13 އޯގަސްޓް 2020 - 22:43
މިރޭ މަރުވި އުމުރުން ދުވަސްވީ ފިރިހެނަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.
ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި، އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އުމުރުން 83 އަހަރުގެ އެ މީހާ މިރޭ 7 ޖަހާކަން ހާއިރު އައިޖީއެމްއެޗަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެގޮތަށް ގެންދާ މީހުން ވެސް ކޮވިޑަށް ޓެސްޓް ކުރާ ކަމަށާއި އެގޮތުން ޓެސްޓް ކުރި އިރު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
ރާއްޖެއިން ކޮވިޑް ބަލީގައި މިހާތަނަށް 21 މީހަކު ވަނީ މަރުވެފަ އެވެ. އެކަމަކު މިރޭ މަރުވި މީހާ އަކީ ކޮވިޑްގެ ބަލީގައި މަރުވި މީހެއް ކަމަކަށް އަދި ނިންމައިފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގައުމުގެ ދޫ
14 August 2020
ބަލިމީހާ ކޮވިޑަށް ޝައްކު ކުރެވި ގެންދިޔަ އަދި ފަހުން ޕޮޒިޓިވް ނޫންކަން އެނގުނު. ނަމަވެސް އެ ފަރާތް ބަލިމީހުންގެ ތެރޭގާ ގެންގުޅެ 14 ދުވަސް ފަހުން ގެޔަށް ދޫކޮށްލީ ޓެސްޓުކުރުމެއްނެތި. ފަހުން އެ ފަރާތް ޕޮޒިޓިވު ވެ މުޅި ގޭގެ މީހުންވެސް ޕޮޒިޓިވުވީ. މި ހުންނަނީ ކަންކަން އިންތިޒާމުވެފަ ހުންނަލެއް ދޯދިޔާކަން. ކަންހިނގިގޮތް އެނގުނީމާ އެކަމާ ވަރަށް ބޮޑަށް މާފަށް އެދެމޭ ބުނެ ނިންމާލަނީ. ނަމަވެސް އިހުމާލުވީ ފަރާތްތާމެދު އެޅޭނެ ފިޔަވަޅެއް ނެތް. ހިތާމާހުރި!
އައިމިނަަ
13 August 2020
إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ
ފަރީޝާ
13 August 2020
އަބަދުވެސް ބުނަމުންދާ ހަގީގަތްދޯ؟ ބަލީގެ ރިސްކު ބޮޑީގެ މުސްކުޅިންނާއި އެކި ކަހަލަ މެޑިކަލް ކޮންޑިޝަން ހުންނަ މީހުން. އަދި ވެކްސިނެއް ނެތް އިރު ބަލި ޖެހިއްޖެ ނަމަ ކުރެވޭނެ ކަމެއްވެސް ނެތް. އެހެންވީމަ ދެ އިރު ދެ ދަޅައަށް މި ގޮވަނީ ބަލި ނުޖޭހޭ ގޮތަށް ފިޔަވަޅު އަޅައިގެން އުޅޭށޭ. މައްޔިތާއަށް ސުވަރުގެ މިންވަރު ކުރެއްވުން އެދި ދުއާ ކުރަން. إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
އައިޝާވަރ
14 August 2020
އަސްލުވެސް. ކީއް ކުރާނީ ބައެއް މީހުން އަބަދު ބޭރުގަ. މުސްކުޅި މައިންބަފައިންނަށް އަޅާ ނުލާ. ބޭރުގަ އުޅޭނެހާތާކު އުޅެ، ގެއަށް އަންނައިރު މައިންބަފައިން ހުންނާނީ ކާންވެސް ހަދާދީފަ. އެވަރަށް އެމީހުން ދަރިންނަށް އަޅާލާ... ދަރިން އެކަމު އަޅާ ނުލާ. އަހަރެންގެ ގޭގަވެސް ދައްތަގެ ފިރިމީހާ ޒަރޫރީ ބޭނުންތައް ނޫން ކަންކަމުގައި އަބަދު ބޭރުގަ. ދައްތަ އޮފީހަށް ދާންވީމަ، އެމީހުންގެ ކުދިން މައިންބަފައިން ކައިރިއަށް. ވިސްނާލާ މައިންބަފައިން ރިސްކަށް ވަށްޓާލާވަރު
ޣަނީ
13 August 2020
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ މައްޔިތާއަށް ސުވަރުގެ މިންވަރު ކުރައްވައި އާއިލާއަށް ކެތްތެރިކަން ދެއްވާށި.