އިންސްޓިޓިއުޓެއްގެ ދަރިވަރަކު ފާނައެއް ދިރާސާކުރަނީ--
10 އޯގަސްޓް 2020 - 14:40
މޫދު ކޮށީގައި އާލާކޮށްފައިވާ ފާނަ ނީލަމުގައި ވިއްކަން ފިޝަރީޒް މިނިސްޓްރީން ފުރަތަމަ ފަހަރަށް ހުޅުވާލައިފި އެވެ.
މިއީ ވޯލްޑު ބޭންކުގެ އެހީގައި ފިޝަރީޒް މިނިސްޓްރީން ހިންގާ "ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓު"ގެ ދަށުން އާލާ ކޮށްފައިވާ ފާނަތަކަކެވެ. މި ފާނަތައް ނީލަމުގައި ވިއްކަނީ ފާނަ އާލާކުރުމުގެ ސިނާއަތުގައި ބައިވެރިވުމުގެ ފުރުސަތު ވީހާ ވެސް ގިނަ ބަޔަކަށް ދީގެން ރާއްޖޭގައި މެރިކަލްޗާ ސިނާއަތެއް ގާއިމްކުރުމުގެ މަގުސަދުގައި ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.
ފާނަ އާލާކުރުމަށް އެ މިނިސްޓްރީން ކުރިއަށް ގެންދިޔަ މަސައްކަތުގައި މިހާތަނަށް 3،353 ފާނަ މާކެޓް ސައިޒަށް ވަނީ ބޮޑުކޮށްފަ އެވެ. މާކެޓު ސައިޒަކީ 400 ގްރާމަށްވުރެ ބަރު ފާނަ އެވެ. އެހެންކަމުން ނީލަން ފަށާ އަގުގެ ގޮތުގައި އެ މިނިސްޓްރީން ކަނޑައަޅާފައި ވަނީ ފާނައަކަށް 100ރ. އެވެ. އަދި ނީލަމަށް ފަހަރަކު އިތުރުކުރެވޭނީ މަދުވެގެން ފަސް ރުފިޔާ އެވެ.
މި ނީލަމުގައި ބައިވެރިވެވޭނީ ރާއްޖޭގައި ވިޔަފާރި ކުރުމުގެ ހުއްދަ އޮންނަ ފަރާތްތަކަށް އެކަންޏެވެ. އެގޮތުން، ނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މާދަމާއިން ފެށިގެން އަންނަ ހުކުރު ދުވަހުގެ މެންދުރު 2:00 ގެ ކުރިން auction.mmri.gov.mv މެދުވެރިކޮށް ރަޖިސްޓްރީ ކުރަން ޖެހޭނެ އެވެ.
ފިޝަރީޒް މިނިސްޓްރީން ވަނީ ރާއްޖޭގައި ފާނަ އާލާކުރުން އިތުރު ކުރުމަށް އދ. މަހިބަދު އާއި އޮމަދު އާއި ދިގުރަށް އަދި ދަނގެއްޗަށް އަމާޒުކޮށްގެން، މޫދުކޮށީގައި ފާނަ ބޮޑުކުރުމުގެ މަސައްކަތްތަކެއް ފަށައިފަ އެވެ. މީގެ އިތުރުން އދ. މަހިބަދޫން މި މަސައްކަތަށް ހޮވި ހަތް ގޭބިސީގެ ތެރެއިން ކޮންމެ ގޭބިސީއަކަށް 1000 ކުދި ފާނަ އާއި ފާނަ ކޮށްޓާއި މަސްކާނާގެ އިތުރުން މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބޭނުންވާ ތަމްރީނު ވެސް މޯލްޑިވްސް މެރިން ރީސާޗް އިންސްޓިޓިއުޓް (އެމްއެމްއާރުއައި) ގެ ފަންނީ މުއައްޒަފުންގެ ފަރާތުން ވަނީ ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖާބެ
11 August 2020
މިނިސްޓްރީގެ ވެބްސައިޓް ގަ ނުހުރޭ އަޕްޑޭޓް އެއްވެސް މަޢުލޫ މާތެއް އަދި އެޕްލިކެޝަން ފޯ މެއް އަދި ކަ މަކައް އި މެއިލް ކިރިޔަސް ރެސްޕޮންޑްވެސް ނުކުރޭ . މިކަހަލަ ކަންކަން ކުރަނި އެ މީހުންގެ ގާތް މީހުންނައް ކަންކަން މަގުފަހިކޮށް .ނުދަންނަ މީހުންނައް އަންގަބަހުން ރަންގަޅު މަޢުލޫ މާތް ނުދިނީ މި ކަންކުރަން އުދާގޫވެ ކަންނުވާ ގޮތައް އޮތް ނިޒާ މެއް އޮތީ
ބެޔަސް
10 August 2020
ކޮބާ ލ. އަތޮޅުގައި ފެށި ހުއިފި ލަނޑާ ޕްރޮޖެކްޓް
kiara
10 August 2020
އައްޑޫ ސިޓީ މީގެ ކަމަށް ނެތީ އާ
ކިހާ ބޮޑު ބަލއެއް
10 August 2020
އައްޑޫ ސިޓީއަށްތަ ހުރިހާ ކަމއެއް ވާން ޖެހެނީ...
ޖާބީރު
10 August 2020
އައްޑޫއަކީ މިކަމަސްވަރަށް އެކަށީގެންވާ ތަނެއް.
މާއެނގޭ
10 August 2020
އައްޑޫ ސިޓީއަށް ވެފައި އޮތްކަމެއް ފުރަތަމަވެސް ބުނެލުން ރަނގަޅު...... ދެން ފަހުން ތިބުނާ ހުރިހާ ކަމެއްގެ ވާހަކަ ދައްކާނީ........
ޗަކޮއި ކައިޒީން
11 August 2020
އައްޑޫ ސިޓީގެ މުއަސަނދިން އައިސް މާލޭގަ ވިޔަފާރިކުރާމަ ސިޓީ ވަރައްކުރިއަރާނެއާނ.
ޙިނި
10 August 2020
ވަރައް ރަންގަޅުކަމެއް، ތިކަމުގައި ގައުމީ ޔުނިވާސިޓީ ބައިވެރިކުރުމައް ފެނޭ އޭރުން ފަންނު ގިނަބަޔަކައް ދަސްވާނީ. މެރިން ރީސާޗް އިންސްޓިޓިއުޓް މިނިވަން ތަނަކައް ހަދާ ނޫނީ ުނިވާސިޓީ އަކައް ހަދާ ވަރުގަދަކުރަންޖެގޭ.
އެންދެރި
10 August 2020
ތިޔަ ހުރިހާ މައުލޫމާތެއް މިނިސްޓްރީގެ ވެބް ސައިޓުން ވީޑިއޯ އާއި އެކު ލިބޭނެ ގޮތް ހަދާ ދީބަލާށެވެ. ކަންކަން އަމިއްލަ އަށް ކުރުމުގެ ހުނަރު ބައެއް ދިވެހީންގެ އެބަ ހުއްޓެވެ.
ރަދީފްއޮފިޝިއަލް
10 August 2020
ރަނުން ރަނަށް.