އިކޮނޮމިކް މިނިސްޓަރު ފައްޔާޒް: އެމްޑީޕީ އަކީ އާދަޔާހިލާފު ވަރުގަދަ ޕާޓީއެއް ކަމަށް ވިދާޅުވި
15 އޯގަސްޓް 2020 - 18:25
އެމްޑީޕީ އަކީ އާދަޔާހިލާފު، ވަރުގަދަ ޕާޓީއެއްކަން އިދިކޮޅު މީހުންނަށް ނުވިސްނޭތީ ހައިރާންވެ ވަޑައިގަންނަވާ ކަމަށާއި ކޮންމެ ފަދަ ގޮތަކަށް ހަމަލާ ދިނަސް، ޕާޓީގެ މެމްބަރުން އެކަން ހިތު އަޅައިގެން ނޫޅޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަން ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ ޕާޓީގެ މެމްބަރުންގެ ސޮއި ހޯއްދަވަން ފައްޓަވައިފަ އެވެ. އެއާއެކު، އަމިއްލަ ޕާޓީގެ މިނިސްޓަރަކު މަގާމުން ބޭރު ކުރައްވަން އުޅުއްވުމުން، ޕާޓީ ތެރޭގައި ބޮޑު ހަމަނުޖެހުންތަކެއް އޮތް ކަމަށް އިދިކޮޅުން ދަަނީ ތުހުމަތު ކުރަމުންނެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ އިތުބާރު ކުރައްވާ އެއް މިނިސްޓަރު، މަގާމުން ދުރު ކުރަން އުޅުމަކީ އެ ދެ ބޭފުޅުންގެ މެދުގައި ވެސް ހިޔާލުތަފާތުވުންތައް އުފެދިފައިވާކަން އެނގޭ ކަމެއް ކަމަށް ދަނީ ބުނަމުންނެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވައި ފައްޔާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕާޓީގެ ހަން ބޯ، އަޑު އުފުލާ މެންބަރުންގެ ތެރޭގައި ހިޔާލު ތަފާތުވާ ކަންކަން އަބަދުވެސް ހުންނާނެ ކަމަށެވެ. އެކަމަކު ކޮންމެ ފަދަ ގޮތަަކަށް ހަމަލާ ދިނަސް މި ޕާޓީގެ މެންބަރުން އެކަން ހިތު އަޅައިގެން ނޫޅޭނެ ކަމަށް ވިދާޅުވި އެވެ.
"އެމްޑީޕީ އަކީ ތަފާތު ފިކުރުތަކާ އެކު ކުރިއަށްދާ، އާދަޔާ ހިލާފު ތަފާތު އަދި ވަރުގަދަ ޕާޓީއެއްކަން އިދިކޮޅު މީހުންނަށް ނުވިސްނޭތީ އަދިވެސް ހައިރާންވޭ،" ޓްވީޓްްގައި ފައްޔާޒު ވިދާޅުވި އެވެ.
Still can’t stop being surprised by ignorance of our opponents on what a vibrant, diverse enigma MDP is. There always will be divergent centers of opinions with very vocal and thick skinned party members. We can just about take any sort of abuse and don’t take it to heart.
— Fayyaz Ismail (@faya_i) August 15, 2020
އެމްޑީޕީގެ ތެރޭގައި، "ބްރޯ"އަށް ވެގެން އުޅުއްވައިގެން ނުވާނެ ކަމަށާއި އޭނާ ވެސް އުޅުއްވަން ވާނީ ނިޒާމުގެ ތެރޭގައި ކަމަށް ނަޝީދު ވަނީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި ވާހަކަ ދައްކަވައިފަ އެވެ. ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ ވޯޓުގެ ފަހަތުގައި ވަނީ އެ ސަބަބު ކަމަށް ދޭހަވާ ގޮތަށް އެ މަނިކުފާނު ވާހަކަ ދެއްކެވި އިރު، އިދިކޮޅު މެމްބަރުންނާ ގުޅުން ބާއްވާ ކަމަށް ތުހުމަތު ކުރައްވައި ވެސް ނަޝީދު ހިތްހަމަނުޖެހުން ފާޅު ކުރެއްވި އެވެ.
އެ ގުރޫޕުގައި ކަންބޮޑުވުންފާޅުކުރެއްވި އެއް ކަމަކީ ސަރުކާރަށް ދޮޅު އަހަރުވި އިރު ވެސް އެންމެ ހައުސިން ޕްރޮޖެކްޓެއްގައި ވެސް ސޮއިކޮށްފައި ނުވުމެވެ. ގުޅިފަޅުގެ މަޝްރޫއު ޑިޒައިންކޮށްފައި ވަނީ ވެސް މާލޭގެ މީހުންނަށް ފައިދާނުވާ ގޮތަށް ކަމަށާއި ފެންނަ މަންޒަރަކީ ޕާޓީ އަދި ސަރުކާރު ރައްޔިތުންނާ ދުރުވާ ތަން ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.
އެކަމަކު އެ ތުހުމަތުތައް ފައްޔާޒު ދޮގު ކުރައްވައި، އެކަން ހިނގައި ދިޔަގޮތް ސާފުކޮށްދެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާރު މި ފެންނަނީ ރާއްޖޭގެ ޑިމޮކްރަސީ އަށް ޖާގަ ލިބެމުންދާތަނެވެ. އަދި ސިޔާސީ ގޮތުން އެ ބަޔަކު އެ ވަގުތެއްގައި ކުރަން ޖެހޭ ކަމަށް ފެންނަ ކަންކަން ކުރަން ޖެހޭނެ ކަމަށް ގުރޫޕުގައި ފައްޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިތުބާރު ނެތް ކަމުގެ މައްސަލަ ތަގުދީރުގައި ލިއެވިފައި އޮތް ގޮތަކަށް ހިނގާ ނިމިދާނެ ކަމަށާއި އެކަމަކު އެއާ ގުޅިގެން ގައުމީ މަޖިލީހުގެ ގްރޫޕްގައި ނުތަނަވަސްކަން އުފެދޭގޮތަށް ވާހަކަތައް ނުދެއްކެވުމަށް މެމްބަރުން ގާތު އެދިވަޑައިގެންނެވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒޭއިނާ
16 August 2020
އެމްޑީޕީ ނޫން ޕާޓީއަކުން ކަލޭމެން ބަލައި ނުގަންނާނެ ވިއްޔާ، މީނަ ބޭރުކުރަން މާލަސްވެސް ވެއްޖެ އަވަސްކުރޭ
ބައިތައް
16 August 2020
ބައެއްގެ ތެރޭގައި އެކަކުކުރާ ނޭދެވޭ ކަންކަން އެހެން ބަޔަކަށް އެނގި އެބަޔަކީވެސް އެކަހަލަ ކަންކަމަށް ނޫނެކޭ ނުބުނާ ބައެއްގެ ތެރޭގައި އެއްބައަކުކުރާ ނޭދެވޭ ކަންކަން އަނެއްބަޔަކު ފޮރުވައިދީ އެއްބައިކަން ދައްކައިގެން އުޅޭނީ. އިސްލާމީ އުޚުއްވަތްތެރިކަމުގެ ތެރެއިން އޮންނަ ސާފު ބަދަހި ގުޅުމެއް ނޫން އެއީކީ. ނުބައިކަން ފޮރުވުމުގައި އެކަކު އަނެކަކު ކަރަށް ފައިން ނޭރުން އެއަށް ކިޔަނީ. ރޫޅުން ނެތީ އެކަކުއަނެކަކުގެ ސިއްރުތައް ފަޅާނާރުވަން ނިންމައިގެން ތިބޭތީ
ފަހުދު
16 August 2020
މިކަމުގެ އަސްލެއްކަމައް ބެލެވެނީ ފައްޔާޒު މަޓީއާއި ދިމީލައް އެއްޗެކޭ ބުނިހިސާބުން. އެއިރުވެސް ޗަންޕާގެ ދިފާއުގައި ފުންމައިގެން ތެދުވީ ނަޝީދު. ބޮޑައްހީވަނީ މިއީ ޗަންޕާ އަޑީގަ އޮވެގެއް ފައްޔާޒު ބޭރުކޮއްލަނީހެން
ޢަފްލާ
16 August 2020
ކަލޭމެންނަކީ ހިންގަންނޭނގެ ބައެއްކަމުން މިކަހަލަ ފޯނުބެދޭ މައްސަލަ ތަށް މިދިމާ ވަނީ
އައްޑޫ އާބާދު
16 August 2020
ފަޔާ އުޅެނީ ފައިސަލް ބޭރުކޮއްފަ ނައިބު ރައީސްކަން ހޯދަން' ފަޔާ ފޮރިން މިނިސްޓަރު ޝާހިދު މިގުރޫޕް އުޅެނީ މަޖިލީހުގެ ރައީސްކަމުން އަންނި ބޭރުކުރަން އެމައުލޫމާތު ނަޝީދުއައް އެނގުނު ހިސާބުން ނަޝީދު ފަޔާއާ ދެކޮޅައް ފާޅުގަ ނިކުތީ' ފަޔާއާ އޭނަޔާއެކުވާ ބަޔަކު މަސައްކަތްކުރަނީ ފޮރިން މިނިސްޓަރ ޝާހިދު 2023 ރައީސްކަމައް އެމްޑީޕީން ނެރެން އިބޫގެ ގަޓުނެތީމަ ވާހަކަންތައް ވެރިކަންކުރަން ރަނުގެ ފުރުސަތުލިބުނީމަ މީނަކުރާކަމަކީ ކަމަކާ ކުރިމަތިލާންޖެހޭ ވަގުތު ރޯންފަށަނީ
އަޅުކަލޭގެ
16 August 2020
އަސްލުވާގޮތަކީ ޕާޓީ ތެރޭން ނަޝީދު ނޫން މީހަކު މާބޮޑަށް ކުރިއަރަންޏާ ނަޝީދު ފަޔަށް ހިނިއަރަނީ. މިކަން އެނގޭ މެމްބަރުންނަށްވެސް. އެހެންވެ ބައެއް މެމްބަރުން އެކްޓިވްކޮށް ނަޝީދު ކަންފަތްބުޑުގައި މިހެން ކިޔާލަ ކިޔާލާ ތިބެނީ. ފަޔާއާއި، އަސްލަމާއި ޝާހިދަކީ ޓާގެޓްގައި ތިބި މީހުން. ޕާޓީގައި ތިއްބަސް ނަޝީދު އަބަދުވެސް އެމީހުންނަށް ކަޅިއަޅާ.. މި ދޭތެރެއަކުން އެޑިއުކޭޝަން މިނިސްޓަރ މާ ޕޮޕިއުލަރ ވެގެންވެސް ކުޑަކޮށް ބިރުދައްކާލާފައެހެރީ. ދެން އަޑެއް ނުކިޔާނެ.
ފަންކަލޭގެ
16 August 2020
ގައުމުގެ ރައީސްކަން ނުލިބިގެން ކިރިޔަކިރިޔާ ކެތްވެފަ އެ ހުންނަނީ. ދެން ލިބިފަ އޮތް ބާރުކޮޅު އެހެން މީހަކު ނަގާލަން އުޅުމަކީ އޭނާއަށް ކެތްވާވަރުގެ ކަމަކަށްނުވާނެ. އެމްޑީޕީގައި އޭނާއަށް ވުރެ ބާރުގަދަ އެހެން މީހަކު ކުރިއަރައިދިޔަ ނުދާނެކަން މާޒީ ހެކިދޭ. ޕާޓީގެ އުސް ހިސާބަކަށް ދެވޭއިރަށް ޕާޓީ ދޫކުރަންޖެހުނު މީހުން މަދުތަ؟
ރީތި މޫސަ
16 August 2020
މިފަހަރު ތިކަމުގަ %100 ނަޝީދަށް ނާކާމިޔާބުވެ މަޖުލީހުގެ އަޣުލަބިއްޔަތު އިބޫ ނަންގަވާނެ ސަބަބަކީ މިހާރު އެންމެނަށްވެސް އެނގޭ މަޖުލީހުގެ ރައީސްގެ ގޮނޑިޔަށް ނަޝީދު ކުފޫހަމަނުވާކަން އަދި ކީއްކުރަން ޕާޓީއަށްވެސް ކުފޫހަމަނުވޭ
ކަނބިލި
15 August 2020
ނަޝީދު ދެން އެއްފަރާތް ވާން ޖެހޭ. މީނާގެ ޚުދު މުޚުތާރު ކަ މާއި ގޮތްދޫ ނުކުރު މާއި ބަދަލުހިފު މާއި ޒާތީ ހަސަދަވެރިކަ މާ ހެދި ޕާޓީ ހަލާކު ވެއްޖެ. ހެޔޮވެރިކަ މެއް ނުކުރެެނީ މީނާގެ ސަބަބުން.
ސަޕޯޓަރުޖ7
15 August 2020
ނަޝީދުވެސް މަޖިލިސް ތެރޭ ބްރޯ ހެދިގެން ނޫޅޭ. ނަޝީދު ހިތްހަމަނުޖެހޭ ކޮންމެ މީހަކު ބޭރު ކުރަން މިއުޅެނީ. މެޖޯރިޓީ ދިނީ އަންނި ބޭނުންވާ ހުރިހާ ކަމެއް ކުރާކަށް ނޫން. އެއީ ސަރުކާރަށް ރައްޔިތުން ދިން މެޖޯރިޓީއެއް. އިބޫ އަށް ރައްޔިތުން ކުރި އިތުބާރު
ކޮލަމާފުށި
15 August 2020
ނަޝީދު މިކަމުގައި ނޫޅޭ ބްރޯހެދިގެން..ނަޝީދު ބުނަނީ ހަމަ ރަނގަޅުވާހަކަ މިކަމުގައި...
ކުޑޭ
15 August 2020
އަސްލު އަންނި އެމްޑީޕީން ބޭރުކޮއްލެވެއްޖެއްޔާ ޕާޓީ ވަރަށްވަރުގަދަ ވާނެ! މިކަންކުރުމަށް ރާއްޖޭގެ ހުރިހާ ޕާޓީތަކުގެ އެހީތެރިކަން ބޭނުންވޭ!