ރާއްޖޭގެ ބޯޑަރު ގާތްގަނޑަކަށް ހަތަރު މަސް ދުވަހަށް ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލުމުން އެންމެ ފުރަތަމަ ވީއައިއޭ އަށް ޖެއްސި ގަތަރު އެއާވޭސްގެ ބޯޓުން އައި ޓޫރިސްޓުން އެއާޕޯޓު ތެރޭގައި.-- ފޮޓޯ: ނިޝާން އަލީ /މިހާރު
30 އޯގަސްޓް 2020 - 12:28
އިނގިރޭސި ވިލާތުގެ ޓޫރިސްޓުން ރާއްޖެ އައުމުގައި ލުއި ގޮތެއް ހޯދުމަށް އެ ގައުމުގެ ލުއި ލިސްޓުގައި ރާއްޖެ ހިމަނަން މަޝްވަރާ ކުރަމުން އަންނަ ކަމަށް އެމްއެމްޕީއާރުސީން ބުނެފި އެވެ.
ކޮވިޑް-19 ފެތުރޭތީ ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު އަލުން ހުޅުވާލީ މިދިޔަ މަހުގެ 15ގަ އެވެ. އެ ދުވަހުން ފެށިގެން އިނގިރޭސި ވިލާތުން ގިނަ އަދަދެއްގެ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތް ކުރެ އެވެ. ނަމަވެސް އެނބުރި ގައުމަށް ދިއުމުން 14 ދުވަހު ކަރަންޓީނުގައި ތިބެން ޖެހޭތީ އެ ގައުމުން އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑަށް ދަށްވެފަ އެވެ.
އިނގިރޭސި ވިލާތުން ވަނީ ގާތްގަނޑަކަށް ފަންސާހަކަށް ގައުމަކަށް ދަތުރު ކުރުމުގައި ލުއި ދީފަ އެވެ. މީގެ ތެރޭގައި ޓޫރިސްޓު މަންޒިލްތައް ހިމެނެ އެވެ. އެ ގައުމުތަކުން އެނބުރި އިނގިރޭސި ވިލާތަށް ދާ މީހުން ކަރަންޓީން ވާކަށް ނުޖެހޭނެ އެވެ.
އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދާ ހަވާލާދީ ބޭރުގެ ނޫހެއްގައި ބުނެފައިވަނީ ހޫނު މޫސުމަށް ރާއްޖެއަށް އަންނަ ޓޫރިސްޓުން އިތުރު ކުރުމަށް، އިނގިރޭސި ވިލާތުގައި ހުންނަ ދިވެހި ހައި ކޮމިޝަނާއި ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިވަގުތު ރާއްޖެއަކީ ޗުއްޓި ހޭދަކުރުމަށް އެންމެ ރައްކާތެރި ގައުމުކަމަށާއި ހުރިހާ ރިސޯޓެއްގައި ވެސް ޓޫރިސްޓުންގެ ރައްކާތެރިކަމަށް ފިޔަވަޅު އަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގެ ވަން އައިލެންޑް-ވަން ރިސޯޓު، ކޮންސެޕްޓުގެ ދަށުން ހުރިހާ ރިސޯޓަކީ ވެސް ޓޫރިސްޓުންނަށް ރައްކާތެރި ތަނެއްކަން ކަށަވަރު ކުރެވޭނެ. ގުދުރަތީގޮތުން ބަލާއިރު ވެސް މީހުންނާ ވަކިން ގައިދުރުކަން ބަހައްޓައިގެން ޗުއްޓީ ހޭދަކުރެވޭނެ ގައުމަކަށް ރާއްޖެ ވާނެ،" ތޮއްޔިބާ ހަވާލާދީ ބުނެފައިވެ އެވެ.
ރާއްޖެ އަންނަ ޓޫރިސްޓުންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީން ވަނީ ގައިޑްލައިނެއް ވެސް ތައްޔާރުކޮށްފަ އެވެ. ބަލީގެ އަލާމާތްތައް ފެންނަ ޓޫރިސްޓުން ޕީސީއާރު ޓެސްޓު ހަދަން މި ގައިޑްލައިނުގައި ކަނޑައަޅާފައިވެ އެވެ. އެއްވެސް ޓޫރިސްޓަކު ޕޮޒިޓިވް ވެއްޖެ ހާލަތެއްގައި އޭނާ ކަރަންޓީން ކުރެވޭ އިންތިޒާމް ވެސް ޓޫރިސްޓު ފެސިލިޓީގައި ހުންނަން ޖެހޭނެ އެވެ. އަދި ޓެސްޓް ކުރުމުގެ ހަރަދު ޓޫރިސްޓު ނުވަތަ ރިސޯޓުން ކުރަންޖެހޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮބާބާ
30 August 2020
އަހަރުމެންގެ އިއްޒަތްތެރި ރައީސް އެކޮޅުގައި ކަރަންޓީންވީބާ؟
ހާސަރު
30 August 2020
ރާއްޖެ އާއި ދޭތެރޭ ގޯސްކޮށް ބޭރު ގައުމުތަކުން ބަލަނީ މިހާރު ޕޮޒިޓިވްވާ މީހުންގެ ރިޕޯޓް ހާމަކުރާގޮތުން . ބަލާކޮންމެ މީހަކަށްވެސް ފެންނަނީ މޯލްޑިވްސް ގެ ޕޮޒިޓިވް ރޭޓް . އެކަމަކު ހަގީގަތަކީ %99 މީހުން ޕޮޒިޓިވް ވަނީ މާލެއިން. އެހެން ވީމަ މާލެ ނުރައްކާ ވިއަސް މޯލްޑިވްސް އޯކޭ ކަން އަންގާދޭންވީ. ދުނިޔޭގެ ގިނަ ގައުމުތަކުގައި ކިޔަނީ ގައުމުތަކުގެ އަދަދަށްވުރެ ސްޓޭޓް ތަކުގެ އަދަދު.
ރަދީފްއޮފިޝިއަލް
30 August 2020
އެކަކު ފޮށްޓަށް ސާމާނު އަޅައިގެން އެދިޔައީ މިކަމުގެ ޑިސްކަޝަނަށް ދޯ؟ ހެހެހެހެހެ