ހުޅުމާލޭގައި މިދިޔަ މަހު ހަމަނުޖެހުން ހިންގި ސަރަހައްދުގައި ފުލުހުންނާއި އައިލެންޑް އެކްސްޕާޓްގެ މުވައްޒަފުން ހަރަކާތްތެރިވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
04 އޯގަސްޓް 2020 - 17:49
މުސާރައިގެ މައްސަލައިގައި އައިލެންޑް އެކްސްޕާޓް ކުންފުނީގެ މުވައްޒަފުން ހިންގި ހަމަނުޖެހުމުގައި ހައްޔަރުކުރި ބިދޭސީން ރާއްޖެ އިން ފޮނުވާލައިފި އެވެ.
މޯލްޑިވްސް އިމިގްރޭޝަންގެ އޮފިޝަލަކު މިއަދު ވިދާޅުވީ، މިދިޔަ މަހުގެ 13 ގައި ބޭއްވި މުޒާހަރާގައި، ރާއްޖޭގެ ގާނޫނާ ހިލާފު ވެގެން ހައްޔަރުކުރި 41 ބިދޭސީއަކު ފުލުހުން ހަވާލުކުރި ކަމަށެވެ. އޭގެ ތެރެއިން ބަންގްލަދޭޝްގެ 38 މީހަކު މިހާރު ވަނީ ފޮނުވާލައިފަ އެވެ. ބާކީ ތިބީ އިންޑިއާގެ ތިން މީހެކެވެ. ކޮވިޑް-19 އިން ރައްކާތެރިވުމަށް އެ ގައުމުގެ ބޯޑަރު ބަންދު ކޮށްފައިވާތީ، އެ މީހުން ފުރުވައިލެވެންދެން މިވަގުތު ބައިތިއްބާފައި ތިބީ ޑިޓެންޝަން ސެންޓަރުގަ އެވެ.
ހުޅުމާލޭގައި ކުރި މުޒާހަރާގައި ބިދޭސީން އުކި ގަލުން ޖެހި ބައެއް ފުލުހުންނަށް އަނިޔާވެ، އެ ސަރަަހައްދުގައި ހުރި ފިހާރައެއްގެ ބިއްލޫރިގަނޑު ވެސް ތެޅުނެވެ. ރަޔަޓް ގިއަރުގައި ތިބި ފުލުހުންގެ ފައުޖެއް އެ ސަރަހައްދަށް ދިޔައީ އޭގެ ފަހުންނެވެ. އެކަމަކު މާ ބޮޑު ހަމަނުޖެހުމެއް ނެތި، މީހުން ކޮންޓްރޯލްކޮށް ސަރަހައްދު ކޯޑަންކޮށް، ބިދޭސީން ލޭބާ ކުއާޓާޒްގެ ގޯތި ތެރެއަށް ވެއްދި އެވެ. މީހުން ހައްޔަރުކުރީ އޭގެ ފަހުންނެވެ.
މުސާރައިގެ މައްސަލައިގައި ހިންގި ހަމަނުޖެހުމުގައި ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ހުޅުމާލެ ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތެއް ކޯޓުން ދިނެވެ.
އެ މުވައްޒަފުންގެ މުސާރައިގެ މައްސަލަ ހައްލުކުރަން ލޭބަ ރިލޭޝަން އޮތޯރިޓީން ވެސް މަސައްކަތްކުރި އެވެ.
އެ އޮތޯރިޓީގެ ޕްރޮގްރާމް އޮފިސަރު ހޫދު އައްބާސް އަހުމަދު ވިދާޅުވީ، ބިދޭސީން އެ މީހުންގެ ގައުމަށް ފޮނުވައިލީ މުސާރަ ދިނުމަށް ފަހު ކަމަށް އައިލެންޑް އެކްސްޕާޓް ކުންފުނިން އަންގާފައިވާ ކަމަށެވެ. އެކަމުގެ ލިޔުންތައް ފޮނުވަން އަންގާފައިވާ ކަމަށާއި ނަމަވެސް އަދި އެ ލިޔުންތައް ނުލިބޭ ކަމަށް ވިދާޅުވި އެވެ.
އެ މުޒާހަރާ އިން ހައްޔަރުކުރި ބިދޭސީންގެ ތެރެއިން އެމްޑީ ރޮނީ އަށް ހިލޭ ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭ، އެޑްވޮގާޑޯގެ ވަކީލް އަހުމަދު ޝާފިއު "މިހާރު" އަށް ވިދާޅުވީ ހައްގުތައް ހޯދުމަށް ކަމާބެހޭ މުއައްސަސަތަކަށް ހުށަހެޅުމަށް ޕަވާ އޮފް އެޓާނީ ތައްޔާރުކޮށް، ރޮނީގެ ސޮއި ހޯދުމަށް އޭނައާ ބައްދަލުކުރަން މިދިޔަ ހަފުތާގެ ހޯމަ ދުވަހު ޕޮލިސް ކަސްޓޯޑިއަލް އަށް ހުށަހެޅި ކަމަށެވެ. އެކަމަކު މިދިޔަ މަހުގެ 25 ވަނަ ދުވަހު ރޮނީ އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް މައުލޫމާތުދިން ކަމަށާއި އެކަން ކޮށްފައިވަނީ ވަކީލުންނާ އެންގުމެއް ނެތި ކަމަށް ވެސް ވިދާޅުވި އެވެ.
ޝާފިއު ވިދާޅުވި ގޮތުގައި، ބިދޭސީން އިމިގްރޭޝަނާ ހަވާލުކުރުމުން އެކަމުގެ މައުލޫމާތު ސާފުކުރަން އެ އިދާރާ ވެސް އޭނާ ގުޅުއްވި އެވެ. އެކަމަކު ރަސްމީކޮށް އެފަދަ އެއްވެސް ކަމެއް ކަށަވަރެއް ނުކޮށްދިން ކަމަށް ވިދާޅުވެ، އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
"މި ޚަބަރު ލިބުމާއެކު، އެކި ގޮތްގޮތުން އަޅުގަނޑުގެ މުވައްކިލާއި ބައްދަލުކުރަން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައި. މި ކަންބޮޑުވުން ހިއުމަން ރައިޓްސް ކޮމިޝަނާއި ހިއްސާކޮށް މައްސަލަ ބަލަން އެދިފައިވޭ. އިމިގްރޭޝަންގެ ހޮޓްލައިނަށް ތަކުރާރުކޮށް ގުޅަން މަސައްކަތް ކުރިއަސް ފޯނަށް ޖަވާބު ނުދޭތީ މުވައްކިލާ ބައްދަލުކުރަން މަގުފަހިއެއް ނުވޭ،" ޝާފިއު ވިދާޅުވި އެވެ.
އެ މައްސަލަ އެޗްއާރުސީއެމަށް ހުށަހެޅުމުން، ސީރިއަސް ކަމެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް ބުނި ކަމަށް ޝާފިއު ވިދާޅުވި އެވެ. އޭގެ އިތުރުން ބިދޭސީންގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރޮނީއާ ހަވާލާ ދެއްވައި ޝާފިއު ވިދާޅުވީ، އެ ދުވަހު މީހުން ހައްޔަރުކުރީ ވެސް، މުޒާހަރާ ނިމުނުތާ އިރުތަކެއް ފަހުން، އެމީހުން އުޅޭ ތަނަށް ފުލުހުން ވަދެ ހޭންޑް ޕިކް ކޮށްގެންނެވެ. އޭގެ ތެރޭގައި މުޒާހަރާއަށް ނުދާ މީހުން ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.
ޝާފިއު ވިދާޅުވި ގޮތުގައި، ބިދޭސީންގެ މައްސަލައިގައި، ރާއްޖެ ވަނީ އިންޓަނޭޝަނަލް ލޭބަ އޯގަނިޒޭޝަން (އައިއެލްއޯ) ގެ މުއާހަދާތަކާ ހިލާފުވެފަ އެވެ.
އައިލެންޑް އެކްސްޕާޓު ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަނޮން ސޮންގްޕަންޔާ "މިހާރު" އަށް ކުރިން ވިދާޅުވީ މައްސަލަ ހައްލުކޮށް މުވައްޒަފުންނަށް މުސާރަ ދޭން ފަށާފައިވާ ކަމަށެވެ. މުސާރައިގެ މައްސަލައިގައި މުވައްޒަފުން ދެން މުޒާހަރާ ނުކުރާނެ ކަމުގެ ޔަގީންކަން ވެސް އޭނާ އޭރު ދެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަކު
05 August 2020
މިކަހަލަ ގާނޫނީ ވަކީލުން އުޅޭތީ މައްސަލައަކީ. ކިޔަވަނީ ދެލިގަނޑު. ކޮން ހިއުމަން ރައިޓްސް ކޮމިޝަނެއް. ރަނގަޅަށް އިމްގްރޭޝަނުން ކަންތައްތައް އެކުރީ, އެހެންނޫނީ އަނެއްކާ އެބައިގަނޑު މުޒާހަރާ ޖައްސާނެ. ސައިޒުކޮށްފަ ބައިތިއްބާ
ރީތި މޫސަ
05 August 2020
އިންޑިޔާމީހުންނަށް މާފުދީފަ ނުދީހުރިމުސާރަ ދޭގޮތަށްނިންމާ އެހެންނޫނީ ކޯފާވެދާނެ
ައަހުމަދު
04 August 2020
އެމިހުންނަށް މުސާރަދީފަޔޯ ފޮނުވަލީ، އެހެންވިއްޔާ މައްސަލައެއް ނެތް ، މުޒާހަރާނުކުރެވޭނެ ބޭރުމީހުންނަކަށް އެމީހުންނަށް އޮންނާނެ މުޒާހަރަނުކޮށް ޤަވައިދުގެތެރެއިން އެމީހުންނަށް ލިބެންޖެހޭ އެއްޗެއް ހޯދުމުގެ އިޙްތިޔާރު، ޤައުމުގެ ސަލާމަތިބަރުތަކާ ކުރިމަތިލަަފައި އަނިޔާކޮށްފައި ތަންތަނަށްގެއްލުންދިފައި އެވަރުވީމަ ވަގުތުން ޑިޕޯރޓް ކުރަންޖެހޭނީ ، ތިހެދި ހަމަރަނގަޅަށް.
04 August 2020
އެކީގަ މުސާރަ ދީފަތޯ ނޫނީ ނުދީތޯ؟ ކުރި މަސެއްކަތަށް މުސާރަ ނުދީ ފޮނުވާލުމަކީ އަނިޔާވެރި ކަމެއް... ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ފޮނުވާލާން ޖެހޭ
ޕަހެލޭ ކިތާބު
04 August 2020
ތިއީ ކޯޓަކުން ކުރި ކަމެއް ނަމަ ސަލާމަތެއް ނުވީ ހެވެ.އެކަމަކު ސަރުކާރުގެ އެހެން އިދާރާތަކުން ޤާނޫނު އަސާސީ އާއި ޚިލާފު ވުމަކީ މައްސަލަ އެއް ނޫނެވެ.
އައްޔުބެ
04 August 2020
އިންޑިޔާގެ 3 ޓެރަރީސްޓުން ފޮނުވާލޭނެކަމާއި މެދު މަށަށް ޝައްކު. ނޫސްވެރިން މިކަމަށް ފާރަލާންވާނެ.
ލައުރާ
04 August 2020
މަގު މަތީ ބާޒާރުން ބަންގާޅިން ގެނެސް މިތަން ހަލާކު ނުކޮއް އަސާސީ މުސާރަޔަކައް ދިވެއްސަކައް 20.000 ރުފިޔާ ދީގެން މަސަތްކަތް ކުރުވޭތޯބަލާ
ސަސި
04 August 2020
ސަޅިއެއްނު، 7 މަހަށްވުރެ ގިނަ ދުވަސް ވަންދެން މުސާރަނުދީ، ޑީޕޯރޓްކޮށްލީ، ބާކީ މީހުންނަށް ނުކުރޭނެ މުސާރަދޭށޭ ބުނަންވެސް.
ރިޒޫ - ރިޒް
04 August 2020
އަދި ތިއަށްވުރެ ސަޅި، ރިޒާ ކުރައްވަން ޖެހިވަޑައިގަންނަވާ ޚަރަދަކާ މި ހަވާލުވީ ދައުލަތުންނެވެ! https://mihaaru.com/report/78274
04 August 2020
ރިޒްގެ ލާރި ސަރުކާރުން ދެއްކުމަކީ އިންސާފެއް އޮތް ކަމެއް ނޫން...
ވަހީދުއްދީން
04 August 2020
ޝާފިއުއަށް އެބިދޭސީ މީހާގެ ނަމުގައި ވާހަކަ ދެއްކުމުގެ އެއްވެސް ޤާނޫނީ ހަމައެއް ލިބިފައިނެތް. ޕަވަރ އޮފް އެޓާނީއެއް ދިން ކަމަށް ބެލެވޭނީ އެދިން މީހާގެ ސޮއިކޮށްފައި އޮތް ލިޔުމެއް ދިނުމުން. ވަކީލުންނޭ ކިޔައިގެން އުޅެނީ މުނާފިގުންގެ ސިފަ ހުންނަ މީހުން.
އަސްދު
04 August 2020
ވަކީލު އައްޔަނު ކުރި ލިޔުން އޮންނާނެ މޯލްޑިވްސް ޕޮލިސް ސަރވިސްގައި. ވާނުވާ ނޭނގި އަނގަ ނުތަޅާ
ޝާފިއު
04 August 2020
ޤާނޫނީ ހައިސިއްޔަތެއް ނޯންނާނެ ދޯ މުވައްކިލާ ބައްދަލުކުރުމުގެ ފުރުސަތު ނުދީ ގަދަބާރުން ޑީޕޯޓް ކޮށްލީމަ.. މިދުނިޔެމަތީ ކަލޭމެންނަށް ފަސާދަ ހިންގިދާނެ. އެކަމަކު ކަލޭމެންގެ މައްޗަށްވެސް އިންސާފު ޤާއިމް ކުރެވި އެނިކަމެތި އިންސާނުންގެ ޙައްޤާމެދު ސުވާލު ވެވޭނެ ދުވަހެއް އަންނާނެ. މަސައްކަތް ކުރުވާފަ ހަތްމަހުގެ މުސާރަ ނުދީ ގަދަކަމުން ރަށަށް ފޮނުވާލުމަކީ ބޮޑުވެގެންވާ އަނިޔާވެރިކަމެއް.. ޖަރީމާއެއް.. ފާފައެއް..
ރުޅިމަޑު ކޮއްލާ
04 August 2020
ހާދަ ވަކީލުން ދެކެ ރުޅިއައިއްސަ ތިހިރީ. ބުރޯ ހުރިހާ ވަކީލުން އެއް ނޫން. ކަމެއް ވާއިރަށް މުޖުތަމައުގެ އެންމެންނާ ދީމާއަށް ތިހެން އެއްޗެހި ނުގޮވާ. އާއިލާގެ އެކަކު ގޯސްކޮށް އުޅުމުން މުޅި އާއިލާ ފަލީހަތް ވާކަށް ނުޖެހޭ. މީކީ ޖާހިލިއްޔަ ޒަމާނެއް ނޫން.
އިސްލާހު
04 August 2020
ތިބުނާ އެއްޗެއް ހޯދަން އުޅެ ނުލިބުނު ވާހަކައެއްނޫންތަ އެބުނަނީ......
އަކަސަކަ
04 August 2020
ކީއްވެ ޝަރީއަތްކޮށް އަދަބު ނުދިނީ؟ ތިހެން ކަންތައްކުރީމަ ޤައުމީ ސަލާމަތަށް ނުރައްކާވާނީ އެންނު. ނުފުރި އުޅޭ އެންމެން ނުކުމެ ގާއުކާ ތަންތަން ލޫޓުވާލީމަ ސަރުކާރު ހަރަދުގައި ވަގުތުން ފޮނުވާލަދެނީ
ބަކަސަ
04 August 2020
ސަޅި އެންނު ދޯ. މީކީ ގާނޫނެއް އޮންނަ ތަނެއް ނޫން. އޮތަސް އޮތީ ނިދާފަ.