04 އޯގަސްޓް 2020 - 18:16
ޖެނީވާ (އޮގަސްޓް 4) - ކޮރޯނާވައިރަހަށް ވެކްސިން އުފެއްދުމުގައި މާ އަވަސް އަރުވާލައިގެން ކަންކަން ކުރުމުގެ ބަދަލުގައި ގައިޑްލައިންތަކަށް ތަބާވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ރަޝިޔާ އިން އަންގައިފި އެވެ.
ރަޝިޔާ އިން ހޯމަ ދުވަހު ބުނެފައި ވަނީ ގިނަ ބަޔަކަށް ވެކްސިން ދިނުމުގެ ޕްރޮގްރާމެއް އަންނަ މަހު ފަށާނެ ކަމަށެވެ.
"ވަރަށް ފުޅާ ދާއިރާއެއްގައި ވެކްސިން އުފެއްދުމުގެ މަސައްކަތް އަންނަ މަހު ފަށާނަން،" އިންޑަސްޓްރީ މިނިސްޓަރު ޑެނިސް މަންތޫރޯ ވިދާޅުވި އެވެ.
ރަޝިޔާގައި ވެކްސިން އުފެއްދުމުގައި އެންމެ ކުރީގައި އުޅެނީ ގަމަލެޔާ އިންސްޓްޓިއުޓެވެ. ނަމަވެސް އެ ގައުމުން އަވަސް އަރުވާލައިގެން ވެކްސިންގެ އެކި މަރުހަލާތައް ކުރިއަށް ގެންދާ ކަމަށް ސިއްހީ ތަޖްރިބާކާރުން ބުނެ އެވެ.
ރަޝިޔާގައި އުފައްދާ ވެކްސިންއާ ގުޅޭ ގޮތުން ޑަބްލިއުއެޗްއޯ އިން ބުނީ ހުރިހާ ވެކްސިނެއް ވެސް އުފައްދަން ޖެހޭނީ އެކި ސްޓޭޖްތައް ފުރިހަމަ ކުރުމަށް ފަހު ކަމަށެވެ.
"ވެކްސިން އުފެއްދުމުގައި ތަބާވާން ޖެހޭ ގައިޑްލައިންތަކެއް ހުރޭ. ކޮންމެ ވެކްސިނެއް ވެސް ފުރިހަމަ ވާން ޖެހޭނީ ޓްރަޔަލްތައް ނިންމުމަށް ފަހު،" ޑަބްލިއުއެޗްއޯގެ ތަރުޖަމާން ކްރިސްޓިއަން ލިންޑްމިއާ ވިދާޅުވި އެވެ.
ޑަބްލިއުއެޗްއޯ އިން ހުކުރު ދުވަހު ބުނި ގޮތުގަައި 26 ވެކްސިނެއް މިހާރު ވަނީ ކްލިނިކަލް އިވެލުއޭޝަނުގަ އެވެ. އޭގެ ތެރޭން ހަ ވެކްސިން ވަނީ ފޭސް 3 ގެ މަރުހަލާގަ އެވެ. ސައްބީސް ވެކްސިންގެ ތެރޭގައި ހިމެނޭ ގަމަލެޔާގެ ވެކްސިން ވަނީ ފޭސް 1 ގަ އެވެ. ދުނިޔޭގެ އެކި ހިސާބުތަކުން 140 ކުންފުނިން އަންނަނީ ކޮރޯނާވައިރަހަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަސަބު
05 August 2020
ތިހުރިހާ ޖަމާއަތްތަކަކީ މުޅި ދުނިޔެ މުށުތެރެއަށް ލާންވެގެން ދުރާލާ ރާވައިގެން އެމެރިކާ އިސްވެ އޮވެގެން އުފައްދާފައިވާ ތަންތަން. ތި ކުޅިވަރު ދެން ނުކުޅެވޭނެ. ތިމީހުންގެ ތަރިކަ މުދަލަށް ޓެކްނޮލޮޖީ ސައިންސް މެޑިސިން ފަދަ ޒަމާނީ އިލްމުތައް ހެދި ދުވަސްވަރު މާޒީވެ ހިނގައްޖެ.
ކޮތަރު
05 August 2020
އެމެރިކާ އަށް ވުރެން އަވަހަށް ވެކްސިންނެރެން އުޅޭތީ ކަންބޮޑުވީ..!! އެކަން ކުރަން ޖެހޭނީ ބިލްގޭޓްސް ހިއްސާއޮންނަކުންފުންޏަކުންދޯ!!
މޯޑީ
04 August 2020
ތިޔަ ޑަބްލިއުއެޗްއޯ އަކީ ފޭލިވެފަ އޮތްތަނެކެވެ އެމީހަކަށް ހެދުނު އެއްޗެއް ހަދައިގެންނަމަވެސް ކޮރޯނާއިން ސަލާމަތް ވޭތޯ މަސައްކަތް ކުރަންވީއެވެ
އާދަމް ސަރީފް
05 August 2020
ހަމައެކަނި ކޮމެންޓްކުރާ ދިވެހިން ނޫން އެންމެން ތިބީ ފޭލްވެފަ ނޫންތޯ؟