26 ސެޕްޓެމްބަރ 2020 - 09:56
ކޮވިޑް-19 ގެ ސަވައިލަންސް ސާމްޕަލް ނެގުމުގެ މަސައްކަތް އައްޑޫގައި މިއަދު ފަށައިފި އެވެ.
އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނީ، އައްޑޫގެ އެކި ސަރަހައްދުތަކުން 200 އަށް ވުރެ ގިނަ ސާމްޕަލް މިއަދާއި މާދަމާ ނަގާނެ ކަމަށެވެ.
ކޮވިޑް-19 އަށް ޕޮޒިިޓިވް ބަޔަކު އައްޑޫން ފެނުނަސް މާލެ ފިޔަައި ރާއްޖޭގެ އެންމެ އާބާދީ ބޮޑު ސިޓީގައި ކޮމިއުނިޓީ ސްޕެރެޑެއް އޮތްކަން މިހާތަނަށް ފާހަގަކުރެވިފައެއް ނުވެ އެވެ.
Please be informed that Covid surveillance samples are scheduled to be taken from different areas in Addu City on 26th and 27th September #wearmask #stayhome #staysafe pic.twitter.com/aQU6gqXIs8
— Addu Equatorial Hospital (@aeh_mv) September 24, 2020
މިހާތަނަށް އައްޑޫން ކޮވިޑަށް ޕޮޒިޓިވްވީ މާލޭން އައްޑު އަށް ގޮސް ހޯމް ކަރަންޓީނުގައި ތިބި މީހުންނެވެ. ދެން އެ ބައްޔަށް ޕޮޮޒިޓިވްވީ އެފަދަ މީސްމީހުންނާ ޑައިރެކްޓް ކޮންޓެކްޓްވި މީހުންނެވެ.
އައްޑޫގައި ކޮވިޑުގެ ސަވައިލަންސް ސާމްޕަލް ނަގާ އިރު، އޭއީއެޗްގައި އެ ބައްޔަށް އަށް ޓެސްޓުކުރަން ފެށި ފަހުން މިހާތަނަށް 1،200 އަށް ވުރެ ގިނަ ސާމްޕަލް ނަގާފައިވެ އެވެ. އެއީ ހޯމް ކަރަންޓީނުގައި ތިބޭ މީހުންގެ ސާމްޕަލްތަކެވެ.
ރާއްޖޭން ކޮވިޑް-19 ޕޮޒިޓިވް މީހުންގެ އަދަދު މިހާރު އުޅެނީ 10،000 އިން މަތީގަ އެވެ. އެޗުޕީއޭ އިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބިތަކަށް ބަލާ އިރު ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ޖުމުލަ އަކީ މިހާރު 10،014 އެވެ.
އެޗުޕީއޭ އިން ބުނިގޮތުގައި ކޮވިޑްގެ ކޮޮމިއުނިޓީ ސްޕްރެޑެއް އޮތީ ވެރިރަށް މާލޭގައި އެކަނި ކަމަށް ވިޔަސް އެ ބަލީގެ ކޭސްތައް ރާއްޖޭގެ 26 ރަށަކާއި 15 ރިސޯޓަކުން މިހާތަނަށް ފެނިފައިވެ އެވެ. ރާއްޖޭން މިހާތަނަށް ކޮވޮޑްގައި މަރުވެފައި ވަނީ 34 މީހެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގައްދޫ ފާތިންދިޔެ.
26 September 2020
ތިތަނުން ތަންކޮޅެއް ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ ގޮތް ހަދާބަލަ. ސްކޭނެއް ކުރަން އުޅެއުޅެ އެކަން ނުވެގެން އެންމެ ފަހުންވެސް ތިމާގެ ކުއްޖަކު ދިޔައީ އެކަން ކުރާން މާލެއަށް. އޭނާގެ ސްކޭންގެ އަގު އެހެން ވުމުގެ ސަބަބުން 16000ރ އަށް ވުރެން މައްޗަށް ދިޔަ. މިއީ ދެން ތަންކޮޅެއް ބޮޑުވަރު ނޫންތޯ.
އޮނަރަބްލް އަފީފު ދީދީ
26 September 2020
ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ސަރުކާރުން އަޑުފަތުރާ އިކްއިޓޯރިއަލް ހޮސްޕިޓަލާއި، ގޭން އިންޓަރނޭޝަނަލް އެއަރޕޯޓާއި، ހިތަދޫ ސީޕޯރޓް ފަދަ ނަންނަމަކީ ހަމައެކަނި ޙަބަރާއި ސިޔާސީ މީހުން ސްޓޭޖްތަކުގައި ބައިސާކަޑާން ހަދާފައިހުންނަ ނަންތަކެއް. މިއިން އެއްވެސް ތަނަކީ ޙަޤީގީ މާނައިގަ އެތަންތަނުން ލިބޭ އެއްވެސް ހިދުމަތެއް ލިބޭ ތަންތަނެއް ނޫން. އިކްއިޓޯރިއަލް ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކާން އެޕޮއިންޓްމަންޓް ހޯދުމަކީ މަރު ފަދަ ކަމެއް. އަމުދުން ސްކޭނެއް ކުރެވޭނެ ކޮޅެއް ނުހޯދޭނެ.
އެހެންތަ ؟
26 September 2020
3 ޝިފްޓަށް ޑިއުޓީ ކުރާނެ ރޭޑިއޮލޮޖިސްޓުން ބައިތިއްބައިގެން ވިޔަސް އިކްއިޓޯރިއަލް ހޮސްޕިޓަލަށް އަންނަ ދުރު ރަށްރަށުގެ މީހުނަށާއި ސިޓީގައި ވަކިންއޮތް ހުޅުމީދޫ އަވަށުގެ ރައްޔަތުންނަަށް ފަސޭހައިން މިކަން ވާނެ ގޮތެއް ހޯދާ ދޭންވެއްޖެ ނޫންތޯ؟
އޮނަރަބްލް އަފީފު ދީދީ
26 September 2020
ތިޔަ ކޮވިޑްގެ ކަންތައް ދޫކޮށްލާފަ އިކްއިޓޯރިއަލް ހޮސްޕިޓަލަށް ބަލިވެގެންދާމީހުނަށް ޑޮކްޓަރަށް ދެއްކޭނެ ގޮތާއި ޑައިޤްނޯސްޓިކް ކުރާން ބޭނުންވާ ސީޓީސްކޭން އަދި އެމްއާރއައި ފަދަ މުހިންމު ކަންކަން ކުރެވޭނެގޮތް ހަމަޖައްސާންވެއްޖެ ނޫންތޯ. # މީހަކު ބަލިވެގެން ޑޮކްޓަރަށް ދައްކާން ނަމްބަރު ނުލިބުގެން 1 ހަފުތާގެ ކިއޫއެއްގައިހުރެ ޑޮކްޓަރަށް ދައްކައިގެން ރޭޑިއޮލޮޖިސްޓް ބިޒީކަމުން އެންމެ މީހަކު ހުންނާތީއޭ ބުނެ 20 ދުވަސް ފަހުން ސްކޭން އެޕޮއިންޓްމަންޓް އެބަދޭ،
ށަކުވ
26 September 2020
ތި އަދި އަވަހެއނު. މާލޭ މީހުން އޭ ތިޔަ ކިޔާ ބަޔަކަށް ޑޮކްޓަރަށް ދެްްކެނީ އެންމެ އަވަސް ވެގެން އެއް މަސް ދުވަހުން އެވެސް ހިއަވަރެއް ހުރިޔާ .އަދި ސްކޭން އާއި ސީޓީ އަޢި އެއްޗެހީގެ ވާހކަ މުދެއްކުން ރަގަލީ. ޢެހެން ވީމަ އައްޑޫ މީހހން ސުކުރުކުރަން ދަސްކުރަނ ވެއްޖެހެން ހީވަނީ. ޥަރަށް ސަލާން
ހަނު ހުންނަ މީހާ
26 September 2020
އައްޑޫގައި އުޅެފައި ދިޔަ ކުއްޖެއްގެ ކިބައިން އެންޓިބޮޑީސް ފެނިފައިވާ ވާހަކަ ރަށުތެރޭ ކިޔާ