ހެލްތު މިނިސްޓްރީގެ ކޮންފަރެންސް ހޯލް: ކޮވިޑްގެ ހާލަތުގައި ބޮޑު ހޭދައެއްކޮށްގެން މިތަން ހެދުމާ މެދު ސުވާލު އުފައްދައި ފާޑުކިއުން ވަނީ އަމާޒުކޮށްފައި.
05 އޯގަސްޓް 2020 - 23:40
މި ދުވަސްވަރު ބޮޑު ހޭދައެއްކޮށްގެން ފެންވަރު މަތީ ކޮންފަރެންސް ހޯލެއް ހެލްތު މިނިސްޓްރީގައި ހަދާފައި ހުރި ފޮޓޯތަކަކާ އެކު ސޯޝަލް މީޑިއާގައި ފާޑުކިއުން އަމާޒުވެއްޖެ އެވެ. އަދި އެއީ މިނިސްޓްރީގެ ގިނަ އިވެންޓްތަކެއް ބޭރުގައި ބާއްވަން ޖެހުމުން ކުރަން ޖެހޭ ހަރަދު ކުޑަކުރަން ހެދި ތަނެއް ކަމަށް، ހެލްތު މިނިސްޓްރީން މިރޭ ބުނެފި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެންނަނީ، ރީތި، ތަނަވަސްކޮށް ހަދާފައިވާ މާލަމެކެވެ. އިންޓީރިއާ ފުރިހަމަ، ކާޕެޓާއި ގޮނޑިތައް ފަދަ ތަކެތިން މާލަމުގެ ހައިބަތު ދައްކުވައިދޭއިރު، ކޮވިޑް-19ގެ ބަލިމަޑުކަމުގެ މި ހާލަތުގައި އެހާ ބޮޑު ހޭދައެއް ދައުލަތުގެ ބަޖެޓުން ކޮށްފައިވާތީ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ.
އެކަމަކު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ރާއްޖޭގެ އަންހެން ފުރަތަމަ ހެލްތު މިނިސްޓަރަށް ނިސްބަތްކޮށް، "މޫމިނާ ހަލީމް މާލަން"ގެ ނަން ދީފައިވާ ކޮންފަރެންސް ހެދުމުން އެ ހޭދަ ކުޑަވުމުގެ ސަބަބުން، މިނިސްޓްރީ ހާއްސަ ފަންޑަކަށް އާމްދަނީ ވެސް ލިބޭނެ ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވި ހޯލްގެ ބައެއް ފޮޓޯތަކަކީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިންނަވާ ކޮޓަރިކޮޅު ކަމަށް ބުނެ އޭނާއަށް ވަނީ ފާޑުކިއުން ވެސް އަމާޒުވެފަ އެވެ.
ހެލްތު މިނިސްޓްރީގައި ހަދާފައިވާ ކޮންފަރެންސް ހޯލް.
އެ ފޮޓޯތަކާ އެކު ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑަށް ޓެސްޓް ނުކުރެވި ރައްޔިތުން ތިބިއިރު މި ބަލީގެ ބިރުވެރިކަމުގެ ތެރޭގައި ފައިސާ ހުސްވެ ބައެއް މީހުން ބަނޑަށް ޖެހެން ވެސް ކައިރިވެފައި ކަމަށެވެ. އެކަމަކު ހެލްތު މިނިސްޓްރީގެ ހޯލަށް މި ދުވަސްވަރު ކުރި ހޭދަ ރައްޔިތުންނަށް ކުރި ނަމަ ރަނގަޅުވީސް ކަމަށް ވިދާޅުވެ އޭނާ ފާޑުކިއުން އަމާޒުކުރެއްވި އެވެ.
ދައުލަތުން ކުރާ މަސައްކަތްތައް އޮޑިޓް ކުރުމުގައި @AuditMV އިން ބެލުން؛
— Ismail Zariyand (@zariyand) August 5, 2020
އެ ހާލަތުގައި ކުރަންޖެހޭ ކަމެއްތޯ؟
ޚަރަދުހިނގީ އެންމެ އިޤްތިޞާދުގޮތަށްތޯ؟
ދައުލަތަށް ކުރާނޭ ފައިދާއަކީ ކޮބައިތޯ؟
އެ ޚަރަދުގެ ޤާނޫނީ ސައްޚަކަން ދެއްކުމަށް ލިޔެކިޔުން އުފައްދާފައިވޭތީޯ؟
-ސިއްޚީކުއްލިނުރައްކާ- pic.twitter.com/R7RTQmuX0d
ޓެންޑަ ބޯޓުގެ ޗެއާމަން، އިސްމާއިލް ޒަރިޔަންދު ވަނީ ހެލްތު މިނިސްޓްރީގެ ހޯލެއް ހެދުމަށް ހޭދަކޮށްފައި ވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދުތަކާ އެއްގޮތަށްތޯ ސުވާލު އުފައްދަވައިފަ އެވެ. އޭނާގެ އެހެން ޓުވީޓެއްގައި، މި ޚަރަދަކީ ބޭކާރު އަދި ނިޔަތަކީ ރައީސުލް ޖުމްހޫރިއްޔާ އާއި ފިނޭން މިނިސްޓަރަށް އިލްޒާމް އެޅުވުން ކަމަށް ގަބޫލުކުރެވިދާނެ ކަމަށް ވިދާޅުވި އެވެ.
މި ހޯލުގެ ސަބަބުން ދައުލަތަށް ކުރާނެ ފައިދާއާ މެދު ވެސް ޒަރިޔަންދު ސުވާލުކުރެއްވި އެވެ.
މިފާޑުކިއުން އަމާޒުވުމުން މިނިސްޓްރީން ބުނީ އެ އިމާރާތުގެ ނުވަ ވަނަ ފްލޯގައި ހޯލު ހެދީ މިނިސްޓްރީގެ އިވެންޓްތައް ބާއްވަން ކަމަށެވެ. އެއީ، 2019 ގައި ބީލަމަށް ހުޅުވާލައިގެން ކޮވިޑުގެ ކުރިން ކުރަން ފެށި މަސައްކަތެއް ކަމަށް ވެސް ހެލްތުން ބުންޏެވެ. އެކަމަކު މިތަނަށް ކުރި ހޭދައިގެ ތަފްސީލެއް އަދި އެ ހޯލު ޑިޒައިންކުރި މީހުންނާއި މަސައްކަތް ކުރި ބަޔަކު ވެސް ނުބުނެ އެވެ.
ހެލްތު މިނިސްޓްރީގެ ކޮންފަރެންސް ހޯލް: އެ މިނިސްޓްރީގެ ބޭނުންތަކުގެ އިތުރަށް ފައިސާ ހޯދަން މިތަން ކުއްޔަށް ދޫކުރަން ވަނީ ނިންމާފައި.
މިނިސްޓްރީން ބުނި ގޮތުގައި އެ ހޯލު ހެދީ އެހެން ފަރާތްތަކަށް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ފައިސާ ވަންނާނެ ގޮތަށެވެ.
"މިގޮތަށް ކުއްޔަށް ދީގެން ލިބޭ ފައިސާ ޕަބްލިކް ހެލްތުގެ މަސައްކަތްތައް ކުރުމަށް ހެލްތު ފަންޑަށް ޖަމާކުރެވޭނެ،" މިނިސްޓްރީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚިޔާލު
08 August 2020
ހެލްތު މިނިސްޓްރީ އަކީ ކޮންފަރެންސަށް ހޯލު ދޫކުރުމާއި ރިއަލް އެސްޓޭޓު ވިޔަފާރި ކުރަން ޖެހޭ ތަނެއް ނޫން. ހެލްތު މިނިސްޓްރީ އިން މިވަގުތު ބަލަންވީ ދިވެހި ރައްޔިތުން ކޮވިޑްގެ ވަބާއިން ސަލާމަތް ކޮށްދެވޭތޯ. އޭގެ ބަދަލުގައި މިފެންނަނީ އިސްރާފު ކުރާ ތަން. ދެކޮޅަށް މީހަކު ކޮމެންޓެއް ކޮށްފި ނަމަ އޭގެ ރައްދު ދޭން މުސާރަ ދީފައި ތިބޭ 'ބޮޓުން' ތަކެއް ގެންގުޅޭތަން. ޑިސްލައިކު ބަޓަނަށް ފިތަފިތާ ތިބެގެން ކޮވިޑް ކޮންޓްރޯލެއް ނުކުރެވޭނެ
މައުލޫމާތު
08 August 2020
މިދެކެވެނީ ސަރިކާރު އޮފީހެއް ކުއްޔައް ދޫކުރާ ވާހަކަތޯ؟؟މީ ކުރެވިދާނެ ކަމެއްތޯ؟؟ މިހެން މިކަން ހިނގަން ފަށައިފިނަމަ ސަރުކާރުގެ އޮފީސްތަކުގެ ސެކިއުރިޓީ ޕްރޮޓޮކޯލް ތަކައް ބުކޫނާރާނެބާ؟؟
މަކީޓާ
07 August 2020
ހެލްތް މިނިސްޓްރީން އަހަރަކު އެތައް އިވެންޓެއް ބާއްވަންޖެހޭއިރު ކޮންމެ ފަހަރަކުވެސް ހިފަންޖެހެނީ ޖެންތަ؟ ޑަބްލިޔު އެޗްއޯ އިން ބާއްބާ އިވެންޓްތަކައް ފައިސާދައްކަނީ ޑަބްލިޔުއެޗްއޯ އިންނޫންތަ. މި ސަރުކާރުން ކުރިޔަސް އިޝްރާފް ވާނީ އިޝްރާފަށް. ރައްޖޭގެ އިގްތިސާދާ ނުބައްދަލު ޚަރަދު ކޮއްގެންނުވާނެ.
ބުއްދި
07 August 2020
ވިސްނާލާށެވެ. ހޮޓެލް ޖެންގައި ހަފްލާ ބާއްވަން ބޮލަކަށް ނަގާ 100 ޑޮލަރު. މާނައަކީ މިއީ 50 މީހުން ބައިވެރިވާ ހަފްލާއެއް ނަމަ، ހަފްލާއަކަށް 5000 އޭ. މި ރޭޓުން މަހެއްގައި 6 ހަފްލާ ބޭއްވިޔަސް މިއީ 30،000 ޑޮލަރު. އަހަރަކަށް، 360،000 ޑޮލަރު. ކޮންފަރެންސް ހޯލެއް ހެދީމަ މި ހުރިހާ ފައިސާއެއް ސަލާމަތް ކުރެވެނީ ދައުލަތަކަށް ނޫންތޯ؟
ޚިޔާލު
07 August 2020
ރައީސް މައުމޫނު ހައްދަވާފައި ހުންނާނެ ދަރުބާރުގެ ކިޔާ ތަނެއް ސަރުކާރުގެ އިވެންޓުތައް ބާއްވަން. އެތަނުގައި ހުންނާނެ އެކި ފެންވަރުގެ ހޯލުތައް. މާލަންތައް. ނުޖެހޭ ކޮންމެހެން އަގުބޮޑުކޮށް ޖެން ކުއްޔަށް ހިފާކަށް. ސްކޫލްތަކުގެ ހޯލުތައް ވެސް ހުންނާނެ. ސަރުކާރުގެ ޚަރަދު ކުޑަކުރަންށޭ ކިޔާފައި ހޯލުތައް ހެދުމަކީ ހެލްތު މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ ކަމެއްވެސް ނޫން. ބޮޑެތި ގަނޑުވަރުތައް ނާޅާ ހަވާލުކުރެވުނު ވަޒީފާ އަދާކުރެވޭތޯ ބަލާބަލަ
ރައްޔިތުންގެ ފުރާޅު
06 August 2020
ކޯޓުތަކުގެ ފުރާޅުން ފެން ފައިބަނީ. ކީއްކުރާނީ ދޯ؟
ައަފުރާސިޔާބު
06 August 2020
ތިޔަ ހޯލެއް ފެންވަރު މަތިކޮށްހެދުމަކީ މައްސަލައެއްނޫންކަމަށް އަޅުގަނޑަށްފެންނަނީ. ސަބަބަކީ ހެލްތާއި އެދާއިރާގެ އޮފީސްތަކުނާ ޑަބްލިޔުއެޗްއޯ އިން ބާއްވާއެކިއެކި ބައްދަލުވުންތަކަށް ރިސޯޓްތަކުންނާއި މާލޭގައި އެފަދަޖަލްސާތައް ބޭއްވޭފަދަ ތަންތަން ބޮޑުޚަރަދެއްކޮށްގެން ކުއްޔަށްހިފާކަން. ފައިސާހޭދަވަނީ ހަމަ ދައުލަތުގެބަޖެޓުން. ތިޔަތަނަށް ބޮޑު ހޭދަކުރަންޖެހޭނީ އެއްފަހަރު. ތަން ކުއްޔަށްވެސް ދެވޭނެ އެކިއޮފީސްތަކަށް. އާމްދަނީލިބޭނެ ރަނގަޅުއިންވެސްޓްމަންޓެއް.
ސޮސެޖް
07 August 2020
ޑަބްލިޔު އެޗް އޯ އިން ބާއްވާ އިވެންޓްތަކުގެ ޚަރަދު ދޭނެ. އެއީ ހެލްތްމިނިސްޓްރީން ދައްކަޖެހޭ އެއްޗެއްނޫން.
ޚިޔާލު
06 August 2020
އެސްޖޭ ހާ ބޮޑު ކުންފުންޏެއް ނޫނަސް އަމީންގެ ވެސް ކޮންސްޓްރަކްޝަން ކުންފުންޏެއް އޮވޭ. ދޭތެރެދޭތެރެއިން ސިއްހީ މަރުކަޒެއް މަރާމާތު ކޮށްލުން، ހޯލެއް ހަދާލުމުން ކޮންމެވެސް ބަޔަކަށް ކޮވިޑުތެރޭ ރިޒުގު ލިބޭނެތާ. ގޯހެއް ނޫން. ސައޫދީ ރަސްގެފާނު އެބަ ވަޑައިގަންނަވާ ތިތަނުގައި ކޮންފަރެންސެއް ބާއްވަން. ކޮމެންޓު ކުރުމާއި، ޑިސްލައިކު ލައިކުގެ ކަންތައް ވަރަށް ދިރާސާ ކޮށްފިން. މުސާރަ ދީފައި އެކަކު ފުލްޓައިމްކޮށް ބަހައްޓާފައި ނެތި އެވަރެއް ނުކުރެވޭނެ.
ޖަނާ
07 August 2020
ރޯ ބުހުތާން ދޮގު. ހަމަ ވުޖޫދުގައިވެސް ނެތް ކުންފުނިތަކާއި ވާހަކަތައް ހަދަ ހަދައިން އެބަ ދައްކައެއްނު ކޮމެންޓެއް ކުރަން ފުރުސަތު ހުޅުވިފައި އޮތީމަ
މުދިމު
06 August 2020
ހެލްތުން އަހަރެއްގެ މައްޗަށް އެތައް އިވެންޓެއް ބާއްވާއިރު މިލިއަނުން ލާރި ޖެންފަދަ ތަންތަނަށް އެޅީމަޔޯ؟ ޖެން އިން މިހާރުވެސް ބޮލަކަށް 100 ޑޮލަރު ނަގާއިރު މިއީ އަހަރެއްގެ މައްޗަށް ދައުލަތުން ހަރަދުވާ ކިތައް މިލިއަން ފައިސާތޯ؟ އޮފީހުގައި ކޮންފަރެންސް ހޯލެއް ހެދީމަ މި ހަރަދުތަކުން ސަލާމަތް ނުވާނެ ނޫންތޯ؟ އަޖައިބެއް!
ދިފާއު
10 August 2020
ދިފާއުގަ ތި ކޮމެންޓް ކުރަނީ، ބުނެބަލަ އެތަން ހަދަން ބިޑުކުރި ދުވަހަކާ، ބިޑަށް އެޕްލައި ކުރި ބަޔަކާ، ބިޑު ލިބުނު މީހުންނާ ބެހޭ މައުލޫމާތު އާންމު ނުކުރެވިގެން އުޅެނީ ކީއްވެތަ!!
ވަކަރުގޭ ނުކިޔަވާ ސޮރު
06 August 2020
ކޮމެންޓްތަކަށް އަދި ލައިކް ދީފަހުރިގޮތަށް ބަލާލީމަ ފާހަގަވަނީ ތިތަނަށް ޚަރަދުކުރިވަރަށްވުރެ ގިނައިން ހެލްތު މިނިސްޓްރީއިން ބޮޓުންނަށް ޚަރަދުކުރާކަން.