މިދިޔަ ސީޒަނުގައި ޓީސީ އާއި މާޒިޔާ ކުޅުނު މެޗެއްގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
27 އޯގަސްޓް 2020 - 12:11
ގައުމީ ފުޓްބޯޅަ ޓީމާއި އޭއެފްސީ ކަޕްގައި ކުޅޭ މާޒިޔާ އަދި ޓީސީ ސްޕޯޓްސް ކްލަބް ފަރިތަކުރުންތައް ފެށުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހުއްދަދީފި އެވެ.
މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރުން އިތުރުވަމުން ދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި ދުވަސްވަރު ކުޅިވަރު ހަރަކާތްތައް ކުރިއަށް ނުގެންދަން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ދިން ލަފަޔާ އެއްގޮތަށް ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރެކްޓިސްތައް މެދުކަނޑާލީ މި މަހު ހަތަރު ވަނަ ދުވަހު އެވެ. އޭރު ޕްރެކްޓިސް ކުރަމުންދިޔައީ ގައުމީ ޓީމު އެކަންޏެވެ.
އޮކްޓޫބަރު މަހު 23 އިން ނޮވެމްބަރު ހަތަރަކަށް މާލޭގައި ބާއްވަން ތާވަލުކޮށްފައިވާ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕް މެޗުތަކަށް ތައްޔާރުވާން މާޒިޔާ އިން ބޭނުންވާތީ އަވަހަށް ޕްރެކްޓިސް ފެށޭނެ ގޮތެއް ހޯދައިދޭން ސަރުކާރުގެ އިދާރާތަކުގައި އެދިފައިވަނިކޮށް އެޗްޕީއޭ އިން ޕްރެކްޓިސް ކުރުމުގެ ހުއްދަދިނީ އަންގާރަ ދުވަހު އެވެ. ރަސްމީކޮށް ވަރަށް އަވަހަށް ޕްރެކްޓިސް ފަށާން މާޒިޔާ އިން އަންނަނީ ތައްޔާރުވަމުންނެވެ. އެނގިފައިވާ ގޮތުގައި ޓީސީން އަންނަ މަހުގެ ކުރީކޮޅުގައި ޕްރެކްޓިސް ފަށަން އަންނަނީ މަސައްކަތްކުރަމުންނެވެ.
Hafthaa eh therey footboalha practice feshidhaane: FAM
The most trusted news source in the Maldives
Mihaaru
ޕްރެކްޓިސް ފަށަން ހުއްދަދިނީ އެފްއޭއެމް އިން ކަނޑައެޅި ގައިޑްލައިނާ އެއްގޮތަށް ކުރިއަށްގެންދަން ޝަރުތުކޮށް.
އެޗްޕީއޭ އިން ހުއްދަދިންއިރު އަންގާފައިވަނީ އެފްއޭއެމުން ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް އަމަލުކުރުމަށާއި ގައިދުރުކަން ބަހައްޓައިގެން ކަންތައްތައް ރޭވުމުގެ އިތުރުން ވީހާ ވެސް ކޮންޓެކްޓް މަދުވާގޮތަށް މި ދުވަސްވަރު ޕްރެކްޓިސް ކުރިއަށްގެންދިއުމަށެވެ.
މާލޭގައި ކުޅެން ރާވާފައި އޮތް އޭއެފްސީ ކަޕްގެ މެޗުތަކުގައި ޓީސީ އާއި މާޒިޔާގެ އިތުރުން ދެން ކުޅޭނީ ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އާއި އިންޑިއާގެ ޗެންނާއީ ސިޓީ އެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރަ"ށް ވިދާޅުވީ އޭއެފްސީ ކަޕަށް ކްލަބްތައް ޕްރެކްޓިސް ކުރަން ފަށާއިރު މި ދުވަސްވަރު ގައުމީ ޓީމުގެ ޕްރެކްޓިސް ރާވާނެ ގޮތްތަކެއް ވަރަށް އަވަހަށް ކަނޑައަޅާނެ ކަމަށާއި އެކަމާ ބެހޭގޮތެއް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ގައުމީ ޓީމުގެ ކޯޗިން ޓީމުން ގޮތްތަކެއް ނިންމާނެ ކަމަށެވެ.
އޭއެފްސީ އާއި ފީފާ އިން ވަނީ ކޮވިޑް-19ގެ ސަބަބުން 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއި 2023 އަހަރުގެ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގެ މެޗުތައް އަންނަ އަހަރަށް ފަސްކޮށްފަ އެވެ. މިއާ އެކު ރާއްޖޭގެ ގައުމީ ޓީމަށް މި އަހަރު ރަސްމީ އެއްވެސް މެޗެއް ނޯންނާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމްސު
27 August 2020
ތިކަން ދެން ހުއްޓާލާ. ތީ ބޭކާރުކަމެއް.
ގަޓް ބްރޯ
27 August 2020
ލެވެލް 9 ން 10 އަށް ޖައްސާލެވޭނީ ވީހާ ގިނަ ކުޅިވަރުތައް ކުޅެ ގިނަ ބަޔަކު އެއްވާން ފުރުސަތު ދީގެން.
އާރީ
27 August 2020
ދުވަހަކު ނުފެށިޔަސް ހެޔޮ. ދިވެހި ފުޓްބޯޅައިގެ ރަސްގެފާނު ވުޖޫދުން ފޮހެލަށް އެއްބާރުންދިން ދެކުލަބު ތީ.