ޚަބަރު / އަހުމަދު ޝިޔާމް (ފިޝަރީޒް މިނިސްޓަރު)

ސުޕްރީމް ކޯޓަށް އަލީ ރަޝީދުގެ ނަން ހުށަހެޅުއްވުމުން އިދިކޮޅުން ފާޑުކިޔަނީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކްރިމިނަލް ކޯޓް ހިންގުމާ ހަވާލުވެ ހުންނެވި އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމަށް ހުކުމްކުރި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި އިސް ގާޒީ އަލީ ރަޝީދު ހުސައިން އައްޔަން ކުރުމާމެދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފަޔަކަށް އެދިވަޑައިގަތުމުން އިދިކޮޅުން އެކަމަށް ފާޑު ކިޔައިފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ ދެ މަގާމަށް އަލީ ރަޝީދުގެ އިތުރުން ގާނޫނީ ވަކީލް ޑރ. މުހައްމަދު އިބްރާހިމް އައްޔަން ކުރުމާމެދު ޖޭއެސްސީގެ ލަފައެއް ހޯދަން ރައީސް ވަނީ ފޮނުއްވައިފަ އެވެ.

Supreme court ah Ali rasheed aai Mohamed ibraim ayyan kuran lafayakah edhefi

Supreme court ah Ali rasheed aai Mohamed ibraim ayyan kuran lafayakah edhefi

The most trusted news source in the Maldives

Mihaaru

ސުޕްރީމް ކޯޓަށް އަލީ ރަޝީދާއި ޑރ. މުހައްމަދު އިބްރާހިމް އައްޔަން ކުރަން ލަފަޔަކަށް އެދުން

ގާނޫނީ ދާއިރާގެ ތަޖުރިބާ ބޮޑު ގާޒީ އަލީ ރަޝީދަކީ ސިވިލް ކޯޓުގެ ކުރީގެ އިސް ގާޒީ އެވެ.

އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް، އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާޒީ އަލީ ރަޝީދު، ރައީސް ޔާމީންގެ މައްޗަށް މަނީލޯންޑްރިންގެ ކުށް ސާބިތުވާ ކަމަށް ނިންމަވައި ފަސް އަހަރަށް ޖަލަށް ލާން ހުކުމް ކުރެއްވީ ޝަރީއަތުގެ މަޖިލީހުގައި ވަކީލުން ދެއްކެވި ވާހަކައަށް ރިއާޔަތް ކުރެއްވުމެއް ނެތި ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ދިނުމަކީ ޔާމީންގެ މައްޗަށް ހުކުމް ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހެއްދެވި ޑީލެއް ކަމަށް ވެސް ޝިޔާމް ތުހުމަތު ކުރެއްވި އެވެ.

މިގޮތަށް އަލީ ރަޝީދަށް ތުހުމަތުކުރި ނަމަވެސް ޔާމީނަށް ހުކުމް އިއްވީ ފަސް ފަނޑިޔާރުންގެ ބެންޗަކުން ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

އަބްދުއްރަހީމް ކުރެއްވި ޓްވީޓް

ފަސް ފަނޑިޔާރުންގެ ހުކުމަކީ އަލީ ރަޝީދު ކުރެއްވި ހުކުމެއް ކަމަށް އިޝާރާތް ކުރައްވައި ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ ވެސް ވިދާޅުވީ ޔާމީނަށް ނުޙައްގު ހުކުމެއް ކުރުމުގެ އިނާމަކަށް، ސްޕްރީމް ކޯޓުގެ ގޮނޑިއެއް އެ ހުކުމް ކުރި ފަނޑިޔާރަށް ދިނުމަށް ރައީސް ނިންމެވީ ކަމަށާއި އެހެންވެ އެ ހުކުމަށް ރައީސް ނުފޫޒު ފޯރުއްވިކަން ޔަގީންވާ ކަމަށެވެ.

"ރައީސް ސޯލިހްގެ މި ނިންމެވުމުން ޔަގީން ވަނީ، ރައީސް ޔާމީނަށް ނުހައްގުން ގަސްތުގައި އަނިޔާ ދެމުން ދަނީ ސީދާ ރައީސް ސޯލިހް ކަން. .އަދި މި ސަރުކާރުން ކޯޓުތަކަށް ހަތަރެސް ފަޔާއި ބޮލާއި ލޯ، ވެސް ބާނާފައިވާކަން،" އަބްދުއްރަހީމްގެ ޓްވީޓްގައިވެ އެވެ.

ރައީސް ޔާމީންގެ މައްސަލަ ފުރަތަމަ ބެއްލެވި އޭރު ކްރިމިނަލް ކޯޓްގެ އިސް ގާޒީކަމުގައި ހުންނެވި އަހުމަދު ހައިލަމް ކުރެއްވި ޓްވީޓެއްގައި ސުވާލު އުފައްދަވައި ވިދާޅުވެފައިވަނީ މިއީ އިޖުރާއަތުގެ ގާނޫނުގެ 152 ވަނަ މާއްދާއާ ހިލާފަށް ވަކި މައްސަލައެއް ނަގައިގެން އަވަހަށް ނިންމާލުމުން ލިބުނު ހަދިޔާތޯ އެވެ.

"އިސްތިއުނާފީ ކޯޓެއްގައި މަސައްކަތްކުރުމުގެ ތަޖުރިބާ ނެތް ބޭފުޅުންނާއި ޕާޓީގެ އެކްޓިވިސްޓުން ދައުލަތުގެ އެންމެ މަތީ ކޯޓަށް އައްޔަންކޮށްގެން ޖުޑިޝަރީ އިސްލާހުވޭތޯ؟،" ޔާމީންގެ މައްސަލައިގެ ހުކުމާ ހިސާބަށް ގޮސްފައި އޮއްވައި ސަސްޕެންޑްކުރުމުން އިސްތިއުފާ ދެއްވި ހައިލަމް ޓްވީޓްގައިވެ އެވެ.

ހައިލަމް ކުރެއްވި ޓްވީޓް

ހައިލަމް ސަސްޕެންޑްކުރީ މިނިވަން ދުވަހުގެ ތަހުނިޔާ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނުޖަހައި ދަމާފައި ގެންދާ ފޮޓޯއަކުން ތަހުނިޔާ ފޮނުއްވި މައްސަލަެއްގަ އެވެ. އެ މައްސަލަ ބަލަނިކޮށް އޭނާ މަގާމުން އިސްތިއުފާ ދެއްވީ އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ޖެނުއަރީ 25، 2018 ގައި އައްޔަންކުރެއްވި ހައިލަމަށް އެ އަހަރުގެ މެއި 28 ވަނަ ދުވަހު ވަނީ އިސް ގާޒީކަން ދެއްވައިފަ އެވެ. މިއީ އޭރު ސަރުކާރާ ދެކޮޅު މީހުންގެ މައްޗަށް ކުރި ހުކުމްތަކާ ގުޅިގެން ދިން އިނާމެއް ކަމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރި އެވެ. ހަމަ އެގޮތަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހުކުމް އިއްވި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވި ބޭފުޅުންނަށް ވެސް މަތީ ކޯޓުތަކުން ފަހުން ވަނީ ފަނޑިޔާރުކަން ދީފަ އެވެ.

53 ކޮމެންޓް, 60 ރިއެކްޝަންސް

icon happy icon happy 18%
icon sad icon sad 2%
icon angry icon angry 80%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހުއްބުލް ގަލަން

07 August 2020

ޔާމީނުގެ ހިންގި މަނީލޯންޑަރިންގެ އަމަލާއިގުޅޭ ޝަރީޢަތް އަލީރަޝީދު ވަރަށް ފުރިހަމައަށް ހެއްކާއި ޤަރީނާގެ މައްޗަށް ބިނާކޮށް އިންސާފުން ޝަރީއަތް ގެންގޮސްފައިވާކަން ޓީވީއިން ލައިވްކޮށް ބެލިމީހެއްގެ ހައިސިއްޔަތުން ފާހަގަކުރަަން. އަލީރަޝީދަކީ ސްޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ވަރަށް އެކަށޭނެ ބޭފުޅެއް.

The name is already taken The name is available. Register?

ދިވެހި މާ ފަޑިޔާރު

07 August 2020

އަލީ ރަޝީދު ތިމަގާމަށް ބަރާބަރަށް ޝަރުތު ފުރިހަމަވޭ ދަންނަވާލަން އޮތީ ސާބިތުކަމާއެކީ ކުރިއަށްދާށޭ ބަޔަކުކިޔާހާ ލަވައަކަށް ނަށަން ނޫޅެ މަގާމުގެ މަސްއޫލިއްޔަތާއި ޒިންމާ އެންމެ ފުރިމަގޮތުގައި ކުރިއަށްގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަމާއި އުންމީދު އޮތްވާހަކަވެސް ދަންނަވާލަން

The name is already taken The name is available. Register?

ތުއްތޮންބެ‫

07 August 2020

‫ރައީސް ޔާމީނައް ހުކުންކޮއްދިނުމުގެ ކައްފާރާތޯ؟

The name is already taken The name is available. Register?

މުހައްމަދު25

07 August 2020

އިންސާފު އަރާހަމަ ކުރަނީ ، މޮޅެތިނައްތައްކިޔައިގެން މުޅިންވެސް އޮޅުވާލަނީ...ފަސާދަކުރަ ސަރުކާރެއް މިއީ..

The name is already taken The name is available. Register?

ލައުރާ

07 August 2020

ތީއަދު ލުއިންސާފު ގާއިމު ކުރަން ރޢްޔިތުން ވޯޓު ދިންމަގުސަދު ހާސި ލު ވާނެ ގޮތެއްނޫން ތީކޮންމެސް އެހެން އެޖެންޑާއެއް އޮވެގެންކުރާ ކަމެއް 100 ދުވަހުން ކުރަންބުނި ކަމެއްވެސް އޮޅިގެން ނުކުރެވޭ

The name is already taken The name is available. Register?

ވަކީލު

07 August 2020

ހައިލަމަށް ކުރިމިނަލް ކޯޓުގެ ގާޒީކަން ދިނީ އެއްވެސް މެޖިސްޓްރޭޓް ކޯޓެއްގައި މައްސަލަ ބެލުމުގެ ތަޖްރިބާއެއް ހުރެގެންތޯއެވެ. އަދި ކްރިމިނަލް ކޯޓުގެ އިސްގާޒީކަން ދިނީ ކޮންތަޖްރިބާއެއް ހުރެގެންތޯއެވެ. ހައިލަމަށްވުރެން ތަޖްރިބާ އާއި ތައުލީމީގޮތުންވެސް ގާބިލް މީހުން ކްރިމިނަލް ކޯޓުގައި ތިއްބާ ގާޒީކަމަށް އައުމާއެކުހެން އިސްގާޒީކަން ދިނީ ކާކުގެ ނުފޫޒުންކަން އަހަރެމެންނަށް އެގެއެވެ.

The name is already taken The name is available. Register?

ސަންޕާޅޯ

08 August 2020

މީހަކު އެމީހެއްގެ ދާއިރާގައި ކުރިއަރައިދަނީކީ ނުފޫޒަކުން ނޫން. ޙައިލަމަކީ ޔާމީނު މެން އަންނި މެން ޖަހާ ހާ ބެރަކަ ނަށާނެ މީހެއްނޫން.

The name is already taken The name is available. Register?

ސްކިޕަރ

07 August 2020

ޔާމީނަކީ ކުށެއް ނެތް މީހެކޭ ނުބުނަން. އެކަމަކު، ބޮޑު ބިޔަ ގޮނޑިއަކަށް ފޫހަރާލައިގެން ހުރެ ސިޔާސީ ހަތުރަކަށް ވަކި ހުކުމެއް އިއްވީތީ ސުޕްރީމް ކޯޓަށް ޕުރޮމޯޓުކުރާ ސަގާފަތް ނިންމަން ގެނައި އެމްޑީޕީ ވެރިކަމާއި އެމްޑީޕީ ޕާލެމެންޓު މިވަނީ ރައްޔިތުންނަށް ޚިޔާނާތްތެރިވެފައި. ކުރީގައި އަހަރެމެން ދަންނަ، ރައްޔިތުންނާ ފަރިތަ އެމްޑީޕީއެއް މިއަދަކު ނެތް. އިބޫ އިސްތިއުފާ. އަންނީ އިސްތިއުފާ. ވ ސަލާމް

The name is already taken The name is available. Register?

ހިންދުކޮޅު

07 August 2020

ރ ސޯލިހަކީ ދިވެހިއުއްމަތް ދުވަހަކުވެސް ނުދެކޭފަދަ ޔހދއއް

The name is already taken The name is available. Register?

ހިނދުކޮޅު

07 August 2020

ރ ސޯލިހަކީ ދިވެހިއުއްމަތް ދުވަހަކުވެސް ނުދެކޭފަދަ ދަރިއެއް*

The name is already taken The name is available. Register?

ވަހީދުއްދީން

08 August 2020

ރިޔާސަތުގައި މީދާކޭ އޮނބެއް ބެއްވިޔަސް މާ ރަނގަޅުވާނެ އިބްރާހިމްބެއަށްވުރެ.

The name is already taken The name is available. Register?

ޓިނު

07 August 2020

ލަދުގަންނަން އެގޭ ނަމަ އިދިކޮޅޭ ކިޔާގެން މިއުޅޭ ބައިގަނޑު ކޯޓޭ. ފަޑިޔާރު ގެއޭ ކިޔާކަށް ނުކެރުނީސް

The name is already taken The name is available. Register?

އާރީ

07 August 2020

ސިޔާމް މެން އިންސާފް ގެ ވާހަކަ ދަށްކަން ލަދުގަންނަށް ޖެހޭނެ. ޔާމިނު ވެރިކަމްގަ ކޯޓްތައް އެފުން މިފުށަަށް ޖަހާލާ އިދިކޮޅު މީހުންގެ މަށްޗަށް ހުކުމްތައް މަތި މަށްޗަށް ޖަހާލި ދުވަސް ދިވެހިން އަދި ހަނދާން ނުނެތެޔޭ.

The name is already taken The name is available. Register?

ކަލް

07 August 2020

ކޮއްކޯ މަޑުކުރޭ އަދި، މިމީހުންވެސް ވެރިކަން އަތުން ދޫވާ ހިސާބަށް ދިޔައިމަ މީހުން ޖަލށް ލުމަށްވުރެވެސް ބޮޑެތި ކަންކަން ކުރާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454