ބެއިޖިންގެ ޝޮޕިން މޯލެއްގައި މާސްކް އަޅައިގެން ހުރި މީހަކު ޓްރޮލީއެއް ހިފައިގެން. ބެއިޖިންގައި މާސްކް އެޅުން މިހާރު މަޖްބޫރެއް ނޫން. --ފޮޓޯ:އޭއެފްޕީ
23 އޯގަސްޓް 2020 - 12:32
ބެއިޖިން (އޮގަސްޓް 23) - ޗައިނާގެ ވެރިރަށް ބެއިޖިންގައި ކޮރޯނާވައިރަހުގެ ކޭސްތައް ވަރަށް ބޮޑަށް ދަށްވުމާ އެކު ބޭރުގައި އުޅޭ އިރު މާސްކް ނާޅައި އުޅުމުގެ ހުއްދަ ދީފި އެވެ.
ބެއިޖިން އިން ކޮރޯނާވައިރަހުގެ ކޭހެއް ނުފެންނަތާ މިހާރު ޖެހިޖެހިގެން 13 ދުވަސް ވެއްޖެ އެވެ. މާސްކް ނާޅައި އުޅުމުގެ ހުއްދަ ދިން ނަމަވެސް ބެއިޖިންގައި މިހާރު ވެސް ގިނަ މީހުން ބޭރަށް ނުކުންނަނީ މާސްކް އަޅައިގެންނެވެ. ގިނަ މީހުން ބުނެފައި ވަނީ މާސްކް އެޅުމުން ރައްކާތެރިކަން ބޮޑު ކަމަށެވެ. އަނެއް ބަޔަކު ބުނަނީ މާސްކް އެޅުމަށް މުޖްތަމައުގެ ތެރޭން އަދިވެސް ޕްރެޝަރު ބޮޑު ކަމަށެވެ.
"އަޅުގަނޑު ހިތަށް އަރައި މާސްކް ނާޅައި އުޅެފާނަމޭ ވެސް. އެކަމަކު އެހެން މީހުން އެކަން ގަބޫލެއް ނުކުރާނެ. މާސްކް ނާޅައި ހުރި މީހަކު ފެނިއްޖެ ނަމަ އެހެން މީހުން ބިރުގަންނާނެ،" ބެއިޖިންގެ އުމުރުން 24 އަހަރުގެ އަންހެނަކު ރޮއިޓާސް އަށް ބުންޏެވެ.
ކޮރޯނާވައިރަސް ފެތުރޭތީ ދެ ފަހަރެއްގެ މަތިން ބެއިޖިން ލޮކްޑައުން ކުރި ނަމަވެސް މިހާރު ވަނީ ބޮޑެތި ލުއިތަކެއް ދީފަ އެވެ.
ބެއިޖިންގެ މުނިސިޕަލް ސެންޓަ ފޯ ޑިޒީޒް ކޮންޓްރޯލް އިން އެޕްރީލް މަހު ފަހުކޮޅު ބުނެފައި ވަނީ ބޭރުގައި އުޅޭ އިރު މާސްކް ނާޅައި އުޅުން ހުއްދަ ކަމަށެވެ. ނަމަވެސް ހޯލް ސޭލް މާކެޓަކުން ވައިރަސްގެ އާ ކޭސްތަކެއް ފެންނަން ފެށުމާ ގުޅިގެން ޖޫން މަހު ކުރީކޮޅު ވަނީ މާސްކް އެޅުމަށް އަންގައިފަ އެވެ.
ޗައިނާ އިން ވެސް ކޮރޯނާވައިރަހުގެ ލޯކަލް ޓްރާންސްމިޝަނެއް ނުފެންނަތާ މިހާރު ފަސް ދުވަސްވެއްޖެ އެވެ. ތަޖްރިބާކާރުން ބުނަނީ ޗައިނާގައި ވައިރަސް ކޮންޓްރޯލް ކުރުމުގެ ސިއްރަކީ ހެދި ގަވައިދުތައް ތަންފީޒް ކުރަން ގެންގުޅުނު ހަރުކަށި އުސޫލްތައް ކަމަށެވެ. އޭގެ ތެރޭގައި މާސްކް އެޅުން މަޖްބޫރު ކުރުމާއި ގައިދުރުކޮށް އުޅުމާއި ހޯމް ކަރަންޓީނުގެ ހަރުކަށި އުސޫލުތަކާ އަދި ގިނަ ބަޔަކު ޓެސްޓްކޮށް އަވަހަށް ނަތީޖާ ދިނުން ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
20000
03 September 2020
މޯދީ. އެނޑް އަންނި ފެނޭތަ....... ދުނިޔޭގައި ކަން ކުރާ ގޮތް
ފެނޭތަ
24 August 2020
ހަރުކަށިވުމުގެ ފައިދާވެސް އޮންނާނެ.