ޚަބަރު / ރައީސް މުހައްމަދު ނަޝީދު

ނަޝީދު ނުލިބޭ ކަމަށް ވިދާޅުވާ ލޯނުތަކުގެ މައުލޫމާތު ވަނީ ލިބިފައި: ނާޝިޒް

މާލިއްޔަތު ކޮމެޓީގެ މުގައްރިރު މުހައްމަދު ނާޝިޒް

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނަގާފައިވާ ބައެއް ލޯނުތަކާއި ދީފައިވާ ގެރެންޓީތަކުގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހާ ހިއްސާކޮށްފައި ނުވާ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން މާލިއްޔަތު ކޮމެޓީގެ މުގައްރިރު މުހައްމަދު ނާޝިޒް އެކަން ދޮގުކުރައްވައިފި އެވެ.

ޔާމީންގެ ވެރިކަމުގައި ރާއްޖެ ދަރަނިވެރި ވެފައިވާ ވަރު ސާފު ނުވުމާއި ދަރަނި ބެލެހެއްޓުމުގެ މަސައްކަތްތައް ގާނޫނާ އެއްގޮތަށް ނުހިނގާ ކަމަށް ވިދާޅުވެ ނަޝީދު ވަނީ އެކަމުގައި އަމަލު ކުރާނެ ގޮތުގެ އިރުޝާދަކަށް އެދި މަޖިލީހުގެ ޖަލްސާ އަށް އެކަން އެޖެންޑާ ކުރައްވައި، ބަހުސް ފައްޓަވައިފަ އެވެ. އެ މައްސަލަ އެޖެންޑާ ކުރުމަށް ފަހު ނަޝީދު ވިދާޅުވީ ބައެއް ލޯނުތަކާއި ގެރެންޓީތަކުގެ މައުލޫމާތު ގާނޫނުގައި ބުނާ ގޮތަށް މަޖިލީހާ ހިއްސާ ކޮށްފައި ނުވާ ކަމަށެވެ.

Ameer dharani manage kuravvaaleh rangalheh noon: Nasheed

Ameer dharani manage kuravvaaleh rangalheh noon: Nasheed

The most trusted news source in the Maldives

Mihaaru

ދަރަނީގެ މައްސަލާގައި ނަޝީދު ފާޑު ވިދާޅުވުން

އެ މައްސަލައަށް ބަހުސް ކުރައްވަމުން ކިނބިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ނާޝިޒް ވިދާޅުވީ މުއައްސަސާތަކުން މަޖިލީހަށް ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ހުށަހަޅާފައި ނުވާ ނަމަ އެކަން ރިޔާސަތާއި ކަމާ ގުޅުން ހުރި ކޮމެޓީތަކުގެ ސަމާލުކަމަށް ގެނައުމަކީ މަޖިލީހުގެ އިދާރާގެ ޒިންމާއެއް ކަމަށެވެ. އޭނާ ވިދާޅުވީ އެއްވެސް ލޯނެއްގެ މައުލޫމާތު މަޖިލީހަށް ނުލިބިގެން އެކަން މާލިއްޔަތު ކޮމެޓީ އަށް ހުށަހަޅައިފައި ނުވާ ކަމަށެވެ.

ނަޝީދު މަޖިލީހަށް ނުލިބޭ ކަމަށް ވިދާޅުވާ ސިނަމާލެ ބްރިޖާ ގުޅޭ ލޯންގެ މައުލޫމާތު ޑިސެމްބަރު 25، 2018 ގައި މަޖިލީހަށް ލިބިފައިވާ ކަމަށް ވެސް ނާޝިޒް ވިދާޅުވި އެވެ. އަދި ސަނީ ސައިޑް ބޮންޑްގެ މައުލޫމާތު ޖުލައި 16، 2018 ގައި މަޖިލީހަށް ލިބިފައިވާއިރު އަބޫދާބީ ބޮންޑުގެ މައުލޫމާތު ވެސް 2018 ގައި މަޖިލީހަށް ލިބިފައިވާ ކަމަށް ނާޝިޒް ވިދާޅުވި އެވެ. އަދި ސޭލާން ޕަބްލިކް ބެންކަށް ދައުލަތުން ދީފައިވާ ގެރެންޓީގެ މައުލޫމާތު ޑިސެމްބަރު 25، 2018 ގައި ލިބިފައިވާ ކަމަށް ވެސް ނާޝިޒް ވިދާޅުވި އެވެ. އޭނާ ވަނީ މަޖިލީހަށް ފިނޭންސް މިނިސްޓްރީން ފޮނުވާފައިވާ ސިޓީތަކުގެ ނަންބަރު ވެސް ވިދާޅުވެފަ އެވެ.

"ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެންނަން ބޭނުން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިފަދަ މައުލޫމާތުތައް މިކަހަލަ ބައެއް ފެކްޓްސް ނުހިމެނޭ ގޮތަށް ނޫނިއްޔާ ހަގީގަތާ ހިލާފު ވާގޮތަށް ގެނެސް އިއްޒަތްތެރި ރައީސްގެ ސަމާލު ކަމަށް ގެނެވި މިކަންކަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިގޮތަށް މަޝްވަރާ ކުރެވޭ ހިސާބަށް ދާއިރު މީގައި ބަލަން ޖެހޭ ވަރަށް ނުބެލި އޮތްއޮތުން މިއީ އަޅުގަނޑު ކުށްވެރި ކުރާ ކަމެއް،" ނާޝިޒް ވިދާޅުވި އެވެ.

އެކަމަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވީ އެ މައުލޫމާތު ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވާފައި ނުވާ ކަމަށެވެ. މަޖިލީހުގެ އިދާރީ ނިޒާމު ވަރުގަދަ ވާނެ ކަމަށާއި ލިޔެކިޔުން ރަނގަޅަށް ބަލަހައްޓަމުން އަންނަ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

މައުލޫމާތު ނުލިބޭ ކަމަށް ނަޝީދު ވިދާޅުވާ ލޯނުތަކާއި ގެރެންޓީތައް:

* ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ޕްރޮޖެކްޓަށް ނަގާފައިވާ 450 މިލިއަން ޔުއާންގެ ލޯނު ނެގުމަށް އެކްސްޕޯޓް އިމްޕޯޓް ބެންކް އޮފް ޗައިނާއާ އެކު، ޖުލައި 14، 2016 ގައި ހަދާފައިވާ އެއްބަސްވުން.

* ސަނީ ސައިޑް ބޮންޑް: 250 މިލިއަން ޑޮލަރުގެ ލޯނު ނެގުމަށް ބޮންޑް ހޯލްޑާސްއާ އެކު މެއި 31، 2017 ގައި ހަދާފައިވާ އެއްބަސްވުން.

* ޕްރޮޖެކްޓް އިސްރަގާ: 100 މިލިއަން ޑޮލަރުގެ ލޯނު ނެގުމަށް ފަސްޓް އަބޫދާބީ ބޭންކާއެކު އޭޕްރީލް 26، 2018 ގައި ހެދި އެއްބަސްވުން.

* އިލެކްޓްސިޓީ ސިސްޓަމް އެންޑް އޯޕަން އެކްސެސް ނެޓްވޯކް އިން ހުޅުމާލެ ފޭސް 2ގެ ޕްރޮޖެކްޓްކަށް ސެޕްޓެމްބަރު 5، 2018 ގައި ސޭލާ ބޭންކަށް ދައުލަތުގެ ނަމުގައި ދޫކޮށްފައިވާ 16.8 މިލިއަން ޑޮލަރުގެ ގެރެންޓީ.

* ހުޅުމާލޭގައި 5،000 ސޯޝަލް ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ މަޝްރޫ ކުރިއަށް ގެންދިއުމަށްޓަކައި އޮގަސްޓް 22، 2016 ގައި އޮސްޓާ ހޯލްޑިންގްސް އަށް ދައުލަތުގެ ނަމުގައި ދޫކޮށްފައިވާ 327.8 މިލިއަން ޑޮލަރުގެ ގެރެންޓީ.

* ހުޅުމާލޭ ފޭސް 2 ގައި 1،000 ސޯޝަލް ހައުސިން ޔުނިޓް އިމާރާތް ކުރުމަށް ނޮވެމްބަރު 29، 2016 ގައި ޖީ ވިތް ނޭޖާ ލަންކާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދައުލަތުގެ ނަމުގައި ދޫކޮށްފައިވާ 65.2 މިލިއަން ޑޮލަރުގެ ގެރެންޓީ.

މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވާފައިވާ ސިޓީއެއްގައި، ދައުލަތުން ނަގާފައިވާ ލޯނުތަކާއި ގެރެންޓީތަކާއި ބޮންޑުތަކުގެ އަދަދުތަކާ ގުޅޭ ތަފްސީލު މަޖިލީހަށް ކުރިން ލިބިފައިވާ މައުލޫމާތުތަކާ ދިމާ ނުވާ ކަމަށެވެ.

ނަޝީދު ވިދާޅުވި ގޮތުގައި، އެ ފުށުއެރުންތަކުގެ ސަބަބުން ދައުލަތުގެ ދަރަނީގެ އަދަދަކީ ސީދާ ކިހާވަރެއްކަން ސާފެއް ނުވެ އެވެ. އެހެންކަމުން ޔާމީންގެ ސަރުކާރާއި މި ސަރުކާރުގެ ފިނޭންސް މިނިސްޓަރު ވެސް އުސޫލާ އެއްގޮތަށް އަމަލު ނުކުރައްވާ ކަމަށް ނަޝީދު ތުހުމަތު ކުރެއްވި އެވެ.

30 ކޮމެންޓް, 66 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 0%
icon angry icon angry 83%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދެން

11 August 2020

އެހެން ވިއްޔާ އިތުރުފުޅު ހެއްދެވި ބޭފުޅުންގެ ތެރެއަށް ފެތޭނެތޯ? އަދި އެހެން ބޭފުޅުން އިތުރުފުޅު ހެއްދެވި ކަމަށް ވިދާޅުވެ މައްސަލަ ބަލަން ފޮނުވާ ގޮތަށް އިސްތިސްނާއެއް ނެތި މިކަން ބެލޭނެތޯ?

The name is already taken The name is available. Register?

ގޫފީ

11 August 2020

ނާސިޒު ކާރީ އަހާބަލަ އޭނާ ކާންދެނީ ކޮވިޑްގެ 500 އެއްހާ މީހުންނަށް ކޮން ރޭޓަކަށްތޯ.. ހުސް ކޮރަޕްސަން

The name is already taken The name is available. Register?

ނަސޭހަތް

11 August 2020

މޮޔަ މީހަކު އަތަށް ހެޔޮވަރުގެ ކަނޑިއެއް ލިބުނީ މާ ވާނެގޮތް މިހާރު މިދަނީ ފެންނަ މުން.

The name is already taken The name is available. Register?

އުދުހޭ

11 August 2020

ނަޝީދަށް އެނގެނީ ފުޅަށްބުޑު. އެހެންވީމާ ނޭންގިދާނެތާ!!

The name is already taken The name is available. Register?

އައެ އޭމް

11 August 2020

މަޖްލިސް ރައީސް އަށް ނޭނގޭ ވާނުވާ.. އަދިވެސް ޔާމީން ފަހަތުން ނެއްޓެން ނޭގިގެން.. ދެންވެސް ހަޖަމު ކޮށްލައިގެން އެއަށްވުރެ ބޮޑެތި ކަންތައްތައް ކަލޭމެން ރައްޔިތުންނަށް ކޮށްދެވޭތޯ އުޅެބަ

The name is already taken The name is available. Register?

ތެދުވެރިޔާ

10 August 2020

މި ސަރުކާރު ވެރިކަން ކުރާނެ ފަހު ފަހަރު މީ އިންޝާﷲ

The name is already taken The name is available. Register?

ޢިބޫ

10 August 2020

މިފިނޭންސް މިނިސްޓަރަކީ ކުރީގެ ޑީއާރޕީން އެންޑޯޒް ކޮއްފަ ހުރި މިނިސްޓރެއްދޯ؟

The name is already taken The name is available. Register?

އަނދުން

10 August 2020

ދެން ފަހެ ރައްޔިތުންނަށް ބަރުލަމާނީގެ ފައިދާ ދައްކަން ކުރާ މަސައްކަތަށް މިތިބީ ހޭއަރައެވެ. މަޖިލީހު މީހުން ލާ ވޯޓަކުން ވެރިކަމަށް އަންނަން ބަގުޑި ބައްދާ ވަރެެއް.

The name is already taken The name is available. Register?

ޣޯސް

10 August 2020

އަމީން އާއްމު ވެސް ނަޝީދާ ދެކޮޅަށް ނުބުނާނެދޯ

The name is already taken The name is available. Register?

1212

10 August 2020

ހެޔޮ ނުވާނެ ކޮސް ނުގޮވާ 2023 ގެ އިންތިހާބް އަންނަންދެން ވެރިކަމަށް އާދެވޭތޯ މިހާރު ލިބިފަހުރި މަޤާމާއިއެކު ރީތިކޮށްހުރެ ރައްޔިތުންނަށް ފައިދާހުރި ކަމެއް ކޮށްދެވޭތޯ ބަލާބަލަ. މިހާރުވެސް ގައުމުގެ ތިންބާރުގެ ތެރެއިން އެއްބާރުގެ ވެރިއެއްވިއްޔާ. ލިބިފަހުރި ނިއުމަތްތަކަށް ޝުކުރުކޮށްބަލަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454