ޚަބަރު / ކ. ކާށިދޫ

މަސްތުވާތަކެއްޗާ އެކު ފުލުހަކު ހައްޔަރުކޮށްފި

ކުށެއްގައި ތުހުމަތު ކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި: މަސްތުގެ ހާލަތުގައި ހުރި ފުލުހަކު މިރޭ ވަނީ ހައްޔަރުކޮށްފައި. --ފޮޓޯ/މިހާރި

07 އޯގަސްޓް 2020 - 23:52

17 comments

މަސްތުވެގެން ހުރި ފުލުހަކު މަސްތުވާތަކެއްޗާ އެކު ކ. ކާށިދޫން މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިރޭ ބުނީ 33 އަހަރުގެ ފިރިހެން މީހާ މަސްތުވެގެން ހުރި ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތިން ޕެކެޓް ފެނިފައިވާ ކަމަށެވެ. މި ޕެކެޓްތައް ފެނުނީ އޭނާ ދިރިއުޅޭ ތަނުންނެވެ.

ފުލުހުން ބުނިގޮތުގައި އޭނާ ހައްޔަރުކޮށް ޔޫރިން ޓެސްޓުކުރިއިރު މަސްތުވާތަކެއްޗަށް ވަނީ ޕޮޒިޓިވްވެފަ އެވެ. އޭނާގެ ބަންދުގެ މުއްދަތު ކާށިދޫ މެޖިސްޓްރޭޓްކޯޓުން ވަނީ 10 ދުވަސް އިތުރުކޮށްފަ އެވެ.

އޭނާ އަކީ ކާށިދޫގައި މަސައްކަތް ކުރާ ފުލުހެއް ނޫނެވެ. އެހެން ރަށެއްގައި މަސައްކަތް ކުރާ އެ ފުލުސް މީހާ އެ ރަށަށް ގޮސް ހުރީ ޗުއްޓީގައި ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އެކި ކުށްތަކުގައި ދޭތެރެއަކުން ފުލުހުން ވެސް ހައްޔަރުކޮށް މައްސަލަ ބަލައި ވަޒީފާ އިން ވެސް ވަކިކުރެ އެވެ.

17 ކޮމެންޓް, 70 ރިއެކްޝަންސް

icon happy icon happy 49%
icon sad icon sad 41%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

faathuma

09 August 2020

ފުލުހުންގެ ތެރޭގައި ތިޒާތުގެ އމަލުހިންގާމީހުން ވަރައްގިނަކަމަށްވަނީ! އެހެންވެގެން ތަންތަން ރޭޑް ކުރަން ދާނީީވެސް އެތަންތަނުގަ އުޅޭ ޕާޓޭމެނަށް ގުޅާ ޙަބަރުދީފަ، އެމީހުން އެއަށް ހަދާނެއެއްޗެއް ހަދާނެހާވަގުތުދީފަ! މަތްﷲ އަށް ބިރުވެތިވާންނުވޭތަ އަދިވެސް.

The name is already taken The name is available. Register?

Ali Gasim

08 August 2020

އަސްލުމިކަންކުރާމީހުން އެނގުނީމާ ހުއްޓުވޭނި ގައިމު އެންމެ ބަޑިބޭސް ކޮޅެއްވެސް އެތެރެއެއް ނުކުރެވޭ

The name is already taken The name is available. Register?

ވައިސޫރި

08 August 2020

ރަސްއާނެއްގާވިއްޔާ ހުރިހާވައްތަރެއް އުޅޭނެ ޕޮލިހުންގެ ތެރޭގާވެސް ކަންއޮންނާނީއެގޮތައް ނަމަވެސް ހުރިހާ ޕޮލިހުންނަކީ ގޯސްބައެއްނޫނެ މަދުބަޔަކު ކުރާކަމަކުން މުޅިމުއައްސަސާ ބަދުނާމު ކޮއްގެން ނުވާނެ

The name is already taken The name is available. Register?

Hussain Rasheed

09 August 2020

ކުރާ ހުވަޔާ އަމަ ލާ ދިމާނުވަންޔާ ކޮންކަހަ ލަ ބައެކަށް ވާނީ...

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

08 August 2020

ފުލުހުންގެ ޤާނޫނަށާއި މުޅި އޮނިގަނޑަށް ބަދަލު ގެނެސް ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު، ކ.އަތޮޅުން މާލެއާއިއެކު ދާލަށް ސެންޓްރަލް، އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާރން ޒޯން ކަމުގައި ކަޑައަޅާ ފުލުހުންގެ ކޮމިޝަނާރ ގެ ބަދަލުގައި އެމަޤާމްގައި ހުންނަވާނީ ޑައިރެކްޓަރ ޖެނަރަލް އޮފް ޕޮލިސް ކަމުގައި ކަޑައަޅާ މަތީގައި ދެންނެވި ކޮންމެ ޒޯނަކަށް ޕޮލިސް ކޮމިޝަނަރ އާއި 3 ޑިޕިއުޓީން އައްޔަން ކުރާންޖެހޭ. މިހާރުއޮތް އޮނިގަޑަކީ މިފަދަ ކަންކަމަށް ފަހިވާގޮތަށް އޮތް ނިޒާމެއް.

The name is already taken The name is available. Register?

ލަދުންބޯހަލާކު

08 August 2020

ފުލުހެއް ވީމަ ފޮޓޯވެސް ޖަހައިގެން ނުވޭތަ؟ އާދައިގެ ނިކަމެތި ރައްޔިތުން ކިރިޔާ ކަމެއް ކޮށްލާއިރަށް ފޮޓޯއާ ވަނަވަރާ އާންމު ކުރޭ.

The name is already taken The name is available. Register?

ބޮޑު ޢިންޖިނިއަރ އާދި ލު

08 August 2020

ސިމްޕަ ލް އެއް ނު... ސޭކުސްތާނު ގައި ތިކަހަލަ ކަންތައް ހިގައެވެ.

The name is already taken The name is available. Register?

ކިނބޫ

08 August 2020

އެމްސީ ހަމީދު އިސްތިއުފާ!!!

The name is already taken The name is available. Register?

ކޮސްގޮވާ

08 August 2020

ފުލުހުން ގެ ތެރޭގައި ހުރިހާ ބާވަތެއްގެ ކުށްކުރާ މީހުން އަބަދުވެސް ތިބޭ. ފިޔަވަޅު އަޅާ އަދި ހަރުކަށި އަދަބު ދޭންވީ. މަސައްކަތް ނުކުރާ މީޙުންގެ މުސާރަ ކުޑަކުރަންވީ.

The name is already taken The name is available. Register?

ތެދު ވާހަކަ

08 August 2020

މަސްތުވާ ތަކެތީގެ ވާހަކައެއް އަޑު އަޅަން ފޫހި ވާހަކައެއް

The name is already taken The name is available. Register?

ފިތުރޯނު

08 August 2020

ތިޔަ ކަންތައާ ވަރަށްބޮޑަށް ދެރަވެ އަޅުގަނޑަށް ރޮވިއްޖެއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454