ހިއުސްޓަންގައި ހުންނަ ޗައިނާ ކޮންސިއުލޭޓުގައި ގާޑަކު މަޑުކޮށްލައިގެން. --ފޮޓޯ:އޭއެފްޕީ
25 ޖުލައި 2020 - 18:16
ވޮޝިންޓަން (ޖުލައި 25) - ޗައިނާގެ ޖާސޫސީ އެޖެންޓެއްގެ ގޮތުގައި އެމެރިކާގައި މަސައްކަތްކޮށްފައިވާ ކަމަށް ސިންގަޕޫރު މީހަކު އެއްބަސްވެއްޖެ އެވެ.
އެމެރިކާގެ އޮފިޝަލުން ބުނެފައި ވަނީ ޖުން ވެއި ޔިއޯ ނަމަކަށް ކިޔާ މީހާ ސިޔާސީ ކޮންސަލްޓެންސީގެ މަސައްކަތްކޮށް އެމެރިކާގައި ކޮށްފައި ވަނީ ޗައިނާ އަށް ޖާސޫސީ މައުލޫމާތު ހޯދައިދިނުމަށް ކަމަށެވެ. އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން ބުނެފައި ވަނީ ޔިއޯ ވަނީ ގޫނާޚިލާފު އެޖެންޓެއްގެ ގޮތުގައި 2015 އިން 2019 އަށް ޗައިނާ ސަރުކާރަށް މަސައްކަތްކޮށްދީފައި ކަމަށް ފެޑެރަލް ކޯޓެއްގައި އިއްޔެ އެއްބަސްވެފައި ކަމަށެވެ. ކޯޓުގެ ލިޔުންތަކުން އެނގޭ ގޮތުގައި ޗައިނާގެ އިންޓެލިޖެންސަށް އޭނާ ރެކްރޫޓްކޮށްފައި ވަނީ 2015 ވަނަ އަހަރު އެވެ. އޭނާ އަށް ޗައިނާގައި ވަނީ ޕްރެޒެންޓޭޝަނެއް ވެސް ދީފައި ކަމަށް ލިޔުންތަކުން އެނގެ އެވެ. އެ ދުވަސްވަރު އޭނާ އަކީ ސިންގަޕޫރު ޔުނިވާސިޓީގެ ޕީއެޗްޑީ ދަރިވަރެކެވެ.
ޗައިނާ ސަރުކާރަށް ޖާސޫސްކުރާ މީހަކު ހައްޔަރުކުރި އިރު އެމެރިކާ އާއި ޗައިނާއާ ދެމެދު ވަނީ ޑިޕްލޮމެޓިކް މައްސަލަތަކެއް ވެސް އުފެދިފަ އެވެ. ހިއުސްޓަންގައި ހުންނަ ޗައިނާގެ ކޮންސިއުލޭޓް އެމެރިކާ އިން ބަންދު ކުރުމާ އެކު އެ ކަމަށް ރައްދު ދިނުމުގެ ގޮތުން ޗައިނާ އިން ވަނީ ޗެންދޫގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓް ބަންދުކޮށްފަ އެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވެފައި ވަނީ ބަންދުކުރި ޗައިނާގެ ކޮންސިއުލޭޓުން ވަނީ ފިކުރީ މުދާ ވަގަށް ނަގާފައި ކަމަށެވެ.
އެމެރިކާ އިން ބުނެފައި ވަނީ ޗައިނާގެ އަސްކަރިއްޔާއާ ގުޅުން އޮންނަ ރިސާޗަރެއް ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖޭ.އެފް.ކޭ
26 July 2020
ލާރިގަނޑެއް ދިނީ ކަމަށް ވާނީ. ގޭމު ޖައްސަނީ.
ައަފުރާސިޔާބު
25 July 2020
ކިހާވަރެއް ދީގެންބާ ސިންގަޕޯރު ތިމީހާ ހެކިތިދިނީ. ތިޔަކަމަކީ ހިނގާފައިވާ ކަމެއްނަމަ 4 އަހަރުވާންދެން އެމެރިކާއިން އަޅާނުލާ ތިބެދާނެބާ؟ އަމުދުން ސިންގަޕޯރު ރައްޔިތަކު ޗައިނާއަށް ޖާސޫސް ކޮށްދޭނޭ ކަމަކަށް ނުފެނޭ. ފަހަރުގައި އެމެރިކާއަށް ޖީސޫސް ކޮށްދީފައިވުމަކީ ކައިރިކަމެއް. ބޭނުން ނެތުނީމާ ދުއްވާލަނީ.