މުނިފޫހިފިލުވުން / މަސްތުވާތަކެތި

ބޮލީވުޑްގެ މަޝްހޫރު ތަރިންނާ ޑްރަގްގެ ތުހުމަތަށް ސުވާލުކުރަނީ

ޝްރަދާ އާއި ސާރާ.

އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ މަރުގެ ތަހުގީގަށް ހައްޔަރުކޮށްފައިވާ ބަތަލާ ރިއާ ޗަކްރަތަބީ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އަށް ދިން ބަޔާންތަކުގައި، ބޮލީވުޑްގެ ވަރަށް ގިނަ ބަޔަކު މަސްތުވާތަކެތި ބޭނުންކޮށް އެ ޓްރެފިކްކުރާ ކަމަށް ބުނެ އެތައް ފަންނާނުންނެއްގެ ނަން ހިމަނާފައިވާތީ އެކަމާ ބެހޭ ގޮތުން ތަރިންނާ ސުވާލުކުރަން ނިންމައިފި އެވެ.

މީޑިއާތަކުން ބުނީ ރިއާ އެންސީބީ އަށް ދިން ބަޔާންތަކުގައި މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ބުނެ ދިން ލިސްޓްގައި 25 ވަރަކަށް ތަރިން ހިމެނޭ ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ މީޑިއާތަކަށް ތިލަވި ނަންތަކަކީ ޒުވާން ބަތަލާއިން ކަމަށްވާ ސާރާ އަލީ ޚާނާއި ރަކުލް ޕްރީތު ސިންގްގެ އިތުރުން ފިލްމު ސުޝާންތުގެ އެންމެ ފަހުގެ ފިލްމު "ދިލް ބޭޗާރާ" ގެ ޑައިރެކްޓަރު މުކޭޝް ޗަރްބަރާ އެވެ.

ރިޕޯޓްތައް މިހާރު ބުނާ ގޮތުން އެންސީބީން މިހާރު އަންނަނީ ރިއާ ދިން ލިސްޓްގައި ހިމެނޭ ތަރިންނާ ސުވާލުކޮށް އެ މީހުންގެ ބަޔާންތައް ނަގަން ތައްޔާރުވަމުންނެވެ. އެގޮތުން މެރުއާނާ ބޭނުންކުރާ ކަމަށް ބުނެ ރިއާ އެންސީބީ އަށް ދިން ލިސްޓްގެ ތެރެއިން މި ހަފުތާގެ ތެރޭގައި ސާރާ އާއި ޝްރަދާ ކަޕޫރާ ސުވާލުކުރަން ނިންމާފައިވާ ކަމަށް ނޫސްތަކުން ބުނެ އެވެ. އަދި ރަކުލް އާއި ބަތަލާ ދީޕިކާ ޕަދްކޯންއާ ވެސް ސުވާލުކުރާނެ ކަމަށް ބުންޏެވެ.

ދީޕިކާ އާއި ރަންވީރާއި ރަންބީރް.

މަސްތުވާތަކެއްޗާ ގުޅުން ހުރި މައްސަލައެއްގައި ދީޕިކާއާ ސުވާލުކުރާނެ ކަމަށް ބުނެފައި މި ވަނީ މިދިޔަ އަހަރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރްގެ ގޭގައި ބޭއްވި ޕާޓީއެއްގައި ބައިވެރިވި ފަންނާނުންތަކެއް "ސިކްވެފައި" ތިބޭ މަންޒަރު ފެންނަ ވީޑިއޯގެ މައްސަލަ ވެސް އަލުން ބަލަން ނިންމާފައި ވަނިކޮށެވެ. އެ ވީޑިއޯ އެންމެ ފުރަތަމަ ފެންނަ އެކަކީ ދީޕިކާ އެވެ.

ސުޝާންތުގެ މަރާ ބޮލީވުޑްގައި މިހާރު މަސްތުވާތަކެތީގެ އަޑު ވަރަށް ބޮޑަށް ގަދެވެ، އެތައް ބަޔަކާ ދިމާއަށް އިނގިލި ދިއްކުރެވެން ފަށައިފަ އެވެ. އެގޮތުން ދާދި ފަހުން ކަންގަނާ ރަނާވަތު ވަނީ ދީޕިކާގެ ފިރިމީހާ ރަންވީރު ސިންގް އާއި ރަންބީރް ކަޕޫރާއި ވިކީ ކޯޝަލް އަދި ރިތިކް ރޯޝަން ފަދަ ތަރިންނަކީ މަސްތުވާތަކެތި ބޭނުންކުރާ ބައެއް ކަމަށް ތުހުމަތުކޮށްފަ އެވެ. ބޮލީވުޑާއި ޑްރަގާ ގުޅުވައިގެން ކަންގަނާ ތަކުރާރުކޮށް ބޮޑެތި ތުހުމަތުތައް ކުރަމުންދާ އިރު، އިނގިލި ދިއްކުރެވޭ ފަންނާނުންގެ އަދަދު ވެސް ވަނީ އިތުރުވަމުންނެވެ.

އަދި ބޮލީވުޑަށް އެފަދަ ތުހުމަތުތަކެއް ކުރާތީ އިންޑަސްޓްރީގެ ދުވަސްވީ ބައެއް މީހުން ދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އޭގެ ތެރޭގައި ޖާޔާ ބައްޗަނާއި ހެމާ މާލިނީ ފަދަ ތަރިން ހިމެނެ އެވެ. އަދި މިކަމާ ގުޅިގެން އެންސީބީއާ ހަވާލާދީ މި މަހުގެ ކުރީކޮޅު އިންޑިއާގެ ހޯމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ބޮލީވުޑާއި ޑްރާގާ ސީދާ އެއްވެސް ގުޅުމެއް އޮތް ކަމުގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ. އެކަމަކު އެކަން ތަހުގީގުކުރާނެ ކަމަށް ބުންޏެވެ.

4 ކޮމެންޓް, 19 ރިއެކްޝަންސް

icon happy icon happy 58%
icon sad icon sad 26%
icon angry icon angry 16%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަބަރު

22 September 2020

މިހާރުގެ ތަރިން އުޅޭގޮތުން ރަނގަޅުމަގުން ކައްސާލުން ވަރަށް ގާތެވެ. ކުރީގެ ތަރިންނަކީ ވަރަށް އަބުރުވެރި ދިރިއުޅުމެއް އުޅުނު ބައެކެވެ. މަދު ފަހަރަކު ނޫނީ އާންމުންގެތެރެއަށް ނުކުމެ އުޅުނު ބައެއްވެސް ނޫނެވެ.

The name is already taken The name is available. Register?

ކެނެޑީ

23 September 2020

އެހެންދޯ ޕޫޖާބަޓްމެން އުޅުން ގޮތް ހަނދާން ނެތުނީތަ :ޕ

The name is already taken The name is available. Register?

ބޯ ހަ ލާ ކު

22 September 2020

ނުބަޔަކުން ރަނގަޅެއް ނުނުކުންނާނެ. މިފަދަ ދާއިރާތަކުގައި އުޅޭ މީހުން "ތަރިން" ނޭ ކިޔައިގެން ނަގާ ބޮޑުކުރިއަސް ތީ އަހަރެމެން ދަރިންގެ ހަލާކު. މުޖުތަމަޢުގެ ހަލާކު. ނުބައި ވިޔާނުދާ ޢަމަލުތައް އިޝްތިހާރުކޮށް ފަތުރާ މޭސްތިރިން. ރީތި ނަންނަމުގައި މި މީސްމީހުން ޖަހާ ސަކަރާތް، މީޑިޔާތަކުންނާއި ކުންފުނިތަކުން ނަގާ ބޮޑުކުރަނީ ފައިސާގެ ބޭނުމުގައި. ފަހަތުން ފެތުރެނީ ފިތުނައާއި ފަސާދައާއި ފާހިޝް ކަންކަން. ބަލާ! އިންޑިޔާއަކީ ރޭޕުގެ އެއްވަނަ. ހެއްކަކަށްފުދޭ

The name is already taken The name is available. Register?

ކެނެޑީ

23 September 2020

އެހެންދޯ ދެން ދަރިންނަށް ތިއެއްޗެހި ދައްކަނީ ކީއްވެ... މީޑިއާނެޓް ނުނަގާ ވައިފައި ކަނޑާލާ ޑޭޓާ ރިޗާޖްނުކޮށް އުޅެންވީނު. ވާގޮތަކީ އަމިއްލައަށް ބަލަން ބޭނުންވިއްޔާދޯ ހެހެހެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454