ރައްޔިތުންގެ މަޖިލީހުގެ މަޑުވައްްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް. ކޮވިޑް-19 ފެތުރޭތީ މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ބާއްވަން އޭނާ ގޮވައިލެއްވި
03 އޯގަސްޓް 2020 - 19:26
ކޮވިޑް-19 ފެތުރުން ކުރިއަށް ވުރެ އިތުރުވެފައި ވާތީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަނެއްކާވެސް އޮންލައިންކޮށް ބާއްވަން އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ގޮވައިލައްވައިފި އެވެ.
ރާއްޖޭގައި ކޮވިޑް-19 ފެތުރޭ ވަރު ފާއިތުވި ދެ ދުވަހު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން އިއްޔެއާއި އޭގެ ކުރީ ދުވަހު ވެސް އެބަލި އަލަށް ޖެހުނު މީހުންގެ އަދަދު ހުރީ 100 އަށް ވުރެ މަތީގަ އެވެ. އަދި މިދިޔަ 24 ގަޑި އިރުުގެ ތެރޭގައި އެބަލީގައި ދެމީހަކު މަރުވި އެވެ.
އެކަމަށް އިޝާރާތްކުރައްވައި އާދަމް ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19 ކޮންޓްރޯލް ނުކުރެވި މުޅި ރާއްޖެއަށް ފެތުރެމުންދާއިރު މި ދުވަސްވަރު މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ބާއްްވަން ގޮވާލާ ކަަމަށެވެ.
Covid-19 control nukurevi, mulhi Raajje ah fethuremundhaairu, midhuvasvaru Majlis ge jalsaathah online koh beyvvumah govaalan.
— Adam Shareef Umar (@Adamshareefz) August 3, 2020
އާދަމް ޝަރީފްގެ ޓްވީޓް
ކޮވިޑް ފެތުރޭތީ ރައްކާތެރިކަމުގެ ފިޔަވަަޅުތަކަަށް ސަމާލުކަން ދޭން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް މިއަދު ގޮވައިލެއްވި އެވެ. އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައި އެދިވަޑައިގެންނެވީ ސިއްހީ މާހިރުން ލަފާ ދެއްވާފައިވާ ގޮތަށް، ބޭރުގައި އުޅޭ އިރު މާސްކުއަޅަން ސަމާލުކަން ދިނުުމަށެވެ. އިރުޝާދުތަކަށް އަމަލުކުުރުމުގައި އެންމެންގެ އެއްބާރުލުން ވަރަށް މުހިއްމު ކަމަށް ވެސް ވިދާޅުވި އެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން ރާއްޖޭގައި ފިޔަވަޅުތައް ފުރަތަމަ އަޅަން ފެށި އިރު މަޖިލީހުގެ ޖަލްސާތައް ބާއްވަމުން އައީ އޮންލައިންކޮށެވެ. އެކަމަކު ތަޅުމުގައި އަލުން ޖަލްސާތައް ބާއްވަން ފެށީ މާލެ ސަރަހައްދު ލޮކްޑައުންކޮށް، އޭގެ ފަހުން ލުއިތައް ދިނުމުގެ ވެސް ކުރިންނެވެ. ތަޅުމުގައި ފުރަތަމަ ބޭއްވި ޖަލްސާއަކީ ލޯކަލް ކައުންސިލް އިންތިހާބު ލަސްކުރަން ޖެހޭތީ ގާނޫނު އަސާސީއަށް ގެނައި ބަދަލު ފާސްކުރަން ބޭއްވި ޖަލްސާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފާތާނިކެ
04 August 2020
ކޮސްނުގޮވާ ތިބޭ. ރަގަޅު އިދިކޮޅު އާލީޑަރެއް ފެއްނަން ބޭނުންވަނީ ޒުވާން.
ހަސަދު
03 August 2020
މަޖުލިސް ނެތަސް ގައުމު މިގޮތަށް ހިގާނެ.
ރަސްރުއް
03 August 2020
ޝަރީފް ތިޔައުޅެނީ ކޮންފާޑަކަށް! އިދިކޮޅުން ކުރާމުޒާހަރާ ހަމަ ރަގަޅުތަ؟
މަޖިލީސް2020
03 August 2020
ކަލޭމެން ތި ތަަން ހުޅުވަންވީ އެއްވެސް ސަބަބެއް ނުވިސްނޭ. ލޮކްޑައުން މުއްދަތު ގައިވެސް ރައްޔިތުންނަށް ފާއިދާ ހުރި އެއްވެސް ކަމެއް ތި ތަނަކުން ނުކުރޭ. ކަމެއްކޮށް ނުދޭ ތަނުގައި ކަން ކުރަން ތިބި މީހުންނަށްވެސް ހުސް ޖެއްސުން ކުރެވޭތޯ ބެލީ. މިފަދަ ހައްސާސް ދަނޑިވަޅުގައި މުޅި ގައުމު ކޮނޑަލައިގެން މަސައްކަތް ކުރަން ހުއްޓާވެސް ހެލްތު މިނިސްޓަރު މަޖިލީހަށް ހާޒިރުކޮށް އޭނާއަށްވެސް ޖެއްސުން ކުރެވޭތޯ ބެލީ. ތި ހަމަ އުވާލަން ޖެހޭ ތަނެއް. ފުދިއްޖެ މިހާރު.
ވައިސޫރި
03 August 2020
ކޮވިޑު ފެތުރޭތީ އިދިކޮޅު މީހުންބާއްވާ މުޒާހަރާތައް ނުބޭއްވުމައް އާދަމްސަރީފް ނިކަން މަޖުލީހައް ގަރާރެއް ހުށައަޅާބަލަ އޭރުން ރައިއްޔަތުންގެ ހައްގުގާ ވަކާލާތު ކުރާކަމައް ބަލާގަންނާނެ ތިޔައީވެސް އިދިކޮޅުގެ މީހުންގެވެސް ނާބެއް އަދި މުޒާހަރާ ކުރާ ގުރޫޕްގެ އިސްމީހެއް
އަބޫބަކުރުބެ
03 August 2020
އޮންލައިންކޮށްވެސް އޮފްލައިންކޮށްވެސް ބާއްވާނެކަމެއްނެތް. ތީ މުޅިން ބޭކާރުތަނެއް. ތިތަން އުވާލާ.
ބިސްބެ
03 August 2020
ޕާޓީ ކުދިން ލައްވާ މަޖީދީމަގު މުޒާހިރާ ކުރާތި އިގޭ.
ފައްސިވި
03 August 2020
ސަރުކާރުގެ ކުންފުނި ތަކާއި އޮފީސް ތައް މައިތިރި ކުރައްވާ ބަލާށެވެ. ސިފްޓް ތަކަށް ބަހާލާގެން މުވައްޒަފުން މަދުން ނެރެގެން މަސައްކަތް ކުރުވާ ބަލާށެވެ. ގިނަ މުވައްޒަފުން ނެރެގެން ތެޅުވި އަކަސް މިވަޤުތު ސްޕީޑެއް ނުލިބޭނެ އެވެ. ފެނަކަ ފަދަ ބައެއް ކުންފުނި ތަށް ހީވަނީ އެހެން ކަމެއް ހެނެވެ. އާސަންދަ ވެސަ ވަކި ސަހަލަ އެއް ނޫނެވެ
ކޮވިދު
03 August 2020
ކިހިނެއްވީތޯ މިހާރު؟ އަދުރޭ ބުނީ ކޮވިޑް އަދަދުތައް އިތުުރު ކުރަނީ ރައްޔިތުންނަށް ބިރު ދައްކަން ވެގެންނޭ، މުޒާހަރާ ހުއްޓާލައިގެން ނުވާނެޔޭ. ކޮބާ ކާކުތަ މިހާރު ޒިންމާވާނީ މިހާރު އުފެދިފައި ހުރި ބޮޑެތި މާސިންގާ ކްލަސްޓާތަކަށް؟ ނަޝީދުއާއި އޭނާގެ ވާގިވެރިންނަކީ މި ގައުމުގެ ހަލާކު. އެންމެ ބޮޑެތި ގައްދާރުން.
ފޭކު ފެމިނިސްޓް އީވާ
03 August 2020
ތި ގޮތް ކުރީގައިވެސް އޮތް. ލޮކްޑައުން މުއްދަތުގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކަށް ވުރެ ވެސް ކުރި ރާއްޖެ ހޯދާފައި އޮތްވާ އެކަމާ ހިތަށް އުނދަގޫ ވެގެން އެޗްޕީއޭގެ އެންގުންތަކަށް ގޮންޖަހާފައި ނަޝީދު ހަމަ އެއްވެސް ކަމަކާ ނުލާ މަޖިލީސް ހުޅުވައިފި. ރައްޔިތުންނަށް ފައީދާ ހުރި ކަމެއް ނުކުރޭ ތަނުގައި ހުޅުވައިގެންވެސް އެކަކު އަނެކަކު ބޮލަށް އަރާ އެޗްޕީއޭގެ ގައިޑްލައިންތައް މުގުރާލީ. ކަލޭމެން އެންމެން މިއަދު ކޮވިޑް އޮތް ހާލަތަށް ޒިންމާވާންޖެހޭ.