ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު. ކޮވިޑާ ގުޅޭ ކަންކަމަށް ފޮރިން މިނިސްޓްރީން ހަރަދުކުރީ ރަނގަޅަށް ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވޭ.
24 އޯގަސްޓް 2020 - 18:34
ކޮވިޑް-19 ފެތުރޭތީ ކުރަން ޖެހުނު މަސައްކަތްތަކަށް ފޮރިން މިނިސްޓްރީން ޚަރަދު ކޮށްފައި ވަނީ މާލިއްޔަތު ގާނޫނާއި ފިނޭޭންސް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށްް ކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު މިއަދު އާންމު ކުރެއްވި ރިޕޯޓުގައި ބުނެފި އެވެ.
ކޮވިޑާ ގުޅިގެން ދައުލަތުން ހަރަދުކުރާ ގޮތުގެ އޮޑިޓެއް ކޮންމެ ކުއާޓަރެއްގައި ހެދުމަށް ރަައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާތީ، އެ ނިންމާ އެއްގޮތަށް ފޮރިން މިނިސްޓްރީގެ ޚަރަދުތައް އޮޑިޓް ކުރުމަށް ފަހު، ނެރުނު ރިޕޯޓުން އެނގޭ ގޮތުގައި، މި އަހަރުގެ ޖެނުއަރީ 1 އިން ޖޫން 30 އަށް އެ މިނިސްޓްރީ އަށް ލިބުނީ 10.1 މިލިޔަން ރުފިޔާގެ ބަޖެޓެކެވެ. އެއީ ކޮވިޑާ ގުޅިގެން ފޮރިން މިނިސްޓްރީ އަށް ދައުލަތުން ކަނޑައެޅި 7.1 މިލިޔަން ރުފިޔާ އާއި ޒަކާތު ފަންޑުން ދޫކުރި ތިން މިލިޔަން ރުފިޔާ އެވެ.
ފޮރިން މިނިސްޓްރީގެ ހިސާބުތަކަށް ބިނާކޮށް، ކުރި އޮޑިޓުން އެނގޭ ގޮތުގައި އެ މިނިސްޓްރީއަށް ލިބުނު 10.1 މިލިޔަން ރުފިޔާގެ ތެރެއިން ޖޫން މަހުގެ ނިޔަލަށް ޚަރަދު ކޮށްފައި ވަނީ 7.3 މިލިއަން ރުފިޔާ އެވެ. އަނެއް 2.8 މިލިޔަން ރުފިޔާ ބާކީގެ ގޮތުގައި ހުއްޓެވެ.
ކޮވިޑާ ގުޅިގެން ފޮރިން މިނިސްޓްރީން ޚަރަދުތައް ކުރީ މައިގަނޑު ދެ ކަމަކަށެވެ. އެއީ އެ ބަލި ފެތުރޭތީ އެކި ގައުމުތަކުން އެޅި ފިޔަވަޅުތަކާ އެކު، އެ ގައުމުތަކުގައި ހާލުގައި ޖެހުނު ދިވެހިންނަށް މާލީ އެހީދިނުމާއި އޭގެ ތެރެއިން އަންނަން ބޭނުންވި މީހުން އަނބުރާ ރާއްޖެ ގެނައުމަށެވެ.
- ރާއްޖޭން ބޭރުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވާން: 2.6 މިލިޔަން ރުފިޔާ
- މީހުން އަނބުރާ ގެންނަން ޓިކެޓަށް: 4.1 މިލިޔަން ރުފިޔާ
- އެހެނިހެން: 501،664ރ.
- ޖުމްލަ: 7.3 މިލިޔަން ރުފިޔާ
ފޮރިން މިނިސްޓްރީން ޚަރަދުކުރިި މައިގަނޑު ދެ ކަންތައްތަކުގެ އިތުރުން އެހެެނިހެން ޚަރަދުގެ ގޮތުގައި އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައި ވަނީ ރާއްޖޭން ބޭރުގައިވާ މިޝަންތަކުގައި އިދާރީ ގޮތުން ކުރަން ޖެހުނު ޚަރަދުތަކާއި އެހެން ބައެއް ކަންތައްތަކަށް ހޭދަކުރި ފައިސާ އެވެ.
"ކޮވިޑް-19 އާ ގުޅިގެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން 1 ޖަނަވަރީ 2020 އިން 30 ޖޫން 2020 ގެ ނިޔަލަށް ކުރި ޚަރަދު ކަމަށް 'ކޮވިޑް-19 އާ ގުޅިގެން ޚަރަދު ކުރުމަށް ކަނޑައެޅުނު ބަޖެޓާއި އެ ފައިސާ ހޭދަކުރެވުނު ގޮތުގެ ބަޔާން" ގައި ހިމަނާފައިވާ ޚަރަދުތަކަކީ މައިގަނޑު ގޮތެއްގައި ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވައިދާއި މިނިސްޓްރީ އޮފް ފިނޭންސުން ކަނޑައަޅުއްވާފައިވާ އުސޫލުތަކާއި އަދި ޚަރަދު ކުރުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އެކުލަވާލާފައިވާ އުސޫކުތަކާއި އެއްގޮތަށް ކޮށްފައިވާ ޚަރަދުތަކެއް ކަމަށް މި އޮފީހުން ދެކެމެވެ،" އޮޑިޓަ ޖެނެރަލް ހަސަން ސޮއިކުރައްވާފައިވާ އޮޑިޓު ރިޕޯޓުގައި ވެ އެވެ.
ކޮވިޑާ ގުޅިގެން ޚަރަދުކުރި ގޮތް އޮޑިޓު ކުރުމަށް ފަހު ނެރުނު މިއީ ތިން ވަނަ ރިޕޯޓެވެ. މީގެ ކުރިން ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީގެ ރިޕޯޓު ވަނީ ނެރެފަ އެވެ. އެ ދެ ރިޕޯޓުގައި ވެސް ވަނީ ކޮރަޕްޝަން ކަމަށް ތުހުމަތު ކުރެވޭ ބޮޑެތި ކަންކަން ފާހަގަކޮށްފަ އެވެ. އަދި ހެލްތު މިނިސްޓްރީގެ އޮޑިޓު ރިޕޯޓުގައިވާ ކަންކަން އޭސީސީ އާއި ފުލުހުން ގުޅިގެން އަންނަނީ ތަހުގީގު ކުރަމުންނެވެ. ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓުގައި ފާހަގަ ކޮށްފައިވާ މައްސަލަތައް ތަހުގީގު ކުރަނީ އޭސީސީން އެކަންޏެވެ.
ކޮވިޑާ ގުޅިގެން މިހާތަނަށް ނެރުނު ހަތަރު އޮޑިޓު ރިޕޯޓުގެ ތެރެއިން ދައުލަތުގެ މާލީ އުސޫލުތަކުގެ ތެރެއިން ޚަރަދު ކޮށްފައިވާ ކަމަށް އޮޑިޓަ ޖެނެރަލް ހަސަން ފާހަގަކުރައްވާފައި ވަނީ އެމްއެންޑީއެފާއި ފޮރިން މިނިސްޓްރީން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮވިޑް
25 August 2020
އެމްޑީޕީއަކީ ރަނގަޅު ވެރިކަމެއް ކޮށްދެވިދާނެ ބައެއްކަން ޔަޤީން
20000
25 August 2020
ކިހިނެއްވެފައި ހުންނަ އޯޑިޓަރެއްތަ މިއީ. މިނިސްޓަރ ކުރި ދަތުރު ޚަރަދަށް ދިޔަ ފައިސާ އަކީ ކިތައްރަށުގެ ނަރުދަމާ ކަން ހާމަ ނުކުރަނީ ކީއްވެ. މަޖީހުގެ މެމްބަރުން ރުޅިއައިސް ސާނެ ތީ ކާފުރަށް ތިޔަހެދި. މިހާރު ދިވެހިން ޤަބޫލެ ނުކުރޭ ،،،،،، މިނިވަން ތަންތަން ކަމަކަށް. މަޖިލީސް ކޮރަޕްޓްވެފައިވާ އިރު ، މިނިވަންތަންތަން އޮތީ ބިރުން ވަޒީފާއަށް ، ކޯޓްތައް އޮތީ މައުމޫން ވެރިކަމަށް ވުރެ ވެސް ބޮޑަށް އަޅުވެތިވެފައި . މިއީ ސަދޫމުގެ ފަޑިޔާރުގެ
ފުތުބެ
25 August 2020
ސާބަހޭ މުފީދޫޫޫ
ކޮރަލް
25 August 2020
ރާއްޖެ އިން ބޭރައް ފުރައިގެން ނުދެވޭތީ ހަރަދު ކުޑަ ވަނީ އެވެ. ނޫނީ އެއްތާ ފައިނުޖެހޭނެ އެވެ.
އަލި
25 August 2020
ހަރަދެއްކުރިތަ އަނެއްކާ؟؟؟
ޚަރަދުބަރަދު
25 August 2020
ޚަރަދެއްކުރެވޭނީ ޚަރަދެއްގޮތައްކަން ވިސްނާލިކޮންމެ މީހަކަށް އިނގޭނެ.. އެކަމަކު ޙާލުގައި ޖެހިފައި އޮތް ގައުމަކުން އަބުރާ ދައްކަންޖެހޭ 1 މިލިޔަންރުފިޔާ ހޯދުމަށް ނުވަލައްކަ ނުވަދިހަ ނުވަހާސް ރުފިޔާ ޚަރަދުކުރީމަ އެއީ ޚިޔާނާތެއް... ބޮޑުވަރު ބްރޯ
ވަހީދުއްދީން
24 August 2020
އެއްޗެކޭ ބުނާކަށް ނެތިން.
ޝައްކު
24 August 2020
ޝައްކެއްވެސް ނެތްތާ! އެމަނިކުފާނަކީ ހުދު ފޮތި ކޮޅެއް ކާޕެޓް މަތީ އަޅާފައޮތް!
ކަނބިލި
24 August 2020
އެއްވެސް އިތުބާރެއް ނެތް. ޒިޔަތުވެސް އިސްކުރީ މަގާ މުގައި ދެ މިހުރު މުގެ މަސްލަހަތު. ސަރުކާރުން ނުވަތަ މަޖިލިހުން ބޭނުން ގޮތަކަށް ބޭނުން ތަނެއްގެ ރިޕޯޓް ލިޔެލާ ނެރެލަނީ.
ޢިބޫ
24 August 2020
ކޮންއިރަކުންތޯ ފިނޭންސާ، އިކޮނޮމިކް މިނިސްޓްރީ އާ ބުރޯގެ ބޭންކް އޮޑިޓް ކުރާނީ؟