ރޯމަސްތަކެއް ހިފައިގެން މަސްވެރިއަކު މާރުކޭޓު ސަރަހައްދުގައ-- ފޮޓޯ:ނިޝާން އަލީ/މިހާރު
30 ޖުލައި 2020 - 14:25
މި އަހަރުގެ ފުރަތަމަ ފަސް މަހު މަސް އެކްސްޕޯޓް ކުރި މިންވަރު 12 ޕަސެންޓް ދަށަށް ހިނގައްޖެ އެވެ.
އެމްއެމްއޭއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ޖެނުއަރީން މެއި މަހުގެ ނިޔަލަށް އެކްސްޕޯޓްކުރީ 27،000 މެޓްރިކް ޓަނުގެ މަހެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި 31،000 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓް ކުރި އެވެ.
ކޮވިޑް-19 އާ ގުޅިގެން ގައުމުތަކުގެ ބޯޑަރު ބަންދުކުރުމުން މަސް އެކްސްޕޯޓް ކުރުމުގައި ބޮޑެތި ދަތިތަކެއް ކުންފުނިތަކަށް ދިމާވި އެވެ.
މި އަހަރުގެ މެއި މަހުގެ ނިޔަލަށް މަސް އެކްސްޕޯޓް ކޮށްގެން ލިބިފައި ވަނީ 61 މިލިއަން ޑޮލަރު (940 މިލިއަން ރުފިޔާ) އެވެ.
ރާއްޖެއިން އެކްސްޕޯޓް ކުރާ މަހުގެ 70 ޕަސެންޓަކީ ރޯމަހުގެ ބާވަތްތަކެވެ. އޭގެ ތެރެއިން އެންމެ ގިނައިން އެކްސްޕޯޓް ކުރަނީ ތައިލެންޑަށެވެ.
ދަޅު މަސް އެކްސްޕޯޓް ކުރި މިންވަރު ވެސް ވަނީ ދަށްވެފަ އެވެ. މި އަހަރުގެ ފުރަތަމަ ފަސް މަހު އެކްސްޕޯޓްކުރީ 2،600 މެޓްރިކް ޓަނުގެ ދަޅު މަހެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލައި އިރު 27 ޕަސެންޓްގެ ދަށްވުމެކެވެ.
މިދިޔަ އަހަރު ރާއްޖެއިން 56،000 މެޓްރިކް ޓަނު މަސް އެކްސްޕޯޓްކޮށްފައިވެ އެވެ.
މިދިޔަ ފަސް އަހަރު އެންމެ ގިނައިން މަސް އެކްސްޕޯޓް ކުރީ 2017 ވަނަ އަހަރު އެވެ. އެ އަހަރު 72،000 މެޓްރިކް ޓަނުގެ މަސް ރާއްޖެ އިން ބޭރުކުރި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފްރީޑަމް
30 July 2020
މަސްވެރި އާއިލާތަކަށް ކޮށްދެވެން އޮތް ކަމަކީ މަސް ފެކްޓަރީތައް ހަދައި ނިކަމެތި ރައްޔިތުންގެ އާއިލާތަކަށް އެ ފެކްޓަރީތައް ދޫކޮށްލުން. އެމަސްފެކްޓަރީތަކުން ލިބޭ މަސްތައްވެސް ރާއްޖޭގެ ނިކަމެތި ރައްޔިތުން ލައްވާ ބޭރުގައުމުތަކަށް ވިޔަފާރި ކުރުމަށް ހުއްދަދީ އެހީތެރިވުން. މިހާރު އޮތްގޮތުންނަމަ މަސްފެކްޓްރީއިންނާއި މަސް ވިއްކައިގެން މުއްސަދި މީހުން އެއަށްވުރެ މުއްސަދިވެ ފަގީރުންނަށް އެކައްޗެއްވެސް ނުލިބޭ. މަސައްކަތަށްވެސް ދަށްއަގުގައި ބިދޭސީން..
ވިއްކަންވީއޭ
30 July 2020
ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން އެބަޖެހޭ މިފަހަރު ރާއްޖޭގެ އިގްތިސާދު ޑައިވަރސިފައި ކުރަން މަސައްކަތް ކުރަން ރާއްޖެތެރޭގައި ނުހިނގާނެ އެގްރޯ ވިޔަފާރި އެއްވެސް އަދި މަސްވެރި ކަމުގެ ވިޔަފާރި އެއްވެސް މިހާރުވެސް އަސްލަށް ބަލާނަމަ ހުރިހާ މަސްއޮޑިތައް އެހެރީ ބޭންކް ލޯން ނުދައްކައިގެން ބޭންކަށް ނަަގަންވެފައޭ މަސްވެރިކަމަކީ ވަކި ވަކި ފަރުދުންނަށްވާނެ ކަމެއް ނޫނޭ އެކަންވާނީ މާލެ ސަރަހައްދުގައި ވިޔަފާރިކުރާ ބޮޑެތި ކުންފުނި ތަކަށޭ އެމެން އޮޑިފަހަރު ބަނދެ
ބޯޓްތަކުން
30 July 2020
މަސްވެރިކަމާއި ޓޫރިޒަމް ފިޔަަވައި އިންޑަސްޓްރިއަލް ދާއިރާ ތަަކަށް މިސްރާބް ޖަަހަންވީއޭ ރާއްޖޭގައި އޮޑި ދޯނި ފަހަރާއި އާގުބޯޓް ބަނދެވޭނެ ވަރަށް ރަނގަޅު ވިޔަފާރި އަކަށް އެކަންވާނެއޭ އެހެންވެއޭ ތިލަފުށީގައި ހުރި ގަލްފްކްރާފްޓް ފައިދާގައި އެހިންގަނީ 30 އަހަރުވާއިރު ވެސް އެކަމަކު އަލިފުށި ބޯރޓް ޔާރޑްވީ ބަނގުރޫޓް ދޯ ބަދަލުގައި އަލިފުށި ބޯރޓް ޔާރޑް ތިލަފުށީގައި ހުރިނަމަ ޔަގީން އެބޯރޓް ޔާރޑް މިއަަދު ބިލިއަނުން ފައިދާ ނެރެދޭނެއޭ އެމެން ބަންނަ ދޯނި ތަކާއި
ބޮޑުވާތީއޭ
30 July 2020
ރާއްޖޭން އެކްސްޕޯރޓް ކުރާ މަހުގެ ވޮލިއުމް ދަށްވެގެން ދިޔައީ އެއީ ރާއްޖޭން އެކްސްޕޯރޓް ކުރާ މަހުގެ އަގު ބޮޑުވުމުންނޭ ރާއްޖޭގެ މަސް އެކްސްޕޯރޓް ކުރަނީ ވަކި މާރކެޓް ތަކަަށް އެއީ ދުނިޔޭގެ އެއްވަނަ ގައުމު ތަކުގެ މާރކެޓަށް އެކަން އެހެން އެވަނީ މަސްވެރިން އަތުން ގަންނަ މަހުގެ އަގު ބޮޑީ އަނެއްކޮޅުން ރާއްޖެ އަށް ނާދޭދޯ މަސް ގަންނަން ބްރޯކަރުން ސަޕްލަޔަރުން ނަމުގައި އެއީ މާރކެޓް ކުޑަ ވެފައި ބްލޮކް ކުރަން ޖެހޭ ފައިސާގެ އަދަދު ބޮޑުވެފައި ނަގަން ޖެހޭ ރިސްކް
އުސޫލުން
30 July 2020
މަސްވެރިކަން އެކްސްޕޯރޓް ކުރި އަދަދު %12 އަށް ދަށްވެއްޖެނަމަ އެއެޅީ އެލާމް މަސްވެރިކަން ހަގީގީ މާނައިގައި ސަރުކާރުން ތަރައްގީ ކުރަން ބޭނުން ނަމަ މާލެ ސަރަހައްދު ހުޅުމާލޭން ފެށިގެން ހުޅަނގަށް ގޮސް ނަކައްޗާއި ހަމައަށް ލައިނެއް ދަމާއިރު އެލައިންގެ ދެކުނުން ހުރި ބޮޑެތި ފަޅު ތައް ބަލާ ހިއްކައިގެން އެފަޅުތަކުން ބޮޑެތި ބިންތައް ދޭންވީ މަސްވެރިކަން ކުރާ ފެކްޓަރީސް ތައް މާލެ ސަރަހައްދުގެ އަމިއްލަ ވިޔަފާރިވެރިން ނަށް މަސްވެރިކަން ކުރަން ބޯޓް ޔާރޑްވެސް ހެދޭނެ
ވިލުތައް
30 July 2020
ރާއްޖޭގެ މަސްވެރިކަމާއި އަދި ދަނޑުވެރިކަން ރާއްޖެތެރޭ މީހުން މިހާރު އެކުރާ ގޮތަށް ކުރެވޭނީ ގިނަވެގެން ދެން 5 އަހަރު 5 އަހަރު ފަހުން މިހާރު އެކުރާ މަސްވެރިކަން ނުކުރެވޭނެކަން އެއީ މުޖައްރިބު ކަމެއް ސަބަބަކީ އެމެން މަސްބާނަން ބޭނުންކުރާ އެންދަމަނީ އެއީ ބައްތިދިއްލައިގެން ހާހާ ތައް ސްކޭން ކޮށްގެންނޭ އެން މިހާރު ނުވެސް ލިބޭ އެމެން ބޭނުންވާވަރަށް މަސްވެރިކަން ކުރާނަމަ މާލެ ސަރަހައްދުގެ ވިލު ތަކުގައި އެންތައް ބްރީޑް ކުރަން ވިޔަފާރިވެރިންނަށް ދޭންވީއޭ
ގަޓް ބްރޯ
30 July 2020
ދުނިޔޭގެ އިގްސާދު އިނދަޖެހިފަވާ ދުވަސްވަރެއްގަ އޭގެ އަސަރު ރާއްޖެފަދަ ގައުމުތަކަށް މާބޮޑަށް ކުރާނެ. އެކަމަކު ދެރަކަމަކީ ރާއްޖޭގެ މާދަމާގެ ހާލަތަށް ވިސްނާނުލާ ކުރިންހެން ފައިސާތައް ތަޅާބުރުވަން ހޮޓާ ކެފޭތަކުގަ އެކި އުމުރުގެ މީހުން ތޮއްޖެހިފަ އޮންނާތީ!