ޗިވިލްް ސާވިސްކޮމިޝަންގެ މެމްބަރުކަމަށް އައްޔަން ކުރެއްްވި ހަތަރު ބޭފުޅުން މަގާމުގެ ހުވައިކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް
03 ސެޕްޓެމްބަރ 2020 - 18:07
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހުސްވެފައިވާ މެމްބަރުކަމުގެ ހަތަރު މަގާމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ބޭފުޅުން އައްޔަން ކުރައްވައިފި އެވެ.
ސީއެސްސީ އަށް ރައީސް މިއަދު އައްޔަން ކުރެއްވީ ރައްޔިތުންގެ މަޖިލީހަށް އެ މަނިކުފާނު ފޮނުއްވި 41 ނަމުގެ ތެރެއިން މަޖިލީހުން ރުހުން ދިން ހަތަރު ބޭފުޅުންނެވެ. މެމްބަރުކަމަށް އައްޔަން ކުރެއްވުމުގެ ކުރިން ހަތަރު ބޭފުޅުން މެމްބަރުކަމުގެ ހުވައިކުރެއްވި އެވެ. ހުވައި ލައިދެއްވީ ސުޕްރީމްކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ. އޭގެ ފަހުން ރައީސް އެ ބޭފުޅުންނާ މެމްބަރުކަމުގެ ލިއުން ހަވާލުކުރެއްވި އެވެ.
1- ފާތިމަތު ޝަރީފް، މާކޯޅި. ގދ. ތިނަދޫ
2- މުހައްމަދު ނާސިހު. މ. ފަލްކަން، މާލެ.
3- މުހައްމަދު ފަރުސަތު، ހ.ޓޫހާޓް، މާލެ
4- އިބްރާހީމް ރަޝީދު، ބްލެކް ރ. މީދޫ
މި ހަތަރު ބޭފުޅުންނަށް ރުހުން ދޭން މަޖިލީހުން ފާސްކުރީ މިދިޔަ ހޯމަ ދުވަހު ބޭއްވި ޖަލްސާގަ އެވެ. މިއީ ސީއެސްސީގައި ކުރިން ތިއްބެވި ހަތަރު މެމްބަރަކު މަގާމުން ވަކިކުރަން މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރުމުން އޭގެ ތެރެއިން ތިން ބޭފުޅަކު އިސްތިއުފާ ދެއްވުމުންނާއި އިސްތިއުފާ ނުދެއްވުމުން ވަކިކުރި މެންބަރެއްގެ ބަދަލުގައި އައްޔަންކުރި ބޭފުޅުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިސްނަވާ
04 September 2020
ސިވިލްސާވިސް އަށް އައްޔަންމިކުރީ 10 އަހަރު ފެއިލްވެފައިވާ މީޑިއާއަ ކައުންސިލްގ ސެކްރެޓަރީ ޖެނެރެލާއި އުފެދުނީއްސުރެއް އެތައް ނުހައްޤުން ނުބައިކަމެއް ކޮށްފައިވާ ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރު. މިޤައުމު ދުވަހަކުވެސް ރަނގަޅުވާނެތަ؟؟؟ ސެޓްފިކެޓެއް އޮތެއްކަމަކު ތަނެއް އިސްލާހެއް ނުވެއެވެ.
އެންދެރި
03 September 2020
މިހާރު ބާކީ ހުރި މީހާ ނުފޫޒު ގަދަ ކަމުން ވަކި ނުކުރެވުނީ އެވެ.
ބާބާ
04 September 2020
ހަމަ އެކައްޗެއް. މިފަހަރު ކުރިމަތިލި ގާބިލް މީހުން ކަޓުވާލީ މަޖުލީހު މެންބަރެއްގެ ދަރީގެ މަންމަ ސީއެސްސީ އަށް ވައްދަންވެގެން. ބައެއް މީހުން ކަޓުވާލީ މާސްޓަރ ޑިގްރީއަކީ ޑިގްރީއެއްނޫން ކަމަށް ބުނެފައި.
ކޮސްގޮވާ
03 September 2020
ސިވިލް ސާރވިސްއަށް އައްޔަން ކުރި މީހުންނަކަށް ތި ސިވިލްސާރވިސް ރަގަޅުކުރެވޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް ގްރޫޕެއްތީ.
ކިއެއްވެތޭ
03 September 2020
ސަރުކާރުން ކޮން އިރަކުންތޭ ރާއްޖޭގެ އިގްތިސާދު ރިކަވަރ ކުރުމަށް ޓަކައި އިގްތިސާދު ރިކަވަރީ ރޯޑް މެޕް ނެރޭނީ މާލެ ސަރަހައްދު ފަޅު ތައް ހިއްކަން ފަށަންވީއޭ އެކަން ސަރުކާރުން ނުކޮށްގެން ތިޔާ އުޅެނީ އެއީ ކިއެއްވެގެންތޭ...