ޚަބަރު

އާ އުސޫލެއްގެ ދަށުން ބައެއް ކޯޓުތަކުގެ އެޑްމިނިސްޓްރޭޓަރުން ވަކިކުރަނީ

ޑީޖޭއޭ: ބައެއް ކޯޓްތަކުގެ އެޑްމިނިސްޓްރޭޓަރުން ވަކިކުރަން ވަނީ ނިންމާފައި -- ފޮޓޯ/މިހާރު

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އަލަށް ގެނައި އުސޫލެއްގެ ދަށުން ކަމަށް ބުނެ ބައެއް ކޯޓުތަކުގެ އެޑްމިިނިސްޓްރޭޓަރުން ވަޒީފާ އިން ވަކިކުރާތީ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ވަކިކުރަން ނިންމާފައިވާ ކޯޓެއްގެ އެޑްމިނިސްޓްރޭޓަރަކު މިއަދު ވިދާޅުވީ، ކުރިން އެ މަގާމުގައި ދިގު މުއްދަތެއް ހޭދަކޮށްފައިވާ މެޖިސްޓްރޭޓް ކޯޓުތަކުގެ އެޑްމިނިސްޓްރޭޓަރަކު ވަކިކުރަން ނިންމީ ދާއިމީ ވަޒީފާގައި ތިއްބާ "ގާނޫނާ ޚިލާފަށް" ހަ މަހުގެ ޕްރޮބޭޝަން މުއްދަތެއް ދީ އަދި މަސައްކަތުގެ ފެންވަރު ބެލުމާ ބެހޭ އާ އުސޫލެއް ހެދުމަށް ފަހު ކަމަށެވެ. އެ އުސޫލު އޮތް ގޮތުން ކޯޓު އެޑްމިނިސްޓްރޭޓަރުންގެ މަގާމު ޗީފް އެޑްމިނިސްޓްރޭޓާގެ މަގާމަށް ބަދަލުވެ، މަގާމުގެ ރޭންކް ވެސް އިތުރަށް ދަށްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެ އަހަރު ނުވަތަ ނުވަ ވަރަކަށް އަހަރު މި ވަޒީފާގައި ތިބި ބައެއް މިއީ. އަދި ޑިގްރީ ނުވަތަ މާސްޓާސް ހާސިލްކޮށް ވަޒީފާގައި އެއްވެސް މައްސަލައެއް ނުޖެހި ތިބި ބައެއް. ދާއިމީ ވަޒީފާއެއްގައި އެހެން ތިއްބާ ހަ މަހުގެ ޕްރޮޮބޭޝަނެއް މި ދެނީ. ފުރަތަމަ ކަމަކަށް، ވަޒީފާގައި ދާއިމީ ވެފައި ތިބި ބަޔަކަށް ޕްރޮޮބޭޝަން މުއްދަތެއް ދެވޭނެ ގޮތަކަށް ގާނޫނަކު ނޯވޭ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވަކިކުރަން ނިންމަނީ މަސައްކަތުގެ ފެންވަރު ބެލުމުގެ ގޮތުން ޑީޖޭއޭ އާއި އެކި ފަރާތްތަކުން ޕޮއިންޓް ދިނުމަށް ފަހު 70 ޕަސެންޓް މާކްސް ނުލިބޭ މީހުންނެވެ. އެކަމަކު ޕޮއިންޓް ދޭ އުސޫލު ވެސް އާންމުކުރީ ޕްރޮބޭޝަނަށް ދިން މުއްދަތު ހަމަވުމުގެ ދެ ދުވަސް ކުރިން ކަމަށާއި އެއީ ގަސްދުގައި ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އޮކްޓޫބަރުން ފެށިގެން މާޗް މަހުގެ ނިޔަލަށް ޕްރޮބޭޝަން ހަމަވާ ގޮތަށް ތިބީ. އެކަމަކު ކޮވިޑާ ގުޅިގެން އަނެއްކާވެސް ތިން މަސް އިތުރުކުރީ. ޖުމްލަ ނުވަ މަސް ޕްރޮބޭޝަންގައި. ދެން ޖޫން 30 ގައި އެ މުއްދަތު ހަމަވީ އެކަމަކު މާކްސް ދޭނެ އުސޫލު އާންމުކުރީ އޭގެ ދެ ދުވަސް ކުރިން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވަޒީފާއިން ވަކިކުރި ނިންމުން ރިވިއުކުރަން ޑީޖޭއޭގައި އެދުމުން ވެސް އެކަމަށް ބަދަލު ގެންނާނެ ތަނެއް ނެތް ކަމަށް ވަނީ އަންގައިފަ އެވެ. އަދި ކޮވިޑް-19 އާ ގުޅިގެން މާލީ ހާލަތު ދަށްވެފައި ވަނިކޮށް އެފަދަ ނިންމުމެއް ނިންމުމަކީ ވަކި މަގްސަދެއްގައި ނިންމި ނިންމުމެއް ކަމަށް އޭނާ ތުހުމަތު ކުރި އެވެ.

ޑީޖޭއޭ އިން ބުނީ އެ މުވައްޒަފުން ވަކިކުރީ ކުރިން އާންމު ކޮށްފައިވާ އުސޫލުގެ ދަށުން ކަމަށެވެ. އެ އުސޫލުގެ ދަށުން 10 މީހަކު މަގާމުން ވަކިކުރަން ނިންމި އިރު 12 މީހަކު އެ އުސޫލުގެ ދަށުން ދާއިމީ ކުރަން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.

ކޯޓު އެޑްމިނިސްޓްރޭޓަރުންނަކީ ކޯޓުތަކުގެ އިދާރީ ހިންގުމުގެ އެންމެ އިސް ފަރާތެކެވެ.

39 ކޮމެންޓް, 96 ރިއެކްޝަންސް

icon happy icon happy 27%
icon sad icon sad 21%
icon angry icon angry 52%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަރުހަކުރު

03 August 2020

ބައެއް ބޭފުޅުންނަށް މިސަރުކާރަށް ފާޑުކިޔާ ކޮންމެ މީޙަކީ ޔާމީނުއަށް ތާއީދުކުރާ މީހެކޭ ހީވަނީ. ބައްލަވާ މިސަރުކާރު ގެންނަން ވޯޓުދިނީ ހަމައެކަނި އެމް.ޑީ.ޕީ މީހުނެއްނޫން. އިޞްލާޙަށް ލޯބިކުރި ކިތަންމެ ބައެއް މީގައި ހިމެނޭ. ހަޤީޤަތަކީ ވަކިޕާޓީއަކަށް ފިކުރު ނުހިނގާ ވަރަށްގިނަ މީޙުން މިހާރު މިސަރުކާރަށް ދާއީދު ނުކުރާކަން. އިންސާފެއް ހޯދަައެއް ނުދެވުނު. ޙައްޤު އެއީ މިސަރުކާރާއި ބީރައްޓެހި އެއްޗެއް. ޔާމީނު ކަމުނުދާތީ މިސަރުކާރު ގެނައީ.

The name is already taken The name is available. Register?

ބުގަބޫ

03 August 2020

އެކަމަކު ބަދަލު ދެނީ އަމިއްލަ ޕާޓީޔާ ގުޅޭ މީހުނަށް. މިހާރު މިއުޅެނީ މުޅި ޝަރުއީ ނިޒާމު ފުރޮޅާލާ ހަލާކު ކޮށްލަން ވެގެން. ޓްރަންޕް އެމެރިކާގައި ހަދަމުން ދިޔަ ގޮތަށް

The name is already taken The name is available. Register?

މާއުނިފަރާތް

03 August 2020

ދެތިން ހަތަރު ކޯޓެއް ހުންނައިރު ކޯޓު އެޑްމިނިސްޓްރޭޓަރުންގެ ގޮތުގައި 22 ހޭދެހާ ގިނައޭ އަންއއކޮޅުން އެންމެންވެސް ހަމަ އިދާރީ ހިންގުން

The name is already taken The name is available. Register?

ކޯޓު މާސްޓަރު

03 August 2020

ރާއްޖޭގައި 194 ކޯޓު ހުރޭ

The name is already taken The name is available. Register?

ކޮރަންޓީން

03 August 2020

ދޮންކަލޯ އަށް ދިވެހިރާއްޖެއޭ ބުނީމަ ފެންނަނީ ހަމައެކަނި މާލެ ދެއްތޯ؟ އެޑްމިނިސްޓްރޭޓަރަކީ ކޮންމެ ކޯޓެއްގައިވެސް އެކަކު ހުންނަ މަޤާމެއް. ދިވެހިރާއްޖޭގައި މާލެ ނޫން ރަށްތައްވެސް ހަރިކަން އެންމެ ކުޑަމިނުން އެބަ އިނގެންޖެހޭ ދޯ؟

The name is already taken The name is available. Register?

ދިއްދޫމީހާ

03 August 2020

ގާނޫނަ ވުރެން ގަވާދު އަދި އުސޫލު ވަރުގަދައެ ނުވާނެ، ވަރުގަދަ ވާނީ ގާނޫން، އެހެން ވީމާ ވަޒީފާ ގެއްލޭ ފަރާތަކަ ވަޒީފާ އަދި ގެއްލުމުގެ ބަދަލްދޭން ޖެހުނީމާ އަނެކާ ދައުލަތަ އިތުރު ބުރަޔަކާ ކުރިމަތި ވާނީ، ދެން އަނެހެން ގޯހެ ނޫން މިސަރުކާރަކީ ބަދަލް ދޭ ސަރުކާރެތާ...

The name is already taken The name is available. Register?

ޙިސާން ހުސައިން

03 August 2020

ބަޔަކު ނަޒީރަށް ދިން ލަނޑެއް

The name is already taken The name is available. Register?

ހޮޓްކިންގ

03 August 2020

ތިބޮނޑިބޯން ގެނައި ނާގާބިލް ސަރުކާރެއް މީ. ދިވެހިން ހާލުގަޖެހުނުދުވަހު އިތުރަށް ގަންބާލީއަޑިއަށް

The name is already taken The name is available. Register?

ނާކާބިލު

03 August 2020

މަޖިލިސް މެޖޯރިޓީ ލިބުނީ އެންމެކަމަކަށް. ޖުޑީޝަރީ އިޞްލާހުކުރަން. އެކަމަކު އެކަންވެސް ބޮޑު ޑްރާމާއަކަށް ހަދައި ހާޖާނު ހަދައި، ޖުޑީޝަރީ ސުންނާފަތި ކުރަނީ. ޚުދު ޖޭ.އޭސް.ސީ އަށްވެސް ވާނުވާ ނޭންގޭ. ސުލޫކީ މައްސަލައެއް އިސްތިއުނާފު މައްސަލެއްވެސް ތަފާތެއް ނުވޭ. އިސްާޙުކުރަންވީ ކަންކަމާއި ތަންތަން ބަހައްޓާފައި ޕާޓީގެ ފިކުރަށް ފަނޑިޔާރުން ފަހާ ދުވަނީ. ޚުދު ޗީފްއޮފްސްޓާފުވެސް ދަނީ ކޯޓުތަކަށް ނުފޫޒު ފޯރުވަމުން. އެކަމަކު އިބޫ ބުނާނެ ޒީރޯޓޮލަރެންސް އޭ!

The name is already taken The name is available. Register?

ޔާސިރު12

03 August 2020

ނަޒީރު މަގާމުން ދުރުވެގެން ދިއުމުގެ ކުރިން އޭނާއާ ނުގުޅޭ ފަނޑިޔާރުންނާއި ނުގުޅޭ މީހުން ތިބި ތަންތަން ރނގަޅަށް ލަލުވާލާފަ ދާންވެގެން ކޮށްލާ މަސައްކަތެއް. މި ހާ ވިޔާނުދާ އަދި ތަނުގެ ވާނުވާ ނޭނގޭ އެޑްމިނިސްޓްރޭޓަރެއް ޑިޕާޓްމަންޓަކަށް ދުވަހަކުވެސް ނާދޭ. މީގެ ކުރިން އައި މީހުން ވަނީ އަބަދުވެސް ކަންކަން ރަނގަޅުކޮށް މުވައްޒަފުންނާ ގުޅިގެން ކަންކޮށް ތަން ތަރައްގީ ކުރުމަށް މަސައްކަތް ކޯށްފަ. މި ބޭޅާ ވަޑައިގަންނަވަނީ ތަން ހަލާކުކޮށްލާފަ

The name is already taken The name is available. Register?

ޞޫތީން

02 August 2020

ކަރުބުޑުގައި ހިތިރަހަ ގަދަކުރައްވާށި.

The name is already taken The name is available. Register?

ޑަންޑަނާ1

02 August 2020

ވަޒީފާއާއި ބެހޭ ޤާނޫނާއި ޚިލާފަށް ހަދާ އުސޫލަކުން މުވައްޒަފެއްގެ ވަޒީފާގެހައްގެއް ނިގުޅައިގަނެވޭނެ ޤާނޫނީ ހަމައެއްނެތްއިރު މިއީޣައިރު ޤާނޫނީ ނިންމުމެއް.ދާއިމީ ވަޒީފާގައި ހުރި މީހަކަށް އިތުރު ޕްރޮބޭޝަނެއް ނުދެވޭނެ އަމުދުން މަޤާމުގެ ދަރަޖައާއި ޢިނާޔަތްތައްދަށްކޮށް މަޤާމުގެ ނަމަށް ގެންނަ ބަދަލަކުން.އެޕްރައިޒް ކުރެވެންވާނީ މުވައްޒަފާއިވެސް ވާހަކަދެކެވި ދެފަރާތުން އެއްބަސްވެގެން އަދި އެޕްރެއިޒަލް ފަށަންވާނީވެސް ނިންމަންވާނީވެސް ދެފަރާތުގެ ސޮޔާއެކު

The name is already taken The name is available. Register?

މުޙައްމަދު ޢުމަރު މަނިކު

02 August 2020

ކޯޓުތަކުގައި މަސައްކަތް ކުރުމަށް ލޯފާރމް ހިންގާ ލޯޔަރުން ޖޭއެސްސީ އާއި ޙަވާލުވީމާ ވާނީ މިހެން. އެމީހުންނަށް ކަމުނުދާ މީހުން ދުރުކުރާނެ. އަދި އެމީހުން ބުނާގޮތަށް ކޯޓުތަކުން މަސައްކަތް ކުރާމީހުން ތިވަޒީފާތަކަށް ނަގާނެ. ޝުކުރިއްޔާ ރައީސް އިބޫ ތިއޮތީ ޖުޑިޝަރީ އިސްލާހުވެފައި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454