ސިފައިންނަށާއި ފުލުހުންނަށް ހާއްސަކޮށްގެން އަޅާ ފްލެޓްތައް. ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ދޫކޮށްލަން އައިލެންޑް އެކްސްޕާޓުން ވަނީ ނިންމާފައި.
14 އޯގަސްޓް 2020 - 11:37
ސިފައިންނާއި ފުލުހުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި އަޅާ ފްލެޓްތަކުގެ މަސައްކަތްކުރާ އައިލެންޑް އެކްސްޕާޓުން ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ދޫކޮށްލައި އެއްބަސް އުވާލަން ނިންމައިފި އެވެ.
އައިލެންޑް އެކްސްޕާޓްގެ މެނޭޖިން ޑައިރެކްޓަރު އަނޮން ސޮންގްޕަންޔާ "މިހާރު" އަށް މިއަދު ވިދާޅުވީ މަސައްކަތް ދޫކޮށްލަން ހުށަހެޅީ ކޮވިޑް-19 ކޮންޓްރޯލްކުރަން އެޅި ފިޔަވަޅުތަކާ ހެދި ކުންފުންޏަށް ބޮޑު ގެއްލުމަކާ ކުރިމަތިވެގެން ކަމަށެވެ. އޭނާ ވިދާޅުވީ ލިބުނު ގެއްލުމާ އެކު ވަރަށް ގިނަަ އަދަދެއްގެ މުވައްޒަފުން ދޫކޮށްލަން ޖެހުނު ކަމަށެވެ.
"އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ގެއްލުންވެ، ވަރަށް ގިނަ މުވައްޒަފުން ދޫކޮށްލަން ޖެހުނީ. އެހެންވެ އެއްބަސްވުން އުވައިލަން ހުށަހެޅީ،" އަނޮން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއްބަސްވުން އުވާލަން، ފުލުހުންގެ ކޯޕަރޭޓިވް، ޕޮލްކޯއާ އެކު މަޝްވަރާކޮށް އެގޮތަށް ނިމިފައިވާ ކަމަށެވެ. އެކަމަކު ޕޮލްކޯގެ ބަހެއް މިކަމާ ބެހޭ ގޮތުން އަދި ނުލިބެ އެވެ. ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތްކުރަނީ ޕޮލްކޯއާ އެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.
ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ދޫކޮށްލިޔަސް، ސިފައިންގެ ކޯޕަރޭޓިވް ކަމަށްވާ ސިފްކޯއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ސިފައިންނަށް ހަދަމުން އަންނަ ފްލެޓްތަކުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށް އަނޮން ވިދާޅުވި އެވެ. ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ދޫކޮށްލަން ނިންމި އިރު އެތަނުގެ ބޮޑު ބައެއް ވަނީ ނިމިފަ އެވެ.
އައިލެންޑް އެކްސްޕާޓްގެ މުވައްޒަފުން ކުރި މުޒާހަރާ ފުލުހުން ކޮންޓްރޯލްކުރަނީ.
ސިފައިންނާއި ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ވަނީ އަށް އަހަރަށް ވުރެ ދިގުލައިގެން ގޮސްފަ އެވެ. އެ މަސައްކަތް އައިލެންޑް އެކްޕާޓުން ފުރަތަމަ ނެގީ ނޫމަޑިން ސަބްކޮންޓްރެކްޓަށެވެ. އަނޮން އަކީ އޭރުގައި ނޫމަޑީގެ ހިިއްސާދާރެކެވެ.
ނޫމަޑީގެ ސަބްކޮންޓްރެކްޓަރެއްގެ ގޮތުގައި އައިލެންޑް އެކްސްޕާޓުން ހަތަރު އަހަރު މަސަައްކަތްކުރި އެވެ. ނޫމަޑިއާ އެކު ވެފައިވާ އެއްބަސްވުން ޕޮލްކޯ އާއި ސިފްކޯ އިން އުވާލުމަށް ފަހު އައިލެންޑް އެކްސްޕާޓަށް ސީދާގޮތެއްގައި މަސައްކަތް ހަވާލުކުރިތާ ވެސް މިހާރު ހަތަރު އަހަރު ވެއްޖެ އެވެ.
އެ ކުންފުނީގެ ގިނަ އަދަދެއްގެ ބިދޭސީ މުވައްޒަފުންނަށް މުސާރަ ނުދީގެން އެމީހުން ހުޅުމާލޭގައި ތިން ފަހަރެއްގެ މަތިން މުޒާހަރާ ވެސް ކުރި އެވެ. އެގޮތުން އެންމެ ފަހުން މުޒާހަރާކުރި ދުވަހު ފުލުހުންނަށް ހަމަލާދީ ހަމަނުޖެހުންތައް ވެސް ހިންގި އެވެ. މިހާރު އެ އެންމެނަށް ވެސް މުސާރަދީ، އެނބުރި ގައުމަށް ދާން ބޭނުންވި މީހުން ވާނީ ފޮނުވާލާފައި ކަމަށް އެ ކުންފުނިން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިހާ
15 August 2020
ސަރުކާރަށް ފުލުހުން ހާއްސަވާ ސަބަބެއް ބުނެދީބަލަ. ދެންވެސް ތިބީ ރައްޔިތުން. މުއައްސަސާތައް.
އަހްމަދުޖ
15 August 2020
އެއްބަސްވުން އުވާލުމުން ކިހާ ފައިސާއެއް ލިބޭބާ؟
ރަ ދީފް ހުސެން
15 August 2020
ތަނެއް ނުނި މެ، ލާރި ލިބިއްޖެ. ބަދަލު ވީ ކުންފުނީގެ ނަ މާ ސަރުކާރު. އެކުންފުނީގަވެސް މަ، މިކުންފުނީގަވެސް މަ. ކުރިން އިދިކޮޅު މިހާރު ސަރުކާރު. މަގޭ ހިއްސާ މިހާރު ނޯންނާނެ އެއޮންނާނީ ގޭ ކުއްޖެގެ ނަ މައް ބަދަލުކޮއްފަ. ދެން އެކަންނުވިޔަސް މަބޭނުންވާ ލާރި މަށައް ލިބިއްޖެ.
މާކުރީން ބަނގުރޫޓުވެއްޖެ
14 August 2020
ތިޔައީ ކޮވިޑަށް ވުރެ އަތަކެއް އަހަރު ކުރީން ބަނގުރޫޓުވެފާވާ ކުންފުންޏެއް ނޫންތޯ؟ ކޮވިޑުގެ ނާޖާއިޒް ފައިދާ ނަގާނެ ބައެއްގެ ހައްގުތަކަށް އަރައިގަނެ ބަނގުރޫޓުވެފަ ތިބޭ ފަރާތްތައް މިފަދަ ވަގުތެއްގަ!
މޮހޮރުކަލޯ1
14 August 2020
ބޮޑު އަގުގައި ތިއުޅެނީ އަގުހެޔޮ ފުލެޓް ކޮޅެއް ނިންމާނުލެވިގެން. ތަރައްގީ ގައުމުތަުގައި ލަގްޒަރީ އެޕާރޓްމެންޓް އަޅާ އަގު. 1/2 ލަނީ ކާށިދޫ ކަނޑައް
ފޮޑި2
15 August 2020
ކޮތަރުކޮށި. ފެންވަރަށް ހަދަނިކޮނި މިދާނެ. މާލަގްޒަރީކަންބޮޑީ. ޢެހެވެ ނުނި މެނީ. ނި މޭއިރު 5 ސްޓާ ހޮޓާ ފެންވަރުހުންނާނެ
ކޮރަކަލި
14 August 2020
ތިމައްސަލަ ބަލަންވާނީ ދެން އަންނަ ސަރުކާރަކުން އޭރުން ކަމެެއް ކުރެވުނު ކަމަށްވާނެ
ވ.ރަނގަޅަށް
15 August 2020
މުއީޒް ވީ،
ނަސިދު
14 August 2020
ޢަނެއްކާ އަނެއް ބަދަލުދޭންޖެހެނީ
ތުއްތުނާ 1
14 August 2020
މިއީ ދިވެހި ރައްޔިތުންގެ ތެރޭގައި ތަފާތުކުރުން ކަމުގައި ނޫނީ ނުވާނެ......ސިފައިންނާއި ފުލުހުންނަށް ހާއްސަކޮށްގެން ފުލެޓް އަޅާނަމަ މަސްވެރިން ނާއި ދަނޑުވެރިންނާއި ދައުލަތުގެ ހުރިހާ ވަޒީފާގައި ތިބި މީހުން ވަކިވަކިން ހާއްސަކޮށްގެން ވެސް ފުލެޓް އަޅަންޖެހޭނެ........ ފުލެޓް އަޅަންޖެހޭނީ ދިވެހި ހުރިހާ އެންމެންނަށްވެސް ލިބޭގޮތަށް ވަކި ބަޔަކަށް ހާއްސަކޮށްގެން ނޫން..... އޭރުން ޝަރުތު ހަމަވާ ހުރިހާ އެންމެންނަށްވެސް ލިބޭނެ.......
އޭރުންް
15 August 2020
ވަކިން ފްލެޓް އަޅާ އެބަހާ، ހުރިހާ ރައްޔިތުންނަށް އަޅާތަނުން ވެސް 250-300 ވަކިކޮއްދަމައިގަނެގެން އެވެސް އެމީހުން ތެރޭ ބެހުމަކީ އާކަމެނޫން ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ (ހުރިހާ ރައްޔިތުންނަށް އަޅާ ފްލެޓުން ވަކިން ނެގިގެން ނުވާނެ، ހަމަ އާމު ރައްޔިތެއްގެ ގޮތުގައި ހުށައަޅައިގެންްް ލިބުން މައްސަލައެއްނޫން،) ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް
ޖަޒީރާމަނިކު
15 August 2020
ސިފައިންނާ ފުލުހުންނަށް ފްލެޓް އަޅަނީ އެތަންތަނުގެ ބިންގާވެސް އެޅުމުގެ ކުރިން ފްލެޓްބޭނުންވާ ފުލުހުންނާއި ސިފައިން އަތުން ފައިސާ ނަގާފައި. އެހެންވީމާ ދަނޑުވެރިންނާ މަސްވެރިންނަށްވެސް ފައިސާ ނަގާފައި ހަމަ އަޅާދޭންވީ.
އަބްރަހާ
14 August 2020
މިމީހުނަށް ފައިސާ ނުދެވިގެން އުޅުނު ބޭނުން މިއެނގުނީ. މިހާރު ލާރިގަނޑުވެސް އެމީހުނަށް. ފުލުހުނާި ސިފައިނަކީ ގެދޮރުއިމާރާތް ކުރަން ކުންފުނި ހަދާގެން އުޅެން ޖެހޭ ބައެއްނޫން. ތިޔަ މަސައްކަތް ކަމާއި ގުޅުންހުރި ވުޒާރައަކާ ހަވާލު ކުރިނަމަ ތިން ދައުރު ނިމުނު އިރުގައި ތިޔަތަން ހެދުނީސް. މިހާރު ގިޔަ ކަމާއި ހަވާލި ފުލުހުންގެ ވެރީން އުޅުއްވަނީ އަގުބޮޑު ފްލެޓް ގަނެގެން ބޮޑެތި ވިޔަފާރިވެރިންގެ ގޮތުގައި. އޭސީސީ އަކަށް މިވައްކަންތައް ބަލާކަށް ނުކެރުނު
ފުލުހުންގެ މީހާ
14 August 2020
މާތް ﷲ އިރާދަފުޅުން ވަރަށް އަވަހަށް ތި ޕްރޮޖެކްޓް އެހެން ބަޔަކާ ހަވާލު ކުރެވި ތި މަސައްކަތް 2021 ގެ ޖޫން ޖުލައި ގެ ކުރިން ތި ފްލެޓް ތަކުގެ ހައްޤުވެރިންނަށް ވަދެވޭނެ ކަމަށް އުއްމީދު ކޮށް ޕޮލްކޯގެ ވެރިން ކުރަމުންގެންދާ ބުރަ މަސައްކަތަށް މާތް ﷲ ބަރަކާތް ލައްވާށި ... އާމީން