ފިނޭންސް މިނިސްޓަރު އަމީރު އިއްޔެ "މިހާރު" އާ ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
02 ސެޕްޓެމްބަރ 2020 - 12:18
ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، ކޮވިޑްގެ މި ހާލަތަށް ރިއާޔަތްކޮށް، މި އަހަރަށް ވުރެ ބަޖެޓު ކުޑަވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއްޔެ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިހުން މި އަހަރަށް ފާސްކޮށްފައި ވަނީ 37 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ދައުލަތުގެ ބަޖެޓު އަހަރުން އަހަރަށް ބޮޑުވަމުން އައި ނަމަވެސް މިއީ ފަހަކަށް އައިސް ކުރީ އަހަރަށް ވުރެ ކުޑަ ބަޖެޓެއް ސަރުކާރުން ހުށަހަޅާ ފުރަތަމަ ފަހަރު ކަމަށް ވާނެ އެވެ.
"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު އަމީރު ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓު މި އަހަރަށް ވުރެ ކުޑަވާނެ ކަމަށާއި ދައުލަތުގެ ޚަރަދު ކުޑަކުރުމަށާއި އިގްތިސާދީ އާ ކަންކަން ކުރިއަށް ގެންދިއުމަށް އިސްކަންދީފައިވާނެ ކަމަށެވެ. ޚާއްސަކޮށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ސްޓިމިއުލަސް ޕެކޭޖުތަކެއްގެ އެހީތެރިކަން ދިނުމަށް ސަމާލުކަން ދެއްވާނެ ކަމަށް އަމީރު ވިދާޅުވި އެވެ.
މި އަހަރުގެ ބަޖެޓުގައި ޕަބްލިކް ސެކްޓާ އިންވެސްޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ޖުމުލައަކީ 10 ބިލިއަން ރުފިޔާ ކަމަށް ވިޔަސް މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރުގެ އިގްތިސާދީ ހާލަތަށް ބަލާއިރު އެ އަދަދަކަށް އެ ޕްރޮޖެކްޓްތައް އަންނަ އަހަރު ނުހިންގޭނެ އެވެ.
އޭނާ ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓާ ގުޅޭ ފިސްކަލް ސްޓްރެޓެޖީ ކަރުދާހެއް ވަރަށް އަވަހަށް އާންމު ކުރައްވާނެ ކަމަށެވެ.
"އެހެންވީމާ މި އަންނަ އަހަރުގެ ބަޖެޓު ހުށަހަޅާއިރު އަޅުގަނޑު ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭނަން ވީހާ ވެސް ބޮޑަށް ޕްރޮޑަކްޓިވް ކަންކަމަށް ބަޖެޓު ކުރުމަށް. އެ ޕްލޭންތައް ކުރަމުން ދަނީ،" ---އަމީރު
އަމީރު ވިދާޅުވީ، ކޮވިޑާ ގުޅިގެން އެންމެ ބޮޑަށް ފާހަގަވި އެއް ކަމަކީ ރާއްޖޭގެ އިގުތިސާދު ހަމައެކަނި ޓޫރިޒަމަށް ބުރަވުމުން ކުރިމަތިވި ގޮންޖެހުންތައް ކަމަށް ވާތީ، އެހެން ދާއިރާތަކަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމށެވެ. އެހެންވެ، އަންނަ އަހަރުގެ ބަޖެޓުގައި މަސްވެރިކަމާއި ދަނޑުވެރިކަމާއި އިޔާދަކުރަވަނިވި ހަކަތަ އާއި އައިޓީ އިންޑަސްޓްރީ ކުރިއަރުވައި ތަރައްގީ ކުރުމަށް އިސްކަން ދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެހެންވީމާ މި އަންނަ އަހަރުގެ ބަޖެޓު ހުށަހަޅާއިރު އަޅުގަނޑު ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭނަން ވީހާ ވެސް ބޮޑަށް ޕްރޮޑަކްޓިވް ކަންކަމަށް ބަޖެޓު ކުރުމަށް. އެ ޕްލޭންތައް ކުރަމުން ދަނީ،" އަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކޮވިޑާ ގުޅިގެން މިހާރު ވެސް އިގުތިސާދީ އާ ކަންކަން ސަރުކާރުން ފަށާފައިވާ ކަމަށެވެ. އޭގެ ތެރެއިން އަމީރު ފާހަގަކުރެއްވި އެއް ކަމަކީ ދަނޑުވެރިކަމުގެ އުފެއްދުންތަކުގެ ވިޔަފާރި ކުރިއަރުވަން ސަރުކާރުން ދާދި ފަހުން އުފެއްދި ނެޝަނަލް އެގްރިކަލްޗަރަލް ކުންފުންޏެވެ. އޭގެ އެއް އަމާޒަކީ ދަނޑުވެރިކަމުގެ އިންޑަސްޓްރީއެއް އުފެއްދުމެވެ.
މިނިސްޓަރު އަމީރު އިއްޔެ "މިހާރު" އަށް އިންޓަވިއު ދެއްވަނީ: އަންނަ އަހަރު ޕީއެސްއައިޕީގެ ބަޖެޓު ވެސް ކުޑަވާނެ ކަމަށް ވިދާޅުވި.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
"ނެޝަނަލް އެގްރިކަލްޗަރަލް ކުންފުނީގެ ތެރެއިން އަޅުގަނޑުމެން މި ބުނަނީ [ދަނޑުތައް] ހައްދާށޭ. ސަރުކާރުން އަޅުގަނޑުމެން އެ ގަންނާނަމޭ، ސެންޓްރަލީ ޕްރޮސެސްކޮށް، މާކެޓު ހޯދުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ، ކުދި ވިޔަފާރިތައް ކުރިއަރުން އަންނަ އަހަރު ސްޓިމިއުލަސް ޕެކޭޖެއްގެ ތެރެއިން ކުޑަ އިންޓަރެސްޓެއްގައި ލޯނުތައް ދިނުމަށް ވެސް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަކުނިބޯ
03 September 2020
ބަޖެޓް ކުޑަކުރާނީ ކިހިނެއް؟ ވަޒީފާމަދުވާކަށް ނެތް، ސިޔާސީ މަޤާމް ވާނީ އިތުރު، މަރާމަތު ބަޖެޓުން ކަނޑާލާނީ މިކަމުގެސަބަބުން ދައުލަތުގެ ހަރުމުދާ ނެތިދާނީ އަދި ފަހުން ކުަރަންޖިހޭ ހަރަދު އިތުރުވެގެންދާނީ، އުފެއްދުންތެރިކަމެއްނެތް، އައުވިޔަފާރިއެއްނެތް، ދެން ކޮން ކުރިއެރުމެއް، އައިޓީއަށް ކުރާހަރަދު ރަނގަޅުނަމަ ލިޔެކިޔުމަށް ކުރާހަރަދު ކުޑަކުރެވިދާނެ، އަދި ކުދި ޑެސްކްޓޮޕް ޕްރިންޓަރ މަނާކޮށްފޮނަމަ ލިޔެކިޔުމުގެހަރަދު 50% ކިޑަވާނެ
ނެކްސްޓް
02 September 2020
ސިޔާސީ މަގާމުތައް އުވާލާފައި ތައުލީމާއި ގާބިލްކަމަށް އިސްކަންދީގެން ވަޒީފާތަކަށް މީހުން ހޮވަން ގޮވާލަން. ބޭކާރު މަގާމިތައް އުވާލާ ގައުމި ބަޑަށް ޖެހެނީ ސިޔާސީމީހުން ޖީބުފުރަން ހަދައިގެން. ކޮންމެސް ނަމެއްގައި ސިޔާސީ މަގާމެއް ހަދާފައި ލައްކައިން މުސާރަދޭ އުސޫލު އުވާލާ ގައުމަށް ފައިދާހުރި ކަމެއް ކުރަން ވެއްޖެ.
ރިވާޔަތު މޫސާ ވަ ދަލޭކާ
02 September 2020
ބަޖެޓުކުޑަކޮށްފާ ބަނޑުއަޅާލާވަރު ބޮޑުކުރާނީއެއްނޫން.
ދޮން ހުސޭނު
02 September 2020
ކަލޭނޭ މިހާރު ފަންސާސްފަހަުން މަތިވީ. އެކަމަކު ހަމަ އަހާލާހިތްވަނީ. ތިޔަކަންކަން ހަމަ ކުރެވިދާނެހޭ. ތިޔަ ކުންފުންޏަށް ވާނެހޭ. ތިޔަކަލަހަ އެތައް ކުންފުނިތައް އުފެދި އުވި ދިޔަތަންވެސް ފެނިފަހުރިމާ މި އަހާލެވެނީ. އަނެއް ސުވާލަކީ ކުންފުނި ނެތީމާހޭ ދަނޑުވެރިކަން ކުރި ނޭރުވުނީ މިޔޮއްހައި ދުވަހު. ނޫނޫނޫން. އެހެނެއް ނޫން. މައްސަލައަކީ ކަންކަމާ ހަވާލުވާ ވަޒީރުންނަކީ ދުރުދުށީންނަށް (ވިޝަނަރީސް) އަށް ނުވާތީ. ހަމައެކަނި ގޮނޑިހޫނުކުރާތީ. ޒަމާނަށް ނުފެތޭތީ.
ނެކްސްޓް
02 September 2020
މައްސަލައަކީ މިޕާޓީ ސިސްޓަމް، މިޤައުމުގައި އުޅެނީ އެއްވެސް ދުރުވިސްނުމެއްނެތް ދެތިން ސިޔާސީ ޕާޓީ. ދިވެހިން އަވައިގައި ޖައްސައިގެން އަމިއްލަ ޕާޓީ މީހުންކޮޅަކަށް ބައިއަޅާ އުސޫލުން ވެރިކަން މިކުރަނީ. ތައުލީމީ ޤާބިލް ދިވެހިން ސިޔާސީ މައިދާނަށް ނުނިކުންނަނީ މިމީހުންގެ ތުރާލާހެދި.
ހީރާ
02 September 2020
ވެެރިކަމަށް 2 އަހަރުވާން އުޅޭއިރު ކުރެވުނު ޕްރޮޑަކްޓިވްކަންތަކަކީ ކޮބަތޯ؟ ކިހާވަރަކަށް ދަނޑުގޮވަން ކުރެވިއްޖެތޯ؟ ފަރުފަރާ ދަނޑުފަގުގެ ފައިދާ ކިހާވަރަކަށް ހޯދިއްޖެތޯ؟ މިކަމުގައިވެސް ފަރުދީ ޒިއްމާ އަދާނުކޮށް ސަރުކާރަށް ޖެއްސުން ކުރަނީތޯ؟
އައްޑޫބެއްޔާ
02 September 2020
ކިހިނެތްތޯ ކަމެއް ކުރެވޭނީ، މަމެންގެ ކައުންސިލް އިން މަނިކުފާނުގެގެ ތިޔަފަދަ ވާހަކަފުޅުތައް އަޑު އިވުމާއި އެކީގާ ހޯމްވޯކް ނަހައްދަވާ ދަނޑުވެރިކަމަށް ބިން ދޫކުރާން އިއުލާނު ކުރީވެސް. މިއަދާއި ހަމައަށް އެއިއުލާނު ވީތަނެއް، ދެން ކުރާންވީ ކަމެއް ދެނަހުރި އާދަމުގެ ދަރިއެއް އުޑުބަޅުވި ހިސާބުގައި ހުރިހެނެއް ހިއެއް ނުވޭ. މިހާރުވެސް އެއުޅެނީ ހޯމްވޯކް ނަހަދާ މަސްކެނޑުމާއި ވިއްކުން މަނާކޮށްގެން. ޝަހާދަތް ލަދުގަނޭ މި ފެއިލްވެފައި ތިބި ކައުންސިލަރުންގެ ކަންތަކާއި
ޗަކޮއޭ
02 September 2020
އަންނައަހަރު ބަޖެޓަށް އާމްދަނީ ލިބޭނެ ގިނަދޮރުތަކަކީ: ޓްރެފިކް ޖޫރިމަނާ މަސްވެރިން މަސްއައިން ހޯދުމުން ޖޫރިމަނާ ގޭގައިކައްކާކާބޯތަކެތީގެ ވިޔަފާރިކުރާތި ޖޫރިމަނާ ކޮވިޑް ޕޮޒިޓުވް ޖޫރިމަނާ ކަރަންޓީނާ ހިލާފުވުމުން ޖޫރިމަނާ މާސްކް ނާޅާތީ ޖޫރިމަނާ ގައިދުރުނުކުރާތީ ޖޫރިމަނާ
ނެކްސްޓް
02 September 2020
ޗަކޮއޭ ތިބުނީ ހެޔޮކޮން
ނެކްސްޓް
02 September 2020
ހުސްވާހަކަ
ވަސްމީރު
02 September 2020
ނޫނޭ ބޮޑުންނަށް ކާލާނެ ވަރު ބަހައްޓަންވާނެ. އެވަރު ކުރައްޗޭ.
ހަނާވަނީ23
02 September 2020
އަމީރޫ ބުނެދީބަލަ ޕެންޝަންފަންޑަށްވެފަ ހުރިގޮތެއް..އޭތި ކިތައް ޓްރިލިއަން ޑޮލަރުން މައިނަސްވެފަތޯ ހުރީ ނިކަން ބުނެދީބަލަ ރައްޔިތުނަށް..މިނިސްޓަރުކަމުގަ ހުރެގެން ފްލެޓްތަކާ އޮޑިދޯނިފަހަރާ ހުރިހާ މަންފާއެއް އެބަލިބޭ..ރައްޔިތުން ބިކަވަނީ ބޯހިޔާވަހިކމެއްނެތް ވަޒީފާއެއްނެތް