25 ޖުލައި 2020 - 20:57
ރޭޕްގެ ސަބަބުން ބަނޑުބޮޑުވި އުމުރުން 15 އަހަރުގެ އޯޓިސްޓިކް ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ނަގައި އޭނާގެ ބަނޑުގައި އޮތް ދަރިފުޅު އެބޯޓުކުރީ ޑޮކްޓަރުންގެ ލަފައާއެކު ކަމަށް "މިހާރު" އަށް އެނގިއްޖެ އެވެ.
މެދު ރާއްޖެތެރޭގެ ރަށެއްގައި ދިރިއުޅޭ އެ ކުއްޖާ ބަނޑުބޮޑުކަން އެނގުނީ މައްސަރުގެ ކަންތައް ނުޖެހި 3-4 މަސް ވުމުން ޑޮކްޓަރަށް ދެއްކުމުންނެވެ. އާއިލާގެ އެދުމުގެ މަތިން ޓެސްޓު ހަދައި ބެލިއިރު އެ ކުއްޖާގެ ބަނޑަށް ތިން މަސް ކަން އެނގުނީ ވެސް މިދިޔަ މަހުގެ 30 ވަނަ ދުވަހެވެ.
ރޭޕްގެ ތުހުމަތުގައި ކުއްޖާގެ ޅިޔަނު، ފ. ފީއަލީ، ފީރޯޒްގެ، އިބްރާހިމް ޝާފިއު، 37، ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ މި މަހުގެ ދެ ވަނަ ދުވަހެވެ.
އެ އާއިލާ އިން ބުނިގޮތުގައި އެ ކުއްޖާ ދައުލަތަށް ނެގީ ކުއްޖާގެ ބައްޕަގެ ރުހުމަކާ ނުލަ އެވެ. އާއިލާގެ ރުހުމެއް ވެސް ނެތް ކަމަށް އެ އާއިލާ އިން ވާހަކަ ދެއްކި މީހަކު ބުންޏެވެ. އެބޯޓުކުރީ ފަތުވާ ކޮމިޓީ އާއި އައިޖީއެމްއެޗުން ދިން ލިޔުންތަކަށް ބެލުމަށް ފަހުގަ އެވެ.
އެ މައްސަލައާ ގުޅިގެން، އެ ކުއްޖާ ދައުލަތަށް ނެގީ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށެވެ. ސައިކޮލޮޖިސްޓުންނާއި ޑޮކްޓަރުންނަށް ދައްކައި، ކުއްޖާއަށް އެންމެ ރަނގަޅު ގޮތަކީ އެބޯޓްކުރުން ކަމަށްވާތީ، އެގޮތަށް ކުރިއަށް ގެންދިޔައީ ކަމަށް އެނގިފައި ވެ އެވެ.
ނަމަވެސް އެނގިފައިވާ ގޮތުގައި، ކުއްޖާ އެބޯޓްކުރަން އާއިލާގެ އެހެން މީހުން ގަބޫލެއް ނޫނެވެ. ދައުލަތުގެ ބެލުމުގެ ދަށަށް ނެގުމަށް ރައްކާތެރިކަމުގެ އަމުރެއް މިނިސްޓްރީން ނެރުނީ އެހެންވެ އެވެ.
ނަފްސާނީގޮތުން ހުރި މައްސަލަތަކާއި ކުއްޖާގެ ހަށިގަނޑު ބަލިކަށިކަމުން، ކުޑަކުއްޖެއް ގެންގުޅުމުގެ ގާބިލްކަމެއް އެ ކުއްޖާގެ ނެތް ކަމަށް ވެ އެވެ.
އެ އާއިލާއިން "މިހާރު" އަށް ކުރިން ވާހަކަ ދެއްކި މީހަކު ބުނެފައިވާ ގޮތުގައި އެ ކުއްޖާއަކީ އޯޓިޒަމްގެ މައްސަލަތައް ވަރަށް ބޮޑަށް ހުންނަ ކުއްޖެއް ކަމަށެވެ. ވާހަކަ ދެއްކުމުގައި ވެސް ވަރަށް އުނދަގޫ ގޮތެއް ހުންނަ ކަމަށާއި ބައެއް އަކުރުތައް ވެސް ރަނގަޅަށް ނުކިޔޭނެ ކަމަށް ބުންޏެވެ. އެގޮތުން 2018 ވަނަ އަހަރު ނަފްސާނީ ބަލީގެ ޑޮކްޓަރަށް ދެއްކުމުން އޭރު އެނގުނު ގޮތުގައި ވާހަކަ ދެއްކުމުގައި އޭނާގެ ހުންނަނީ 10 އަހަރުގެ ކުއްޖެއްގެ ގާބިލްކަމެވެ. ކަންކަން ކުރުމުގެ ގާބިލްކަން ހުންނަނީ ދެ އަހަރާއި ދެ އަހަރާ ބައިގެ ކުދިންގެ ސިކުނޑިއެއް ކަމަށް، އާއިލާއިން ވާހަކަދެއްކި މީހާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޔަބޭ
27 July 2020
ޑަކުޓަރުންނާ ނަފުސާނީ މީހުންނާ ޢިލްމުވެރިން މަޝްވަރާކޮށް ނިންމާ ކަންކަމަށް ދެން އަހަރެމެން ހިތަށް އަރާހާ އެއްޗެއް ކީމާ ކަމަކު ނުދާނެ. ޢިލްމުވެރިންނާ ޢިލްމު ލިބިފައި ނުވާ މީހުން މިކަމުގަ ހަމަހަމަވެގެން ނުވޭ
ފާތިމާ.އިއްބެ
26 July 2020
މިތާ ފާޑު ފާޑަށް ކޮމެންޓްކުރާ މީހުން ނޭނގޭވާހަކައަށް ބަސް ނުމބުނުން މުހިއްމު
ގހދ
26 July 2020
ޢެ ކުއްޖާ ވިއްސާފަ ފެމެލީން ވެސް ދަރިފުޅު ބަލާ ބޮޑު ކުރެވޭނެ.
އެޖެންޓް
27 July 2020
އެ ކުއްޖާއަށް އިހްމާލުވި ބަޔަކު ދެން ލިބޭ ދަރިފުޅަށް ފަރުވާ ބެހެއްޓޭނެތަ؟؟
ފރނސކ
26 July 2020
އެބޯޓް ކުރުމުގެ ކުރިން ބޭބީގެ ސާމްޕަލް އެއް ނެގިތޯ؟ އޭރުން ޑީއެންއޭ ޓެސްޓުގެ އަލީގައި ރޭޕިސްޓް ދެނެގަނެވޭނެ.
ޟުހައިލް
26 July 2020
ކުއްޖާގެ ބައްޕަ ވެއްޖެޔާ ހައްޔައު ކޮއްގެން ނުވާނެ ތީ ގޯހެއް.
ޞަމަދު
26 July 2020
ވާނުވާގަތަ ދޮންބޭ؟؟؟ ކާކުތަ ބުނީ ބޭބީގެ ބައްޕައޭ؟ ވިކްޓި މްގެ ބައްޕައޭ ކިޔަނީ.
ސަލީމު އިދުރީސް
26 July 2020
ބަލަ ރޭފު ކުރީމަވެސް ދަރިން ދެއްވަނީ އެކަލަންގެޔޭނޫތޯ؟ އަދި އެހެންނަސް ބަޑުގަވާދަރިންގެ ހަގީގަތް އެކަލާގެޔައް ނޫނީ ނޭގޭނެކަން ވަނީއަންގަވާފަ ނޫންތޯ؟ އިންސާނެއްގެ ހަށގަޑުގަ ފުރާނަ ހިފަހައްޓަނީ ކޮފަރާތަކުންތޯ؟ ވީމަ އިލުމުވެރިން ތީ ދެއަގައިން ވާހަކަ ދައްކާ ބަޔެއްކަމައް ދެކެން
އަހްމަދޭ
26 July 2020
ޥަރަށް ތާކުންތާކު ނުޖެހޭ ކޮމެންޓެއް!
އައްޔަބޭ
27 July 2020
ކައިވެނި ނުކޮށް ލިބޭ ދަރި ކުއްޖާގެ ބައްޕައަށް ނުވާނެ. ތިމާއަށް ނޭނގޭކަންކަމުގެ ތެރެއަށް އަނގަބޭނީމާ ދެދުނިޠޭން ގެއްލި ނިމިދާނެ
ރީތި މޫސަ
25 July 2020
ތިހުރިހާކަމަށްވުރެބޮޑީ ކުއްޔާބެހުނު އިބްރާހިމް ޝާފިއުގެ މައްސަލަ އޭނަޖެހޭނީ ހަވަރަށްދޭން އެންދުވަހަކުވެސް އަރާމުގަ އުޅެވިގެނެއްނުވާނެ
ޢަހްލަލް
25 July 2020
އެހާލަތުގައި ހުރި ކުއްޖަކު 9 މަސްވަންދެން ދަރިއެއް ބަނޑުއަޅާ ވިހެއުމުގެ ނަފްސާނީ އަދި ޖިސްމާމީ ޤާބިލްކަން ހުރިކަމާމެދު ޝައްކު.
ޢަހުމަދު676
25 July 2020
ޢެ ގަރުބަގަންފައިވާ ކުއްޖާގެ އެއްވެސް އާރެއްބާރެއްނެތް.. ދިރުން މަރާނުލުނަމަ އުފަންވިސް.. އެކުއްޖާ އުފަންވުމުން އެއަންހެންމީހާގެ މަންމައަށް ނުބެލެންނާ ދަރިން އެޑޮޕްޓުކުރާ ދެމަފިރުޔަކައްދެވޭނެ.. ދިރުން މަރާލީ ޖެނެޓިކްސް މައްސަލައެއްހުރީމަތަ ނޫނީ މައިމީހާއަށްގެއްލުމެއްލިބިދާނެތީތަ..
ޢަމީން ދީދީ
26 July 2020
ބޮޑަށް ބެލެވެނީ ރޭޕްކޭސް އަކަށް ވާތީވެ.
ޝަބްނަމް
25 July 2020
މި ނިންމުމަށް ތާއީދު. އޯޓިސްޓިކް ކުއްޖަކަށް ކިހިނެތް ދަރިއެއް ބެލޭނީ؟ އާއިލާގެ ރުހުމުގެ ބޭނުމަކީ ކޮބާ، ތިބަޔަކު ކޮބާ ޅިޔަނު އެކުއްޖާ ރޭޕްކުރިއިރު؟