ހެލްތު މިނިސްޓްރީ ހިންގާ ބިލްޑިން: ކޮލިޓީ އެޝުއަރެންސް ކޮމިޝަނަރު ކަމަށް ކުރިމަތިލާން ހަތަރު ފަހުން ވަނީ ހުޅުވާލާފައި -- ފޮޓޯ/މިހާރު
13 ސެޕްޓެމްބަރ 2020 - 19:44
ސިއްހީ ޚިދުމަތުގެ ފެންވަރު ކަށަވަރުކުރަން އައްޔަން ކުރަންޖެހޭ ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރެންސްގެ މަގާމަށް މީހަކު އައްޔަން ނުކޮށް، ހަތަރު އަހަރު ފަހުން އެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރެންސަކީ 2015 ވަނަ އަހަރު އަމަލު ކުރަން ފެށި ސިއްހީ ޚިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ސިއްހީ ޚިދުމަތުގެ ފެންވަރު ބެލުމަށްޓަކައި އައްޔަން ކުރަންޖެހޭ މަގާމެކެވެ. ހަތަރު އަހަރުވީއިރު ވެސް، އެ ޒިންމާއާ ހަވާލުވެފައިވާ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އެ މަގާމަށް މީހަކު އައްޔަނެއް ނުކުރެ އެވެ. އެ މައްސަލަ ދާދިފަހުން ރައްޔިތުންގެ މަޖިލީހުން ވެސް ބެލި އެވެ.
ސީއެސްސީން މިއަދު ކުރި އިއުލާނުގައި ވަނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ. މަގާމުގެ ޝަރުތަކީ ކޮލިޓީ އެޝުއަރެންސްގެ ދާއިރާ އިން މާސްޓާސް ނުވަތަ އެއަށް ވުރެ މަތީ ސަނަދެއް އޮތުމާ އެކު ހަ އަހަރުގެ ތަޖްރިބާ ހުރުމެވެ.
ޓެކްނިކަލް ޑިރެކްޓާ ޖެނެރަލް ފެންވަރުގެ އެ މަގާމުގެ މުސާރަ އާއި އިނާޔަތްތަކަށް މަހަކު 24،000ރ. އަށް ވުރެ ބޮޑު އަދަދެއް ލިބޭނެ އެވެ.
ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރެންސްގެ މަގާމަށް މީހަކު އައްޔަން ނުކުރާ މައްސަލަ މަޖިލީހުން ބަލަން ފެށުމުން ސީއެސްސީން ބުނީ އެ މަގާމަށް މީހަކު އައްޔަން ކުރަން ހެލްތު މިނިސްޓްރީން އެދިފައިނުވާ ކަމަށެވެ. ހެލްތު މިނިސްޓްރީން ބުނީ ފިނޭންސް މިނިސްޓްރީން ބަޖެޓް ނުދިނީ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައްލަބް
14 September 2020
މިއީ މި މަޤާމަށް އިއުލާންކުރާ 2 ވަނަ ފަހަރު. ފުރަތަމަ ފަހަރު އިއުލާންކޮށްގެން މީހަކު ނުލިބިގެން ދެވަނަ ފަހަރު މި ކުރަނީ. (ގެޒެޓް ބަލާލީމަ ކުރީގެ އިއުލާންކޮށްފަ އިންނާނެ ހެލްތު މިނިސްޓްރީން)
ޑޮކްޓާރ. ބަނާނާ
14 September 2020
މިފަދަ ކަމިޝަން ތަކަކީ ސަރުކާރަށް ވެސް އަދި ރައްޔިތަކަށްވެސް އެއްވެސް ފައިދާ އެއްކުރާ ތަންތަން ކަމަށް ފާއިތުވެ ދިޔަ ތަނުގައި ނުބެލެވޭ! ކޮންމެސަރުކާރެއް ގައިވެސް މިފަދަ ކަމިޝަން ތަކަކީ ޕާޓީގެ ކުރީ ސަފުގައި ތިބޭ "ބޮޑުންނަށް" ވެރިކަން ލިބުމުން ދެވޭ ހަދިޔާ އެއް! ޝުކުރިއްޔާ ! ޑރ. ބަނާނާ
އަލީ ސިޔާމް އއއ
14 September 2020
އަލީ ސިޔާމް ނުވަތަ ކެރަފާ ނަސީމް ރަގަނޅުވާނެ ތި ވަޒީފާއަށް
އިޝާރާތްހޭ ކުރީ ފެންނަ ފަށުގަ
13 September 2020
މުސާރަ ނަގަން ހަދާފަ ހުންނަ ގޮނޑި ހޫނުކުރާ ބޯޑުތަކާ ކޮމިޝަންތައް ގިނަ ގައުމެއް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން ލޭބަރު ރިލޭޝަން އޮތޯރިޓީ އެންޓި ކަރަޕްޝަން ކޮމިޝަން
މަސްވެރިޔާ
13 September 2020
އަންތަރީސް. ދެރައީސެއްގެ 2 އަހަރު، ޖުމުލަ 4 އަހަރު. ޒިންމާކޮބާ؟
ސިމްޕަލް
13 September 2020
"މަޖިލީހުން ބަލަން ފެށުމުން ސީއެސްސީން ބުނީ އެ މަގާމަށް މީހަކު އައްޔަން ކުރަން ހެލްތު މިނިސްޓްރީން އެދިފައިނުވާ ކަމަށެވެ. ހެލްތު މިނިސްޓްރީން ބުނީ ފިނޭންސް މިނިސްޓްރީން ބަޖެޓް ނުދިނީ" ކަމަށް. މިހިސާބުން ނޫސްވެރިން ހުއްޓާލީމާ ޚަބަރު ފުރިހަމައެއްނޫން. ފިނޭންސް މިނިސްޓްރީގެ ބަހެއް ހޯދަން ޖެހޭނެ. ގިނަފަހަރަށް މިކަލަ ޗޭނުގަޑުގެ ކޮޅުގޮސް ނިމޭނީ އާދައިގެ މުވައްޒަފަކު އޮޅިގެން ކުރެވުނު ކަމަކަށް.