ޔާސިރު ޔަހްޔާ.--
23 ޖުލައި 2020 - 14:13
ޓެރަރިޒަމާ ގުޅުން ހުރި ތުހުމަތުތަކެއްގައި ރާއްޖޭގައި ހައްޔަރުކޮށްފައި ހުރި ޔަމަނުގެ ރައްޔިތެއް ކަމަށްވާ ޔާސިރު ޔަހުޔާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް، މޯލްޑިވްސް ކަރެކްޝަންސް އިން މިއަދު ބުނެފި އެވެ.
އޭނާގެ ހާލު ކުޑަކޮށް ރަނގަޅު ކަމަށް ބުންޏަސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ކަރެކްޝަންސް އިން ނުދެ އެވެ.
ޔާސިރަށް މިދިޔަ އަންގާރަ ދުވަހުން ފެށިގެން އައިޖީއެމްއެޗުގައި ފަރުވާ ދޭން ފެށީ، ބަނޑުހައިހޫނުކަމުގެ ހަޅުތާޅެއް ފަށައި ހާލު ސީރިއަސްވުމުންނެވެ. އެކަމަކު އޭނާ އަލުން ކާން ފެށި ކަމެއް ކަރެކްޝަންސް އިން ނުބުނެ އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޭނާ އަދިވެސް އޮތީ އައިސީޔޫގައި ކަމަށެވެ. އޭނާއަށް ފަރުވާދެމުން ދަނީ ވެންޓިލޭޓަރުގަ އެވެ.
މިއީ އޭނާ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރި ދެ ވަނަ ފަހަރެވެ.
އެ ހަޅުތާލާ ގުޅިގެން އެ ފަހަރު ވެސް ޔާސިރުގެ ހާލު ވަރަށް ދެރަވެ، އައިޖީއެމްއެޗްގައި އައިވީ ގުޅައިގެން ފަރުވާ ދިނެވެ. އަލުން ކާން ފެށީ ގިނަ ދުވަސްތަކެއް ވަންދެން ހަޅުތާލު ކުރުމަށްފަހުގަ އެވެ.
ރާއްޖޭގައި ކައިވެންޏެއް ކޮށްގެން އުޅެމުން އަންނަނިކޮށް އޭނާގެ ހަގީގަތް އެނގުމުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ މާޗު 3، 2017 ގަ އެވެ. އެކަމަކު މިހާތަނަށް އޭނާގެ މައްޗަށް އެއްވެސް ދައުވާއެއް ނުކުރެ އެވެ.
ދޫކޮށްލާފައި ހުރެއްޖެނަމަ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ގެއްލުން ވެދާނެ ކަމަށް ބެލެވޭތީ ހައްޔަރުކޮށްފައި ހުރި ޔާސިރު ދިވެއްސަކާ އިނދެ ދަރިއަކު ވެސް ހުރެ އެވެ. އޭނާގެ ހަގީގަތް އެނގުނު ހިސާބުން ވިސާ ކެންސަލްކޮށް ރާއްޖެ އިން ފުރައިގެންދާން އެއް މަސް ދުވަހުގެ މުއްދަތެއް އިމިގްރޭޝަނުން ދިނެވެ.
އެކަމަކު އޭނާ ފުރަން އިންކާރުކުރީ އެވެ. ފުރަން އެއްބަސްވިހާ އަވަހަކަށް އެކަން ހަމަޖައްސައިދޭނެ ކަމަށް ހޯމް މިނިސްޓްރީން މީގެ ކުރިން ބުނެފައި ވެ އެވެ. އެހެންވެ ފުރުވައިލެވެން ދެން ޔާސިރު ބަހައްޓާފައި ހުރީ ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ ވަހީދު
23 July 2020
ކަލޭމެން ލަދެއްނުގަނޭތަ ހާލުރަނގަޅުވެޔޭ ބުނާކަށް މީއަޅެދައުލަތެއްތަ އިންސާނަކައް އެފަދަ ހާލެއްޖައްސަން އާންމު އުސޫލުން ފަޑިޔާރުންނައް ބައިއަޅާފަ ހުކުމެއްޖަހާފަ އޮތްނަމަހީވެސްރަނގަޅު
ވައިރަސް
23 July 2020
މީ ޔާމީނު ދައުރުގައި ބަންދުކުރި ޔަމަނު މީހާތަ؟
ައަހުމަދު
23 July 2020
ބަލަ މިޤައުމުަގއި ޤަވައިދާއި ޚިލާފަށް އުޅޭބަންގާޅިންގެ ތެޜޭގައި އެބައުޅޭ ބޮޑެތި މުޖުރިމުން އެމީހުންގެ ފަރާތުން ނުރައްކަލެއްނެތް ދޯ މިނޫނީ ނޯންނާނެ އިންސާފެއް ޤާނުނެއް ޤަވައިދެއް ވަކިބަޔަކށް ހިނގާ ޤައުމެއް ،އެކަމަކު މިމީހުން އެހެން ޤައުމުތަކުގެ ވަހަކަ ދައްކާނެ.
ބޮޑުހުސޭނު
23 July 2020
މިމީހާގެ މަރާ ދައުލަތުން ހަވާލު ވާން ވީ ގޮތެއް ނޭގެ! އަވަހަށް ދޫކޮށްލާ!
ޟާސް
23 July 2020
ކޮބައިތޯ ހިއު މޭން ރައިޓުސް. އެ މީހާ ޙުކު މަކާއި ނުލާއި ޖަލުގައި ގެންގުޅާތާ ކިތައް އަހަރު. ބޭރު ޤައު މުތަކުގައި ތިކަހަލަ ޙާލަތުގައި ތިބޭ މީހުންގެ ޙައްޤުގައި އެތަންތާގެ އަ މިއްލަ ޖަ މާއަށް ތަކުންވެސް އުޅޭ. ކޮބާ މިޤައު މުގެ މިނިވަން ނޫސްވެރިންނާއި ވަކީލުން. އާ މާލް ކުލޫނީ އައީ ނަޟީދު ދިފާޢުގައި އެ މެރިކާއިން
ގުރަހަ
23 July 2020
ހިޔުމަން ރައިޓްސްއަކީ ވަކިބަޔަކަށް އޮންނަ އެއްޗެއް ހެއްޔެވެ؟
އައްޔަ21
23 July 2020
ޢާއިލާ ކައިރީ ޑޮކްޓަރުން ބުނަނީ އެހެން ގޮތަކަށް. ފަންޑުކުރަނީ ކޮންތާކުންބާ؟
ހުސާމު
23 July 2020
ގުއަންޓަނާމޯގައި އެމެރިކާއިން ހިންގާ ލާއިންސާނީ އަމަލުތަކާ، ދިވެހި ދައުލަތުން ދިވެހި ބިމުގައި ހިންގާ މި ލާއިންސާނީ އަމަލާ ކޮބާ ތަފާތަކީ؟ ޓެރަރިޒަމްއަށް މީހުން ރެކްރޫޓު ކުރެވެނީ މިކަހަލަ ބޭއިންސާފު ކަންކަމުގެ ބޭނުންކޮށްގެން. ދެން ބަޔަކު ރެޑިކަލް ވީމާ ބުނާނެ އެވެނި އެއްޗެކޭ މިވެނި އެއްޗެކޭ.
ފަހުދު
23 July 2020
މީހަކަށް ދައުވާކުރުމެއް ނެތި، ބަންދުކޮށްގެން ގެންގުޅުމަކީ ސީދާ ގާނޫނާ ޚިލާފު ކަމެއް. ދިވެހި ދައުލަތުން މި ހިންގަނީ ސީދާ ސްޓޭޓް ޓެރަރިޒަމް ނޫނީ ޓޯރޗަރ. ދައުލަތުން ދެން ތިބުނަނީ އޭނާ ރަށަށް ދާން ބޭނުމިއްޔާ ދޫކޮށްލާނަމޭ. ވަރަށް ހެއްވާ ވާހަކައެއް. އޭނާގެ ކުށަކީ ވިސާ ނެތި އުޅުން ކަމަށް ވާނަމަ، ކޮންމެހެން އޭނާ ބޭނުންވިޔަސް ނުވިޔަސް އޭނާ ފުރުވާލުމުގެ ހައްގު އޮންނާނެ ދައުލަތަށް. އޭގެ ބަދަލުގައި އެއްވެސް ގާނޫނީ ހަމައެއް ނެތި އޭނާ ބަންދުކޮށްގެން ނުގެންގުޅެވޭނެ.
މުރަނާ
23 July 2020
މިހާރު މިއޮތީ އަތަށް ގޮވާފަ. މިހާރު އޭނާ ހައްޔަރުކޮށްގެން އެއުޅެނީ އޭނާއަށް ދިން އަނިޔާގެ ސަބަބުން ފަލީޙަތް ވާނެތީ. ކުށެއްނެތި އޭނާ ހައްޔަރު ކުރީ ސަޢޫދީ ރަސްގެފާނު އަންނަން އުޅުނީމަ މޮޅު ކަމެއް ކޮށްލައި ހެޑްލައިން އަޅާލާނަމޭ ހިތާ. އެކަމަކު އެވެސް ގޮވީ އަނިޔާވެރިންގެ އަތަށް. އެބުނާހެން އެހާވަރުގަދަ ޓެރަރިސްޓަކު އަތުލައިގަނެވުނު އިރު އަތުނުވާ ހާދަ ބަޔަކު ވާނޭ. އެމީހުން ރަސްގެފާނު މަރާފާނެތީ އަންނަން ނުކެރި ދަތުރު ކެންސަލްވެ މުޅިއެތި އަތަށްގޮވީ.