މާލޭގެ އިސްލާމީ މަރުކަޒުގައި އިއްޔެ ކުރި އީދު ނަމާދަށް ބަޔަކު މާސްކް އަޅައިގެން ދަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
01 އޯގަސްޓް 2020 - 22:38
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދުގައި އާންމު ތަންތަނުގައި އުޅޭއިރު މާސްކް އެޅުމަށް އިއްޔެ އިން ފެށިގެން މަޖުބޫރު ކޮށްފައިވާއިރު، އެ އެންގުމާ ޚިލާފު ވެގެން ހަތަރު މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް އެޗްއީއޯސީން މިރޭ ބުނެފި އެވެ.
މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި އާންމު ތަންތަނުގައި އުޅޭއިރު މާސްކް ނާޅާ މީހުން 1،000ރ. އިން ޖޫރިމަނާ ކުރަން އެޗްޕީއޭ އިން ނިންމައި ފުލުހުން އެކަން ބަލަން ފެށީ މިއަދު މެންދުރު 1:00 ގަ އެވެ.
އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު މިހާރު ކުރިއަށް ގެންދަވާ މީޑިއާ ބްރީފިންގައި ވިދާޅުވީ، މާސްކް ނާޅާ މީހުންނަށް ފުލުހުން ފުރަތަމަ ދެނީ ނަސޭހަތް ކަމަށެވެ. އެކަމަކު، ދެވަނަ ފަހަރަށް ވެސް އެކަން ރަނގަޅު ނުކޮށްފި ނަމަ ޖޫރިމަނާ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެގޮތުން މިއަދު 116 ފަރާތަކަށް ނަސޭހަތް ދެވިފައިވޭ. އަދި ހަތަރު ފަރާތެއް މިހާތަނަށް ވަނީ މިއަދުގެ އެކަކުން ފެށިގެން ނުވައަކާ ހަމައަށް ޖޫރިމަނާ ކުރެވިފައި،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
މާލެ ސަރަހައްދުގައި އާންމު ތަންތަނުގައި އުޅޭއިރު މާސްކް އެޅުމުން އިސްތިސްނާ ވަނީ އެޗްޕީއޭ އިން ކަނޑައަޅާފައިވާ އުސޫލުގައިވާ ގޮތުން އުމުރުން ދެ އަހަރުން ދަށުގެ ކުދިންނާއި ކަސްރަތަށް ނުކުމެ އުޅޭ މީހުން ކަސްރަތު ކުރާ ވަގުތު އަދި އެހެން މީހެއްގެ އެހީގައި މާސްކް އަޅައި، މާސްކް ނުނެގޭ މީހުންނަށެވެ.
މިރޭގެ ބްރީފިންގައި ޑރ. ނަަޒްލާ ވިދާޅުވި ގޮތުގައި މާސްކް އެޅުމާ އެކު، ކޮވިޑް-19 އިން ރައްކާތެރިވުމުގެ އެހެން ފިޔަވަޅުތައް ވެސް އަޅަންޖެހެ އެވެ. އޭގެ ތެރޭގައި ސޯޝަލް ޑިސްޓެންސިން އާއި ބަލީގެ އަލާމާތްތައް ހުންނަ މީހުން ބޭރަށް ނުނިކުތުން ހިމެނެ އެވެ.
އާންމު ތަންތަނުގައި އުޅޭއިރު މާސްކް އެޅުން މަޖުބޫރުކުރީ، މާލެތެރޭގައި ހުއްޓުމެއް ނެތި ކޮވިޑް ފެތުރި، ހާލަތު އަނެއްކާވެސް ގޯސްވާން ފެށުމުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮމެންޓޭ1
02 August 2020
ބަންގްލަދޭޝް ބޭފުޅުން އިސްތިސްނާ ވާނެ. އެމް.ޑީ މިއާ ޖޫރިމަނާ ކުރުމަކުން އެދައްކުވަން ހެދޭނެ އެއްގޮތެއްވެސް ނޯންނާނެ.
ލުނބޯ
02 August 2020
ޢެފެންނަ ހަތަރު މީހުން އެތިބީ މާސްކްއަޅައިގެން... ދެން ކީއްވެ އެމީހުން ފައިން ކުރީ... ނޮޓް ފެއާ...
އުޗް
02 August 2020
ބަރާބަރު!
މޯޑް
02 August 2020
މިހާރު އެއްމެންނަށް ވެސް އެގޭ ތިގޮތަށް ކުރާ ޖުރިމަނާ ފަހުން މާފްކުރާކަށް. ކުރިން ވެސް ލޮކުޑައުންތެރޭ ޖޫރިމަނާތައް މާފްކުރީ. ވަގުތުން ނަގާގަނެގެން ގެން ގޮސް 14 ދުވަހަށް ކަރަށްޓީނު ކޮށްބަލަ. ވާގޮތް ބަލާލަށް.
ހާލުގެ ދުލުން
02 August 2020
ހެލްތުން ނިންމާ ނިންމުންތައް ވަރަށް ރަނގަޅު. ހެލްތުގެ ނިންމުންތަކާ އެއްވަރަށް ތަންފީޒީ އިދާރާތަކަށް ހިފަހައްޓާލެވޭ ނަމަ އަދި މާ ރަނގަޅު. އެކަމަކު ގިނަ ފަހަރު ތަންފީޒީ އިދާރާތައް މި އުޅެނީ ފަހަތުގައި.
02 August 2020
ކޮންް ނަސޭހަތެއް ދޭކަށް... ޖޫރިމަނާ ކޮށްފަ ވަގުތުން ފައިސާ ނުދީފިއްޔާ ދެންދެން ޖަލުގަ ބަހައްޓާ.. ބޭރު ގައުމްތަކުގަ ހަދާހެން ހަދަން ޖެހޭނީ.... ދެވަނަ ފަހަރަށް މާސްކް ނާޅާ ނިކުމެއްޖޭއްޔާ އަދަދު ބޮޑު ކުރޭ.... ބަސްނާހާ މީހުންގެ ކަންތަށް ވަރަށް ބޮޑު
ރީތި މޫސަ
02 August 2020
މާސްކު ނާޅާމީހުންނުކުތީވެސް ތިމީހުނާހެދި ކޮންމެހެން އަޅާނެކަމެއްނެތެބުނީވެސް ހަމަތިމީހުން ކަންކުރެވޭނީ ކުރަންއުޅުނީމަ އަދި ކިރިޔާތިއުޅެނީ ރަނގަޅުވާން ހަރުކަށިގަވާއިދުތަކެއްހަދާ ތަންފީޒުކޮށްނޫނީ ހަމަޔަކަށްނުއެޅުވޭނެ
ޕޮލިސް
02 August 2020
ހެލްތާ އެއްވަރަށް ތަންފީޒީ އިދާރާތަކަށް ހިފަހައްޓާލެވޭނަމަ މާ ބޮޑަށްވެސް ރަނގަޅުވީސް
ބާބާ
02 August 2020
4 މީހެކޭ. 10 ވަރަކަށް 4 މީހުން މަށަށްވެސް ފެނުނު އައި ޖީ އެ މްއެޗަށް ހެންވޭރުން ދިޔަވަގުތު.
މަޖާ
02 August 2020
ތި މީހުން ހިމެނޭނެދޯ އެ ބުނި 116 މީހުންގެ ތެރޭގައި؟ ކުޑަކޮށް ހަބަރުވެސް ކިޔާލަބަލަ ހަމައެކަނި ސުރުހީ ކިޔާ ނުލާ
ފަހުދު
02 August 2020
ހަރުދަނާ ކަމެއް ނެތް. މާދަމާ ބުނާނެ ދެން އޯކޭޔޭ ލާރި ނުދެއްކިޔަސް. އެއީ ބިރު ދައްކާލަން ބުނިއެއްޗެކޭ.
މާ ހަރުދަނާ ވެގެން
02 August 2020
ހަރުދަނާވާން މާސްކު އަޅާބަލަ ހެޔޮނުވާނެ. ޙަގީގީ ހަރުދަނާ ކަމަކީ ބޮޑު ބަޑި ނުނަގާ ކަންކުރަން އެނގުން.
ޚިޔާލު
01 August 2020
ބަކަރި ކޮއްޓެއް ތެރޭގައި ހުރިހާ އެންމެން ނުގެންގުޅެވޭނެ. މާލެއިން މީހުން މަދުކުރުމަށް ކޮންމެވެސް ކަމެއް ކުރަން އެބަޖެހޭ. އެހެން ނޫނީ ގިނަ ބަޔަކަށް ޖެހިފައި ނޫނީ މިބަލި ކޮންޓްރޯލެއް ނުވާނެ. ކިރިޔާވެސް ރާއްޖެތެރެއަށް ބަދަލުވެވޭ ގޮތަށް ތިބި ބައެއް ވެއްޖިއްޔާ އަވަހަށް ބަދަލުވާންވީ.
ބާބާ
02 August 2020
މާލޭގައި ތިކިޔާވަރަކަށް މީހުން ގިނައެއްނޫން. މިވާގޮތަކީ ވަކި ބަޔަކު ބޭނުންވަނީ މާލޭގައިތިބި މީހުން ރަށަށް ގެންދަން. މިސަރަހައްދުގެ ހުރިހާ ގައު މެއްގައިވެސް ހުރޭ ބައިބޯ ސަރަހައްދުތައް. މާލެޔަށް ވުރެން މާބައިބޯ ސަރަހައްދުތައްވެސް އެބަހުރި ލަންކާ އިންޑިޔާ ދެންވެސް ތަރައްގީވަމ މުން އަންނަ ތަންތާގައި.
02 August 2020
މާސްކް ނާޅަން މާގިނަ ބާހަނާ ތަކެއް ދައްކާނެ ކަމެއް ނެތް...
އާޗާ
02 August 2020
ބާބާމެން ކަހަލަ މީހުންނަކީ ގެ ކުލި ލިބިގެން އުޅޭ މީހުން. އެކަހަލަ މީހުން ތާއީދެއްނުކުރާނެ މާލެއިން މީހުން މަދުކުރާކަށް. މާލެ ނޫން އެހެން ގޮތެއް ހޯދަންޖެހޭ. އެންމެން މާލޭގަ އުޅެން ތިބޭހާ ދުވަހަކު ބަލި ފެތުރެމުންދާނީ. މާލޭއިން ފޭބުން އޮތް އެންމެ ރަގަޅު ހައްލަކީ. މީހުން މަދު ތަނެއްގައި ބަލި ފެތުރޭނެ ގޮތެއް ނޯންނާނެ. މީހުން މަދުވުމުން ބަލި ކޮންޓްރޯލް ކުރެވޭނީ. އުމުރު ހުސްވަންދެން އުޅުނަސް މީހުން މަދުނުވާހާ އިރަކު ބަލި އޮންނާނެ.
އަބޫއަބްލަޣީ
02 August 2020
ރާއްޖެތެރެއަށް ބަދަލުވީމާ މިބަލި ނުޖެހެނީތޯ؟