ޚަބަރު / ހިތުގެ ބަލި

ދަރިފުޅު އިންޑިއާ އަށް ގެންދެވޭތޯ ޔުުނާންގެ ދެމަފިރިން މުލިއާގެ ކައިރީގައި އަޑު އުފުލައިފި

ފިލްމީ ތަރި މުހައްމަދު ޔުނާންގެ ދަރިފުޅު ޔޫންގެ ހިތުގެ އޮޕަރޭޝަނެއް ކުރަން އިންޑިއާއަށް ގެންދަން އާސަންދައިން ޖާގަ ނުދީގެން ޔުނާން އާއި އޭނާގެ އަންހެނުން ފާތިމަތު ރިހުލާ މިއަދު މުލިއާގޭގެ ކަައިރީގައި އަޑު އުފުލައިފި އެވެ.

ޔޫންގެ މަންމަ، ފާތިމަތު ރިހުލާ "މިހާރު" އަށް މިއަދު ބުނީ ދަރިފުޅު އިންޑިއާއަށް ގެންދަން އެންސްޕާ އިން ހުރިހާ ހަރަދެއް ކޮށްދޭން ނިންމައި އާއިލާއަށް އެކަން އަންގާފައިވާ ކަމަށާއި އެހެން ނަމަވެސް އާސަންދައިން އިންޑިއާއަށް ބަލި މީހުން ގެންދާ ފްލައިޓުން ޖާގައެއް ހޯދަން ކުރި އާދޭސްތަކަށް އެ ކުންފުނިން އިޖާބަ ނުދިން ކަމަށެވެ. މުލިއާގޭގެ ކައިރިއަށް ދަރިފުޅާ އެކު ދެމަފިރިން ގޮސް އަޑު އުފުލީ އެހެންވެ ކަަމަށް އޭނާ ބުންޏެވެ.

"މިއީ ހާއްސަ ހާލަތެއްކަން އަޅުގަނޑުމެންނަށް ވެސް އެނގޭ. އެކަމަކު ޔޫންގެ އޮޕަރޭޝަން ނުކުރެވި ލަސްވާ ކޮންމެ ދުވަހަކީ އެ ކުއްޖާ އިތުރަށް ވީކްވާ ދުވަހެއް. މިހާރުވެސް ބަރުދަން ވަނީ ވަރަށް ބޮޑަށް ލުއިވެފައި،" ރިހުލާ ބުންޏެވެ.

އޭނާ ބުނީ އާސަންދައިން އިންޑިއާއަށް ދާން އެދުމުން އެތައް ދުވަހެއް ކުރުމަށް ފަހު އެޕްލިކޭޝަން ރިޖެކްޓް ކުރީ ދަރިފުޅުގެ އޮޕަރޭޝަން ކުރަން އެދިފައިވާ ހޮސްޕިޓަލަކީ އާސަންދައިން ކަވަކުރާ ހޮސްޕިޓަލަކަށް ނުވާތީ ކަމަށެވެ. އާސަަންދައިން ހަމަޖެއްސީ ޓްރިވެންޑްރަމްގެ ކިމްސް ހޮސްޕިޓަލަށް ދާ ގޮތަަށް ކަމަށާއި އެހެން ނަމަވެސް އެތަނަކީ ކުޑަކުދިންގެ ހިތުގެ ފަރުވާ ދޭ ތަނެއް ނޫން ކަމަށް އާއިލާއިން ކުރިއްސުރެ ބުނަމުން އައި ކަމަށް ވެސްް ރިހުލާ ބުންޏެވެ. އާސަންދައިން ފަހުން ނިންމީ ކިމްސް އިން ފަރުވާ ނުދެވޭތީ އެޕްލިކޭޝަން ރިޖެކްޓް ކުރަން ކަމަށާއި އަމިއްލައަށް ޓިކެޓް ނަގައިގެން ދާން ވެސް އެހިސާބުން ހުށަހެޅި ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުމެން އެދުނީ އާސަންދައިން އިންޑިއާއަށް ބަލިމީހުން ގެންދަން ބުދަ ދުވަހު ބާއްވާ ފްލައިޓުން ހަމަ އެކަނި ޖާގައެއް ދޭން. އަމިއްލައަށް ހަރަދުކުރާ ގޮތަށް ވިޔަސް. އެކަމަކު އެގޮތަށް އެމީހުން އެއްބަހެެއް ނުވި،" ރިހުލާ ބުންޏެވެ.

ޔުނާން އާއި ރިހުލާ މިއަދު މުލިއާގެ ކައިރިއަށް ގޮސް އަޑު އުފުލުމަށް ފަހު އެމީހުންގެ ޝަކުވާތައް ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.

އާސަންދަ ކޮމްޕެނީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޔޫން އަށް ފަރުވާ ދިނުމަށް އިންޑިއާއަށް ގެންދަން އާއިލާއިން ހުށަހެޅި ހުށަހެޅުން ރިޖެކްޓްކޮށްފައި ނުވާ ކަމަށާއި އެކަމަކު އާސަންދައިން އިންޑިއާއަށް ބަލިމީހުން ގެންދަަން ބުދަ ދުވަހު ބާއްވާ ފްލައިޓުން ޖާގަ ނުލިބުނީ އަމްރިތާ ހޮސްޕިޓަލަށް ގެންދެވެން ނެތުމުން ކަމަށެވެ. އެ ހޮސްޕިޓަލަށް އިތުރު ބަލިމީހަކު ފޮނުވެން ނެތީ އޮފިޝަލް ވިދާޅުވި ގޮތުގައި އެތަނަށް ގޮސްތިބި ބަލިމީހުންނާއި އެހީތެރިންގެ ތެރެއިން ތިން މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެ އެ މީހުން ވަކިން ކަރަންޓީނުކޮށް ބައެއް މީހުން ވަކިން އައިސޮލޭޓް ކުރަން ޖެހުމާ ގުޅިގެންނެވެ. އެހެންވެ މިވަގުތު އަމްރީތާގައި އިތުރަށް ކަރަންޓީނުކޮށްގެން ފަރުވާދެވޭނެ ޖާގަނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެެވެ.

"ބުދަ ދުވަހު ފަރުވާއަށް ފުރާ ބެޗް ފޮނުވުމަށް ހަމަޖެހިފައިވަނީ ކިމްސް ހޮސްޕިޓަލަށް. ކިމްސް ހޮސްޕިޓަލަށް ދާން ޕޭރެންޓުން ބޭނުން ނުވުމުން، ދެން އަމްރީތާއަށް ފޮނުވާ ބެޗެއްގައި އެ ކުއްޖާ ވެސް ފޮނުވާގޮތަށް ހަމަޖެހިފައި އޮތީ. އަދި ވަކިން ވެސް ކުއްޖާ އަމްރިތާއަށް ފޮނުވޭނެ ގޮތެއް ހަމަޖެހޭތޯ އާސަންދައިން ދަނީ މަސައްކަތް ކުރަމުން،" އޭނާ ވިދާޅުވި އެވެ.

ޔޫން އުފަންވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އޭނާގެ ހިތުގެ އޮޕަރޭޝަނެއް ކޮޗިންގެ އަމްރިތާ ހޮސްޕިޓަލުން ވަނީ ކޮށްފަ އެވެ. ޔުނާންގެ ދެމަފިރިން މަސައްކަތް ކުރަމުން އަންނަނީ ވަރަށް އަވަހަށް ކުރަން ޖެހޭ ފަރުވާއަށް އަލުން އިންޑިއާއަށް ދިއުމަށެވެ. އެކަމަކު ކޮވިޑް-19 އާ ހެދި އިންޑިއާގެ ބޯޑަރު ބަންދުކޮށްފައި ވާތީ އެގައުމަށް ދެވޭނެ ހަމަ އެކަނި ގޮތަކަށް މިހާރު އޮތީ އާސަންދައިން ބަލިމީހުން ގެންދަން ބާއްވާ ހާއްސަ ދަތުރަކުން ޖާގަ ލިބުމެެވެ.

35 ކޮމެންޓް, 115 ރިއެކްޝަންސް

icon happy icon happy 2%
icon sad icon sad 71%
icon angry icon angry 27%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާދަނު2

26 July 2020

ސަރުކާރުން ބޭނުންވިޔަކަސް އިންޑިޔާއަކަށް ނުދެވޭނެ. އިންޑިޔާގެ ބޯޑަރު އޮތީ ބަންދުކޮށްފަ. ވަކިހުއްދައަކާއެކު އެމީހުން ބުނާދުވަހެއްގައި ދެވޭނީ.

The name is already taken The name is available. Register?

އަލީރާޖާ

26 July 2020

އިންޑިއާގެ ހުއްދައާ އެކު އާސަންދަ ހަމަޖައްސައިދިން ތަނަށް ދިއުން ނޫން ގޮތެއް މިހާރަކު ނޯންނާނެ. އިންޑިއާއަށް އާންމުކޮށް މީހުން ދިއުން ހުއްދައެއް ނުކުރޭ.

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

26 July 2020

ޔޫންއަށް އަވަސް ޝިފާއެއް މިންވަރުކުރައްވާށި.އާމީން

The name is already taken The name is available. Register?

ހާމިދު ޝާހިދު

26 July 2020

ތުއްތު ދަރިފުޅަށް އަވަސް ޝިފާއަކަށް އެދެން.

The name is already taken The name is available. Register?

ޢައްޓަމަސް

26 July 2020

ތިކަންތިގޮތައް ކުރެވުނީތީ އުފާކުރަން އެކަމަކު ރާއްޖެތެރޭމީހާ އުޅެންޖިހޭނީ އާދޭސްކޮެްލަން ވެސްދާނެތަނެތް ހާލުގަ ޓެކްސްދެއްކުމުގަ އެންމެން ހަމަހަމަ

The name is already taken The name is available. Register?

ރީތި މޫސަ

26 July 2020

މިދެންބޮޑުވަރު ލިޔެކިޔުންހުރިއިރު ކީއްވެލަސްކުރަންވީ އަވަހަށް ފޮނުވަންވީނު އާސަންސަދަމީހުން ބޭނުންވަނީ ރައީސް ސީލިޙްއަށް ޖެއްސުންކުރަން ރައްޔިތުން ރުޅިއަރުވައިގެން ސަރުކާރު ފެއިލްކޮށްލަން ނަޝީދުއަށް ވެރިކަންހޯދަދޭން

The name is already taken The name is available. Register?

ޒުވާނާބެ

25 July 2020

މިހިރީއެ ހާލަކީ އުޅޭ

The name is already taken The name is available. Register?

މައުލޫމާތު1

25 July 2020

އާސަންދައިން މިކަމާ ގުޅޭގޮތުން ނޫސް ބަޔާނެއް ވަނީ ނެރެފައި. މިއުޅެނީ އާސަންދަ ހަމަނުޖެހިގެނެއް ނޫން.

The name is already taken The name is available. Register?

ހިންދުކޮޅު

25 July 2020

މީގުއިސަރުކާރެއް ބީރުސަރުކާރެއް ރައްޔަތުންގެ އިހުސާސްތައް އަޑުނުއިވޭސަރުކާރެއް ކުއްޖާގޮވައިގެންގޮ މިޖިލިސް ގޭޓްކުރިމަތީގަތިބޭ މިހާރު ތިހުރިހާކަމެއްކުރެވޭތަނަކައް އޮތީއެތަން

The name is already taken The name is available. Register?

ކިޔުންތެރި

25 July 2020

އަވަސްޝިފާ އަކަށްއެދެން ބޭހަށްދާންއޮންނަ އުސޫލުން ތިކަންކުރެވޭތޯ ބަލަ މާ

The name is already taken The name is available. Register?

ސަލް

25 July 2020

"ކިއުންތެރި" މިއީ ކޮންމެވެސް މީހެއް، ދަރިއެއްގެ ބަފައެއް، ނުވަތަ މަޔަކަށް ވުމުގެ ޝަރުޠު ވެސް ހަމަނުވާ ތިމީހާ ތިބުނިބަސް ތިބުނިގޮތަށް އެހެންމީހަކު ތިމީހާ އެފަދަ ޙާލަތެއް ދިމާވެގެން އުޅެނިކޮށް ބުނެފިނަމަ އަސަރުކުރާނެ މިންވަރު އަންދާޒާ ކުރެވުނީސް. އަނެކާއަށް ދިމާވެފައިވާ ހިތްދަތި ޙާލަށް ބަލާނުލާ ކަންކުރަން އޮންނަ އުސޫލުންނޭ ކިޔާ ކޮމެންޓު ތިކުރަނީ ތިމީހަކަށް މިސަރުކާރުން ކިހާއެއްޗެއް ދީގެންތަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454