވީމާ ފައްކާވާނެ

The name is already taken The name is available. Register?

ވެއިޓް

19 July 2020

ޑަބްލިން ޓައިމް އިތުރު ވާނެދޯ އެކްޓިވް ކޭސްގެ އަދަދު މަދުވީމަ؟ ސޯ؟

The name is already taken The name is available. Register?

ޑަބްލިންގ ޓައިމް

19 July 2020

ޑަބްލިންގ ޓައިމް ގެ ހިސާބު އެވެރިން ހަދާގޮތަކީ ކޮންމެ ހަފުތާއެއް ނިމުމުން އެ ހަފުތާގަ ޕޮޒިޓިވް ވި މީހުންގ އަދަދު ބަލާފަ އެ އަދަދު ދެގުނައަށް އަރަން ނަގާ މުއްދަތު ބަލަނީ. އެއީ ހހަފުތާ ނިމޭއިރު އެކްޓިވްކޮށް ތިބޭ މީހުންގެ ޢަދަދަށް ބަލާފަ ހަދައެޗެއް ނޫން. މިއީ އެޕިޑިއޮމޮލޮޖީ ނުވަތަ ބަލިފެތުރޭ ގޮތާ މިންވަރު ދެނގަތުމުގެ ފަންނީ މިންގަޑެއް. މިއަށް ސުވާލު ނޫފައްދަމާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454