ބ.ބޮޑުފިނޮޅުގައި ރިޒް ކުންފުނިން މަސައްކަތްކުރަން ގެންގުޅުނު ބިދޭސީން. -- ފޮޓޯ: ޕޮލިސް
03 އޯގަސްޓް 2020 - 15:37
މުސާރައިގެ މައްސަލައިގައި ބ. ބޮޑުފިނޮޅުގައި ހިންގި ހަމަނުޖެހުންތަކަށްފަހު ހައްޔަރުކުރި ބިދޭސީން ރޭ ދޫކޮށްލައިފި އެވެ.
ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ރަށުގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ނުލިބިގެން ނުރުހުން ފާޅުކޮށް، 13 ދިވެއްސަކު ރަހީނުކޮށް ހިންހި ހަމަނުޖެހުންތަކާ ގުޅިގެން މިދިޔަ މަހުގެ ތިން ވަނަ ދުވަހު 19 މީހަކު ހައްޔަރުކުރި އެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމަން ބ. އޭދަފުށީ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން 15 ދުވަސް ޖަހާފައި ވެ އެވެ. އެ މުއްދަތު ހަމަވާތީ ކްރިމިނަލް ކޯޓަށް ގެންދިއުމުން މިދިޔަ މަހުގެ 18 ވަނަ ދުވަހު ވަނީ އަނެއްކާ ވެސް ބަންދަށް އިތުރު 15 ދުވަސް ޖަހައިފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ބަންދުން އެ މީހުން ދޫކޮށްލުމަށްފަހު އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ. އެކަމަކު އެ މީހުންނަށް ތުހުމަތުކުރާ މައްސަލަތަކުގެ ތަހުގީގު ކުރިއަށް އެބަދެ އެވެ.
ސީލް މޯލްޑިވްސް އިން ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބޮޑުފިނޮޅުގެ ކޮންޓްރެކްޓަރަކީ ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ ރިޒް ކޮމްޕެނީ އެވެ.
ބޮޑުފިނޮޅުގައި މަސައްކަތް ކުރާ ރިޒް ކުންފުނީގެ 203 މުވައްޒަފަކު އެ ރަށުގެ ދިވެހި މުވައްޒަފުން ރަށުން ފޭބިޔަ ނުދީ ހުރަސް އެޅުމުން ފުލުހުންނަށް އެންމެ ފުރަތަމަ ރިޕޯޓުކުރީ މިދިޔަ މަހުގެ 2 ވަނަ ދުވަހުގެ ހެނދުނު 9:30 ކަމަށް ފުލުހުން ބުންޏެވެ. ފަހުން ފުލުހުން ގޮސް، ރަހީނުކުރި ދިވެހިން ސަލާމަތްކޮށް ގެއްލުންދިން ކަމަށް ތުހުމަތުކުރެވޭ ބިދޭސީން ހައްޔަރުކުރި އެވެ. އެ ރަށުގައި ބާކީ ތިބި ބިދޭސީން ވެސް ބޮޑުފިނޮޅުން ބާލުވައި، ހުޅުމާލެއަށް ގެންގޮސްފަ އެވެ. އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ މުސާރައިގެ މައްސަލަތައް ހައްލުވަންދެން އެ މީހުން ތިބޭނީ އެ ފެސިލިޓީގައި ކަމަށެވެ.
އެތައް މަހެއް ވަންދެން މުސާރަ ނުދީ ބޮޑުފިނޮޅުގައި މަސައްކަތް ކުރުވި 200 އަށް ވުރެ ގިނަ ބިދޭސީންގެ ތެރެއިން ގަވާއިދާ އެއްގޮތަށް އުޅެނީ 48 މީހަކު ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އެ މައްސަލައާ ގުޅިގެން ބޮޑެތި ތުހުމަތުތަކެއް ކޮށް، މެމްބަރު އަލީ ރިޒާގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އޭނާގެ ކުންފުންޏަށް ހިއުމަން ޓްރެފިކިންގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަކުނިބޯ
04 August 2020
އެ މީހުންނަށް އެވޯޑެއްދޭންވާނެ އަދި ފައިސާގެއިނާ މެއްވެސް ހަ މަޖައްސަވާދެއްވަމންވާނެ އެއިރުން އެކޮޅުން ފިޔާ ބިސް އަލުވި ކޮޅެއް ފޮނުވާލަފާނެ ސޭހު ހަސީނާ
ފަހުދު
03 August 2020
އެވްސް މާލޭ ތެރެއައް
މުޑަހަންޖާ
03 August 2020
އެތައްބަޔަކު ރަހީނުކުރުމަކީ އެއީ ޓެރަރިޒަމް، ކޮބާ ދައުލަތުގެ މުދަލަށްދިން ގެއްލުން، ކޮބާ ފުލުހުންނަށްކުރި އަނިޔާ، ކޮބާ އެރަށުގަހުރި މުދަލަށްދިން ގެއްލުން؟ މިކަހަލަ ކުށްތަކަށް އަރައިގަތީމަ ދޫކޮށްލެވޭއިރު ދިވެހިމީހާ އޮންނަނީ ގެންދާގޮތަށް ޖަލުގައޭ.
ސަސި
03 August 2020
ކޮބާތަ މެންބަރު އަލީ ރިޒާ
އަހުމަދުބޭ
03 August 2020
މިއީވެސް ތަންކޮޅެއް އާއިދާގެ ކުންފުންޏެއްގެ ތެރެއިން ހިންގިކަމެއްނަމަ މިހާރު ކުުންފުނީގެ ވެރިން ތިބޭނީ ޖަލުގައި ނުނީ ބަންދުގައި، ގާނޫނާއި ގަވައިދު މިއޮންނަނީ ބޮޑުންނަށް މޮޅުގޮތް ނިކަމެތީންނަށް ދެރަގޮތް،
ޗޮކްސީ
03 August 2020
މިއޮތީވާ އިންސާފު ގާއިމުކުރުމައް ދައުވާކޮއް ވައުދުވެ ރައްޔިތުންއަތުން ވޯޓުހޯދައިގެން އައި ސަރުކާރުގެ ހާލަތު.. ތިމާމެންގެ ބާގައިގެ މީހަކު އިންސާނުންގެ ވަގުވިޔަފާރި ކުރާއިރު އެކަން ބަލަންއެބަޖެހެ.. ހިއުމަންޓްރެފިކްކުރުން އެއީ އާމްދަނީއެއްނުދީ މަޖުބޫރުން އަޅުދާސްތުކޮއް މަސައްކްކުރުވުން.. ރިޒް ތިއީ ސަރުކާރާ ގުޅޭފަރާތެއްވީމަ ތި ދޫކޮއްލީ ތިމައްސަލަވެސް ތި އޮބުނީ.. ހުރިހާ ހަރަދެއްކުރަންވީ ޓެކްސްޕޭޔަރުންގެ ލާރިން.. ސާބަސް ސަރުކާރު..
ޖަމަލު
03 August 2020
ރިޒާ ހައްޔަރެއް ނުވާނެ ދެއްތޯ
ލޯލް
03 August 2020
ދެން ސަރުކާރުގެ ޚަރަދުގައި ފޮނުވާލާ!