ގާޒީ އާދަމް މުހައްމަދަށް ފަނޑިޔާރުކަމުގެ ފަތްކޮޅު ޖޭއެސްސީގެ ރައީސް ހިސާން ހަވާލުކޮށް ދެއްވަނީ: ކްރިމިނަލް ކޯޓު ހިންގުން އޭނާއާ ވަނީ ހަވާލު ކޮށްފައި -- ފޮޓޯ/މިހާރު
08 ސެޕްޓެމްބަރ 2020 - 16:06
ކްރިމިނަލް ކޯޓު ހިންގުން އެ ކޯޓުގެ ގާޒީ އާދަމް މުހައްމަދާ މިއަދު ހަވާލުކޮށްފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ، ކްރިމިނަލް ކޯޓު ހިންގުން އާދަމް މުހައްމަދާ ހަވާލުކުރީ، އެ ޒިންމާ ކުރިން އަދާކުރެއްވި ގާޒީ އަލީ ރަޝީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މިއަދު އައްޔަން ކުރެއްވުމުން ކަމަށެވެ.
ގާޒީ އާދަމް މުހައްމަދަކީ މިދިޔަ ޖެނުއަރީ މަހު ކްރިމިނަލް ކޯޓަށް އައްޔަންކުރި ގާޒީ އެކެވެ. އޭގެ ކުރިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް އަދި ދިފާއީ ވަކީލެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރެއްވި އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަކަށް އެންމެ ފަހުން ހުންނެވި އަހުމަދު ހައިލަމް މިދިޔަ އަހަރުގެ ނޮޮވެމްބަރު މަހު ސަސްޕެންޑްކުރި ފަހުން އެ ކޯޓު ހިންގަވަމުން ގެންދެވީ ގާޒީ އަލީ ރަޝީދެވެ. ހައިލަމް ވަކިކުރަން ޖޭއެސްސީން ރައްޔިތުން މަޖިލީހަށް ފޮނުވާފައި ވަނިކޮށް އޭނާ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޑަ ޒަކީ
09 September 2020
މުސްކުޅިން ލައިގެން މިއޮތްހާދުވަހު ކޯޓުތައް ނުހިންގުނު، ޒުވާނުންގެ ހަކަތަ ހުންނާނެ، ތައުލީމު އެބަހުރި، ފުރުސަތު ދީފިނަމަ ނަތީޖާ ހާސިލުކުރާނެ. އާދަމު ވެސް ނަތީޖާ ދައްކާނެ ކަމާމެދު ޝައްކެއް ނުކުރަން.
ނެގުނުކަތީބު
09 September 2020
ތަޖުރިބާއޭ އިޞްލާޙޭ އެޖެންޑާ 40 ހޭ ޖަޒީރާ މަލަމައްޗޭ ކިޔާނެކަމެއް ނެތް! އަތުޖެހުނު ދުވަހު ބޭނުން އެއްޗެއް ހަދައިލެވޭނީ! މިހިރަ ކަންކަމަކީ މާގިނަދުވަހަކު ލިބި އޮންނާނެ ކަންކަމެއް ނޫނޭ. އެބަޔަކު އައްޔަން ކުރި ބަޔަކަށް ނޫންތަ އިތުބާރުކުރެވޭނީ! ޅައެއް ހަރެއް ގިނަދުވަހެއް ކިޔާނެކަމެއް ނެތް.
ވަކީލުު
09 September 2020
އަހުލާގު ރަނގަޅު ބޭފުޅެއްހެން ބަލާ ބެލުމަށް ހީވެއެވެ. ލިބިލެއްވި ފުރުސަތުގެ ބޭނުން ހިއްޕަވައިގެން ހަމަހަމަކަމާއެކު ކުރިއަށް ވަޑައިގަންނަވާނެކަމަށް އުންމީދު ކުރަމެވެ.
ޝައިނީ
09 September 2020
ބަލާ ބެލުމަށް ނުލާހިކު ފަލަ މީހުން އެކަމަކު އެއްގޮތަކަށްވެސް ނުކައި ތިބޭ މީހުން އުޅޭ. ބަންޑާރަ ނައިބުކަން ކުރި އަނިލްއަކީވެސް ދައުލަތުގެ އެއްވެސް އެއްޗެއްގައި ޖެހިފައި ހުރި މީހެއް ނޫން. އެކަމު ބަލާބެލުމަށް ބުނާނީ އޭނާ ވަރަށް ގިނައިން ކެޔޭދޯ.
ހާއި
09 September 2020
ކޮންގްރެޓްސް އެޑަމް!! އުންމީދުކުރަން ޒިންމާދާރުކަމާއެކު މަސައްކަތްކުރައްވާނެކަމަށް.
ސުޖާ
09 September 2020
ކަމަކުނުދޭ ، ކަޑައެއްނު ތަޖުރިބާ އެއްވެ ސް ނެތް މީހަކު ވިއްޔަ އެލީ
ކަތްދައްތަ
08 September 2020
ޖޭ.އެސް.ސީ މިއަދު އެޖެންޑާ 19 އެބަ ތަންފީޒު ކުރެއެވެ. އޭގައި އޮތީ ފަނޑިޔާރުން ލަދުގަންނަވާލުމެވެ.
ށީށަ
08 September 2020
ވޭތުވެދިޔަ މުއްދަތުގަ ފެނުނީ ހިންގުން ދަށްކޮށް. އަދި މޮޅެއް ނޫން
ހިޒާން
08 September 2020
ހައިލަމްއަށްވުރެ ތަޖުރިބާ ގިނައީ؟ އިދިކޮޅުގަ ހުރިއިރު ކިޔިހާ އެއްޗެހި، ވެރިކަމަށް އައީމާ ދޯ މި އެނގެނީ ހެދެން އޮތީ ކުރިން ގޯސްވެގެން އުޅުނު ގޮތްގޮތް ކަން
މުހައްމަދު އަހްމަދު ހާދީ
08 September 2020
ޖޭއެސްސީން، ޖޭއެސްސީން އަމިއްލައަށް ހެދި އުޞޫލާއި ވެސް ޚިލާފު. ޖޭއެސްސީން އުޞޫލެއް ހަދާފައި އޮންނާނެ، ކޯޓުގެ އެންމެ ސީނިއަރު ފަނޑިޔާރާއި އޭ ހަވާލު ކުރާނީ. އެކަމަކު އަހަރެއް ނުވާ ފަނޑިޔާރަކާއި ތިޔަ ހަވާލުކުރީ ތަން ހިންގަން. ހަމަ އެ ގޮތަށް ހައިކޯޓުވެސް އުސްތާޛު ޢަބްދުﷲ ޙަމީދު ހުންނަވަނިކޮށް، އުސްތާޛު ޝުޢައިބުއާ ހަވާލު ކުރީ އަމިއްލައަށް ހެދި އުޞޫލައި ޚިލާފަށް.
އިބްރާހީމް ހަމީދު
08 September 2020
ފަނޑިޔާރުކަމުގަ އަދި މިވީ އަށްމަސް ދުވަސް. މިހާރު ހިންގަން ތިޔަ ހަވާލުކުރީ. އުސޫލުގަ ބުނަނީ ހިދުމަތުގެ މުއްދަތަށް ބަލާފައޭ ހިންގުން ހަވާލުކުރާނީ. އަމިއްލައަށް ހަދާ އުސޫލާ ހިލާފުވެފަ ރައްޓެހިންނަށް ފަނޑިޔާރުކަމާއި މަގާމުތައް ބަހާލަނީ. ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރަން ވައުދުވެގެން އައި މީހުން މިހާރު ޖޭއެސްސީ މިބަދަލުކުރީ ސަރުކާރުގެ ވުޒާރާއަކަށް.
ބޮޑުވަޒީރު
08 September 2020
ހި ސާންމެން ބޭނުން ގޮތަކަށް ކަންކަންކުރަން