ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ރައްޔިތުންގެ މަޖިލީހުގެ މުޅި މަަޖިލިސް ކޮމިޓީގައި މިއަދު ބައިވެރިވެވަޑައިގަންނަވަނީ
11 އޯގަސްޓް 2020 - 12:05
ސޮވެރިން ޑިފޯލްޓަކަށް ނުދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށާއި އެއީ ކަންބޮޑުވާން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދެންމެ ވިދާޅުވެއްޖެ އެވެ.
މުޅި މަޖިލިސް އެއްކޮށްލައިގެން މަޖިލީހުގައި މިއަދު ހިނގަމުންދާ ކޮމެޓީ ބަހުސްގެ މައިގަނޑު ސުވާލަކީ ސަން ސިޔާމް މޯލްޑިވްސް އަށް ސަރުކާރުން ދީފައިވާ ލޯނު ޑިފޯލްޓްވުމާ ގުޅޭ ގޮތުން މެމްބަރުން ކުރައްވާ ސުވާލުތަކެވެ. މިއަދު މަޖިލީހުގެ ކޮމެޓީ އަށް ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރާއި މިހާރުގެ މިނިސްޓަރު އަމީރާއި ކުރީގެ މިނިސްޓަރު އަދި ނައިބު ރައީސް އަބްދުﷲ ޖިހާދާއި އޮޑިޓަރު ޖެނެރަލް ހަސަން ޒިޔަތު އެއްކޮށް ވަނީ ހާޒިރުކޮށްފަ އެވެ. ގަވަރުނަރު އަލީ ހާޝިމް މި ކޮމެޓީގައި ބައިވެރިވެ ވަޑައިގަތީ ވީޑިއޯ މެދުވެރިކޮށެވެ.
އަމީރު ވިދާޅުވީ، ސަން ސިޔާމްގެ ކުންފުންޏަށް ސޮވެރިން ގެރެންޓީ ދިނުމުގައި މޯގޭޖް އެގްރީމެންޓްތައް ވެސް އޮންނަ އުސޫލުގެ ތެރެއިން ހަދާފައިވާ ކަމަށެވެ.
ސިޔާމްގެ ކުންފުނި، އަހުމަދު ސިޔާމް ހޯލްޑިން (އޭއެސްއެޗް) އިން 2017 ވަނަ އަހަރު ޗައިނާގެ އެގްޒިމް ބޭންކުން ނެގި 127 މިލިއަން ޑޮލަރުގެ ލޯނަށް ސަރުކާރުން ވަނީ ގެރެންޓީ ދީފަ އެވެ. އެއީ ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމުގެ އުސޫލުގެ ދަށުން ނ. ދިގުރަށުގައި އިރުފެން ރިސޯޓު ތަރައްގީ ކުރުމަށެވެ. މި ލޯނުގެ ދަށުން ޗައިނީސް އެގްޒިމް ބޭންކަށް ލޯނު ދެއްކުމުގައި މި އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް އެ ކުންފުނިން ދިޔައިީ ބަރާބަރަށް ފައިސާ ދައްކަމުންނެވެ.
އަމީރު ވިދާޅުވީ، މިދިޔަ މަހުގެ 21 ވަނަ ދުވަހާ ހަމައަށް ދައްކަން އޮތް އިންޓްރެސްޓާއި ޕްރިންސިޕަލް ޕޭމެންޓް ނުދެއްކުނީ ކޮވިޑާ ގުޅިގެން ކުރިމަތިވި ހާލަތުގެ ސަބަބުން ކަމަށް އެ ކުންފުނިން އެންގި ކަމަށެވެ. އަދި އޭގެ އަނެއް ދުވަހު ޗައިނާ އެގްޒިމް ބޭންކުން އެ ފައިސާ ދެއްކުމަށް ދައުލަތަށް ވަނީ އަންގައިފަ އެވެ.
"އެ ދުވަހު ހަވީރު އަޅުގަނޑުމެން އެ ކުންފުންޏަށް [އޭއެސްއެޗް] އަށް އެންގިން ބިޒްނަސް ފައިވް ޑޭޒްގައި އެ ފައިސާ ދައްކަން. އަޅުގަނޑުމެންނަށް ނޯޓިސް އައުމުން ކޮންޓިންޖެންޓް ލައިބިލިބިޓީ އަކުން ޑައިރެކްޓް ލައިބިލިޓީއަކަށް ބަދަލުވެފައި މިއޮތީ. އަޅުގަނޑުމެން އެންގިން މި ފަސް ދުވަހުގެ ތެރޭގައި އެސްކްރޯ އެކައުންޓުގައި މިވެނި ވަރަކަށް ފައިސާ ހުންނަންވާނެއޭ. އެހެން ނޫނިއްޔާ އެގްރީމެންޓްގައިވާ ގޮތުގެ މަތިން މޯގޭޖް ރައިޓްސް އެކްސަޒައިޒް ކުރާނެ ވާހަކަ،" އޭނާ ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީގެ އެންގުމާ އެއްގޮތަށް އޭއެސްއެޗް އިން އެ ފައިސާ ފަސް ދުވަހުގެ ތެރޭގައި އެސްކްރޯ އެކައުންޓަށް ދައްކާފައިވެ އެވެ.
އަމީރު ވިދާޅުވީ ސޮވެރިން ގެރެންޓީ ދީފައިވާ ޕްރޮޖެކްޓްތަކުގެ ސައިޓަށް ދާން ޕްލޭން ކުރި ނަމަވެސް ކޮވިޑާ ގުޅިގެން އެކަން ކުރެވިފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް، ސޮވެރިން ގެރެންޓީ ދީފައިވާ ކުންފުނިތަކުން ކޮންމެ ކުއާޓާއަކުން ފިނޭންސް މިނިސްޓްރީ އަށް މާލީ ރިޕޯޓް ހުށަހަޅަން ޖެހޭކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"ކޮންމެ ކުއާޓާއަކުން މޮނީޓާ އެބަކުރަން. މިހާތަނަށް ސައިޓް ވިޒިޓެއް ނުކުރަން. އެކަމަކު އޮޑިޓްކޮށްފައި ވާނީ. ސައިޓް ވިޒިޓް ކުރުން ޕާޓިކިއުލާ ޕާޓީއަށް [އޭއެސްއެޗް] އަށް މެންޑޭޓެއް ނުކުރޭ،" އޭނާ ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސޮވެރިން ގެރެންޓީ ދިން އަމިއްލަ ހަމައެކަނި ދިވެހި ކުންފުންޏަކީ ވެސް ސިޔާމްގެ ކުންފުންޏެވެ. މިކަމާ ގުޅިގެން މަޖިލީހުން ވަނީ ވަރަށް ފުޅާ ދައިރާއެއްގައި އިއްޔެ ބަހުސްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަދުނާން
11 August 2020
އަމީރުމެން ތިހާ ހިސާބަށް ތިހާ ޅައިރު ގެނެސްދެއްވީ ރައީސް ނަޝީދު. މިއަދު ކޮޅުފައިން ޖެއްސެވީމާ އެހާ ރީއްޗެއްނޫން.
ރައީސޤ ނަސްއްއ
12 August 2020
ބަލަ އޭނަ ވެސް މަސައްކަތް ކޮށްގެން ދޯ އައީ. ކަލޭމެން ހަމަ ކަމެއް ވާ އިރަށް ނަޝީދު ނަޝީދު. މި ވެރިކަމަށް ނަޝީދުވެސް އައީކީ އެކަންޔެއް ނޫން.
ސަތޯ
11 August 2020
އަ މީރު ދައްކާ ވާހަކަ ކިހިނެއް ގަބޫލު ކުރާނީ. އަ މީރު ވަކި ތެދުހދާނެތަ؟ މިސަރުކާރުން އެއްވެސް ކަ މެއް ރަނގަޅު ކުރާނެ ނަ މަ ތެދު ހަދާނެ ނަ މަ ތިޔަ ތާކު ތިބޭނީ ޔާ މީނުގެ ޕަޕެޓުންނެއް ނޫން. ހުރިހާ ލޯނަކާއި ސަވޮރިން ގެރެންޓީއަކާ މިހުރިހާކަ މެއް ހިންގި މީހުން އަދިވެސް އެތިބީ އެން މެ ކައިރީ. ވައްކަން ކުރި މީހުން ވެސް ދިފާއު އެއްވެސް ވައުދެއް ފުއްދޭބަޔެއްނޫން
ޙިނި
11 August 2020
މިރާއްޖެއައް އިންވެޓްމަން ބޭންކްތައް ގެން ނަންޖެހޭ،. މިހާރު ރާއްޖޭގައި ރުރީ ހުސް ރީޓެއި ބޭންކުތައް، ރިސޯޓެއް ހަދަން ފައިނޭސް ކޮއްލެވޭވަރައް ފައިސާއެއް ނުހުރޭ. އެންމެ އެދެވޭގޮތަކީ ދިވެހި ވިޔަފާރިވެރިންނައް އިންވެސްޓްމަންޓް ބޭންކްތައް ހުޅުވެމުގެ (ބޭންކިން ސެކްޓަރައް) ފުރުސަތުދިނުން
ސާޢިދާ
11 August 2020
ކޮބާ ޔަގީންކަމެއް؟
ދިއްދޫމީހާ
11 August 2020
އައްޑޫގަ ފެނާ ނަރުދަމާ ގާއިމު ކުރަން ނަޝީދު ވެރިކަމުގާ ދިވެހި ދައުލަތުން ސޮވެރިން ގެރެންޓީ ދީގެން އިންގެރޭސްވިލާތުގެ ބައިވޯޓާރ ކުންފުންނަ ދިން ލޯނަ ކިހެއްނެތޯވީ؟؟ އައްޑޫގަ އަދިވެސް ފެނާ ނަރުދަމާ ނުލިބޭ، ސޮވެރިން ގެރެންޓީ އަކީ ނަޝީދު ވެރިކަމުގާ ދޭންފެށި އެއްޗެއް، ސޮވެރިން ގެރެންޓީ ދެނީ މޯގޭޖް ކޮއްގެން އެހެންވީމާ ދައުލަތަ އިންނާނެ މޯގޭޖް މުދާ ވިއްކާލުމުގެ ބާރު
މުޑަހަންޖާ
11 August 2020
އެސޮރަކީ ދެއުޅިއެއްވާ ވާހަކައެއް ދައްކާ މީހެއްނޫން. މިހާރު ބުނަނީ ދަރަނި ނުދެއްކިއްޖިއްޔާ ހިއްސާ ހޯދަން އަންނާނެއޭ، ބުނާއިރު އޭނަގެ ވެރިކަމުގަ ކިތައް ކުންފުނީގެ ހިއްސާތޯ ހަމަ އެހެންހުރެފަ ބޭރުމީހުނަށް ދިނީ.
ފޮނިޓައްޕު ހަސަނު
11 August 2020
ފިނޭންސް މިނިސްޓަރުގެ ސަންސިޔާމަށް ސީޓީއަކުން އެންގީ ފައިސާ ދައްކާށޭ އަދި ފޯނުން ގުޅާފައި ބުނަނީ ބޭންކް އޮފް މޯލްޑިވްސް އިން ލޯނު ހަމަޖައްސައި ދޭނަމޭ ޗައިނާ ބޭންކަށް ފައިސާ ދައްކަން. ކޮންތާކު މިޖެހެނީ. ޑިފޯލްޓަކަށް ނުދާނެ ނުން ބީއެމްއެލްގެ ތިޖޫރި ހުޅުވާފައި ޝިޔާމު ކައިރީ މީގެން ނަގައިގެން ލޯނު އަދާ ކުރާށޭ ވިއްޔާ ބުނީ.
ޓްރާންސްފޯމާސް1
11 August 2020
ދިވެހިންނަކީ ވަރަށް ފަސޭހައިން ހައްދާލެވޭ ބައެއް. އަންނި އެހާފަސޭހައިން ވެރިކަމަށް އައީ އެހެންވެގެން. ޤައުމު ހަލާކުވަނީ. ކުރެވުނު ކަމެއްނެތް. އެކަމު އަދިވެސް އިންތިޚާބެއް ބާއްވައިފިއްޔާ ކުރިލިބޭނީ އަންނިއަށް ކަމަށް ލަފާކުރެވެނީ. ސަބަބަކީ ދިވެހިންނަކީ ވަރަށް ފަސޭހައިން ހައްދާލެވޭ ބައެއްވީމަ.
މަސް2
11 August 2020
އޭނަ ކައިފަ އެއްޗެއް އިތުރުވިތަ?
މުޑަހަންޖާ
11 August 2020
ރާއްޖޭގެ ރައްޔިތުން ވިސްނަންވީ ދައުލަތް ދަރަނިވެ ބަނގުރޫޓުވެގެން މިދާ ސަބަބު. އެސަބަބަކީ އެންމެ ރަށެއްގެމީހުންގެ އުފަލަށް ގައުމުގަ ނެތްފެންވަރުގެ ތަންތަންއެރަށުގަ ހަދަން މުޅިދައުލަތް ނާޖާއިޒުގޮތުގަ ބޭނުންކުރަމުންދާދިއުން. ކިލޯމީޓަރެއްތެރޭ ހަމައެކަނި "މިނިވަން"ދުވަސް ފާހަގަކޮށްލަން ދުނިޔޭގެ އެންމެ މުއްސަނދި ސިންގަޕޫރަށްވުރެ ގިނައިން ފައިސާ ތަޅާލި ބައެއްގެވާހަކަ މިދައްކަނީ. ތިހުރިހާ ދަރަންޏެއްހުރީ ހަމަ މިބުނާ ބާގައިގެ ބޭނުމަށް ނަގާފަ.
އެންދެރި
11 August 2020
މަޖްލިސް މިހާރު ގާނޫނު ހަދާތަނަކަށް ނުވެ އެވެ. ބަހުސް ކުރާ ތަނަކަށް ވެއްޖެ އެވެ.