ޚަބަރު / ޕީޕީއެމްގެ ކޯޅުން

އޮފީހާއި ތަކެތި އަތުލިޔަސް އަޒުމެއް ނުގުޑާނެ: ފާރިސް

ފާރިސް (މ) އާއި މައުމޫން ފެކްޝަންގެ ބައެއް ބޭފުޅުން މިރޭ ޕީޕީއެމްގެ އޮފީސް ބޭރުގައި: އެ ބޭފުޅުންނަށް އޮފީހަށް ވަދެވަޑައިގެންނެވޭ ގޮތެއް ނުވި.-- ފޮޓޯ: އަލީ ނާފިޒް/ މިހާރު

29 އޮކްޓޯބަރ 2016 - 01:46

28 comments

ޕީޕީއެމްގެ އޮފީސް ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަންގެ ބާރުގެ ދަށަށް ގެންގޮސް އެ ތަނުގައި ހުރި ތަކެތި ގެންދިޔަޔަސް ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެ މަނިކުފާނަށް ތާއީދު ކުރާ މީހުންގެ އަޒުމް ނުގުޑާނެ ކަމަށް މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން މިރޭ ވިދާޅުވެއްޖެ އެވެ.

އާޓިފިޝަލް ބީޗު ކުރިމަތީގައި ހުންނަ ހ. ތެމާގައި ހިންގާ ޕީޕީއެމްގެ އޮފީހުގެ ބޭރު ގޭޓުގައި ރޭ ވަނީ ދެ ފެކްޝަނުން ވެސް ތަޅު އަޅުވައިފަ އެވެ. އެކަމަކު، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަންގެ ބޭފުޅުން ވަނީ މިއަދު އިރުއޮއްސެން އުޅެނިކޮށް އެ ތަޅު ކީހާލުމަށް ފަހު ވަދެ، މައި ދޮރުގެ ތަޅު ބުރުމާއަކުން ތޮރުފައިގެން ހަލާކުކޮށްލައިގެން އޮފީސް ތެރެއަށް ވަދެފަ އެވެ. އަދި އެ ތަނުގައި ހުރި ހުރިހާ އެއްޗެއް ނެރެގެން ގެންގޮސް، މުޅި އޮފީސް ވަނީ ހުސްކޮށްލައިފަ އެވެ.

ޕީޕީއެމްގެ އޮފީހުން އެއްޗެހިތައް ނެރެގެން ގެންދިއުމުގެ މަސައްކަތް މިރޭ ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެ ހުރިހާ ކަމެއް ހިނގަމުން ދިޔައީ ފުލުހުން އެ ސަރަހައްދު ބަންދުކޮށްގެން ފޯރިމަރުން ދަނިކޮށެވެ. ރައީސް ޔާމީންގެ ފެކްޝަންގެ ބޭފުޅުންނަށް ފުލުހުން އެއްވެސް ވަރަކަށް ހުރަސް ނޭޅިއިރު، މައުމޫންގެ ފެކްޝަންގެ އެއްވެސް ބޭފުޅަކު އަދި ސަޕޯޓަރަކު ވެސް އެ ސަރަހައްދަށް ނުވައްދަ އެވެ. އޮފީސް ހުސްކުރި ފަހުން މައުމޫން ފެކްޝަންގެ ކައުންސިލް މެމްބަރުން އޮފީހަށް ވަޑައިގަތުމުން ވެސް، އެ ތަނުގައި ތިބި ފުލުހުން ވަނީ އެ ބޭފުޅުންނަށް ހުރަސް އަޅައި އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ފުލުހުންގެ މައި މަރުކަޒަށް ވަޑައިގަންނަވަން އެދިފަ އެވެ.

ފުލުހުންގެ މައި މަރުކަޒުން ނުކުމެވަޑައިގެން، "މިހާރު"ން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް ވިދާޅުވީ ޕީޕީއެމްގެ ގިނަ މެމްބަރުންގެ އަދި ގިނަ ރައްޔިތުންގެ ތާއީދު ވެސް އޮތީ މައުމޫނަށް ކަމަށެވެ. މައުމޫން އަމަލު ކުރައްވަން ނިންމަވާފައިވާ ގޮތް ވަރަށް ސާފުކޮށް ވިދާޅުވެ ދެއްވާފައި ވާއިރު، އެ މަނިކުފާނާއި އެ މަނިކުފާނަށް ތާއީދު ކުރާ މީހުން ވެސް ކުރިއަށް ދާނީ އެ ގޮތުގައި ކަމަށް ފާރިސް ވިދާޅުވި އެވެ.

އެހެންވެ، ޕާޓީގެ ތަކެތި ގެންގޮސް، އިމާރާތަކަށް ގެލުން ދިނަސް މައުމޫނާއި އެ މަނިކުފާނަށް ތާއީދު ކުރާ ފަރާތްތަކުގެ އަޒުމް ނުގުޑާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މައުމޫންގެ މަސައްކަތްޕުޅު ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީން ވެސް ފާރިސް ދެއްވި އެވެ.

"[އެކަމަކު]، މިއީ އެންމެ އެދެވޭ ގޮތަށް ހިނގާ ކަމެއް ނޫން،" ޕާޓީ އޮފީސް ރައީސް ޔާމީންގެ ފެކްޝަންގެ ބާރުގެ ދަށަށް ގެންދިޔަ މައްސަލަ އަށް އިޝާރާތް ކުރައްވާ އޭނާ ވިދާޅުވި އެވެ.

ޕީޕީއެމްގެ އޮފީހަށް މައުމޫން ފެކްޝަންގެ ބޭފުޅުންނަށް ވަދެވަޑައިނުގެންނެވޭ ސަބަބު އޮޅުންފިލުއްވުމަށް ފުލުހުންގެ މައި މަރުކަޒަށް ދިއުމުން ފުލުހުން އެދުނީ މާދަމާ އައުމަށެވެ. އެހެންވެ، ފާރިސް އާއި އޭނާއާ އެކު އެ ތަނަށް ވަޑައިގަތް ހުރިހާ ބޭފުޅުން ވަނީ އެނބުރި ވަޑައިގެންފަ އެވެ.

ފާރިސް (ވ) އާއި މައުމޫން ފެކްޝަންގެ ބައެއް ބޭފުޅުން މިރޭ ފުލުހުންގެ މައި މަރުކަޒުގައި.-- ފޮޓޯ: އަލީ ނާފިޒް/ މިހާރު

ޕީޕީއެމްގެ އޮފީހަށް ކުރީގެ ރައީސް މައުމޫންގެ ފެކްޝަނަށް ނުވަދެވި، ރައީސް ޔާމީންގެ ފެކްޝަނުން ވަދެ، އެއްޗެހިތައް ނެރެގެން ގެންދިޔަ މައްސަލަ މައުމޫންގެ ފަރާތްޕުޅުން މިރޭ ވަނީ ފުލުހުންނަށް ހުށަހަޅައިފަ އެވެ. އަދި ޕީޕީއެމްގެ އޮފީސް ހުސްކުރަމުން ގެންދިޔަ ވަގުތު މައުމޫން ވަނީ އެ މަނިކުފާނަށް ތާއީދުކުރާ ޕީޕީއެމްގެ ކައުންސިލްގެ ބޭފުޅުންނާއި އެހެން ވެސް މީހުންނާ އެކު ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި ނިންމެވި ކަންކަން މާދަމާ އާއްމުކުރާނެ ކަަމަށް ވަނީ ބުނެފަ އެވެ.

ޕީޕީއެމް ހިންގުމުގެ އެންމެ އިސް ފަރާތަކީ ޕާޓީގެ ރައީސް މައުމޫން ކަމަށް ވިޔަސް، ޕާޓީ ހިންގުމުގެ ހުރިހާ ބާރެއް ސިވިލް ކޯޓާއި ހައި ކޯޓުން ރައީސް ޔާމީނަށް ވަނީ ދީފަ އެވެ. އެ މައްސަލަ މައުމޫންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން އެ ކަން ބަލައެއް ނުގަތެވެ. އެހެންކަމުން ޝަރުއީ ނިޒާމުގެ ތެރެއިން މައުމޫނަށް ހޯއްދެވޭނެ އެހެން ފުރުސަތެއް މިވަގުތަކު ނެތެވެ.

ޕީޕީއެމަށް ފަސް އަހަރު ފުރުން ފާހަގަކުރަން ޕާޓީ އޮފީހުގައި ރޭ މައުމޫން ބާއްވަވަން އުޅުނު ހަފުލާ އަށް ފުލުހުން ހުރަސް އެޅުމުން އެ މަނިކުފާނު ވަނީ ޝީ ބިލްޑިންގައި މީޑިއާ މެދުވެރިކޮށް ވާހަކަފުޅު ދައްކަވާފަ އެވެ. އެ ވާހަކަފުޅުގައި، ރައީސް ޔާމީނަށް އެ މަނިކުފާނު ކުރެއްވި ތާއީދު އަނބުރާ ގެންދެވިކަން އިއުލާން ކުރެއްވި އެވެ.

28 ކޮމެންޓް, 87 ރިއެކްޝަންސް

icon happy icon happy 84%
icon sad icon sad 5%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮން ކަމެއްގެ އަޒުމްބާ

29 October 2016

ފާރިސްގެ އަޒުމް ވަރުގަދަ ވިޔަސް ހުވަފެން ހަގީގަތަކަށް ނުވާނެ! 2018ގަ މިގައުމުގެ ރައީސް ކަމަށް ބޭނުންވަނީ ވަރަށް ވަރުގަދަ ޝަޚުސިއްޔަތެއް.

The name is already taken The name is available. Register?

ައަބުދުބެ

29 October 2016

އަޒުމެއް ނުގުޑާނެ ހިސާބައްވުރެ އަމިއްލަ އެދުންބޮޑުވެ ހަޔާތް ކެނޑުނީމަކާ.

The name is already taken The name is available. Register?

ގޮނޑި....

29 October 2016

އައްޑޫ ކޮންވެންޝަން ސެންޓަރުގަ ހުރި ގޮނޑިތަށް މާލެ ގެނެއެއްނު... އެގޮނޑިތައްތަ ޕީޕީއެމްގެ ހަރުމުދަލުގެތެރޭގައި ލޮރީއަށް އަރުވައިގެން އެގެންފަނީ... ހާދަވައްތަރޭ... ރޮޒޭނާ.. އެގޮނޑިތައް އަނބުރާ ގެންދިޔަތަ؟؟

The name is already taken The name is available. Register?

އަޒާން

29 October 2016

އެއްވެސް އުޞޫލެއްނެތި މީހުންގެ މުދާ ފޭރުމާއި މީހުން ނަށް އަނިޔާކުރުމުގައި ހައްދުފަހަނައަޅާދިއުމުން ދެންވާނީ މިހެންނެވެ. އަނިޔާވެރިކަމަކީ ޙައްޤުން އެއްކިބާވެ ބާޠިލުގޮތަށް ރުޖޫޢަ ވުމެވެ. އެހެން ގޮތަކަށް ދަންނަވަނީ ނަމަ ޢަދުލުވެރި ކަމުގެ އިދިކޮޅެވެ. އެތަނެއްގައި ޢަދުލުވެރިކަން ނެތްނަމަ ދެން އޮންނާނީ ހަމަނުޖެހުމާއި އަނިޔާވެރިކަމެވެ. އެއީ ދެމީހެއްގެ ދެމެދުގައި ވިޔަސް ނުވަތަ ޢާއިލާއެއްގެ ތެރޭގައިވިޔަސް ނުވަތަ މުޖުތަމަޢު ނުވަތަ ވެރިކަމުގެ ތެރޭގައި ވިޔަސް މެއެވެ. އެކަމަކު ވިސްނަންޖެހޭކަމަކީ އަބަދަކު އެއްމަޤާމެއްގައި އެކަކުވެސް ނުހުންނާނޭ ކަމެވެ.

The name is already taken The name is available. Register?

ފިޔާތޮށި ރީދޫ އަސުރުމާ

29 October 2016

ތިބުނުއްވީ ތެދުފުޅެއް ފުލުހަކަށްވެސް އަހަރަމެންގެ ހިތެއް ސިކުޑިއެއް ނުގެންދެވޭނެ. ވޯޓްލާން އިރާދަކުރެއްވިއްޔާ ދަނީ ސިކުޑިއާއި ހިތާއެކު.

The name is already taken The name is available. Register?

ހަސަން ކަލޯ

29 October 2016

އެކޮއި އަޒުމް ގުޑުވާނެ ކަމެއް ނެތް. އެކަމަކު ކޯޓުން ނިޔާ ކަނޑައެޅީމަ އެ ހުކުމަށް ބޯނުލެބުމަކީ އަޒުމް ވަރުގަދައީކީ ނޫން. އެވެވެނީ ގާނޫނާ ޚިލާފު. ހަގީގަތަކީ މިހާރު ފާރިސްގެ ފެކްޝަން އަަކަށް ޕީޕީއެމް ގެ ނަމުގަ އެއްވެސް ހަރަކާތެއް ވެސް މުއާމަލާތެއް ވެސް ނުހިންގޭނެ. 2018 ގަ ނުކުންނަވަން އަދި ކުޑަކޮށް ހަނގުވެފަ ތަޖުރިބާވެސް މަދު. މަގުބޫލުކަން އިތުރު ކުރުމަށް ތިގޮތަށް އެކްޓްވިޒަމް ގަ އުޅުއްވިޔަސް އަދި އަވަސް. ވ.ސަލާމް.

The name is already taken The name is available. Register?

ޙަސަން

29 October 2016

ފުލުހުންގެ މައްޗަށް ކޯޓުން އަމުރެއް ނުނެރެނީސް ފުލުހުންނަށް ވަކި ބަޔަކު އެތަނަށް ވަނުމުގެ ހުއްދައެއް ނުދެވޭނެ. ކޯޓުގެ ޙުކުމް ތަންފީޒުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޯޓުން އަމުރެއް ނެރެފައި ނެތްނަމަ، ފުލުހުން ކޮށްފައިއެވަނީ ޤާނޫނާ ޚިލާފު ޢަމަލެއް. މައުމޫން ކޯޓުގެ ޙުކުމާ އެއްގޮތަށް ޢަމަލު ނުކުރެއްވިނަމަ، ޢަމަލު ނުކުރެއްވި މައްސަލަ ޖެހޭނީ އަލުން ކޯޓަށް ވައްދައިގެން ކޯޓު އަމުރެއް ނެރެން. އެއާ ޚިލާފަށް އެތަނަށް ވަން މީހުން އެކުރީ ފޭރުމުގެ ޢަމަލެއް. އެކަމަކު ފުލުހުންވެސް ކޯޓުންވެސް ޕީޖީވެސް މި މައްސަލަ މިހާރު ނުބަލާނެ.

The name is already taken The name is available. Register?

އަލީޝާކިރު

29 October 2016

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނައް ދަންނަވާލަން އޮތީ ސިޔާސީ މީހުން ޖަހާމިކަހަލަ ސަކަރާތުގަ ބައިވެރި ނުވާށޭ ޔާމީނަކައް ދުވަހަކުވެސް އެމްޑީޕީ މީހުން ހެވެއް ނުވާނެ ހަމައެގޮތައް އެމްޑީޕީޔައް ޕީޕީއެމްވެސް ހެވެއް ނުވާނެ ނިކަން ރީތިކޮން ބުނެވިދާނެ ހުރިހާ މީހުން މިތިބީ އެއްލަވައެއްކިޔައިގެނޭ ނަމަވެސް ބާރުތައް ލިބޭއިރައް ހިތްކަޅުވެ އެކަކު އަނެކާގެ މަސްކާންފަށާނެ އިމުރާނާ ނާޒިމާ އުމަރު ނަސީރާ ޔާމިނާ ގާސިމާ މައުމޫނާ ޖަމީލާ މިކަހަލަ އެތައްބަޔަކު އެމްޑީޕީން ކޯޓުތައް ކަމުނުދާ ވާހަކަ ދެއްކީމަ އެކަމާ ދެކޮޅު ހެދި މިއަދު އެމީހުން އަނެއްކާއެވާހަކަ ވީމާ ގައުމުގެ ހުރިހާ ބާރެއް ޔާމީނައް ދީގެން ރައްޔިތުން މަޑުން ތިއްބަވާ އޭރު އެވާހަކަ އެވަރައް ދައްކަ ދައްކަ އޮއްވާ ގައުމު ޔާމީނާ ހަވާލުކުރީ މަޖިލިސް ޔާމީނާ ހަވާލުކުރީ ވީމާ ދެންވެސް ގައުމު އިތުރައް ފިތުނަ ނުކޮއް ވެރިންނައް ކިޔަމަންވެގެން ތިއްބަވާ އަހަރުމެންގެ ދަރިންނައްވތިކަހަލަ ހަޑި ޑިމޮކްރަސީ ނުދައްކާ ތަޅާފޮޅަން ކޮންމެސް އެހެންތާކައް ދުރުވޭ އަހަރުމެންވެސް މިގައުމުގަ އުޅެންބޭނުން ތީކިހާ ދެރަކަމެއް

The name is already taken The name is available. Register?

ޔާމީންފެކްޝަން

29 October 2016

ލައީގެން ހުންނަ ހެދުންގަނޑު ދެން ދަމައީގަންނާނީ..އޭރުން އަޒުމް ވަރުގަދަވާނެ އަދީ މާބޮޑައް..

The name is already taken The name is available. Register?

އަލީޝާކިރު

29 October 2016

ގައުމުގެ ވެރިޔަކައް ހުރީ ރައްޔިތުން އިންތިހާބު ކޮއްފަ ހުރި ވެރިއެއް އެބޭފުޅާ ގައުމު ހިންގަން ދިނީ 5 އަހަރު ކޯލިޝަނަކުން ނަމަވެސް ޔާމީނު ހޮވުނީ ވީމާ ވަކިބަޔަކު ބޭނުންވާ ގޮތައް ކަންކަން ނުދާތީ އެއްފަރާތައް ޖެހުމަކީ އެއީ ޔާމީނު ވެރިކަން ދޫކޮއްފަ ގައުމު ބިކާރީކޮއްފަ ދާންޖެހޭ ސަބަބެއްނޫން ބަލާލި ކޮންމެދިމާލަކުން ތަރައްގީ ފެނިގެން ދަނީ ހެދުނު އެއްޗަކުން އަދީބު ނައިބުގެ މަގާމައް ގެނެސް ލިބުނު ބޮޑުގެއްލުންވެސް ރައްޔިތުން ދެކެފީމު ކިރިޔާ އެބޭފުޅުންގެ ފުރާނަ ސަލާމަތްވީ އެހަމަލާއިން ދުނިޔެ އަޅާދިޔަނަމަ އެކަން ކުރިބަޔަކައް ވާނީ އެމްޑީޕީ މީހުން ވީމާ މިހުރިހާ ކަމަކުން އިބުރަތް ލިބި ސިޔާސި ވެގެންގޮސް މަރުދަން ޖެހޭކައް ނުޖެހޭ ދައްކަވަން ހުރި ދުވަހެއް ދައްކަވާނެ ޔާމީނައް ލިބެންހުރި އެއްޗެއް ޔާމީނައް ލިބޭނެ އަދި މައުމޫނައް ލިބެންހުރި ރިޒުގެއް އެހެންމީހަކައް ބަންދެއްވެސް ނުކުރެވޭނެ އަގީދާބަލިކަށިކަމާ ދުނިޔޭގެ އެދުން ބޮޑުވީމަ ވާނީ ތިހެން އިމުރާނާ ނާޒިމާ ޖަމީލާ އުމަރު ނަސީރެއް އެމްޑީޕީޔަކައް ހެވެއް ނޭދޭނެ ވީމާ ބޮޑާނުހާކަ ޔާމީނައް މަޖިލީހާ ކޯޓުތަކާ ވެރިކަން ދީގެން ތަޅާނުގޮޅަ ތިއްބަވާ އަހަރުމެންގެ ދަރިން ގޮވައިގެން އަހަރުމެންވެސް އުޅެން ބޭނުން ތ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454