ވިޔަފާރި / ރައްޔިތުންގެ މަޖިލިސް

ފިނޭންސް މިނިސްޓްރީގެ އިންޓެގްރިޓީއާ މެދު ސުވާލު އުފައްދާތީ ތިން ވަޒީރުންގެ ނުރުހުން މަޖިލީހަށް

ކުރީ ސަރުކާރުގެ ފިނޭންސް މިނިސްޓާރުކަން ކުރެއްވި، އަބްދުﷲ ޖިހާދާޢި އަހުމަދު މުނައްވަރާއި މިހާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

ފިނޭންސް މިނިސްޓްރީގެ އިންޓެގްރިޓީއާ މެދު ސުވާލު އުފައްދާތީ، ކުރީގެ ދެ ފިނޭންސް މިނިސްޓަރަކާއި މިހާރުގެ ފިނޭންސް މިނިސްޓަރު ރައްޔިތުންގެ މަޖިލީހުގައި ހިތްހަމަނުޖެހުން މިއަދު ފާޅުކުރައްވައިފި އެވެ.

ސަރުކާރުގެ ދަރަންޏާ ގުޅޭ ގޮތުން، ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ފުރަތަމަ ފިނޭންސް މިނިސްޓަރު އަދި ފަހުން ނައިބު ރައީސްކަން ކުރެއްވި އަބްދުﷲ ޖިހާދުގެ އިތުރުން އެ ސަރުކާރުގައި އެންމެ ފަހުން ފިނޭންސް މިނިސްޓަރުކަން ކުރެއްވި އަހުމަދު މުނައްވަރާއި މިހާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ހާޒިރުކުރި އެވެ.

ކޮމިޓީގައި ބައެއް މެންބަރުން ވަނީ ދައުލަތުގެ ދަރަނީގެ ތަފްސީލު އެނގިވަޑައިނުގަންނަވާ ކަމަށާއި އެ މައުލޫމާތު ހާމަކުރުމުގައި ފިނޭންސް މިނިސްޓްރީން އިހުމާލުވެފައިވާ ކަމަށް ދޭހަވާ ފަދަ މޭރުމުން ވާހަކަ ދައްކަވައިފަ އެވެ. ކޮމިޓީގެ މުގައްރިރުކަން ކުރެއްވި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވާހަކަފުޅު ދެއްކެވީ އެ މޭރުމުންނެވެ. ދައުލަތުގެ ދަރަނީގެ މައްސަލާގައި މުޅި މަޖިލިސް ކޮމިޓީއަކަށް ގެންދެވީ ވެސް ސީދާ އެމަނިކުފާނެވެ.

މަޖިލީހުގައި އަމީރު ވިދާޅުވީ ކޮންމެ އަހަރެއްގެ ބަޖެޓް ހުށަހަޅާ އިރު މަޖިލީހަށާއި ކޮމިޓީ އަށް ވެސް އެކްޓިވް ލޯނުތަކުގެ ތަފްސީލުތައް ހުށަހަޅަމުން އަންނަ ކަމަށެވެ. އަމީރު ވިދާޅުވި ގޮތުގައި ކުރީގެ ސަރުކާރުން ގޯސްކޮށް އެތައް ކަމެއް ކޮށްފައި ހުއްޓަސް، ފިނޭންސް މިނިސްޓްރީ އަކީ ދައުލަތުގެ ވަކި އިންސްޓިޓިއުޓެކެވެ.

ފިނޭންސް މިނިސްޓަރު އަމީރު، މުޅި މަޖިލީހުގެ ކޮމިޓީގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ.---ފޮޓޯ: މަޖިލިސް

"މިނިސްޓްރީ އޮފް ފިނޭންސްގެ އިންޓެގްރިޓީ އާއި ސިވިލް ސާވިސްގައި އެ ތިބޭ ކުދިންގެ މަސައްކަތްތަކާއި އެ ކަންކަމަކީ އަޅުގަނޑުމެން ސުވާލު އުފައްދަން ޖެހޭ ކަންކަމެއް ނޫން. ދައުލަތް ދަރަނިވެފައިވާ ވަރު އޮޅުންނުފިލާކަން އެއީ އަޅުގަނޑު ގަބޫލުކުރާ ވާހަކައެއް ނޫން،" އެމްޑީޕީގެ މެމްބަރެއްގެ ގޮތުން ފިނޭންސް މިނިސްޓަރުކަން ލިބިވަޑައިގެންނެވި އަމީރު ހިތްހަމަޖެހިވަޑައިނުގެން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖިލީހަށް މައުލޫމާތުތައް ދިނުމުގައި ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތަށް ހާމަކުރަމުން އަންނަ ކަމަށެވެ. އަދި އެއްވެސް ސޮވެރިން ގެރެންޓީއެއް ނުވަތަ ލޯނެއްގެ މައުލޫމާތު ހާމަކުރުމުގައި އިހުމާލެއް ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު އަމީރެކޭ އެއްފަދައިން މުނައްވަރު ވެސް ވަނީ ދަރަންޏާ ގުޅޭ ގޮތުން ވަރަށް ތަފްސީލީ ގޮތެއްގައި ފިނޭންސް މިނިސްޓްރީން މައުލޫމާތު ހާމަކުރާ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

ކުރީގެ ފިނޭންސް މިނިސްޓަރު މުނައްވަރު، މުޅި މަޖިލީހުގެ ކޮމިޓީގައި ބައެއް ލިޔުންތައް ބައްލަވަނީ.---ފޮޓޯ: މަޖިލިސް

"ވެބްސައިޓުގައި ވަރަށް ތަފްސީލުކަމާ އެކު ސޮވެރިން ގެރެންޓީގެ މައުލޫމާތުތައް އެ ހުރީ. މި ކަމަކީ މިއަދު ކޮންމެހެން ކުރާ ކަމެއް ނޫން. މިއީ އަޅުގަނޑުމެން ފިނޭންސް މިނިސްޓްރީ އިންސްޓިޓިއުޝަނެއްގެ ގޮތުގައި، ހަމަ އުފެދުނީއްސުރެ ވަރަށް ރަނގަޅަށް ހުރިހާ ފިނޭންސް މިނިސްޓަރުން ވެސް ކުރައްވަމުން ގެންދަވާ މަސައްކަތެއް،" އޭނާ ވިދާޅުވި އެވެ.

ޑެޓް މެނޭޖްކުރުމުގައި އުޅެނީ ގާބިލް މުވައްޒަފުން

ތިން ބޭފުޅުންގެ ތެރެއިން ރާއްޖޭގެ މާލީ އަދި އިގުތިސާދީ ދާއިރާގައި ސަރުކާރުގެ އެކި މަގާމުތައް ދިގު މުއްދަތެއްގައި އަދާކުރެއްވި ޖިހާދު ވިދާޅުވީ ލޯނާ ގުޅޭ ކަންކަމަކީ މިއަދު ކުރިމަތިވެގެން އުޅޭ ކަމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ދަރަނި މެނޭޖްކުރަން ވަކި ޑިޕާޓްމަންޓެއް ފިނޭންސް މިނިސްޓްރީގައި އޮވެ އެވެ.

"އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން ޑެޓް މެނޭޖްމެންޓް ޓީމުގެ ފްރޮފެޝަނަލިޒަމްއާ ދޭތެރޭ. މިއީ ހަމައެކަނި މިނިސްޓަރުން ކުރައްވާ ކަމެއް ނޫން. އެ މުވައްޒަފުންގެ ކެޕޭސިޓީ ތިބޭފުޅުން ބައްލަވާ. ވަރަށް ޕްރޮފެޝަނަލް އަދި ކެޕޭސިޓީ ހުރި، ގިނަ ދުވަހުގެ ތަޖުރިބާ ހުރި ބޭފުޅުން ޑެޓް މެނޭޖްމެންޓް ޑިވިޝަންގައި ތިބޭނީ،" އެމަނިކުފާނު ވިދާޅުވި އެވެ.

ކުރީގެ ފިނޭންސް މިނިސްޓަރު އަދި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު، މުޅި މަޖިލީހުގެ ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަނީ.---ފޮޓޯ: މަޖިލިސް

ޖިހާދު ވިދާޅުވީ އެމަނިކުފާނު އާދައިގެ މުވައްޒަފެއްގެ ގޮތުގައި ވެސް ފިނޭންސް މިނިސްޓްރީގައި މަސައްކަތްޕުޅު ކުރެއްވި ކަމަށާއި އޭރު ވެސް ކަންކަން ހިނގާ ގޮތް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ލޯނުތަކާއި ސޮވެރިން ގެރެންޓީ ދިނުމުގައި ޑެޓް މެނޭޖްމަންޓް ޓީމުން ބަލަން ޖެހޭ ކަންކަން ވަރަށް ފުރިހަމަ އަށް ބަލާކަން އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީއާ ގުޅޭ ގޮތުން ދައްކާ ވާހަކައިން ގައުމަށް ވަނީ އިތުރު ގެއްލުން

އަމީރު ވިދާޅުވި ގޮތުގައި މަޖިލީހުގައި ފިނޭންސް މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ގޮތުން ދައްކަވާ ވާހަކަތަކުގެ ސަބަބުން ލިޔާ ޚަބަރުތަކުގެ ސުރުޚީތަކާ އެކު މާލީ ގޮތުން އެހީ ހޯދަން އިތުރަށް ދަތިވެ އެވެ.

މަޖިލީހުގައި އިއްޔެ ދެއްކެވި ވާހަކަތަކާ ގުޅިގެން މީޑިއާގައި ދައުރުވި ހެޑްލައިނެއް ވިދާޅުވެ، އޭނާ ވިދާޅުވީ، ވަޒީރު ކަމަށް ވަޑައިގަތީ އެމްޑީޕީގެ މެމްބަރެއްގެ ހައިސިއްޔަތުން ކަމަށާއި މިނިސްޓަރާ ގުޅޭ ގޮތުން ވާހަކަ ދެއްކި ނަމަވެސް މިނިސްޓްރީގެ އިންޓެގްރިޓީ ހިފަހައްޓަން ޖެހޭ ކަމަށެވެ.

"މިހާރު މިގޮތަށް [ހެޑްލައިން] އޮތުމުން ވޯލްޑް ބޭންކް، އައިއެމްއެފް ތަންތަނުން ސުވާލު އުފައްދާނެ. އަޅުގަނޑުމެން، ދިވެހި ދައުލަތުން ދޭ ޑެޓް ސްޓެޓިސްޓިކްސްއާ މެދު ބޭރުގެ ފަރާތްތަކުން ސުވާލުކުރާ ހިސާބުން އަޅުގަނޑުމެންނަށް ފަންޑް ރެއިސް ކުރަން ދަތިތަކެއް އަންނާނެ،" އޭނާ ވިދާޅުވި އެވެ.

މިއީ އެހާ ފަސޭހައިން ދައްކާލާ ވާހަކަތަކަށް ހެދުމުގެ ބަދަލުގައި މިކަންކަން މި އަށް ވުރެ ރަނގަޅަށް ކުރެވޭނެ ކަމަށް އަމީރު ވިދާޅުވި އެވެ. އޭނާ ވަނީ ފިނޭންސް މިނިސްޓްރީން މިހާރު ހާމަކުރާ މާލީ މައުލޫމާތުތަކަކީ މާލީ އިދާރާތަކުން ބަލައިގެންފައިވާ މައުލޫމާތުތަކެއްގެ ކަމަށް ވިދާޅުވެފަ އެވެ.

މަޖިލީހުގެ ރައީސް ނަޝީދު، މުޅި މަޖިލީހުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވަނީ.---ފޮޓޯ: މަޖިލިސް

ތިން ވަޒީރުންގެ ޖަވާބުތަކަށް ފަހު ކޮމިޓީ ނިންމަވައިލައްވަމުން ވެސް މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ މިއަދު ވެސް އިތުރަށް ސާފުވީ، ދަރަނި މެނޭޖު ކުރުމުގެ ކަންކަން ރަނގަޅަށް ނުދާ ކަން ކަމަށެވެ. ސަބަބެއްގެ ގޮތުގައި އެމަނިކުފާނު ނެންގެވީ ސަން ޓްރަވަލް އަހުމަދު ސިޔާމަށް ސަރުކާރުން ދިން ސޮވެރިން ގެރެންޓީގައި ނެގި ލޯނު ނުދެއްކިގެން ދިމާވި މައްސަލަ އެވެ. ޗައިނާގެ ބޭންކަކުން ވަނީ 10 މިލިއަން ޑޮލަރު ސަރުކާރުން ދައްކަން ޖެހޭނެ ކަމަށް ބުނެފަ އެވެ. މިއީ މީގެ ކުރިން ދުވަހަކު ވެސް ހިނގާފައިވާ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.

"މިއީކީ އެކެއް އަނެކެއްގެ މޫނަށް ބަލައިގެން، ހެޔޮވާން ވެގެން، ރުއްސަން ވެގެން ގޮސް ނުކޮށް ތިބޭވަރު ކަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

85 ކޮމެންޓް, 147 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 0%
icon angry icon angry 90%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލްމާ

12 August 2020

އެއްބައިވަންތަކަމާ، އަހުވަންތަކަމާ . ޤައުމިއްޔަތާ، އިޖްތިމާއީ ފޭރާން ވިދާ ހަލާކު ކުރަނީ ކާކުކަން ވަރަށް ސާފު.

The name is already taken The name is available. Register?

ބަރުދަން

12 August 2020

އިންޢިޔާ ރުއްސުން ނޫންކަމެއް ކޮށްބަލަ

The name is already taken The name is available. Register?

ލޯނު އެދުރު

12 August 2020

ކޮންމެ އަހަރަކު ހުށަހެޅިޔަސް، ކޮންމެ ދުވަހަކު ހުށަހެޅިޔަސް ތިޔަބުނާ މަޖިލީހުގައި ގަމާރުން ގިނަވީމަ އޮޅުމެއް ނުފިލާނެ ވާނުވާއެއް ނޭންގޭނެ!

The name is already taken The name is available. Register?

ސަރުކާނު

12 August 2020

މަޖިލިސް އެއްކޮށް އިސްތިއުފާ ދޭން ގޮވާލަން. އެއްޗެއް އެގޭ މީހަކު ނެތް. ނޭގޭތާގައި އިނގޭ މީހުން ބުނީމަވެސް ޤަބޫލުކުރަނީކީނޫން. ރައްޔިތުން ހޮވިމެމްބަރުންނަކީ ރައްޔިތުންގެ އަޑުއަހާ ބަޔަކަށް ވާނެ ކަމުގަެ އުއްމީދުގަ ހޮވީ. އެކަމަކު މަޖިލީހުގެ ރައީސަ ނައިބު ރައީސުން ފެށިގެން ފެނުނީ ގަމާރުކަމާ ނޭއްގާނިކަމާ ބޯހަރުކަން އަދި ގޮތް ދޫނުކުރުން.

The name is already taken The name is available. Register?

ސިޓިޒަން އޮފް މާލެ ސިޓީ

12 August 2020

ދައުލަތުގެ މުއައްސަސާ ތަކާ، ސަރުކާރު ޒިންމާދާރު ކުރުމުގެ ގާބިލްކަން މިހާރު މިއޮތް ރައްޔިތުންގެ މަޖްލީހުގެ މެމްބަރުން ގެ ކިބައިގައި ނެތްކަން ސާބިތުވޭ އެބަ. ޙާއްސަކޮށް މަޖްލީހުގެ ރައީސަށް އެ މަގާމުގެ މަސްއޫލިއްޔަތާ ޒިންމާތައް އަދައެއް ނުކުރެވޭ.

The name is already taken The name is available. Register?

މުހައްމަދުކޮއިފުޅު

12 August 2020

މަޖިލީހުގެ ރައީސް ކަމުގައިހުރެ މަގާމުގެ ނުފޫޒު ބޭނުންކޮށް ކޮރަޕްޝަންގެ އަމަލު ހިންގިކަން ސާބިތުގެ 400ރުފިޔާ ދައުލަތަށް ދައްކަންޖެހި އެފައިސާ ނަޝީދު ދައްކާފައިވުމުން ގާނޫނުގައި ބުނާ ކުށެއް ކުރިކަން އެއޮތީ ސާބިތުވެފައެވެ. ބުނެލަން މިއުޅެނީ ނަންބަރުގެ ވާހަކައެއް ނޫނެވެ. އަމަލުގެ ވާހަކައެވެ. ނަޝީދު ކުރިކަމަކީ އިންޓެގްރިޓީއާ ގުޅުންހުރި މައްސަލައެކެވެ. އެއީ ވަރަށް ބޮޑުކަމެކެވެ. އެހެންކަމުން އިސްތިއުފާދީފައި ގެއަށް ވަޑައިގަންނަވާށެވެ.

The name is already taken The name is available. Register?

ސަދެރަ

12 August 2020

އަމީރު އަސްލަމް އަމްރު މެން އެކުގަ ކުރާ ވިޔަފާރީގެ ސަބަބުން ގައުމުގެ ކުރިމަގު ބަނަވާ ކަމަށް ފެންނަނަމަ ވިސްނުންތެރިއަކު އެމީހުން މަޖިލިހަށް ގެނެސް ސުވާލު ކުރުމަކީ ގޯސް ކަމެއް ނޫން.

The name is already taken The name is available. Register?

ޅޮސް

12 August 2020

މާޅޮހަކު ޅޮސް އުނދޯއްޔަކަށް އަރުވާފައި މޮހޮނަށް އޮޑިދިންގޮތަށް ގޮނޑިއެއް ދިނީމާ ޅޮސް އުނދޯލިގަނޑުވެސް ހެއްލަން ނޭނގިގެން ދިޔަދިޔައިނުންގޮސް ވެރިކަމާހެދި ބޫތުކައިގެން ގަބަރާވަނީ.

The name is already taken The name is available. Register?

ރީތި މޫސަ

12 August 2020

ކޮބާ އަނގަގަދަމިތުރުގެ ޖާޑި ވެއްޓި ތެޅުނީދޯ ނުބެހޭކަމެއްނެތިގެން މަވަރުމީހަކުނެތިގެން އެންފަހުން ބޭޒާރުވީދޯ

The name is already taken The name is available. Register?

ކައުންސެލަރު

11 August 2020

އަމިއްލައަށް ކަންކަން ކުރަން ނޭނގޭމީހުން ހިފަހައްޓާނީ އަނގައިން. ތިތާކުނެތް ތީން މިނިސްޓަރަކާ ތަޢުލީމީގޮތުން (ފަތިގަނޑެއްނޫން) ރަބަރު ފިރުކާލާނެ ފެންވަރުހުރި އެކަކުވެސް. ޚާއްސަކޮށް ކަރުން ނާރުފުއްޕާ ބާގައިގަ. ކޮން އަނގައެއްއަރުވާކަށް. ރައްޔިތުން ހޮވީމާ މުސާރަނަގަނަގަ ތިބޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454