18 އޯގަސްޓް 2020 - 11:02
ސްޓްރޯކް ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ހާއްސަ ސެންޓަރެއް އައިޖީއެމްއެޗުގައި ހުޅުވައިފި އެވެ.
އައިޖީއެމްއެޗުން ބުނީ 24 ގަޑިއިރު ފަރުވާ ދެވޭ ގޮތަށް ހުޅުވި މި ސެންޓަރުގައި ހުންނާނީ ހަ އެނދު ކަމަށާއި އޭގެ ތެރެއިން ދެ އެނދަކީ ވެންޓިލޭޓަރުގައި ފަރުވާދިނުމަށް ހާއްސަ ދެ އެނދު ކަމަށެވެ.
ސްޓްރޯކް ޖެހިފައި ރަނގަޅުވަމުން އަންނަ މީހުންނަށް ސްޕީޗް ތެރަޕީ ދިނުމާއި، ފިޒިއޮތެރަޕީ އަދި އޮކިއުޕޭޝަނަލް ތެރަޕީގެ ހިދުމަތް ވެސް މި ސެންޓަރުން ލިބޭނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
ހޮސްޕިޓަލުން ބުނީ ސްޓްރޯކް ޖެހޭ މީހުންނަށް ލިބެން ޖެހޭ ފަރުވާ އަވަސްވެ، އެ މީހުން ގާތުން ބެލެހެއްޓުމަށް މި ސެންޓަރުގެ ސަބަބުން މަގުފަހި ވާނެ ކަމަށެވެ. އަދި އަވަސް ފަރުވާ ލިބުމަކީ ފުރާނައަށް ގެއްލުންވާ މިންވަރު ކުޑަވާނެ ކަމެއްކަން އައިޖީއެމްއެޗުން ފާހަގަކުރި އެވެ.
މި ސެންޓަރަކީ މުސްތަގުބަލުގައި ރާއްޖޭގައި އެޑްވާންސް ސްޓްރޯކް ސެންޓަރެއް ގާއިމްކުރުމަށް އެޅޭ ފުރަތަމަ ފިޔަވަޅު ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ.
ސްޓްރޯކް ޖެހޭ މީހުންގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންނާއި މެދު އުމުރުގެ މީހުން ކަމަށް ވިޔަސް ދިވެހިންގެ ތެރޭގައި މިހާރު ޒުވާނުންނަށް ވެސް މިފަދަ ސިއްހީ ނުރައްކާތައް ކުރިމަތިވުން އަންނަނީ އިތުރުވަމުންނެވެ.
ޑޮކްޓަރުން ވިދާޅުވާ ގޮތުގައި ސްޓްރޯކް ފަދަ ބަލިތަކަށް ދިވެހިން ހުށަހެޅުމުގެ މައިގަނޑު ސަބަބަކީ ދިރިއުޅުން ހުންނަ ގޮތާއި ކެއިން ބުއިމުގެ ވައްޓަފާޅި ގެންގުޅޭ ގޮތެވެ.
ދުނިޔޭގެ ސިއްހަތުގެ ޖަމިއްޔާގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގައި މީހުން މަރުވާ ސަބަބުތަކުގެ 81 ޕަސެންޓަކީ ގައިން ގަޔަށް ނާރާ ބަލިތަކެވެ. އެއީ ހިތާއި ލޭ ހޮޅިތަކުގެ ބަލިތަކާއި ނޭވާލާ ނިޒާމުގެ ބަލިތަކާއި ކެންސަރާއި ހަކުރުބަލި ފަދަ ބަލިތަކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަހުމަދު އީސަ
18 August 2020
ފަރުވާދެވޭނެބާ ތިޔާވާނީ ބަޔަކުލާރިގަޑެއް ކާލަންވެގެންކުރިކަމަކައް ކޮންމެކަމަކުންވެސް ނާޖާއިޒްފާދާނަގަނީ
ސްޓާފުން
18 August 2020
ކޮބާތޯ ކޮވިޑް އެލަވަންސް ، ތަންތަން ހެދިޔަސް ނުވާނެ ދޯ
ީުދޮނޭ
18 August 2020
ތިތަނު ދެވޭހިދު މިހާރުވަރަ ސަކަރާތ
ޗޮކްސީ
18 August 2020
އައިޖީއެމް އެޗް އޭބުނީމަ ހިތައްއަރަނީ އެއީ އިންޑިޔާއިން ހަދިޔާކުރި އައިޖީއެމްއެޗްގަ ތޯ ނޫނީ ދިވެހިންގެ ލާރިންއެޅި ދަރުމަވަންތަ "ކޮމްޕްލެކްސް" ގަ ތޯ..
ބަސް
18 August 2020
އިތުރު ކުރިއެރުމެއް. އުފާވެރި ޚަބަރެއް. ކުލަކުލައިގެ މީހުން މިކަމަށްވެސް ފާޑުކިޔާނެ. މިފަދަ ކުރިއެރުންތަކަކީ ކޮންމެ އިރަކު ލިބުނަސް އެންމެން ތަރުހީބު ދޭންޖެހޭ ކަންތައް.
ރަދީފްއޮފިޝިއަލް
18 August 2020
ސާބަހޭ އައިޖީއެމްއެޗް.ވަރަށް ބޭނުންތެރި ހިދްމަތެއް.ސެންޓަރު ހުޅުވަން ބޭއްވި ރަސްމިއްޔާތުގަ ދެއަތް ފުރަގަހަށް ލައިގެން އެހުންނެވީ ހޮސްޕިޓަލެއް ހިންގުމުގެ ކިހާ ތަޖުރިބާއެއް ލިބިގެން ހުންނެވި ބޭކަލެއް ތޯ!!؟؟
ރޯނުރަދީފު
18 August 2020
ކަލޭތީ ނޫހުގަ ކޮމެންޓު ކުރުމުގެ ރޮގުންނޫން އެހެން އެއްވެސް ދާއިރާއަކުން ތަޖުރިބާ ހުރި މީހެއްތަ!؟
ރަދީފްއޮފިޝިއަލް
18 August 2020
الحمد لله.އަހަރެންގެ ދާއިރާގަ މާތްﷲގެ އިރާދަފުޅުން އަހަރެންގެ ތަޖުރިބާ އަދި އައުޓްޕުޓް ގޯހެއް ނުވާނެ.ހުރިހާކަމެއް އެނގޭ އެކަކުވެސް ދުނިޔޭގަ ނުހުންނާނެ.މާލެއަށް އަންނަ އުމްރާނީ ތަރައްގީގަ އަހަރެންގެ ކޮންމެވެސް ހިއްސާއެއް އޮންނާނެ.އަހަރެން މިހުންނަނީ 12 ގަޑިއިރު ގައުމީ ހިދުމަތުގަ.ކަލެއަށް އަހަރެން ނޭނގޭނަމަ ކަންކަން ސްޕެކިއުލޭޓްކޮށް ސުވާލު އުފެއްދުން އެއީ ބޭނުމެއް އޮތްކަމެއްކަމުގަ ނުދެކެން.ވ.ވެދުން #މަހަށްދޭ