ވިޔަފާރި / ފިޔާ

ފިޔާ ބަސްތާއެއްގެ އަގު 700ރ. އަށް އަރައިފި

ބާޒާރުމަތީ ފިހާރައަކުން މީހަކު ފިޔާ ބަސްތާއެއް ކޮނޑަށްލައިގެން ނުކުންނަނީ-- ފޮޓޯ: މިހާރު

މާލޭގެ ބާޒާރުގައި 25 ކިލޯގެ ފިޔާ ބަސްތާއެއްގެ އަގު މިއަދު 700ރ. އަށް އަރައިފި އެވެ.

އިއްޔެއާ ހަމައަށް ބާޒާރުގައި ބަސްތާއެއްގެ އަގު ހުރީ 350ރ. އަށެވެ. އޭގެ ކުރިން 25 ކިލޯގެ ފިޔާ ބަސްތާއެއް އާންމުކޮށް ވިއްކާ އަގަކީ އެންމެ ބޮޑުކޮށް ވެސް 200ރ. އެވެ.

ފިޔާގެ އަގު ބާޒާރުގައި އުފުލިފައިވަނީ ރާއްޖެ އަށް އެންމެ ގިނައިން ފިޔާ އިމްޕޯޓު ކުރާ، އިންޑިއާއިން ފިޔާ އެކްސްޕޯޓް ކުރުން މަނާ ކުރުމުންނެވެ. އިންޑިއާއިން ފިޔާ އެކްސްޕޯޓް ކުރުން މަނާކޮށްފައި ވަނީ އެ ގައުމަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ގިނަ އަދަދެއްގެ ފިޔާ ދަނޑުތައް ހަލާކުވުމާ ގުޅިގެން ފިޔާ ލިބުން ދަތިވުމުގެ ސަބަބުންނެވެ.

އިންޑިއާއިން ފިޔާ އެކްސްޕޯޓު ކުރުން މަނާ ކުރި ނަމަވެސް ރާއްޖެއާ އެ ގައުމާ ދެމެދު ވެފައިވާ ހާއްސަ އެއްބަސްވުމުގެ ދަށުން ރާއްޖެ އަށް ދަތިނުވެ ފިޔާ ލިބޭނެ ކަމަށް ރާއްޖޭގައި ހުންނަ އެ ގައުމުގެ އެމްބަސީންނާއި ރާއްޖެގެ ފޮރިން މިނިސްޓްރީން ވެސް ވަނީ ޔަގީންކަން ދީފަ އެވެ.

ފިޔާ އެކްސްޕޯޓް ކުރުން މަޑުޖައްސާލިކަން އިންޑިއާއިން އިއުލާން ކުރުމާއެކު އިއްޔެއިން ފެށިގެން މާލޭގެ ބާޒާރުގައި ފިޔާ ވިއްކުން ވަނީ ކޮންޓްރޯލް ކޮށްފަ އެވެ. ގިނަ ފިހާރަތަކުން ވަނީ ބަސްތާ ވިއްކުން ހުއްޓާލައި، ކިލޯ އިން ވިއްކަން ފަށައިފަ އެވެ. މާލޭގެ ބާޒާރުގައި ފިޔާ ކިލޯއެއްގެ އަގު މިއަދު ހުރީ 30ރ. އަށެވެ.

38 ކޮމެންޓް, 30 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 13%
icon angry icon angry 80%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މެދުމާފަންނު މެދުހެންވޭރު

17 September 2020

ރައީސާއި ބޮޑުވަޒީރުގެ ކޯޅުން ބޮޑުވެ އިންޑިޔާއިން ރާއްޖެ އަޅުވެތި ކުރަމުން ދާއިރު އިގުތިސާދުވެސް މިދަނީ ހަނާވަމުންނެވެ. މިހާރު ތިބި ވެރިން އިސްތިއުފާދީ ގާބިލް މީހުން ވެރިކަމަށް ހޮވަންވީ ވަގުތު ޖެހިއްޖެއެވެ.

The name is already taken The name is available. Register?

ޕީއެސްއެމްގެ ސިޔާސީރައިވަރު

17 September 2020

މިވަރު ވާއިރު އެއްބަޔަކު އުޅެނީ ވެރިކަމުގެ ނިޒާމު ގަނޑުބަޑުކޮށްފައި ބޮޑުވަޒީރު ކަމަށް ނާދެވިގެން، އަނެއް ބަޔަކު އުޅެނީ ޔާމީނު ޖަލުން ނެރެގެން އަލުން ތިޖޫރިއަށް އަތްބޭނޭތޯ؟ ގައުމާ މެދު ވިސްނާ ބަޔަކު ނެތުމަކީ އިންތިހާއަށް ކަންބޮޑުވާންޖެހޭ ކަމެއް

The name is already taken The name is available. Register?

އތރޔތ

17 September 2020

ފިސާރި ރިވެތިކޮށް މޫނުގަ ފުށްޖަހައިގެން ، މީޑިޔާއައް އަރާ ބުނާނެ ، .....އިންޑިޔާއިން ފިޔާލިބޭނެޔޭ! ނުބުނެ ސިއްރުކުރާ ވާހަކައަކީ.......އެލިބޭނީ "ރަނުގެ އަގުގައެވެ!." ސަހަރޯ ހީވެ! ....ރައްޔިތުންގެ ބޮލުގަ ތެތްގޯނި އަޅުވަން ވަރައް ފަސޭހަ ދޯ؟

The name is already taken The name is available. Register?

ވައިސޫރި

17 September 2020

ފިޔާއަކީ އަގުކޮންޓުރޯލު ކޮއްފާވާ ބާވަތެއް ވިޔަފާރި ވެރިން ހަދާންނެތުނީތޯ ކޮންޓުރޯއަގު އަދިއުވާލި ހެނެއް ހިއެއްނުވޭ

The name is already taken The name is available. Register?

ޜާއްޖެ

17 September 2020

ޢޮކިނޮމިކް ބޫމް އެބައާދޭ.

The name is already taken The name is available. Register?

ޙުސަންބޭ

16 September 2020

ފޯނު ނަގާ އެއްތަނެއްވެސް ނެތެވެ. ގުޅީމަ ކޮންމެވެސް ހާސަރުގަނޑެއް ކިޔާފަ ބުނާނެ ހުރިހާ ލައިންތައް ބިޒީ، ތިޔަ ކޯލުހުރީ ކިޔޫގައެވެ. މަޑުކޮށްލައްވާށެވެ. އެ ވަރިހަމަ ކޮންމެ 3 މިނިޓަކުން އެއްފަހަރު ގުޅިއަސް ދެގޮތެއް ނުވާނެއެވެ. 1 ގަޑިއިރު ހޭދަކޮށްގެންވެސް ނުގުޅޭނެއެވެ. މިއީ ދިވެހިންގެ ޚިދުމަތުގެ ސްޕީޑެވެ. ކަހަނބު ސްޕީޑް.

The name is already taken The name is available. Register?

ފޮޑި2

16 September 2020

ކޮން މެ ފަހަރަކު ވެސް ޖައްސާ ގޭ މެއް. 2013 ގަ އަޅުގަނޑު ފިޔާކިލޯޔެއް ގަތިން 70 ރުފިޔާ އަށް. އޭގެ ކުޑަދުވަސް ކޮޅެއް ފަހުން ޖީ އެ މް އާރު އެގްރި މެންޓުގަ ސޮއި ކުރީ. ކޮން މެވެސް ފައިދާ ހުރި ޑީލް އެއް ހަދާނެ ވަރަށް އަވަހަށް

The name is already taken The name is available. Register?

‫ތުއްތުބޭ

15 September 2024

މ‫ިހާރު ޕީީއެސް 5 ޕްރޯ އެނައުންސް ކޮއްފި. އޭތި ނެރުނީމާ އޭތިން ގޭމު ޖައްސާށޭ!!!

The name is already taken The name is available. Register?

ފަޚްރުވެރި ދިވެއްސެއް

16 September 2020

ޝުކުރިއްޔާ، އޯގާތެރި ސަރުކާރު

The name is already taken The name is available. Register?

ޖު މުހޫރީ މައިދާނުން

16 September 2020

700 ރ އަށް ވިއްކާތަންތަން ބަންދުކުރޭ

The name is already taken The name is available. Register?

ގޯސް

16 September 2020

ދެންވެސް ގައުމުގައި މިތަކެތި އުފައްދަން ވުސްނަބަލަ. ހެޔޮނުވާނެ ސަލާން ޖެހުމަކީ ހުތުރުކަމެކޭ. ނިކަމެތިކަމެކޭ.

The name is already taken The name is available. Register?

ޙުސޭނާ

16 September 2020

ދިވެހިންގެ ޢާދަކާދަ. ޥަރަށް ފަހަކުން އުފަންވި ކަ މެއް. ޢައި ފޯން ގެންގުޅޭ އިރުވެސް ކެއު މަށާ އަހަރުދެކޮޅު ލަންކާ ބެންކޮކަށް ދާން ސަލާން ޖެހުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454