ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު. ކްލައިމެޓް ވުލްނަރަބުލް ފޯރަމްގެ ތީމެޓިކް އެމްބެސެޑަރުކަމުގެ މަސައްކަތް އެމަނިކުފާނު މިހާރު ވަނީ ފަށްޓަވައިފައި.
17 ސެޕްޓެމްބަރ 2020 - 10:48
މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރަން މަސަައްކަތްކުރާ ބައިނަލްއަގުވާމީ ފޯރަމެއް ކަމަށްވާ ކްލައިމެޓް ވަލްނަރަަބުލް ފޯރަމްގެ "ތީމެޓިކް އެމްްބެސެޑަރު"ގެ މަސައްކަތް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ފައްޓަވައިފި އެވެ.
މަޖިލީހުގެ އިދާރާއިން ރޭ ބުނީ ތީމެޓިކް އެމްބެސެޑަރުކަމުގެ މަސައްކަތް ފެއްޓެވުމުގެ ގޮތުން، ކްލައިމެޓް ވަލްނަރަބުލް ފޯރަމްގެ ރިޔާސަތާއި އެ ފޯރަމްގައި ހިމެނިވަޑައިގަންނަވާ ބަންގްލަދޭޝްގެ އިސް ބޭފުޅުންނާ ނަޝީދު ބައްދަލު ކުރައްވާފައިވާ ކަަމަށެވެ. އެ މަނިކުފާނު ބައްދަލު ކުރައްވައި މަޝްވަރާ ކުރެއްވިި ބޭފުޅުންގެ ތެރޭގައި، އެ ފޯރަމްގެ ރިޔާސަތު ބެލެހެއްޓެވި ޑރ. އަބްދުލް ކަލާމް އާޒާދާއި ބަންގްލަދޭޝްގެ މިނިސްޓްރީ އޮފް އެންވަޔަރްމެންޓް، ފޮރެސްޓް އެންޑް ކްލައިމެޓް ޗޭންޖް ގެ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.
ކްލައިމެޓް ވަލްނަރަބުލް ފޯރަމް އުފައްދާފައި ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން އެންމެ ބޮޑަށް ލިބޭ ގައުމުތައް ގުޅިގެން 2009 ގަ އެވެ. އެ ފޯރަމް އުފެއްދުމުގައި ރާއްޖޭގެ އޭރުގެ ރައީސްގެ ހައިސިއްޔަތުން ނަޝީދު ގިނަ މަސައްކަތްޕުޅުތަކެއް ކުރެއްވި އެވެ.
މަޖިލީހުގެ އިދާރާ އިން ބުނީ ބައްދަލުވުމުގައި ޑރ. އަބްދުލް ކަލާމު، ނަޝީދުގެ އެ މަސައްކަތްޕުޅު ފާހަގަކުރެއްވި ކަމަށެވެ.
ކްލައިމެޓް ވަލްނަރަބުލް ފޯރަމްގެ ތީމެޓިކް އެމްބެސެޑަރުގެ ހައިސިއްޔަތުން ނަޝީދު މަސައްކަތްޕުޅު ކުރައްވާނީ ޕެރިސް އެގްރިމެންޓުގައި ހިމެނޭ ކަންތައްތައް މި އަހަރު ނިމުމުގެ ކުރިން ތަަންފީޒު ކުރަން ގައުމުތަކަށް ބާރު އެޅުއްވުމަށެވެ. އެ އެގްރިމަންޓުގައި ބައިވެރިވެފައިވާ ގައުމުތަކުން ބޭނުންކުރާ ހަކަތައިގެ 100 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތަ އަށް ހަދަން މަސައްކަތް ކުރުމަށް ވެސް އެ މަނިކުފާނު ބާރު އަޅުއްވާނެ އެވެ.
ކްލައިމެޓް ވަލްނަރަބުލް ފޯރަމްގެ ތީމެޓިކް އެމްބެސެޑަރުކަމުގެ މަގާމުގައި ނަޝީދު މަސައްކަތްޕުޅު ކުރައްވާނީ އެ މަނިކުފާނުގެ އަމިއްލަފުޅު ހައިސިއްޔަތުން ހިލޭ ސާބަހަށް ކަމަށް މަޖިލިހުގެ އިދާރާ އިން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްލާހު ޖާޑި
20 September 2020
މި ރާއްޖޭގެ ލީޑަރެއްގެ ކިބައިގައި ދީނަށް ޙުރުމަތްތެރިކޮށް ހިތުމާއި އިޚްލާސްތެރިކަމާއި ނަޒާހަތްތެރިކަމާއި ވެރިކަމުގައި ގިނަދުވަހު ބަގުޑިބެއްދުމަށް މަގުފަހިކުރުން ހުއްޓުމާއި ރައްޔިތުން ގެ ހަމަހަމަކަން ހިފެހެއްޓުން ފެންނާނީ ކޮންދުވަހަކުން ތޯ ؟ދުވާލަކު އެތަނެއްގެ ޚަރަދު މިލިއަނަކުން ގުނާ މަޖިލީހަކީވެސް އިޖްތިމާއީ ހަމަހަމަކަމަށްވުރެ ބޮޑަށް ތިމާގެ ޕޮލިޓިކަލް ޕްލެޓްފޯމް އޮފުދާރުކޮށް ބަދަލުހިފުމުގެ ރޫހުގައި ޒާތީވެގެން ގޮތް ނިންމައި ސިއްކަޖެހޭ ތަނެކެވެ.
ގިރި
19 September 2020
ޖާބިރު ނައިބު އެޑްވައިޒަރަކަށް ވަގުތުން ވަގުތަށް ލާން ފެނޭ !
ކިޔުންތެރި7
18 September 2020
ތިޖެހުނީ ކަންތަކާ ތިމާވެށީގެ މަސައްކަތއކުރާ ކުރާމ މީހުންނަކަށް މަޑުޖައްސާގެންނުތިބެވޭނެދެން
ކުރާ އަލީ
18 September 2020
ރާއްޖޭގެ މުޅި މާހައުލު ގަނރަބުކޮށްފަ ކޮން ކްލައިމެޓް އެމްބެސަޑަރެކޭތަ؟
ސިކުނޑި
17 September 2020
ސާބަހޭ ރައީސް ނަޝީދު! އަޅުގަނޑަށް ފެންނަ ފެނުމުގައި ދެން މަނިކުފާނަށް އެންމެ ރަނގަޅުވާނީ ސިޔާސީ ދާއިރާއިން އެއްކައިރިޔަށްޖެހި ތިޔަކަމާއިގެން އުޅުއްވިއްޔާ!!
ކޮރަލް
17 September 2020
ބަހާ އަމަލާ ދިމާ ނުވާ މީހެކެވެ.
ނެކްސްޓް
17 September 2020
ކިހާވަރަކުން ދާނެބާ؟
ވަސަންތީ
17 September 2020
ޢާންތިކަހަލަ މަގާމްތަކުގައި ރާއްޖޭންބޭރުގައި ރާއްޖެވަޑައިނުގަންނަވާ އުޅުއްވަބައްލަވާ އޭރުން ރާއްޖޭގެރައްޔަތުން އުޅޭނީ ވަރަށް އުފަލުގައި.
ތަކުރުބެ
17 September 2020
ހޫ... ކަތްދަމެން ގޯތީ މާލޫދު ކިޔާ ގުރޫޕު ބޮޑަކަށް މީނާ ލީމާވެސް މަޖިލީހުން ޖެހޭނެ ބަޔާން ނެރެ ނޫސްތަކުން ވާނެ އެ ހަބަރަކަށް ހަދައިގެން ލިޔަން.... ބައިނަލްއަޤްވާމީ ޖަމިއްޔާއެއްގެ އެމްބެސެޑަރޯ... އާޗާ.....
އަކީނޯ
17 September 2020
ބަލަ ނަޝީދުއަށް އެހެން މަޤާމްތަކާ ހަވާލުވެވޭތަ މެންބަރަކަށް ހުރެގެން. ހަމަ ގޮނޑި ގެއްލޭނެދޯ. ދައުލަތު ވަޒީފާގަ ތެރޭގަ ތިކަންބހިމެނޭ. ތީ އެންމެ ދައުލަތަކާ ގުޅޭ ކަމެއްނޫން. ޕެރިސް އެއްބަސްވުމުގެ ހުރިހާ ދައުލަތެއް ހިމެނޭ ވަޒީފާއެއް. އަދަބު ބޮޑުވާމންޖެހޭ. ގޮޑިން ބާލާފަ ބަނޑު ބިންމަތީގަ ޖައްސާވަރު ކަމއެއްތީ އަސްލު.