ކޮވިޑް-19 އަށް ޓެސްޓުކުރުމަށް މީހެއްގެ ސާމްޕަލް ނެގުމަށް ތައްޔާރުވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
25 އޯގަސްޓް 2020 - 11:44
ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތް ކުރުމަށް އުފައްދާފައިވާ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އަށް ސިއްހީ ހިދުމަތްތެރިން ހޯދަން އިއްޔެ އިއުލާނުކޮށްފި އެވެ.
އެ މިނިސްޓްރީގެ އިއުލާނުގައި ބުނީ ދުނިޔޭގައި ހަލުއިކަމާ އެކު ފެތުރެމުންދާ ކޮވިޑުގެ ބަލި މީހުންނަށް އަދި އެޗްއީއޯސީގައި މަސައްކަތްކުރާނެ މެޑިކަލް އޮފިސަރުންނާއި ނަރުހުންނާއި އެންރޯލްޑް ނަރުހުން އަދި ހެލްތު ވޯކަރުން ބޭނުންވާ ކަމަށެވެ.
އެކަމަށް ޝައުގުވެރިވާ މީހުން އަންނަ ހޯމަ ދުވަހުގެ ކުރިން މެއިލްކުރަން އެދިފައި ވެ އެވެ. އީމެއިލްކުރާއިރު ލައިސަންސް އަދި ރަޖިސްޓްރޭޝަން ފޮނުވަން އެދިފައި ވެ އެވެ.
ހެލްތު މިނިސްޓްރީގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ހުސެއިން މާނިއު "މިހާރު" އަށް ވިދާޅުވީ އެޗްއީއޯސީގެ އޮޕަރޭޝަންތައް ހަރުދަނާކުރުމަށް ގިނަ ބައެއްގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ. އެގޮތުން މިހާރު އިއުލާނުކޮށްފައިވާ ފުރުސަތުތަކަށް އެކަށީގެންވާ ވަރަކަށް ދިވެހިން ނުލިބިއްޖެ ނަމަ ސިއްހީ ހިދުމަތްތެރިން ބޭރުން ގެންނަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
މިހާރު ހަމަޖައްސާފައިވާ ގޮތުން އެ ހިދުމަތްތެރިންނަށް ދޭނީ ކޮވިޑް އެލަވަންސެކެވެ. އެ މީހުން މަސައްކަތް ކުރަން ޖެހޭނީ ރެޕިޑް ރެސްޕޮންސް ޓީމް (އާރުއާރުޓީ) އަދި ކޮވިޑްގެ ބަލި މީހުން ތިބޭ ފެސިލިޓީތަކުގަ އެވެ.
މާލެ ސަރަހައްދުގެ ލޮކްޑައުން އަށް ދިން ބޮޑެތި ލުއިތަކަށް ފަހު، ކޮވިޑާ ދެކޮޅަށް އެކި މުއައްސަސާތައް ގުޅިގެން އޮޕަރޭޝަން ހިންގަމުން އަންނަނީ ކުރިން އުފެއްދި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އުވައިލުމަށް ފަހު، އެެޗްއީއޯސީންނެވެ.
ނަމަވެސް އެންއީއޯސީ އުވާލައި އޮޕަރޭޝަން ކުޑަކުރިފަހުން، ކޮވިޑް ޖެހޭ މީހުންނާއި އެ ބަލީގައި މަރުވާ މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. އެއާއެކު ކޮވިޑަށް ސާމްޕަލް ނެގުމާއި ޕޮޒިޓިވް މީހުން އައިސޮލޭޝަނަށް ގެންދިއުމުގައި ބޮޑެތި ލަސްތަކެއް ހުރިކަމުގެ ޝަކުވާ ދަނީ ކުރަމުންނެވެ.
ރާއްޖެއިން މިހާތަނަށް 6،912 މީހުންނަށް ބަލިޖެހިފައިވާއިރު އެ ބަލީގައި 28 މީހަކު މަރުވެފައި ވެ އެވެ. ކޮވިޑުން 4،297 މީހުން ރަނގަޅުވެފައި ވެ އެވެ. އެހެންވެ މިވަގުތު ފަރުވާ ހޯދަމުން ދަނީ 2،587 މީހުންނެވެ. ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން 171 މީހުންނަށް ފަރުވާ ދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބިހާރު
25 August 2020
ހެލްތް ވޯކަރުން ހޯދަން އުޅޭއިރު މާލެއާއި އަތޮޅުތަކާއި ތަފާތު ނުކުރޭ...އަތޮޅުރަކުގެ މަރުކަޒް މުވައްޒަފުން ރިސްކާއިއެކު ސާ މްޕަލް ނަގާ ކޮވިޑް ކަރަންޓީން ފަރާތްތަކާއި ދި މާވާއިރު ރިސްކް އެލަވަންސް ނުދޭ...ދަރުބާރުގޭގައި ބަލި މީހުނާއި ބައްދަލުނުވާ ފަރާތްތަކަށްވެސް ރިސްކް އެލަވަންސް ދޭ..
އަހުމަދު3333
25 August 2020
މާލެ މާލެ މާލެ.. މިއީ އަސްލަމުމެން ދަމާ ބަނދިވަރު.. މާލޭމީހުންނަށް ދީފަ ބާކީވާބައި "ޜާއްޖެތެރޭ" މީހުންނައް ލިބޭނީ...
ޚިޔާލު
25 August 2020
ޑރ އަލީ ލަތީފު ފަދަ މެޑިކަލް ޑޮކްޓަރުން ތި ޓީމު ލީޑް ކުރީމާ ކަމަކު ނުދޭ. މެޑިކަލް ޑޮކްޓަރުން ތެރެއިންވެސް އެޕިޑަމިއޮލޮޖިސްޓުން ކަމަށްވާ ޝީނާ، ދެ ނަޒްލާ، އަފްޒަލް ރަގަޅުވާނެ. މެޑިކަލް ޑޮކްޓަރުން ތިބެންވާނީ ހޮސްޕިޓަލުގައި ފަރުވާދޭން. ހާއްސަކޮށް އަމިއްލަ ކްލިނިކް ހިންގާ މީހުން އަދި ވެންޓިލޭޓަރު ގެންނަން މަސައްކަތް ކުރި މީހުން ތި ޓީމުގެ އިސް ސަފުގައި ބައިތިއްބައިގެން ނުވާނެ.
ނަރުސް.
25 August 2020
ޑރ.އަލީ ލަތީފް ހަބޭސް. ހަސަދަވެރި ނުވޭ.
ދޮންމަރިޔަނބު
25 August 2020
އަންނި ގެންދޭ، މިހާރުވެސް އޭނަ މަސައްކަތް ކުރަނީ ފްރަންޓް ލައިންގަ އެއްނު
ހައިޝަމ
25 August 2020
ޒިކުރާ މިސްކިތް ކައިރިން ބޭފުޅުން ނަގައިގެންވެސް ތިޔަ ކުރާ ޓެސްޓުގެ އިތުރު ކޮށްދެވޭތޯ ބައްލަވާ.
ސިޔާމް
25 August 2020
ޓެސްޓް ކުރެވޭ އަދަދު އިތުރު ނޮކޮށް ކޮވިޑް ކޮންޓްރޯލް ނުކުރެވޭނެ.
ފީފަންކާ
25 August 2020
ދެނީ ކޮވިޑް އެލަވަންސެކޭ. ކެކެކެކެ. މިހާރުވެސް ދޭންބުނި ކޮވިޑް އެލަވަންސް މަށަށް އަދިވެސް ނުލިބޭ. ހުޅުމާލެ ފެސިލިޓީގައި ތިބި ބޭރު ނަރުހުންނަށް މުސާރަ ނުދީ އޮތްވާހަކަވެސް ދުށިން. ބޮޑުން ކޮވިޑް އެލަވަންސް ނަގާފައި ތުއްތު ކުދީން ލައްވާ މަސައްކަތް.
ވިސްނަވާ
25 August 2020
"ނުލިބިއްޖެ ނަމަ ސިއްހީ ހިދުމަތްތެރިން ބޭރުން ގެންނަން ޖެހޭނެ" ނުލިބިއްޖެ ނަމައޭ ކިޔާކަށް ވަގުތެއް ނެތޭ!!! ބޭރުންވެސް ގެންނަންވީ އެތެރޭންވެސް ގެންނަންވީ. މިހާރު ތިޔަކުރާވަރަށްވުރެ ހަލުވިކޮށް ޓެސްޓުކުރުންވެސް ގެންދާން ވެއްޖެ. ކީއްވެތޯ މާލޭން ރެމްޑަމް ޓެސްޓް ކުރުން ހުއްޓާލީ؟ މާލޭގައި ކެޕޭސިޓީ ނެތިއްޔާ ކުޅުދުއްފުއްޓަށް ނުވަތަ އައްޑުއަށް ސާމްޕަލް ގެންގޮސްގެން ވެސް ނަތީޖާ ހޯދިދާނެ.؟
ނިފޫ
25 August 2020
ތި އިއުލާނެއް ހޯދާ ނުފެނުނު! ވެބްސައިޓަކު ނެތް، ޓުވިޓާ ނޫނީ ފޭސްބުކް ގަވެސް ޖަހާލީކީ ނޫން! ހަމަ ބޭރުން ބައެއް ގެނެސް އަނެއް ކޮރުޕްޝަން ހިންގަން ވެގެން! ނަސީބެއް މިހާރު ނޫހުގަ ޖެހިކަން