އަންހެނަކު ތުއްތު ކުއްޖަކު ޑޮކްޓަރަށް ދައްކަނީ -- ފޮޓޯ: ޓްރީޓޮޕް ހޮސްޕިޓަލް
15 ސެޕްޓެމްބަރ 2020 - 13:21
ވިހެއުމާއި ތުއްތުކުއްޖާގެ ޗެކަޕް ހިމެނޭ އާ ދެ ޕެކޭޖެއް ޓްރީ ޓޮޕް ހޮސްޕިޓަލުން ތައާރަފުކޮށްފި އެވެ.
ތުއްތުކުއްޖާގެ ހާއްސަ ސިއްހީ ސްކްރީނިން އާއި ޑޮކްޓަރު ކޮންސަލްޓޭޝަނާއި މިޑްވައިފް ކެއާގެ ހިދުމަތްތައް މި ޕެކޭޖުގެ ދަށުން ލިބޭނެ އެވެ.
މި ޚާއްސަ ޕްރޮމޯޝަނުގައި ހިމެނެނީ، 16،000ރ. ގެ ނޯމަލް ޑެލިވަރީ ޕެކޭޖަކާއި 27،500ރ. ގެ އިލެކްޓިވް ސީ-ސެކްޝަން ޑެލިވަރީ ޕެކޭޖެކެވެ.
ނޯމަލް ޑެލިވަރީ ޕެކޭޖު ނަގާ މީހުންނަށް ހޮސްޕިޓަލުގައި ދެ ދުވަހު ހުރެވޭނެ އެވެ. އިލެކްޓިވް ސީ-ސެކްޝަން ޕެކޭޖު ނަގާ މީހުންނަށް ހޮސްޕިޓަލުގައި މަޑުކުރެވޭނީ ތިން ދުވަހާ ހަމައަށް ކަމަށް ޓްރީ ޓޮޕުން ބުނެ އެވެ.
މި އަހަރުގެ ނިޔަލަށް ބައިވެރިވެވޭ މި ޕެކޭޖުތަކުގެ ދަށުން ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޓްވިން ޝެއަރިން ރޫމެއްގައި ހުރުމާއި ކެއުމާއި ނާސިން ކެއާގެ ކަންކަން ހަމަޖެހޭނެ އެވެ. އަދި އޮބްސްޓެޓްރިކްސް އާއި ކުޑަކުދިންގެ ޑޮކްޓަރުންނާއި ނިއުރޮލޮޖީގެ އިތުރުން އަންހެނުންނަށް ހާއްސަ ޑޮކްޓަރުންނަށް ގަވާއިދުން ދެއްކޭނެ ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުންޏެވެ.
ވިހެއުމަށް ފަހު، ދޭން ޖެހޭ ވެކްސިންތަކާއި އެހެނިހެން ނިއުބޯން ހެލްތުގެ ކަންކަން ވެސް މި ދެ ޕެކޭޖުގެ ތެރޭގައި ހިމެނޭ ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުންޏެވެ. ތުއްތުކުއްޖާ ހިތުގެ ބަލިތަކަށް ޓެސްޓު ކުރުމާއި އަޑުއެހުމާއި ކެޓަރެކްޓް ސްކްރީންގެ އިތުރުން ލޭގެ ސްކްރީނިންތައް ވެސް މި ޕެކޭޖުގައި ހިމެނެ އެވެ.
ވިހެއުމުގެ ޕެކޭޖުތަކާ ގުޅޭ އިތުރު މައުލޫމާތު ހޯދަން 3351610 އަށް ގުޅުމުން ނުވަތަ [email protected] އަށް އީމެއިލް ކުރުމުން ލިބޭނެ އެވެ.
ސިއްހީ ހިދުމަތްތައް އެންމެ ފުރިހަމަކޮށް، ފޯރުކޮށްދޭން ތަޖުރިބާކާރު ޑޮކްޓަރުންނާއި ނަރުހުންގެ ޓީމެއް ޓްރީ ޓޮޕްގައި މަސައްކަތް ކުރާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގާކޮށި ހުސޭނު
16 September 2020
ގޭގަވިހަން ބޭއްވުމަކީ މިޒަމާނުގަ ރަށްކާތެރިކަމެއްނޫން ގޭގަވިހަން އޮންނަން ކެރެނީ ކައިވެނީގެ ބޭރުން ވަގަށްވިހާ މަދުއަންހެނަކަށް އެވެސް ދުނިޔޭގެ ލަދަށް
ހޮޓްކިންގ
15 September 2020
ވަކި ހޮސްޕިޓަލެއްގެ ނަންބުނަން ބޭނުމެއްނޫން. އެކަމަކު ވިހެއުމުގެ ވޭންވަރުނަގާ މުޅިމައިބަދަ ބިނދޭހާ ވަރުވެގެންދާއިރު އެންމެ ކުޑައިމިނުން ބުރަކަށީގާ ފިރުމާލާނެ މީހަކު ނެތި ތެޅެން ދޫކޮށްލާފައި އޮންނަކަން ވަނީ ފާހަގަވެފަ. އެއީ ވަރަށް މުހިއްމު ވަގުތެއް. އަޅާލުން ދޭން ޖެހޭނެ.
ނީނާޒް
16 September 2020
އެވަގުތު އެން މެ މުހިން މީ ފިރި މީހާ އަތުން ބެކް މަސާޖެއް..ޓްރީ ޓޮޕް އަދި އޭޑީކޭ ގަ ތިބި ކުދިން ވ ރަނގަޅު... އައިޖީއެ މްއެޗް ގެ ގޮތެއް ނޭގެ...ދެން އަޑުގެ ކޮޅަށް ހަޅޭލެވީ މަ ފޫހިވެސް ވާނެ
ނެކްސްޓް
15 September 2020
މިހާރުވެސް ފޫޅުމައިން ދުނިޔޭގެ އެހެން ޤައުމުތަކުގައި ހޯމް ޑެލިވެރީކޮށްދޭ. މިރާއްޖެއިން އެކަން އެއްކޮށް ހުއްޓާލީ. ގިނަ ޤައުމުތަކުގައި އޮވޭ އޮޕްޝަން ހޮޕިޓަލަށްތޯ ދަނީ ނޫނީ އެއްވެއް އިތުރު ކޮމްޕްލިކޭޝަން އެއް ނެތިއްޔާ ގޭގައިވެސް ވިއްސާ
ދުވާފަރު
15 September 2020
ބޮޑަށް ގޮތްދެއްކުމުގެ ބައި އޮންނަނީ ތިތަންތަނަށް ވަދެ މީހާ ނުކުންނައިރު އަތްމަތި ހުސްވެ ދަރާ ބޯހިކެން ނޯންނަ ހިސާބަށް އެކަމަކު މަރުބުރު ކަމެއް ލައިގަތީމަ މީހުންދާނެތާ ރަނގަޅުވެސްވޭ ގިނަފަހަރަށް
އަބްދުއްالله
15 September 2020
ގޭގަ ވިއްސާނެ ފޫޅުމައިން ނެތީތަ؟
ސަލީމު އިދުރީސް
15 September 2020
ތެދެއްތިބުނީ ވިހެމަކީ ގުރަތީކަމެއް ބައެއްހާތުގަ ގޯސްކޮން ދިމާވިއަސް ވަރައް ފަސޭހަކަމެއް! ފޫމައިންނަކީ ދުނީއޭގަ ހުރިހާގައުމެއްގަވެސް ވިއްސުމުގެ މަސައްކަތް ކުރިމީހުން އެކަމަކު މިހާރު ހޮސްފިޓާ ވިއަފާރި ތެއިން އެކަންތައް ނެތިކޮއްލައިފި