ހައި ކޯޓް: ފޮޓޯ/މިހާރު
06 އޯގަސްޓް 2020 - 12:50
ހައި ކޯޓުގެ މުވައްޒަފުންތަކެއް ނުރުހުމުގައި ކްރިމިނަލް ކޯޓަށް ބަދަލުކުރަން އުޅުނު މައްސަލައެއް ރައްޔިތުންގެ މަޖިލީހުން ބަލަން ފަށައިފި އެވެ.
ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސަމާލު ކަމަށް އެކަން ގެނެސް، ފޮނުވާފައިވާ ސިޓީގައި ވަނީ ހައި ކޯޓުގެ ހަތަރު މުވައްޒަފަކު ކްރިމިނަލް ކޯޓަށް ބަދަލު ކުރަން ނިންމައި، އެކަމާ ދެކޮޅު ހަދާ މުވައްޒަފުން ވަޒީފާ އިން ވަކިކުރަން ޖެހޭނެ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ޑރ. އަބްދުﷲ ނަޒީރު އެންގެވި ކަމަަށް ބުނެ އެވެ.
އެކަމާ ބެހޭގޮތުން ޑރ. ނަޒީރާ ސުވާލު ކުރުމުން އެއީ ހައި ކޯޓުގެ ނިންމުމެއް ކަމަށް އެންގެވި ސިޓީގައި ވެ އެވެ. ހައި ކޯޓުގެ ސީނިއާ އެޑްމިނިސްޓްރޭޓަރު މުނާ މުހައްމަދާ ސުވާލު ކުރުމުން އެއީ ހައި ކޯޓުގެ ހިއުމަން ރިސޯސް ކޮމިޓީގެ ނިންމުމެއް ކަމަށް ވިދާޅުވި ކަމަށް ވެސް އެ ސިޓީގައިވެ ބުނެފައި ވެ އެވެ. އެންމެ ފަހުން އެކަން ބެލިއިރު އެއީ ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނުގެ ނިންމެވުމެއް ކަމަށާއި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދާއި ހައި ކޯޓުގެ ކުރީގެ ހުކުމުތަކާ ޚިލާފް ކަމެއް ކަމަށް ވެސް އެ ސިޓީގައިވެ އެވެ.
އެ މައްސަލައާ ގުޅިގެން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ އެކަމުގެ މައުލޫމާތު ސާފުކުރަން ހައި ކޯޓަށް ސިޓީ ފޮނުވައިފަ އެވެ. އެގޮތުން އެ ކޯޓުގެ އެއްވެސް މުވައްޒަފަކު ކްރިމިނަލް ކޯޓަށް ބަދަލު ކުރިތޯ ސާފުކޮށްދޭން އެ ސިޓީ އެދިފައިވެ އެވެ.
އިސް ފަނޑިޔާރު ޝުޖާއު މިހާރު ހުންނެވީ ސަސްޕެންޝަންގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޕައްލަންބޭޒް
06 August 2020
ހައިކޯޓު އިދާރީ ގޮތުން ވަރަށް ރަނގަޅަށް ދޮވެ ސާފުކޮށްގެން ނޫނީ ރަނގަޅެއް ނުވާނެ.
ކަނބިލި
06 August 2020
ޝަރުއީ ދާއިރާގައި މަޖި ލިސްގެ ރައީސްގެ ނުފޫޒު ނުހިނގާ ގޮތައް މިހާރު ކަމެއް ނުހިނގާނެ. ހުކުންވެސް އިއްވާނީ ނުފޫޒު ވަދެގެން. މިދަރަޖައަށް އޮތީ މި ގައުމުގެ ޖުޑިޝަރީ މިނިވަންވެ ފޮޅިފައި
ކިޔު5
06 August 2020
ހައިކޯޓުގައި ވަޒީފާ އަދާކުރިޔަސް މުވައްޒަފުނެ އެއްތަނުން އަނެއް ތަނަށް ބަދަލުކުރުން ފަދަ ކަންކަން ކުރާނީ ޑީ،ޖޭ، އޭ އިން.
ކޮރަކަލި
06 August 2020
ތަރިކަމުދާތަ ބަދަލުނުވާން
ނިޒާރު
06 August 2020
މަޖިލިސްތައް ނޫނީ ވަޒީފާއާ ބެހޭ ޓުރައިބިއުނަލްތަ؟
ވައިސޫރި
06 August 2020
އަހަރުދުވަހުން އެންމެ މައްސަލައެއް ނުނިންމޭކޯޓެއްތިޔައީ ވިއްސާރަކޯޓްވެސް މާރަނގަޅު
ޖައިސާމް
06 August 2020
ހައި ކޯޓަކީ މިކަން ވަރަށް ގިނައިން ކުރާ ބައެއް. މީގެ ދެއަހަރު ކުރިންވެސް މިކަން ކުރި.
ކޯޓް އޮފް އަންނި
06 August 2020
އެއްމެ މަތީ ކޯޓް
ޕީއެސްއެމްގެ ސިޔާސީރައިވަރު
06 August 2020
ސުޖާއު ކްރިމިނަލް އަށް ބަދަލުކޮށްލާ، އޭރުން ހުންނާނީ ރާކަނި މަސްކެވިފައި
ކޯޓް އޮފް ހިސާން މިސް
06 August 2020
އިސް ފަނޑިޔާރު ޝުޖާއު އެއީ ކަނޑާލަންޖެހޭ މީހެއް