ރަސްފަންނަނަށް އެއް އަހަރު ފުރުން ފާހަގަކުރަން އެ ސަރަހައްދުގައި 2017 ވަނަ އަހަރު ބޭއްވި ރަސްމިއްޔާތުގައި އޭރުގެ މިނިސްޓަރު މުއިއްޒު ވާހަކަދައްކަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
22 އޯގަސްޓް 2020 - 13:28
ތޮއްޖެހިފައިވާ މާލޭގައި ހިތްފަސޭހަކަމާ އެކު ވަގުތު ހޭދަކުރަން ހަދާފައި ހުރި ތަންތަން ވީރާނާކޮށް ނެތިކޮށްލުމުން އެ ގެއްލުން ދެވެނީ ރައްޔިތުންނަށް ކަމަށް ވިދާޅުވެ، ރަސްފަންނު ވެލިމަގު ނެގުމުން ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ފާޑުވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މާފަންނު ކޮޅުގައި 2016 ވަނަ އަހަރު ހުޅުވި ބީޗު ތަރައްގީކޮށްފައި އޮތް ގޮތުން މާލެ ވަށައިގެން އުނޅަދުތަކަށް ދުއްވޭނެ ގޮތެއް ނޯވެ އެވެ. އެކަމަކު ރަސްފަންނުގެ ބައެއްގެ ގޮތުގައި ހެދި ބައި ނެގުމަށް ފަހު މި ހަފުތާގެ ކުރީކޮޅު އެ މަގު އަލުން ހުޅުވާލާފައި ވެ އެވެ. ހުޅުވާލި ހިސާބުން މަގުގެ ދެކޮޅަށް ވެސް ވެހިކަލަށް ދުއްވެ އެވެ.
މަޝްރޫއު ކުރިއަށް ގެންދިޔައިރު ހައުސިން މިނިސްޓަރަކަށް ހުންނެވި ޑރ. މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެފަދަ ތަންތަން ހަދާފައި ހުރީ މާލޭގައި އާއިލާތަކާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ރައްޓެހިންނާއެކު ރައްކާތެރިކަމާއި ހިތްހަމަޖެހުމާއެކު ވަގުތުކޮޅެއް ހޭދަކުރުމަށް ކަމަށެވެ. ނަމަވެސް ރަސްފަންނު ފަދަ ތަންތަން ވީރާނާކުރިއަސް ގެއްލުން ދެވެނީ ރައްޔިތުންނަށް ކަމަށް ވިދާޅުވި އެެވެ.
"...ހިތްފަސޭހަ ވަގުތުކޮޅެއް ހޭދަކޮށްލުމަށް ހެދިފައި ހުރި އެންމެހާ ތަންތަން ވީރާނަކޮށް ނެތިކޮށްލުމުން ގެއްލުން އެ ދެވެނީ ރައްޔިތުންނަށް،" މުއިއްޒު ވިދާޅުވި އެވެ.
Rasfannu velimagu negun: Thohjehifaivaa Male' gai aailaa thakaa kudakudhinnaa, isravvehinnaa, rahmaitherin rakkaatherikamaa hihhamajehumaaeku nukumelaa hiffaseyha vaguthukolheh heydhakollumah hedhifaihuri emmehaa thanthan veeraanakoh, nethikollumun gellun e dhevenee rayyithunah! pic.twitter.com/MJpbfsyW31
— Dr Mohamed Muizzu (@MMuizzu) August 22, 2020
އިށީންނާނެ ޖޯއްޔާއި އުނދޯލިތައް ބަހައްޓައި ކުޑަކުދިންނަށް ކުޅެވޭ ގޮތަށް ރަސްފަންނު ބީޗު ހެދުމަށް، ދައުލަތުގެ ބަޖެޓުން 40 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރި އެވެ. މަގު ހުޅުވާލާފައި ވަނީ ޖޯއްޔާއި އުނދޯލިތައް ނަގައި އެތަނުގައި އުސްކޮށް އަޅާފައި ހުރި ވެލިތައް ނަގައި މަގު އެއްވަރުކޮށް ގާ އެތުރުމަށްފަހުގަ އެވެ.
ސިޓީ ކައުންސިލުން ބުނީ އެ މަގު އަލުން ހުޅުވާލީ، މަގު ހެދުމުގެ އާ ޕްރޮޖެކްޓުގެ ދަށުން ކަމަށެވެ. މަގުތަކުގައި ފެން ބޮޑުވުމާއި ޕާކިންގެ މައްސަލަ ހައްލުކުރުމާއި ހިނގާ މީހުންނަށް ފަސޭހަވާނެ ގޮތަކަށް އަލުން ގާ އަތުރައި، މަގުތައް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ މޯލްޑިވްސް ރޯޑު ޑިވެލޮޕަމްޓް (އާރުޑީސީ) އިންނެވެ. އެ މަޝްރޫއަށް 462 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވެ އެވެ.
މުއިއްޒު އެހެން ވިދާޅުވިއިރު، ރަސްފަންނާއެކު ތަރައްގީކުރި ޕެވީލިއަން ވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. ބޮޑު ހަރަދެއްކޮށްގެން ތިން ބުރިއަށް ހެދި ޕެވީލިއަންގައި ހިންގަމުން އައި ރެސްޓޯރެންޓުތައް ހުސްކުރަން ނޯޓިސްދީ އެ ތަން ވެސް ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ބަންދުކޮށްފަ އެވެ. އެހެންވެ 13.9 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި ޕެވީލިއަންގެ ބޭނުމެއް ނުހިފި އެތަން ވެސް ވީރާނާވާން ފަށައިފި އެވެ.
ޕެވީލިއަންގެ ސިޑިތަކާއި އެތަނުގެ ވަށައިގެން ޖަހާފައި ހުރި ބައެއް ފެންސްތައް ވެސް ފީވެގެން ވަނީ ވެއްޓިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަނުބެ
23 August 2020
ބޭފުޅާތީ މާމޮޅުވާހަކަ ދައްކަން ރީތިމީހެއްނޫނޭ ވެރިކަމުގެ ކުޑަދުވަސް ކޮޅެއްދިނީތީވެ މާލޭގެ އެތައްމަގެއް ބަންދުކޮއްލާ މުޅިމާލެ ޓްރެފިކޮއްލި މީހެއް ސަތޭކަ މިލިޔަން ހަރަދުކޮއްގެން ބޭފުޅާ ހެދި މަޖީދީ މަގު ހާދަ ފުރިހަމަޔޭ އެއްވެސް އަޑިގުޑަން ކޮޅެއްނެތަނުގައި މީގެ ސަތޭކައަހަރަށްވެސް މަރާމާރު ކީކުރަން ޑިޒަިނަށްވެސް ބަދަލު ގެންނަން ނުޖެހޭހާއި ފުރިހަމަ ވައްސަލާން މާލެގެ މަގެއްގައި ފެންކޮޅެއް ހެދުނު ހަދާނެއްވެސް ނުވޭ،
އައިމިނާ
23 August 2020
ތިޔަމީހުން އެމްޑީޕީ ސަރުކާރު އޮތް އިރު އެޅި ހުޅުމާލޭ ބޮޑު ހޮޓާވެސް ހުއްޓުވާފަ ބެހެއްޓީ ވީރާނާކުރަން. ރަށްރަށުގަވެސް އެގޮތަށް ކަންތައްކުރީ ތިޔަމީހުން. މިހާރު ކީކޭ މި ކިޔަނީ ސަހަލު އެއްބަޔަކުވެސް ނެތް އެއްބަޔަކު އަނެއްބަޔަކަށް ޖެއްސުން ކުރަނީ .ހުރިހާ ދެރައެއް ނިކަމެތިކަމެއް ރައްޔިތުންނަށް. ކުރީގަ އޮތް ގޮތަށް އަލުން ރައީސް މައުމޫން ވެރިކަމަށް ގެންނަންވީ.
ކުޅުދުއްފުށީ މުއިއްޒު
23 August 2020
މި މުއިއްޒުމީ ރީތިމީހެކޭ މިކަހަލަ އަނގަތަޅަން، މީނަ ކުޅުދުއްފުއްޓައް އައިސް ހިތްކިވެލިގަނޑުމަތީ ހަދާފަ ހުރި ރޯހައުސްތައް 5އަހަރު ވީރާނާވާން ދޫކޮށްލާފަ ހުރީމަ ސުވާލުކުރުން ، ދެއިނގިލިން ބޮލުގަ ފިރުމާލަމުން އިނީހަނު، ތިމާމެންގެ ވެރިކަން ނިމުނުއިރު ތަނުގެ ފުރާޅުތައް ފޫގޮސް ވެއްޓެނީ ،އަޅާވެސްނުލި ، ރާއްޖެތެރެވީމަތަ؟ ތާހިރުވާހަކަ ދައްކާ! އިތުރައް ސޯޓުބޭލޭނެ!
އާރިފް ކެލާ
23 August 2020
ވީރާނާ ވާހަހަކަދަައްކަން މާތާހިރު މީހެހެހއްހނޫންތީ، ރައްޔިތުންގެ ފައިސާ ބޮޑުތަނުން އިސްރާފުކޮށް ކޮންމެކަމެއް ދެފަހަރު ތިންފަހަރުކޮށް ކަރަޕްޝަނަށް މަގުފަހިހކޮށް ޕުރޮޖެކްޓްތައް 7 ހިންގި މީހހެއް
ގުއިއްޒު
23 August 2020
ބުޅާ ގުއިރޭން ރަގަޅުތަނެއް މުއިއްޒު ހައްދަވައިދެއްވީ. ބުޅާތަކުގެ ފަރަޓުން މުއިއްޒު އަށް ޝުކުރިއްޔާ.
މޮހިތު
23 August 2020
މީނަކުރާ ޓްވީޓުން ހަބަރު ހަދާ މީހުން މަށަށް ގޯހީ...
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
23 August 2020
ކުރީޒަމާނުގައިވެސް ތިޔަ ފޮޓޯއިން ފެންނަ ފަދަ މުޓިއާގައި ކަޅުފަށް އެޅި ބޭކަލުން ތިޔަ ޒާތު ބަހުރުވައިން މުޚާތަބް ކޮށްފައިވެ. ރައްޔިތަކު ތިޔަޒާތު ބަހުރުވަ އަހައި ކުރި ކަމެއް ފެންނާކަށް ނެތް ތޯއްޗެއް.
ކޮތަރުގެ އަސަރު
22 August 2020
ރައީސް ޔާމީނުގެ ވެރިކަމުގައި މުއިޒުގެ ވަޒީރުކަމުގައި ތިޔަތަން ހުރީ ވީރާނާވެ އަލުންބަލުން ހަދަން ޖެހިފައެވެ. ކޮންމެވެސް އަނގައިން ހިފަހައްޓާފައި ބަހައްޓާށެވެ.
FISH
22 August 2020
ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވައްކަން ކުރުމުން ގެއްލުން ދެވެނީ ރައްޔިތުންނަށް ނޫންތޯ
ސިކުނޑި
22 August 2020
މުއީޒް ތިވާހަކަ ދައްކާކަށް ރީއްޗެއް ނޫން! އެހެނެއްކަމަކު ކިތަންމެ ގޯސް މީހަކުވެސް ރަނގަޅު ވާހަކައެއް ބުނެފިއްޔާ ވާނީ ހަމަ ރަނގަޅު ވާހަކައަކަށް! ކޮންމެ އިހުމާލަކީ އަނިޔާއެއް!