ރީގެ ފިނޭންސް މިނިސްޓަރު އަދި އެމްއެމްއޭ ގަވަރުނަރު މުހައްމަދު ޖަލީލު
23 ޖުލައި 2020 - 20:06
ރާއްޖޭގެ އިގްތިސާދީ ހާލަތު ބަދަލު ކުރެވޭނީ ދިގު ދެމިގެންމިދާ ދަރަނި ނެގުމުގެ ސަގާފަތް ހުއްޓާލައިގެން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު މުހައްމަދު ޖަލީލު މިއަދު ވިދާޅުވެއްޖެ އެވެ.
ނޭޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޯއީސް (އެންއެފްއެމްއީ) އިން ބޭއްވި ވެބިނާގައި، އެމްއެމްއޭގެ ކުރީގެ ގަވަރުނަރު މުހައްމަދު ޖަލީލު ވިދާޅުވީ، މިދިޔަ 40 އަހަރުގެ ތެރޭގައި 16 "އިކޮނޮމިކް ޝޮކް" ކުރިމަތިވި ކަމަށެވެ. މިފަދަ ޝޮކްތަކުން އަރައިގަތުމަށްޓަކައި ކޮންމެ ފަހަރަކު ވެސް އެތައް މިލިއަން ޑޮލަރެއްގެ ލޯނު ބޭރުގެ މާލީ އިދާރާތަކުން ނަގާ ކަމަށާއި އެކަން އެގޮތަށް ކުރުމުގެ ސަބަބުން ދަރަނި އިންތިހާ އަށް ބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މިކަން އާދައަކަށް ވެ، އިގްތިސާދު ކުރިއަރުވައި މާލިއްޔަތު އިތުރު ކުރުމުގައި އިތުރު ގޮތްތަކެއް ވެސް ހޯދިފައިނުވާ ކަމަށް ޖަލީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ޒިންމާދާރުކަމާ އެކު މާލިއްޔަތު ބެލެހެއްޓުން ނުވަތަ ފިސްކަލް ރެސްޕޮންސިބިލިޓީއެއް ނެތުމަކީ އިގްތިސާދަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ. މިކަން ބަދަލުވެގެން ނޫނީ، އިންވެސްޓްމެންޓްތައް އިތުރުކޮށް، ޕެންޝަން ފަންޑުން ލިބޭ ފައިދާ ފުޅާ ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
"މިކަން ހައްލު ކުރެވޭނީ ސަރުކާރާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ވެސް ފިސްކަލް ރެސްޕޮންސިބިލިޓީގެ މުހިއްމުކަން ދަނެ އެކަމަށް މަސައްކަތް ކުރުމުން،" ކުރިން ފިނޭންސް މިނިސްޓަރުކަމުގެ އިތުރުން އިކޮނޮމިކް މިނިސްޓަރުކަން އަދި އެންމެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފިނޭންސް މިނިސްޓްރީގެ ސީނިއާ އެޑްވައިޒަރުކަން ވެސް ކުރެއްވި ޖަލީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީި ގޮތުގައި، މާލިއްޔަތު ބެލެހެއްޓުމުގައި ނުވަތަ ހަރަދުތައް މެނޭޖް ކުރުމުގައި ރަނގަޅު އުސޫލުތަކެއް ބޭނުންވާ އިރު މިދިޔަ 12 އަހަރުގައި އަބަދުވެސް ފެނުނީ އަހަރުން އަހަރަށް ދަރަނި ބޮޑުވަމުން ދިޔަ ތަނެވެ. ދަރަނި ކުޑަ ކުރުމަށްޓަކައި އެއްވެސް ވަރަކަށް ޕްލޭނެއް ހެދި، އެއަށް އަމަލު ކުރާ މަންޒަރެއް އެއްވެސް ސަރުކާރުން ނުފެންނަ ކަން އޭނާ ފާހަގަކުރެއްވި އެވެ.
"މިކަން ހައްލު ކުރެވޭނީ ސަރުކާރާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ވެސް ފިސްކަލް ރެސްޕޮންސިބިލިޓީގެ މުހިއްމުކަން ދަނެ އެކަމަށް މަސައްކަތް ކުރުމުން،"--- ޖަލީލް
"އަޅުގަނޑެއް ނުދެކެއް އެއްވެސް ސަރުކަރުގެ ޑޮކިއުމެންޓެއްގައި ދަރަނީގެ މިންވަރު ޖީޑީޕީގެ 60 ޕަސެންޓަށް ކުޑަ ކުރަން ވިސްނައި އެކަން ހާސިލު ކުރަން މަސައްކަތް ކުރާނެކަން ލިޔެފައި އޮތް ތަނެއް. ނުވަތަ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭ ޖީޑީޕީގެ 60 ޕަސެންޓަށް ދަރަނި އަރާނެ ކަމަށް ލަފާކޮށް އެފަދަ ޕްލޭނެއް ވެސް ފެންނާކަށް ނެތް،" ޖަލީލް ވިދާޅުވި އެވެ.
ކޮވިޑް-19 އާ ގުޅިގެން ދައުލަތުން ވަނީ ބޭރުގެ މާލީ އިދާރާތަކުން ލޯނުތައް ނަގަން މަޖުބޫރުވެފަ އެވެ.
މި އަހަރު ނިމޭ އިރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނީގެ މިންވަރު 79 ޕަސެންޓަށް އަރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރެ އެވެ. މީގެ އިތުރުން ދައުލަތުގެ ދަރަންޏާއި ދައުލަތުން އެކި ލޯންތަކަށް ދީފައިވާ ގެރެންޓީއާ އެކު ދަރަނީގެ މިންވަރު އުފެއްދުންތެރިކަމުގެ ނިސްބަތުން ހުންނާނީ 93.8 ޕަސެންޓްގައި ކަމަށް ވެސް ވޯލްޑް ބޭންކުން ބުނެ އެވެ. މިއަހަރު ނިމޭ އިރު ދައުލަތުގެ ދަރަނި 70 ބިލިއަން ރުފިޔާ އަށް އަރާނެ އެވެ.
ޖަލީލް ވިދާޅުވީ، ދަރަނި އިންތިހާއަށް ބޮޑު އިރު ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ހޯދުމަށްޓަކައި ރާއްޖޭގެ ރިޒާވް ބޮޑުކުރަން ޖެހޭ ކަމަށެވެ. ރާއްޖޭގެ ޔޫޒަބަލް ރިޒާވް އެންމެ ބޮޑުވެގެން ވެސް އެވްރެޖްކޮށް ހުންނަނީ ހަތަރު މަހުގެ އިމްޕޯޓަށް ފުދޭވަރުގެ ފައިސާ އެވެ. އެހެން ނަމަވެސް މިއީ ކުޑަ އަދަދެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ޖަލީލް ވިދާޅުވި ގޮތުގައި، ރާއްޖެ އަށް ވުރެ ކުދި އިގްތިސާދުތަކުގައި ވެސް މިއަށް ވުރެ ރަނގަޅު ރިޒާވްގެ އަދަދު އެބަހުއްޓެވެ. މޮރިޝަސް އާއި ސީޝެލްސް އާއި ބޫޓާން ފަދަ ގައުމުތަކުގައި ވެސް އަށް މަސް ދުވަހުގެ އިމްޕޯޓަށްވާ ފައިސާ ރިޒާވްގައި އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްއެމްއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މެއި މަހު ޔޫޒަބަލް ރިޒާވް ހުރީ 200 މިލިއަން ޑޮލަރުގަ އެވެ. މިއީ މިދިޔަ 17 މަސް ދުވަހުގެ ތެރޭގައި ވެސް ދަށް ނުވާ ވަރެކެވެ.
"އަޅުގަނޑެއް ނުދެކެއް އެއްވެސް ސަރުކަރުގެ ޑޮކިއުމެންޓެއްގައި ދަރަނީގެ މިންވަރު ޖީޑީޕީގެ 60 ޕަސެންޓަށް ކުޑަ ކުރަން ވިސްނައި އެކަން ހާސިލު ކުރަން މަސައްކަތް ކުރާނެކަން ލިޔެފައި އޮތް ތަނެއް. ނުވަތަ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭ ޖީޑީޕީގެ 60 ޕަސެންޓަށް ދަރަނި އަރާނެ ކަމަށް ލަފާކޮށް އެފަދަ ޕްލޭނެއް ވެސް ފެންނާކަށް ނެތް،" --- ޖަލީލް
ޖަލީލް ވިދާޅުވީ، ބޭރުގެ އިންވެސްޓްމެންޓްތަކުގެ ގޮތުގައި ޑައިރެކްޓް އިންވެސްޓްމެންޓާއި ޕޯޓްފޯލިއޯ އިންވެސްޓްމަންޓް ހިމެނޭ އިރު ރާއްޖޭގައި ހަމަ އެކަނި ފެންނަނީ ޓޫރިޒަމް ސެކްޓާއަށް އަންނަ ޑައިރެކްޓް އިންވެސްޓްމަންޓްތައް ކަމަށެވެ. ނަމަވެސް ޕޯޓްފޯލިއޯ އިންވެސްޓްމަންޓްތަކަކީ ކުންފުނިތަކަށް އައިސް ބޭރުގެ ގިނަ ފަރާތްތަކެއްގެ އިންވެސްޓްމަންޓްތައް ފެންނާނެ ދާއިރާއަކަށްވާ އިރު ރާއްޖޭގެ އިގްތިސާދު ބައްޓަންކޮށްފައިވާ ގޮތުން އެފަދަ އިންވެސްޓްމަންޓްތަކަށް ފުރުސަތެއް ނެތް ކަމަށް ވިދާޅުވި އެވެ.
މިކަންކަން ބަދަލު ކުރަން މިހާރު ވެސް މާ ލަސްވެއްޖެ ކަމަށާއި އެހެން ނަމަވެސް މިކަން ބަދަލުކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ޖަލީލް ވިދާޅުވި އެވެ.
އިގްތިސާދީ ހާލަތު ބަދަލު ކުރުމުގައި އެންމެ ފުރިހަމަ ފިޔަވަޅުތައް ނޭޅޭކަން ފާހަގަކުރައްވައި އޭނާ ވިދާޅުވި ގޮތުގައި ރާއްޖެ ވަނީ ދެމެހެއްޓެނިވި ތަރައްގީގެ މަތިން ހަނދާން ނައްތާލާފައިފަ އެވެ. ހަމައެކަނި މަސައްކަތް ކުރަނީ ކުރު މުއްދަތުގެ ހާލަތުން އަރައިގަތުމަށް ކަމަށް ވިދާޅުވި އެވެ. ނަމަވެސް ދުރު މުސްތަގްބަލްގެ ތަރައްގީ ހާސިލު ކުރަން މިކަން ބަދަލު ކުރަން ޖެހޭ ކަމަށް ޖަލީލް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބިރިހިންބެއްޔާ
25 July 2020
މައްސަލައަކީ ލޯނެއްނޫން. މައްސަލައަކީ ނަގާލޯނުގެ ބޮޑުބައި އާމްދަނީނުލިބޭ މުހިންމުނޫން ޕްރޮޖެކްޓްތަކަށް ތަޅާއަޅާލުން. މިސާލަކަށް ގިނަވެގެން 15-10 މިލިޔަން ޑޮލަރަށް ކަޑުދަތުރުން ހަމަޖެއްސިދާނެ މާލެ ގުޅީފަޅު ތިލަފުށީގެ ގުޅުން، މިދަތި ދުވަސްވަރު 1،000 މިލިޔަން ޑޮލަރު ޚަރަދުކުރަންޖެހިދާނެ ބިޔަ ބުރިޖަކަށް ހެދުން އެއީ ލޯނު ނަގައިގެން ކުރަންޖެހޭކަމެއް ނޫން. ކޮޅުވެއްޓިއާއި ފެރީ އަދި މަގަތު ފާލަމަކުން ފަށަންވީނޫންތޯ؟ ފައިސާހުރި ދުވަހަކުން ބުރިޖުއަޅާނީ.
ހުސެން
24 July 2020
"ކުރީގެ ފިނޭންސް މިނިސްޓަރު" ދެއްތޯ! މި ކޮންމެމީހަކުވެސް މަގާމުގެއްލުނީމަ ނުވަތަ މަގާމާ ދުރަށްގޮސް ގައުމަށް ހާދަހެވެއްއެދެއެވެ. ނަސޭހަތްތައްދީ ވާންވީގޮތްތައްކިޔާދީ ސަރުކާރުންހަދާ ގޯސްތަކުގެ ވާހަކަދައްކާނެ އަނގައެއްވެސް އޮވެއެވެ. ނަމަވެސް މަގާމުގައި ތިބޭއިރު މީންއެއްވެސް ކަމެއްފާހަގަކުރުމެއް އިސްލާހަށް މަސައްކަތެއްކުރުމެއްނެތެވެ. ސަރުކާރުން ކުރާހާކަމަކަށް އާދެއާދެ ކިޔަން ކަންކަން ގޯހުންގޯހަށްދާއިރުވެސް ތިބެނީއެވެ.
ކެރޯން
24 July 2020
ކުރީގެ ފިނޭސް މިނިސްޓަރ އަށް ދައްނަވާލަންއޮތީ މަނިކުފާނުގެ ވަޒީފާގެ ދުވަސްވަރު ތިޔަކަމާ އެއްވެސް ވަރަކަށް ވިސްނާފައި އަދި ސަރުކާރުގެ ސަމާލުކަމަށް ނުގެނުވީ ކީއްވެންތޯއެވެ؟ ޔާމީނުގެ ވެރިކަމުގަ ކާހުސްކުރަމުންދިޔައިރު ތިބޭފުޅާ ކޮބާތޯ؟ ހަނުތޯ ހުންނެވީ އަޖާބެއް މިހާރުދެން މާބޮޑަށް ގައުމަށް ހެޔޮއެދޭމީހަކަށް ހެދިގެން ތިޔައުޅުއްވަނީ ކޮނަކަމެއްނުވެގެންތޯ؟
ދަންނަ ނުދަންނަ
24 July 2020
ފާޑުކިޔިދާނެ. އެކަމަކު ޖަލީލުވަނީ ހަރުދަނާ އިގްތިޞާދީ ފިޔަވަޅުތަކެއް އަޅާފައި. ޓެކްސްގެ ނިޒާމަކީވެސް ޖަލީލުގެ މަސައްކަތް. އިންލެންޑް ރެވެނިއު އޮތޯރިޓީގެ އޮނިގަނޑު އެކުލަވައިލީވެސް ޖަލީލު. އެ މަނިކުފާނުގެ މިނިސްޓަރުކަމުގައި މިހުރިހާ ކަމެއް ކުރީ. ރައްޔިތުންގެ މަޖިލީހުގެ ރެކޯޑުގައި ހުންނާނެ. ޖަލީލު ހުށަހެޅުއްވި ގޮތަށް އެ ނިޒާމެއް ނުހިނގާ. ބަޖެޓް މެނޭޖެއް ނުކުރެވޭ. އެމަނިކުފާނު އެދައްކަވަނީ އެވާހަކަ. ނިޒާމު ގަޑުބަޑުކުރީމާ ވަމުންދާގޮތުގެ ވާހަކަ.
ދޯބެ
24 July 2020
ގައުމުގަ އޮތް ފަޅުރައްތަކާ ގިރިތަށް ނުއަގުގަ ވިއްކާ ބޮޑުބައިން ވައްކަންކޮށްފަ މިކަން ފޫބައްދަން ނުއަގުގަ ބުރިޖަކާ 25 ބުރީގެ އަލިފާން ފޮށިސައިޒުގެ އިމާރާތެއް ހެދީމަ އެއީ ތަރައްގީކަމަކަށް ނުދެކެން .. އަދި އެއީ މިގައުމު ލޯނުތަކުން ސަލާމަތްވުމަށް އެކި ސަރުކާރު ތަކުން ކުރަމުންއައި މަސައްކަތްތަކަށް އެޅުނު އެއްމެ ބޮޑު ހުރަސް.. ޔާމީނު ސަރުކާރަށް ދައްކަންޖެހޭ 5 މިލިއަން ޑޮލަރު މިއަދު އިރުއޮއްސުމުގެ ކުރިން ދައކާ ހަލާސްކުރަން ގޮވާލަން..
އަހަންމާފުތާ
24 July 2020
"ކުރީގެ ފިނޭންސް މިނިސްޓަރު އަދި ގަވަރުނަރު އެމަނިކުފާނުގެ ސިޔާސަތަށް 5 އަހަރު ފަހުން ފާޑު ވިދާޅުވެއްޖެ" މިޚަބަރުގެ ސުރުޚީއަކަށް ކިހިނެއްތޯ؟
ސިޓިޒަންސް އޮފް މާލެ
24 July 2020
މިނިސްޓަރު ކަމުގައި ހުންނެވި އިރު ކުރެއްވި ކަންކަން ނުކުރާށޭ މިހާރު ތިޔަ ވިދާޅުވަނީ! އަދި ދައުލަތުގެ ހަރަދުތައް ކުޑަނުކޮށް ޓީ ބިލްވެސް ވިއްކެވީމެއް ނޫންތޯ.
ޜާއްޖޭގެ ހަލާކު
24 July 2020
ޜާއްޖޭގެ ފިނޭން މިނިސްޓަރުންގެ ތެރޭން އެއްމެ ފޭކުމީހާ. ކަންކަން ގޯސްކުރިމީހުން އަދި އެކަން ރަގަލުކުރާވިސްނުން މި އަންނަނީ ވަޒީފާއިން އިން ވަކިވުމައްފަހު. ޢިޑިއަޓް.
އިބިރިހިންބެއްޔާ
25 July 2020
އުމުރުން ދުވަސްވީވީހެން ހެޔޮވިސްނުން އަންނާނެ. ވީ ގޮތަކީ އެއީ.
ގޮސްގ
24 July 2020
ޖަލީލު އެގްޒެގެޓިވް ޖޮބްއެއްގަ ހުރީ މައުމޫން ވެރިކަމުގަ. އޭރުގެ ބަޖެޓް އާ ދަރަނި ބޮޑެއްނުން. ދަރަނި ބޮޑުވެ ޑޮލަރު ބޮޑުވީ އެމްޑީޕީ ވެރިކަމުގަ. އިގްތިސާދު ނެގެޓިވް ވީ 2009 އަދި މިހާރު 2020ގަ! މިފަހަރު ޑޮލަރު އަރާނެވަރެއް އަންދާސާ ވެސް ނިކުރެވޭ!
ވާނުވާ
24 July 2020
ޥަރަށް ފުރިހަމަ އާޓިކަލްއެއް، ރާއްޖޭގައިބަލަނީ ޕާޓީތަކަށް ބައިއެޅޭނެ އަންބޮޑިއަށް ބައްކުރާއުސޫލު....އަހަރުމެން ރައްޔޮތުން ސަލާމަތްކުރޭ، މިދާވަރުން ބައެއްގެ އަޅުވެތިކަމަށް ހިގައިދާނެތީ ކަންބޮޑުވޭ
ައަފުރާސިޔާބު
24 July 2020
އަޅުވެތި ނުވޭތޯ؟ ބަޖެޓް ފައިނޭނސްކުރުމަށް އިންޑިއާއިން އެއްބިލިއަން ޑޮލަރު ނެގީ އޭގެ އިތުރަށް ބޮޑު އިންޓަރެސްޓެއްވެސް ހިމަނައިގެން. އެހެންވީމާ އިންޑިއާއަށް ރާއްޖޭގެ އުތުރާއި ދެކުނާއި މެދުރާއްޖެތެރެއިން ހަތިޔާރު ރައްކާކުރަން ރަށްރަށް އެދެނީ އަޅުވެތި ނުވާތީތޯ؟