މުނިފޫހިފިލުވުން / ބޮލީވުޑް

"ބެލް ބޮޓަމް" ގެ ޝޫޓިން އަވަސްކުރަން އަކްޝޭ ކުމާރު ޑަބަލް ޝިފްޓްގައި

"ބެލް ބޮޓަމް" ގެ ޝޫޓިންގައި އަކްޝޭއާ އެކު ޖެކީ.

22 ސެޕްޓެމްބަރ 2020 - 09:22

ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރު އަބަދު ވެސް ފާހަގަކުރެވެނީ އެއް ފަހަރާ ގިނަ ފިލްމުތަކެއްގައި މަސައްކަތްކުރާ ތަރިއެއްގެ ގޮތުގަ އެވެ. އެކަން އޭނާ ތަރުތީބުކުރަނީ އާދަކޮށްފައިވާ ދިރިއުޅުމުގެ ވަރަށް މުހިއްމު ކަންކަމާ ގުޅުވައިގެންނެވެ. އެގޮތުން ދުވާލަކު އަށް ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތް ނުކުރުމާއި އަވަހަށް ނިދާފައި، ފަތިހުފަތިހާ ހޭލުމަކީ އަކްޝޭގެ އާދައެކެވެ. ކަސްރަތަށް ވެސް އެހާ ބޮޑަށް އިސްކަން ދޭ އަކްޝޭ މި ރޫޓިންގައި ދެމިހުންނަތާ މިހާރު 18 އަހަރުވެއްޖެ އެވެ.

އެކަމަކު މިހާރު ސްކޮޓްލެންޑްގައި ޝޫޓްކުރަމުން އަންނަ ފިލްމާ އެކު އަކްޝޭ ވަނީ މަސައްކަތުގެ ތާވަލަށް ބޮޑު ބަދަލެއް ގެނެސްދެ އެވެ. ބޭނުމަކީ ކޮވިޑް-19 ގެ މި ބަލިމަޑުކަމުގެ ތެރޭގައި ޝޫޓިން ކުރިއަށް ގެންދަން ޖެހޭތީ މަސައްކަތް އަވަސްކުރުމާ އެކު، ފިލްމުގެ ޕްރޮޑިއުސަރުން ކުރަން ޖެހޭ ހަރަދު ވެސް ކުޑަކޮށްދިނުމެވެ. އެހެންވެ "ބެލް ބޮޓަމް" ގެ މަސައްކަތް އަކްޝޭ މިހާރު ކުރިއަށް ގެންދަނީ ދެ ޝިފްޓަކަށެވެ. އެހެންވެ އޭނާ މިހާރު ކޮންމެ ދުވަހަކު އަށް ގަޑިއިރަށް ވުރެ ގިނައިން މަސައްކަތްކުރެ ކަމެވެ. މިއީ 18 އަހަރު ވަންދެން ފޮލޯކުރަމުން އައި ރޫޓިންއާ އަކްޝޭ ފެއަށް ޖެހުނު ފުރަތަަމަ ފަހަރު ވެސް މެ އެވެ.

މިކަމާ ބެހޭ ގޮތުން "ބެލް ބޮޓަމް" ގެ ޕްރޮޑަކްޝަން ހައުސްތަކުގެ ތެރޭގައި ހިމެނޭ ޕޫޖާ އެންޓަޓައިންމަންޓް ހިންގުމާ މިހާރު ހަވާލުވެ ހުރި ޖެކީ ބަގްގާނީ ބުނީ އަކްޝޭ އަކީ އަބަދު ވެސް ޕްރޮޑިއުސަރުންގެ އެކްޓަރެއް ކަމަށެވެ.

"ބެލް ބޮޓަމް" ގެ ޝޫޓިންގެ ތެރެއިން.

"އެހެންވީމަ އޭނާއާ އެކީ މަސައްކަތްކުރަން ފަސޭހައީ. އަކްޝޭ އަކީ އޭނާ މަސައްކަތްކުރާ ފިލްމެއް ނަމަ ހަމައެކަނި އަމިއްލަ ނަފުސަށް ވިސްނުމުގެ ބަދަލުގައި މުޅި ޓީމްގެ މަސައްކަތަށް ބަލާ ތަރިއެއް. ބެލް ބޮޓަމް އިން އެކަން އިތުރަށް ތަޖުރިބާކުރެވިއްޖެ،" އޭނާ ބުންޏެވެ. "އަކްޝޭގެ ރޫޓިން އަށް ގެނައި ބަދަލާ އެކު ފިލްމުގެ މަސައްކަތް މިހާރު ހީ ވެސް ނުކުރާ ބާރަށް ކުރިއަށް އެބަދޭ. އެންމެން ވެސް ތިބީ އެކަމާ ވަރަށް ހިތްހަމަޖެހިފައި."

ޖެކީ ބުނީ ސްކޮޓްލެންޑްގައި "ބެލް ބޮޓަމް" ގެ މަސައްކަތް ކުރިއަށް ދަނީ ކޮވިޑް-19 އަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރަށް ބޮޑަށް އަޅައިގެން ކަމަށެވެ. އަދި މަސައްކަތް މިހާރު ކުރިއަށްދާ ސްޕީޑަށް ބަލާ އިރު، ކުރިން އުންމީދު ކުރި ވަރަށް އަވަހަށް ފިލްމުގެ ޝޫޓިން ނިންމައިލެވުމަކީ މުޅި ކާސްޓާއި ކްރޫގެ ރައްކަލަކަށް ވާނެ ކަމަށް ބުންޏެވެ.

"މިކަމުގެ ހުރިހާ ޝުކުރެއް ވެސް އޮތީ އަކްޝޭ އަށް. އަކްޝޭ އަކީ ވަރަށް ޑިސިޕްލިން އަދި އެހާމެ ކަމާވެގެން މަސައްކަތްކުރާ އެކްޓަރެއް." ޖެކީ ބުންޏެވެ.

"ބެލް ބޮޓަމް" ގެ ޝޫޓިންގެ ތެރެއިން.

ރަންޖީތު ތިވާރީ ޑައިރެކްޓްކުރާ ސްޕައި-ތުރިލާ "ބެލް ބޮޓަމް" އަކީ އަންނަ އަހަރުގެ އެޕްރީލް 2 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް ފިލްމެކެވެ. މީގެ ކާސްޓްގައި ވާނީ ކަޕީރާއި ލާރާ ދައްތާ އާއި ހުމާ ގްރޭޝީ ވެސް ހިމެނެ އެވެ.

ސްކޮޓްލެންޑްގައި ފިލްމުގެ ޝޫޓިން ފެށި މިދިޔަ މަހުގެ ތެރޭގަ އެވެ.

"ބެލް ބޮޓަމް" އަށް ފަހު އަކްޝޭ އެނބުރި އިންޑިއާ އަށް ގޮސް ދެން އެންމެ އަވަހަށް ޝޫޓިން ފަށާނެ ފިލްމުތަކުގެ ތެރޭގައި "ޕްރިތުވީރާޖް" އާއި "އަތުރަންގީ ރޭ" ހިމެނެ އެވެ.

އޭނާ ސޮއިކޮށްފައި ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި "ރަކްޝާބަންދަން" އާއި "ބައްޗަން ޕާންޑޭ" ހިމެނެ އެވެ. އަކްޝޭގެ ދެ ފިލްމެއް މިހާރު ވެސް ބެލުންތެރިންނަށް ގެނެސްދޭން ތައްޔާރީގައި އެބައޮތެވެ. އެއީ އެޅުވުން ފަސްކޮށްފައިވާ "ސޫރިޔާވަންޝީ" އާއި އަންނަ ނޮވެމްބަރު 9 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރާ "ލަކްޝްމީ ބޮމް" އެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454