މާލެ: ސެޕްޓެމްބަރު 12، 2020: މާލޭގައި މިއަދު ބާއްވާ ސައިކަލް ބުރުގައި ބައިވެރިވި ބައެއް މީހުން ހައްޔަރުކޮށް އެ މީހުންގެ ސައިކަލްތައް ފުލުހުން ޓޯކޮށްފި: ކޮވިޑް-19 ފެތުރޭތީ އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ގިނަ މީހުން އެއްވެ އުޅުން މަނާކޮށްފައި ވަނިކޮށް ބާއްވާ އެއްވުންތަކުގެ ބައިވެރިންނާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ދިނުމަށް ފަހު ފުލުހުން ވަނީ ސައިކަލް ބުރު ފެށުމުގެ ކުރިން އެކަމުގައި ބައިވެރިވާން ދިޔަ ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު
13 ސެޕްޓެމްބަރ 2020 - 12:11
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން ކަނޑައަޅާފައިވާ އުސޫލުތަކަށް ތަބާނުވާ ނަމަ، އެބަލި ކޮންޓްރޯލް ކުރުމުގައި ލިބޭ ކުރިއެރުން އަނެއްކާވެސް ގެއްލިދާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ރޭ ބުނެފި އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި މީޑިއާ ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާނު އަދި އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުތަކަށް މިހާރު ވެސް ބައެއް މީހުން ހިލާފުވަމުން ދާ ކަމަށެވެ.
އުސޫލަށް ތަބާ ނުވުމުގެ އެއް ކަމެއްގެ ގޮތުގައި އޭނާ ދެއްކެވީ ރަށްރަށުގައި ހޯމް ކަރަންޓީނު ކުރާ ބައެއް މީހުން ގަވައިދާ ހިލާފުވާ މައްސަލަ އެވެ. އޭނާ ކަންބޮޑުވުން ފާޅުކުރެއްވި ދެވަނަ ކަމަކީ އެއް ފަހަރާ ފަސް މީހުންނަށް ވުރެ ގިނަ އެއްވެ ނޫޅެން ކަނޑައަޅާފައިވާ އުސޫލާ ހިލާފުވާ މައްސަލަ އެވެ.
ޑރ. ނަޒްލާ ވިދާޅުވީ އެ އުސޫލުތަކަށް އަމަލުކުރުމަށް އިލްތިމާސްކުރަމުން އަންނަ އިރު ވެސް ބައެއް މީހުން އެކަންކަމާ ހިލާފުވާ ކަމަށެވެ.
"އެހެން ނޫނީ އަޅުގަނޑުމެންނަށް މި ލިބުނު ކުޑަކުޑަ ކުރިއެރުން ވެސް އަޅުގަނޑުމެންނަށް ގެއްލިގެން ހިނގައިދާނެ. އަޅުގަނޑުމެން ފާއިތުވި ހަ މަސްދުވަހު މި ކުރި ބުރަ މަސައްކަތް އަދި ހުރިހާ ރައްޔިތުން މިކަމުގައި ތަހައްމަލްކުރަން ޖެހުނު އުނދަގޫތައް ވެސް ހަމަ އޭގެ އެއްވެސް ބޭނުމެއް ނެތި ބޭކާރުވެގެން ހިނގައިދާނެ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ މީޑިއާ ބްރީފިން އެއްގައި ވާހަކަދައްކަވަނީ.
އޭނާ ވިދާޅުވި ގޮތުގައި ކަރަންޓީންވާ ގޮތަށް ރަށްރަށަށް ގިނަ ބަޔަކު ފޮނުވި ނަމަވެސް އެމީހުންގެ ފަރާތުން އެ ރަށްރަށުގައި މީގެ ކުރިން ބަލި ނުފެތުރުނީ ކަރަންޓީނު އުސޫލާ އެއްގޮތަށް އަމަލްތައް ބެހެއްޓުމުންނެވެ.
ހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ މަހު އެކަނި ވެސް އެކި ރަށްރަށަށް 2،705 މީހުން ކަރަންޓީނަށް ފޮނުވި އެވެ. އޭގެ ތެރެއިން 121 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.
ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި ކުރިން ރަށްރަށަށް ދިޔަ މީހުންގެ ފަރާތުން އިތުރު ބަޔަކަށް ބަލި ނުފެތުރުނީ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމުންނެވެ.
"މަދުން ނަމަވެސް ފުރަބަންދު ކަރަންޓީނުގައި [ތިބޭ މީހުން] ނުވަތަ ކޮންޓެކްޓްވެގެން ފާހަގަވާ މީހުން ވެސް އަޅުގަނޑުމެންނަށް އެބަ ފެނޭ މިހާރަކަށް އައިސް ކޮންމެވެސް ވަރަކަށް ގައިޑްލައިންތަކާ ޚިލާފުވާކަން. މިގޮތަށް އުސޫލުތަކާ ހިލާފުވާ ފަރާތްތަކުގެ ސަބަބުން ތިމާގެ ރަށަށް. މާނައަކީ ތިމާގެ އާއިލާ އާއި އަވަށްޓެރިންނާއި ގާތްތިމާގެ މީހުންނާއި ރަށުގެ އެހެން މީހުން ވެސް ނުރައްކަލަށް އެބަ ހުށަހެޅޭ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފަސް މީހުންނަށް ވުރެ ގިނަ މީހުން އެއް ތަނަކަށް އެއްވެ ނޫޅެވޭ ގޮތަށް ކަނޑައަޅާފައިވާ އުސޫލާ ވެސް ބައެއް މީހުން ހިލާފުވާ ކަމަށެވެ. އެކަން އެގޮތަށް ނުކުރަން ވެސް އިލްތިމާސްކުރެއްވި އެވެ.
ގައިޑްލައިންތަކާ ހިލާފުވާ ކަމުގެ ކަންބޮޑުވުން އެޗްޕީއޭއިން ފާޅުކުރި އިރު ސަރުކާރާ ދެކޮޅަށް އަޑު އުފުލަން މާލޭގައި އިއްޔެ ވަނީ ސައިކަލް ބުރެއް ބާއްވައިފަ އެވެ. އޭގެ އިތުރުން ނ. މަނަދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހެއްގެ ޓެސްޓްގެ ނަތީޖާ ނުލިބެނީސް ނުކުމެ އުޅެނިކޮށް ޕޮޒިޓިވް ވުމުން އެރަށް ވަނީ މޮނިޓާ ކުރަން ފަށައިފަ އެވެ.
ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 9،000 އަށް ވުރެ މަތިވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޝޮކްތެރަޕީ
13 September 2020
އެމްޑީޕީ ސަރުކާރު ވަނީ ދައުލަތަ ހިޔާނައްތެރިވެފަ ދިވެހި ރައްޔިތުންގެ ރިޒާވްވުން 800މިލިޔަން ޑޮލަރު 3މަސް ދުވަސް ތެރޭ ގެއްލުނު މަސްސަލަ ބަލަން ޖެހޭނެ ދެންއަންނަ ސަރުކާރަކުން
ވައިސޫރި
13 September 2020
މިހާރުގެ ހާލަތައްބަލާއިރު މިކަމުން ސަލާމަތްވުމައް ޖެހޭނީ ގަވާއިދާ ޙިލާފުވާ މީހުން ދަނޑިމާރު އަޅާގެން ނަމަވެސް މައިތިރިކުރަން އެނޫން އެހެން ހައްލެއް މިހާރަކުއޮއެއްހެނެއް ހިއެއްނުވޭ
އަހުމަދު3333
13 September 2020
ކޮން ކުރިއެރުމެއް.. މާލެ މިއޮތީ ވާނެ އެއްޗެއްވާން ދޫކޮއްލާފަ..
ގެދާނޯމޮސް
13 September 2020
އިސްލާމީ އުސޫލެއް ނެތްތަނެއްގައި ދެންއޮނާނީ ތިމާމެން ހަދާއުސޫލެކެވެ. އެއީ ތިމާމެން ތިތާ މަޖާކޮށް ގައިގޯޅި ކޮށް އުޅޭއިރު މާސްކުނާޅާ އުސޫލު ގެ ވާހަކަ ދައްކަން ލަދުގަނެބަލާށޭވެ.
ނަރަނބު
13 September 2020
އެޗްޕީއޭ އުވާލާ
ހިންދުކޮޅު
13 September 2020
ޕޮލިހުންގެ އިދާރާއުވާ ތީމިގައުމަކައްބޭނުންބައެއްނޫން ރައްޔަތުންގެޓެކުސް ފައިސާއިންމުސާރަނަގާ އެވަރުންނުފުދިގެން ރައްޔަތުންނައް އަނިޔާކޮއް އއވަރުންވެސް ނުވެގެން ރައްޔަތުން އަތުގައޮއްނަ ފައިސާކޮޅުފެލަނީ
ނާޑުވާ
13 September 2020
ކުރިއެރުމޭ. ހައިރާންވެ އަންތަރީސް ވެއްޖެ.
ފިކުރީ ހަނގުރާމަ
13 September 2020
ދަރުބާރުގެ ގޭގައި ޑރ.ޝީނާ އަރާ މާސްކު އަޅާށޭ މީހުން މާސްކު ނާޅާ އުޅެނީ ކީއްވެ ކަމެއް ނޭނގެއޭ ކީއިރު.. ބެކްގްރައުންޑުން ފެންނަން ތިބި %90 މީހުންގެ މާސްކް ދަތްދޮޅީގަ ނޫނީ ކަރުގަ އެލުވާލާފަ...ދެން ކިޔާ ރައްޔިތުންނޭ.
ބޮކިފުރާޅު އަލީ
13 September 2020
ފުލުހުން ތަންކޮޅެއް ފިރިހެންވެގެން މިކަމުން އަހަރެމެންނަށް ސަލާމަތުގެ އައްސޭރިއަކަށް ދެވެންއޮތީ.
ގައުމުު
13 September 2020
ގައުމަށް ހެޔޮ އެދޭ ރައްޔިތެއް ވިއްޔާ މި ވަގުތު މުޒާހަރާ އެއް ނުކުރާނެ. އަދުރޭ މެން ވަހީދު މެންނަށް ގައުމޭ ކިޔާ ފޮނި ވާހަކަ ދެއްކި ދާނެ، އެކަމަކު ގައުމުގެ ރައްޔިތުން މިގޮތަށް އެއްބާރުލުން ބޭނުންވެ ހާލުގައި ޖެހިފައި ތިއްބާ ތި ގޮތަށް ގައުމުގެ އެންމެން ނުރައްކަލުގެ ތެރެއަށް ވައްޓާލާނީ ގައުމަށް ގައްދާރުން ބައެއް. ތި ވަރުގެ ބަޔަކު އަހަރުމެންގެ ލީޑަރުން ގޮތުގައި ދުވަހަކުވެސް ބޭނުމެއް ނޫން!
އަހުމަދު3333
13 September 2020
ލީޑަރުންގެ ގޮތުގައި ބެނުންވަނީ ގައުމު ހިންދޫކަރައއަށް ވިއްކާ މީހުންތަ.. ކަޝްމީރައްވީވަރު ނުވެއްޖެއްޔާމު ރަނގަޅު..